ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 17:29
ރައީސް އަބްދުﷲ ޔާމީން ވަށާލައިގެން ސިފައިންގެ ބޮޑީގާޑުން: އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ދަނީ ހަރަދު ކުރަމުން
ރައީސް އަބްދުﷲ ޔާމީން ވަށާލައިގެން ސިފައިންގެ ބޮޑީގާޑުން: އެމަނިކުފާނުގެ ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ދަނީ ހަރަދު ކުރަމުން
މުހައްމަދު ޝަރުހާން
ރައީސް ޔާމީން
ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
ރަސްމީ ގެކޮޅަށް މިއަހަރު 37.8 މިލިއަން ރުފިޔާ
ހާއްސަ ބަޖެޓުން މުލިއާގެއަށް 19.6 މިލިއަން
ރައީސް އޮފީހުގެ ހަރަދު 80 މިލިއަނަށް އަރާ

ރައީސް އަބްދުﷲ ޔާމީންގެ ދިރިއުޅުއްވާ ތަންތަނަށް މިއަހަރު ދައުލަތުން 37 މިލިއަން ރުފިޔާ ހަރަދު ކުރަމުންދާ ކަމަށާއި ދުވާލެއްގެ މައްޗަށް އެމަނިކުފާނު ދިރިއުޅުއްވާ ތަންތަނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރާކަން ހާމަވެއްޖެއެވެ.

ރައީސް ޔާމީން ދިރިއުޅުއްވުމަށްޓަކާ ދައުލަތުން ވަނީ މުލީއާގެ އާއި ހިލާލީގެ ހާއްސަކޮށްފައެވެ. އޭގެ އިތުރުން ޗުއްޓީ ހޭދަ ކުރެއްވުމަށްޓަކާ އާރަށުގައި ވަނީ ތިން ބުރީގެ ގަނޑުވަރެއް އިމާރާތްކޮށްފައެވެ.

ދައުލަތުގެ ބަޖެޓުން ދައްކާ ގޮތުން ރައީސް ޔާމީންގެ ރަސްމީ ގެކޮޅުގެ ހަރަދުގެ ގޮތުގައި މިއަހަރު 37.8 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއީ މަހެއްގެ މައްޗަށް 3.1 މިލިއަން ރުފިޔާ އެވެ. އަދި ދުވާލަކަށް 105،000 ރުފިޔާ ހަރަދުވެއެވެ.

ދައުލަތުގެ ބަޖެޓުން ދައްކާ ގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް 12 މިލިއަން ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ. މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުން ދައްކާ ގޮތުން ރައީސްގެ ރަސްމީ ގެކޮޅަށް ހަރަދު ކުރުމަށް ބަޖެޓުގައި ހިމަނާފައި ވަނީ 25.8 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުން މިއަހަރު މުލީއާގެއަށް 19.6 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވެސް ދައުލަތުގެ ބަޖެޓުން ދައްކައެވެ.

ރައީސް ޔާމީންގެ ގެކޮޅަށް ކުރާ ހަރަދުގެ ދެ ގުނަ ބޮޑު އަދަދެއް އެމަނިކުފާނުގެ އޮފީހަށް ވެސް ދަނީ ހަރަދު ކުރަމުންނެވެ. އެގޮތުން މިއަހަރު ރައީސް އޮފީހަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދަނީ ހަރަދު ކުރަމުންނެވެ.

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ. އަދި މުސާރައިގެ ގޮތުގައި ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ވޭތުވެދިޔަ މުއްދަތުގައި ކޮންމެ މަހަކު އެއް ލައްކަ ރުފިޔާގެ މުސާރަގެ ގޮތުގައި ނަންގަވައި، ދިރިއުޅުއްވަމުން ގެންދަވަނީ ދައުލަތުގެ ހަރަދުގައެވެ. ވެރިކަމުގެ ކުރީކޮޅު ދައުލަތުގެ ޚަރަދުގައި އަމިއްލަ ގެކޮޅުގެ މަރާމާތުގެ ބައެއް މަސައްކަތްތައްވެސް ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
15 ނޮވެންބަރ 2018 | ބުރާސްފަތި 16:53
މުހައްމާ
އަދިވެސް ކެވުނުވަރު މަދުވާނެ އޭނަޔަށް އޭނަޔަށް ބޭނުންވާނެ މުޅި ދަވްލަތް އެކީގަ ހިތަށް އަރާނެދޯ ތިމަންނަވެސް މިކުރީ ރައީސް ކަމޭ
15 ނޮވެންބަރ 2018 | ބުރާސްފަތި 03:10
އަޖޭ
ބަލަ ރައީސުން ކިޔަނީ ކަމަކު.ވެރިން ކުރާކަންކަން ދިރާސާކޮށްކޮށް ތިބުމަށް ވުރެ ތިމާގެ އަމިއލް ކަންކަން ބަލާނަމަ ހާދަ ކަމެއް ގޯސް ކަން ފެންނާނެޔޭ. ވެރިންގެ ކަން ބަލަން ހަވާލު ކޮށްފަ ބަޔަކު ތިބޭނެ އެމިހުން ގެ ވާޖިބު އާންމު މީހާ އަދާކުރާކަށް ނުޖެހޭ ކަމެއް ކުރަނަޏާ ޖެހޭ ނީ އެމީހުން އެކަންކުރޭތޯ ބަލަން.ނެރޭ ހުރިހާރިޕޯޓެއް ވިޔަސް ތިމާގެ ބަހުގެ ކުޅަދާނަ ކަން ދައްކަން މަލާމާތުގެ ގޮތް ގޮތަށް ނުނެރި މީހުން ބަލައިގަންނަ ގޮތަކަށް ނެރުނީ ހެއު ވިސްނޭމިހުން ގަބޫލު ކުރަން ފަސޭހަ ވާނެ.