ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 09:47
އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރުމަށް ބާއްވާ ހަފްލާގެ ދައުވަތު ކާޑު
އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރުމަށް ބާއްވާ ހަފްލާގެ ދައުވަތު ކާޑު
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
އިތުރު ކާޑު މިއަދު ފޮނުވާދޭން ވަނީ އެދިފައި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިޔާތަށް ވަޑައިގަތުމަށް ދައުވަތު ކާޑު މަޖިލީހުން އިންތިހާބީ ރައީސްގެ އޮފީހަށް ފޮނުވާފައި ވަނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުންކަން އެނގިއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އިތުރު ދައުވަތު ކާޑު ބޭނުންވެގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ސިޓީ އެއް ރާއްޖެއެމްވީ އަށް ވަނީ ލިބިފަ އެވެ. މި ސިޓީން އެނގޭ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ މަޖިލިސް ޖަލްސާ އަށް އިންތިހާބީ ރައީސްގެ އޮފީހުން ދައުވަތު އަރުވާނެ އަދަދަށް ވަނީ ކުރިން އެއްބަސްވެވިފައި އެވެ.  

އެގޮތުން 11000 ކާޑަކީ އިންތިހާބީ ރައީސްގެ އޮފީހަށް ފޮނުވައިގެން އެ އޮފީހުން އެކި މީސްމީހުނަށް ފޮނުވާނެ ކާޑު ކަމަށް ކުރިން މަޖިލީހާ އެކު އެއްބަސްވެފައިވާ ކަމަށް އެ ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް މަޖިލީހުގެ އިދާރާ އިން އިންތިހާބީ ރައީސްގެ އޮފީހާ ހަވާލުކޮށްފައި ވަނީ 9238 ކާޑު ކަމަށާއި އެހެން ކަމުން އެ އޮފީހުން ދައުވަތު އަރުވާނެ ކަމަށް އަންގާފައިވާ ފަރާތްތަކަށް ދައުވަތުކާޑު ވަނީ ފޮނުވޭގޮތް ނުވެފައި ކަމަށް އެ އޮފީހުން ވަނީ މަޖިލީހަށް އަންގާފައި އެވެ.

"ވީމާ އެއްބަސްވެފައިވާ ގޮތުގެ މަތިން މި އޮފީހަށް ދެއްވަން ހަމަޖެހިފައިވާ ޖުމްލަ އަދަދުގެ ތެރެއިން މިހާތަނަށް މި އޮފީހަށް ނުލިބިހުރި 1762 ކާޑު މި އޮފީހަށް ލިބޭނެ ގޮތް ހައްދަވާ ދެއްވުން އެދެމެވެ،." މަޖިލީހަށް އިންތިހާބީ ރައީސްގެ އޮފީހުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވެ އެވެ.

އެއްބަސްވެފައިވާ މިންވަރުން މަދުވާ އަދަދަށްވާ ކާޑުތައް މިއަދުގެ ވަގުތެއްގައި އަވަހަށް ފޮނުވައިދެއްވުމަށް ވެސް އިންތިހާބީ ރައީސްގެ އޮފީހުން އެދިފައިވެއެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ހުވާކުރެއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. މި ރަސްމިޔާތުގައި ބޭރު ގައުމުތަކުގެ ވެރިންނާއި އިއްޒަތްތެރިން ބައިވެރިވަޑައިގަންނަވާނެ އެވެ. މި ހަފްލާއަށް 11000 އަށްވުރެ ގިނަ މީހުނަށް ދައުވަތު އަރުވާނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
15 ނޮވެންބަރ 2018 | ބުރާސްފަތި 13:11
ނޭފަތުފޫޅު
ބާކީ ކާޑު ކުނޫޒަށްތަ ދިޔައީ؟؟؟؟؟