ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 11:15
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅު ބޯޅަ ދަނޑު ތައްޔާރުކުރަނީ
ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅު ބޯޅަ ދަނޑު ތައްޔާރުކުރަނީ
މުހައްމަދު ޝަރުހާން
އިބޫ ހުވާކުރެއްވުން
ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ބޯޅަ ދަނޑު ޒީނަތްތެރިކުރަން ފަށައިފި
ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިހާރު 12000 މީހުންނަށް ދައުވަތު އަރުވަން ވަނީ ނިންމާފައި

އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅު ބޯޅަ ދަނޑު ޒީނަތްތެރި ކުރަން ފަށައިފިއެވެ.

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވެމްބަރު 17 ވަނަ ދުވަހު އޮންނަ އިރު، ބުދަ ދުވަހުގެ ރޭ ވަނީ ރަސްމިއްޔާތުގެ ރިހާސަލް ބާއްވާފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގަލޮޅުބޯޅަ ދަނޑު ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ

އާ ރައީސް ހުވާކުރެއްވުމުގެ ކަންތައްތައް ރައްޔިތުންގެ މަޖިލީހުން ހަވާލުކޮށްފައި ވަނީ އެމްއެންޑީއެފްއާ އެވެ.

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް 11،500 މީހުންނަށް ދައުވަތު އަރުވަން ކުރިން ނިންމާފައިވީ ނަމަވެސް މި އަދަދު މިހާރު ވަނީ އިތުރުވެގެން ގޮސްފައެވެ. އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިހާރު 12،000 މީހުންނަށް ދައުވަތު އަރުވަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ވިދާޅުވީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާއި، ދައުލަތުގެ އިއްޒަތްތެރިންނަށް ދައުވަތު އަރުވަމުން ގެންދާ ކަމަށެވެ. އެގޮތުން ކުރީގެ ހުރިހާ ރައީސުންނަށާއި، ރައީސް ޔާމީނަށް ވެސް ދައުވަތު ފޮނުވާފައިވާ ކަމަށާއި، މި ރަސްމިއްޔާތުގައި ރައީސްކަން ކުރައްވާފައިވާ ހުރިހާ ރައީސުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ނިއުޝާ ވަނީ ވިދާޅުވެފައެވެ.

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބޭރުގެ ގައުމުތަކުގެ މަތީ ފެންވަރުގެ ގިނަ ބޭފުޅުންނަށް ދައުވަތު އަރުވާފައި ވާއިރު، އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް