ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 11:27
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައީސް އޮފީސް
މަނީ ލައުންޑަރިންގ
މަނީ ލޯންޑްރިންގގެ މައްސަލައިގެ ތަހްގީގާ ގުޅޭ ގޮތުން ވަކި އެއްޗެއް ހާމަކުރެވޭކަށް ނެތް: ފުލުހުންގެ އިދާރާ
ރައީސް ޔާމީންގެ މަނީ ލޯންޑްރިންގގެ މައްސަލައެއް ތަހްގީގްކޮށް ދިނުމަށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވަނީ ސެޕްޓެމްބަރުމަހުގެ ތެރޭގައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާ އެއްގެ މަނީ ލޯންޑަރިންގގެ މައްސަލައެއް ތަހުގީގުކޮށްދިނުމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހްގީގް ކުރިއަށް ގެންދެވިފައިވާ މިންވަރާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެތައް މިލިއަން ރުފިޔާއެއްގެ މަނީ ލޯންޑަރިންގގެ މައްސަލައެއް ތަހުގީގު ކޮށްދިނުމަށް ސެޕްޓެމްބަރު މަހުގެ މެދު ތެރޭގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ތަހްގީގް ކުރިއަށް ގޮސްފައިވާ މިންވަރު ހޯދޫމަށް ރާއްޖެއެމްވީން ފުލުހުންގެ އިދާރާއަށް ގުޅުމުން ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅިގެން ވަކި އެއްޗެއް ހާމަކުރެވެން ނެތް ކަމަށެވެ.

ގިނަ އަދަަދެއްގެ ފައިސާގެ މަނީ ލޯންޑަރިންގގެ މައްސަލަތަކެއް ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭއިރު އެމްއެމްޕީއާރްސީގެ އެތައް މިލިއަން ޑޮލަރެއް ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެމްއެމްޕީއާރްސީގެ އެތައް ފައިސާއެއް އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ވަދެވަފައިވާ ކަމަށާއި، އަމިއްލަ އެކައުންޓަށް އެއްމިލިއަން ޑޮލަރު ޖަމާކުރިކަން ވަނީ ހާމަވެފައެވެ. 

މީގެ އިތުރުން ރައީސް ޔާމިންގެ އަމިއްލަ ގެކޮޅަށް ފައިސާ އުފުލައިދިން ކަމަށް ބުނެ ދިވެހިންތަކެއް ވަނީ އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސް އަށް އިންޓަވިއު ދީފައެވެ. ނަމަވެސް މިހާތަނަށް ރައީސް ޔާމީންގެ ހިޔާނާތުގެ މައްސަލައެއް އެއްވެސް މުއައްސަސާއަކުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް