ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 14:59
އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ޓްރާންސިޝަން ކޮމިޓީ
ސަރުކާރުން އެސްޓީއޯއަށް ދޭން ޖެހޭ 2.5 ބިލިއަން ރުފިޔާ ނުދިނުމުން ކުންފުނި ވަނީ އަޑިއަޅާފައި: އިންތިގާލީ ކޮމެޓީ
އެސްޓީއޯގެ ފައިދާ ވަނީ ދަށްވެފައި
ލޯނު އިންޓަރެސްޓަށް އެކަނިވެސް 180 މިލިއަން ރުފިޔާ ވަނީ އަރާފައި
މިފްކޯއިން ވަނީ ތަކެތި ނުލިބި 50 މިލިއަން ރުފިޔާ ބަޔަކަށް ދީފައި

ސަރުކާރުން ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ދޭން ޖެހޭ 2.5 ބިލިއަން ރުފިޔާ ދީފައި ނުވާތީ ކުންފުނީގެ ފައިދާ ދަށްވެ އަޑިއަޅާފައިވާ ކަމަށް ހާލަތު ބެލި އިނތިގާލީ ކޮމެޓީން ބުނެފިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ހާލަތު ދެނެގަތުމަށް އުފައްދާފައިވާ އިންތިގާލީ ކޮމެޓީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްޓީއޯގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ އެސްޓީއޯ އިން ވަނީ ވަރަށް ބޮޑަށް ލޯނުތައް ނަގާފައި ކަމަށާއި ލޯނުގެ އިންޓަރެސްޓަށް އެކަނި ވެސް 180 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ މިއީ ސަރުކާރުގެ ފައިނޭންސް މެނޭޖްމަންޓް އެހާ ބޮޑަށް ދަށްވެ އެސްޓީއޯއަށް ލިބެންވާ ފައިސާ ނުލިބުމުން އެގޮތް މި ގޮތުން ލޯނު ނަގައިގެން ހިންގަން ޖެހުމުން ކުންފުނީގެ ފައިދާ ދަށްވެ ކުންފުންޏަށް ވެފައި އޮތް ވަރު ކަމަށެވެ.

"އެސްޓީއޯއަށް ލިބެންވާ ޕްރޮފިޓް މިހާ ބޮޑަށް ދަށްވެގެންދާ މައިގަނޑު ސަބަބެއް ކަމަށް މި ފެންނަނީ އެސްޓީއޯއަށް ސަރުކާރުން ދޭން ޖެހޭ 2.5 ބިލިއަން ރުފިޔާ ނުލިބި އޮތުމުން އެސްޓީއޯގެ ސަޕްލަޔަރުންނަށް ބޭނުންވާ ކަންކަމަށް ލޯނު ނަގަން ޖެހުމުން ދިމާވި ކަމެއްގެ ގޮތުގައި. މިއީ ސަރުކާރުގެ އިހުމާލުން ވެފައިވާ ކަމެއް," އާޒިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް އާޒިމް ވިދާޅުވީ އެސްޓީއޯގެ ހިންގުން ރަނގަޅު ކަމަށެވެ.

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މައުލޫމާތު ފޯރުކޮށް ނުދިނުމުން އެކުންފުނިތަކުގެ މައުލޫމާތެއް ނެތް ކަމަށާއި އެހެންނަމަވެސް ލިބިފައިވާ މައުލޫމާތަށް ބަލާއިރު 50 މިލިއަން ރުފިޔާގެ ތަކެތި ލިބުނު ކަމަށް ބުނެ އެތަކެތި ނުލިބި ސަޕްލަޔަރަކަށް ފައިސާ ދީފައިވާކަން ޔަޤީންވެފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އެމުދާ މިފްކޯއަށް ލިބިފައި ނުވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

އެހެން ބައެއް ކުންފުނިތަކުގެ މައުލޫމާތު ހާމަކުރައްވަމުން އާޒިމް ވިދާޅުވީ މޯލްޑިވް ގޭސް އިން ބާޖެއް ގަންނަން އަށް މިލިއަން ރުފިޔާ ނަގާފައިވާއިރު އެބާޖް ގެނެސްފައި ނުވާ ކަމަށެވެ. އަދި ފިއުލް ސަޕްލައި މޯލްޑިވްސްއަކީ ނާޖާއިޒް ފައިދާތައް ނަގަން ބޭނުންކުރާ ތަނެއް ކަމަށާއި އެގޮތުން 150 މިލިއަން ރުފިޔާގެ ތެޔޮ އެކުންފުނިން އެކިއެކި ފަރާތްތަކަށް ކްރެޑިޓަށް ދޫކޮށްފައިވާކަ މަށް އާޒިމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް