ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 18:03
ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް 2018
ސަރުކާރުން ސޮވެރިންގ ގެރެންޓީ ގިނައިން ދީފައިވަނީ ހައުސިންގ މަޝްރޫއުތަކަށް: މުނައްވަރު
ސޮވެރިންގ ގެރެންޓީ ދީފައިވަނީ ޕްރައިވެޓް ސެކްޓަރ އެންމެ ފަރާތެއްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް

ރައީސް ޔާމީންގެ ސަރުކާރުން ސޮވެރިންގ ގެރެންޓީ އެންމެ ގިނައިން ދީފައިވަނީ "ހިޔާ" ނުވަތަ ހައުސިންގ މަޝްރޫއުތަކަށް ކަމަށް ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ކޮމިޓީގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސޮވެރިންގ ގެރެންޓީ ދީފައިވަނީ ޕްރައިވެޓް ސެކްޓަރ އެންމެ ފަރާތެއްގެ އިތުރުން ސަރުކާރުގެ ކުންފުނިތަކަށް ކަމަށެވެ.

ރައްޔިތުންނަށް ފާއިދާ ހުރި ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫއުތަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ސޮވެރިންގ ގެރެންޓީ ދީފައި ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެންނަން އެސްޓީއޯ އަށްވެސް ސޮވެރިންގ ގެރެންޓީދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ރިސްކަށް ބަލާނަމަ އެހާ ހައި ރިސްކެއް ގައެއް ނޫން ދީފައި ހުރީކީ. ސޮވެރިންގ ގެރެންޓާއަށް ބަލާއިރު،" މުނައްވަރު ވިދާޅުވިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހާމަކޮށްފައިވާ ގޮތުގައި 2019 އަހަރު 150 މިލިއަން ޑޮލަރުގެ ބޮންޑު ނުވަތަ ސުކޫކުގެ ގޮތުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރަށް ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވާ އިރު މިއަހަރުގެ އިތުރުން 2017 ވަނަ އަހަރުގައި ވެސް ދައުލަތުން ވަނީ ސޮވެރިންގ ބޮންޑު ވިއްކާފައެވެ. އެންމެ ފުރަތަމަ ސަރުކާރުން ސޮވެރިންގ ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވަނީ ވެސް 2017 ވަނަ އަހަރެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައިވާއިރު މިއަހަރު 250 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައި ވެއެވެ.

އަންނަ އަހަރު ވިއްކުމަށް ކަނޑައަޅާފައިވާ ބޮންޑުން ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.

ސަރުކާރުން ޖެހިޖެހިގެން ތިން ވަނަ އަހަރު ސޮވެރިންގ ބޮންޑު ވިއްކަން ކަނޑައެޅި އިރު ބޭރުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް ދަނީ ބޮޑުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ބޭރުގެ ދަރަނި ވަނީ ގާތްގަނޑަކަށް 70 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގައި ބޮންޑުގެ ފައިސާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހުނު އަންނަ 2019 ވަނަ އަހަރު 771 މިލިއަން ރުފިޔާ ބޮންޑަށް އަނބުރާ ދައްކަންޖެހެއެވެ. 2020 ވަނަ އަހަރު ވެސް ބޮންޑަށް 766 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް