ކ. މާލެ
|
16 ނޮވެންބަރ 2018 | ހުކުރު 10:42
އެ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހްކުރުމުގެ ތެރެއިން ފޮޓޯ: ވީނިއުސް
އެ ޖަމިއްޔާ ރަސްމީކޮށް އިފްތިތާހްކުރުމުގެ ތެރެއިން ފޮޓޯ: ވީނިއުސް
ޓްވިޓަރ
ގާސިމްގެ އަނބިކަނބަލުން އާއިޝާ
އާއިޝާގެ 'އަސްބާ' ޖަމިއްޔާ އިފުތިތާހު ކޮށްފި
މިއީ ގައުމު އާރާސްތުކުރުމުގައި އެހީތެރިވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރުމަށް އުފެއްދި ޖަމިއްޔާއެއް

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ ޢާއިޝަތު ނަހުލާ، އިސްވެ ހުންނަވައިގެން އުފެއްދެވި ޖަމިއްޔާ އެއް ކަމަށްވާ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް އެއިޑް ނުވަތަ "އަސްބާ" ރަސްމީކޮށް އިފުތިތާހު ކޮށްފިއެވެ.

މި ޖަމިއްޔާ ރަސްމީކޮށް އިފްތިތާހު ކުރީ ބުދަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ.

މިޖަމިއްޔާ އަކީ ގައުމު އާރާސްތުކުރުމުގައި އެހީތެރިވުމާއި، އިޖުތިމާއީ މަސައްކަތްތައް ކުރުމަށް އުފެއްދި ޖަމިއްޔާއެކެވެ. "އަސްބާ"ގެ ފައުންޑަރ މެންބަރުންގެ ގޮތުގައި ހިމެނެނީ ޢާއިޝާގެ އިތުރަށް އެކަމަނާގެ މަންމަ ޚަދީޖާ އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲގެ އިތުރަށް ޢާއިޝާގެ އާއިލާގެ ބައެއް މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
15 ނޮވެންބަރ 2018 | ބުރާސްފަތި 07:27
އަހުމަދު
މިކަހަލަ ޖަމިއްޔާ ހަދައިގެން ނިކަމެތި ރައްޔިތުންނަ ސަލާން ޖެހުމުގެ އާދަކާދަ ދަމަހައްޓާ ވޯޓު ހޯދުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. މިހާރު ސޮދަގާތް ފައުންޑޭޝަން ކޮބައިތޯ ؟ ދެންޖެހޭނީ ތިބުނާ އަސްބާ ޖަމިއްޔާއަށް ސިޓީލައިގެން މަހުޖަނު އަނބި ކަބަލުން ކައިރީގައި ސަލާން ޖަހަންތޯ ؟ ސަރުކާރުން ރައްޔިތުންނަ ދެމެހެއްޓެނެވި ގޮތެއްގައި އާސަންދައާއި ތައުލީމު ލިބޭނޭގޮތް ހައްދަވައި ދެއްވުމަށް މަސައްކަތް ކުރާއިރު މަޖުލިސްގެ ފައިދާ މަހުޖަނު ނަގައިގެން ސަރުކާރަށް އުދަގޫ ނުކުރާނެބާ ؟
15 ނޮވެންބަރ 2018 | ބުރާސްފަތި 05:30
ހިޔާޅު
ދެވަނަ މެޑަމް ފާތުމާ ފާޅުވަނީބާ