ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 21:26
ފައިސަލް އޯވަހެޑަކުން ބޯޅަ ފައިސަލް ޖައްސަވަނީ: އޯވަހެޑެއް ޖައްސަވަން އުޅުއްވަނިކޮށް އަނިޔާވި
ފައިސަލް އޯވަހެޑަކުން ބޯޅަ ފައިސަލް ޖައްސަވަނީ: އޯވަހެޑެއް ޖައްސަވަން އުޅުއްވަނިކޮށް އަނިޔާވި
މުހައްމަދު ޝަރުހާން
ފައިސަލް ނަސީމް
އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
އަނިޔާވީ ހޯމަ ދުވަހުގެ މެޗަށް ތައްޔާރުވަނިކޮށް
ބޮޑު އަނިޔެއް ނުވޭ، ކަދުރާއަށް ތަދެއް ވަނީ އަރާފައި

އިދިކޮޅު ލީޑަރުން ބައިވެރިވަވަޑައިގަންނަވާ ފުޓްބޯޅަ މެޗަކަށް ފަރިތަކުރުން ކުރިއަށް ގެންދަނިކޮށް، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފިއެވެ.

އަންނަ ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ފައިސަލަށް އަނިޔާވީ ބުދަ ދުވަހު ހަވީރު ހެންވޭރުދަނޑުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައެވެ. އެ ފަރިތަކުރުންތަކުގައި ފައިސަލަށް ދެ ފަހަރެއްގެ މަތިން އަނިޔާވިއެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖެއްސެވި ބޯޅަ ފައިސަލްގެ ބޮލުގެ ފުއްކިބައިގައި ޖެހި އަނިޔާވިއެވެ. އަދި އޯވަހެޑަކުން ބޯޅަ ޖަހަން އުޅެނިކޮށް، ބިންމަތީގައި ބޮލާއި ކަދު ޖެހި އަނިޔާވިއެވެ.

ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލްގެ އަރިސް ބޭފުޅަކު ވިދާޅުވީ އޭނާގެ ކަދުރާއަށް ތަދެއް، އަރާފައިވާ ކަމަށާއި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. ފައިސަލަށް އެޑީކޭއިން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ޑޮކްޓަރުން ލަފާދީފައި ވަނީ ރެސްޓު ކުރުމަށެވެ.

ރިޔާސީ އާ ދައުރު ފެށުމުގެ އުފަލުގައި އާއްމުންނަށް ހުޅުވާލައިގެން "ދުޅަހެޔޮ ހަށިހެޔޮ އީދު"ގެ ނަމުގައި ކުޅިވަރުގެ ބޮޑު ހަރަކާތް ހޯމަ ދުވަހު ބާއްވާނެއެވެ. އެ ހަރަކާތުގައި އިދިކޮޅު ލީޑަރުންނާ އެކު ކުޅޭ ފުޓްބޯޅަ މެޗެއްގައި އިންތިހާބީ ރައީސާއި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމު ހުވާ ކުރައްވާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެ ޖެލްސާ ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 5:00ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް