ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 21:19
ޝަހުދީގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޝަހުދީގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ
ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ އަލުން ޖޭޕީއަށް
ޝަހުދީ މަޖިލީހަށް ހޮވިވަޑައިގެންފައި ވަނީ ޖޭޕީ މެމްބަރެއްގެ ގޮތުގައި

ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ޖުމްހޫރީ ޕާޓީއާ އަލުން ގުޅިވަަޑައިގެން، އެ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޝަހުދީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ބުދަ ދުވަހު ޖުމްހޫރީ ޕާޓީ އޮފީސް، މ. ކުނޫޒުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ޝަހުދީގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހަނިމާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު ޝަހުދީ ވަނީ ވެރިކަން ކުރާ ޕާޓީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ.

އޭގެ ފަހުން މިދިޔަ އަހަރު ޖުލައި މަހު ޝަހުދީވަނީ އެޕާޓީއިން ވަކިވެވަޑައިގެންފައެވެ. އޭރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމްއިން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައިވެސް ޝަހުދީ ހިމެނި ވަޑައިގަންނަވައެވެ.

 ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއާއި، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީވެސްވަނީ ދާދިފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

 

ޝަހުދީއަކީ ގޮނޑި ގެއްލުނުކަމަށް ސަރުކާރުން ކުރިން ބުނަމުން ދިޔަ 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް