ކ. މާލެ
|
15 ނޮވެންބަރ 2018 | ބުރާސްފަތި 21:52
އަބްދުއްރައްޒާގު ހަލީމު ވާހަދަ ދައްކަވަނީ: އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވާފައި
އަބްދުއްރައްޒާގު ހަލީމު ވާހަދަ ދައްކަވަނީ: އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވާފައި
ރާއްޖެ އެމްވީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
އެމްޕީއެލްގެ ސީއޯއޯ އަބްދުއްރައްޒާގު ހަލީމް ވެސް އިސްތިއުފާ ދެއްވައިފި
ކުންފުނިތަކުގެ ވެރިން ގެންދަވަނީ އިސްތިއުފާ ދެއްވަމުން

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗީފް އޮޕަރޭޓިންގ އޮފިޝަރ (ސީއޯއޯ) އަބްދުއް ރައްޒާގު ހަލީމް ވެސް އިސްތިއުފާ ދެއްވައިފިއެވެ. 

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ހަލީމް އިސްތިއުފާދެއްވާފައި ވަނީ މިއަދު ކަމަށެވެ. ހަލީމް އިސްތިއުފާދެއްވުމާ ގުޅިގެން ކުންފުނި ހިންގެވުމާ ހަވާލުކުރެވިފައި ވަނީ އެސިސްޓެންޓް ސީއީއޯ ރާބިހް މުހައްމަދާ ކަމަށް ނަޒީރު ވިދާޅުވިއެވެ.  

ހަލީމް ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްޓީސީސީ އާއި އެމްއާރުޑީސީ ވެސް ހިންގަވާފައެވެ. 

ހަލީމްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ އިސް ވެރިން ގެންދަވަނީ އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން އެމްއޭސީއެލްގެ އެމްޑީގެ މަގާމުން އާދިލް މޫސާ ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް