ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 21:01
އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ހަތަރު ފަހަރެއްގެ މަތިން ވަނީ ޖޫރިމަނާ ކޮށްފައި
އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ހަތަރު ފަހަރެއްގެ މަތިން ވަނީ ޖޫރިމަނާ ކޮށްފައި
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
އަބުރުގެ ގާނޫނު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި
އަބުރުގެ ގާނޫނު ބާތިލް ކުރުމަށް 38 މެމްބަރުން ވޯޓު ދެއްވި
އެ ގާނޫނަށް އަމަލު ކުރަމުންދާތާ، ދެ އަހަރާއި ތިން މަސް

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ބާތިލް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަބުރުގެ ގާނޫނު ބާތިލް ކުރުމަށް ފާސްކޮށްފައި ވަނީ 38 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. އެ ގާނޫނު ބާތިލް ނުކުރުމަށް 13 މެމްބަރަކު ވޯޓު ދެއްވާފައި ވެއެވެ.

އަބުރުގެ ގާނޫނު ބާތިލު ކުރުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި ބިލު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ އަބުރުގެ ގާނޫނަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށެވެ. އަދި އަބުރުގެ ގާނޫނަށް އަމަލު ކުރަން ފެށި ފަހުން ގާނޫނީ ގޮތުން ފުށުއެރުންތަކާއި މައްސަލަތައް ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ކޮމެޓީ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ ގާނޫނަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ އަމަލީ އިއުލާން ނުވަތަ ޔޫޑީއެޗްއާރް އާއި ސިޔާސީ ހައްގުތަކުގެ ބައިނަލް އަގުވާމީ އަހުދު ނުވަތަ އައިސީސީޕީއާރްގެ ދަށުން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހަމަތަކާއި މިނިވަންކަމާ އެކު ފިކުރު ކުރުމުގެ ހަމަތައް ނިގުޅައިގެންފައިވާ ގާނޫނެއް ކަމަށް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ދިރާސާކޮށްފައިވާ ރިޕޯޓުގައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރުގެ ގާނޫނު މަޖިލީހުން ފާސްކުރީ ދިވެހި ދައުލަތުގެ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގައި ސަރުކާރުގެ އިސްވެރިންގެ ބައިވެރިވުން އޮތް މިންވަރު މީޑިއާ އަށް ތިލަވެގެން އައި ދުވަސްވަރުއެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ 47 މެމްބަރުންގެ ވޯޓާއެކު އެ ގާނޫނު މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 9 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް