ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 15:18
ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ކުރީގެ ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް
އިސްމާއިލް ނާއިލް ނަޝީދު
ޓްރާންސިޝަން ކޮމިޓީ
މިސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއް ނެތް: އަސްލަމް
80 ވަރަކަށް މަޝްރޫއު އިމްޕްލިމެންޓޭޝަން ސްޓޭޖްގައި އެބައުޅޭ

ހަވާލުވާ ސަރުކާރުން ހަމަހަމަ ކަމާއެކު އެންމެންނަށް ބޯހިޔާވެހިކަން ފޯރުކޮށްދޭނެ ކަމަށް ކުރީގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޓްރާންސިޝަން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ދާގޮތުގެ މައުލޫމާތު ދިނުމަށް ސޯލްޓްގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކޮމެޓީގެ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އަސްލަމް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ހަމަހަމަކަމާއި އެކު އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އިންތީޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަކި ކުލައަކަށް ވަކި ގިންތިއަކަށް ބެލުމެއް ނެތި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއި އިންސާފުވެރި ކަމާއިއެކު ބޯހިޔާވަހިކަން ފޯރު ކޮށްދޭނެ ކަމަށާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފަށާފައިވާ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއް ނެތްކަމަށެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ، އިންތިހާބީ ސަރުކާރުން ބޯހިޔާވަހިކަމުގެ އާ މަޝްރޫތައް ފައްޓަވާނެ ކަމަށާއި އަދި އަތްފޯރާ އަގުތަކެއްގައި ރައްޔިތުންނަށް ގެދޮރުގެ ތަނަވަސްކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑު ސަމާލު ކަމެއް ދީފައިވާކަމަށެވެ.

ގެދޮރުގެ ދަތިކަން ވަރަށް ނިކަމެތި މީހުންނަށާއި ވަރަށް ތަނަވަސް މީހުންނަށްވެސް އޮތްކަމަށް އަސްލަމް ވިދާޅުވިއެވެ. 

އަންނަ ސަރުކާރުން ބޯހިޔާވަހިކަމަށް ދޫކުރާ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ކުޑަ ލޯނުތަކަށް ހެދުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ބޯހިޔަވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދޭން ސޯލިހުގެ ސަރުކާރުން ކުރާ މަސައްކަތުގަ މާލޭގައި އުޅޭ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުން ތަފާތު ނުކުރާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް