ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 21:24
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
އިބޫގެ ރަސްމީ ގެކޮޅަށް ހަރަދު ކުރަނީ 31.5 މިލިއަން ރުފިޔާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅުގެ ހަރަދުން 6 މިލިއަން ރުފިޔާ ކުޑަކުރަން އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނައިފިއެވެ.

ރިވައިޒް ކުރަމުންދާ މިއަހަރުގެ ބަޖެޓުން ދައްކާ ގޮތުން ރައީސް އަބްދުﷲ ޔާމީން ދިރިއުޅުއްވާ ގެކޮޅުގެ ހަރަދަށް މިއަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. ނަމަވެސް އަންނަ އަހަރު ރައީސް ސޯލިހު ދިރިއުޅުއްވާނެ ދައުލަތުގެ ގެކޮޅުގެ ހަރަދު 31.5 މިލިއަން ރުފިޔާ ވަނީ ކުޑަކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުން ދައްކާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅަށް މިއަހަރު ކުރާ ހަރަދަށް ވުރެ، އަންނަ އަހަރު 6.3 މިލިއަން ރުފިޔާ ކުޑަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީ ގެކޮޅަށް އަންނަ އަހަރު ހަރަދު ކުރުމަށް ބަޖެޓްކޮށްފައި ވަނީ 2.5 މިލިއަން ރުފިޔާއެވެ.

ރައީސް ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، ދިރިއުޅުއްވާނެ ތަނެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ހަމައެއާ އެކު، ރައީސް ޔާމީން ދިރިއުޅުއްވުމަށްޓަކައި، ރަސްމީ ގެކޮޅުގެ ގޮތުގައި މުލިއާގެ އާއި ހިލާލީގެ ވަނީ ކަނޑައަޅާފައެވެ. އަދި އާ ރަށުގައި ޗުއްޓީ ހޭދަ ކުރެއްވުމަށްޓަކައި ވަނީ ތިން ބުރީގެ ގަނޑުވަރެއް އިމާރާތްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް