ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 19:42
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ
މުހައްމަދު ޝަރުހާން
އެމްއޭސީއެލް
އެމްއޭސީއެލްގެ އެމްޑީގެ މަގާމުން އާދިލް އިސްތިއުފާ ދެއްވައިފި
އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ

މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ހަމަވާތީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އާދިލް މޫސާ އިސްތިއުފާ ދެއްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ އެމްޑީގެ މަގާމުން މިމަހުގެ 15 އިން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެ އިސްތިއުފާ ޕްރައިވެޓައިޒޭޝަން ބޯޑުން ގަބޫލުކޮށްފައިވާ ކަމަށާއި އެތަން ދެން ހިންގާނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހު ކަމަށް ނިޒާރު ވިދާޅުިވއެވެ. މޫސާ ސޯލިހަކީ އިންތިހާބީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ބޮޑުބޭބޭފުޅެވެ.

އާދިލް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރާ ހަވާލުވެވަޑައިގަތީ 2015 ވަނަ އަހަރުއެވެ. 

އާދިލްގެ އިތުރުން އާ ސަރުކަރު އަންނަ އިރު މިހާރު ކުންފުނިތަކުގައި ތިއްބެވި ބައެއް އިސް ބޭފުޅުން އިސްތިއުފާ ދެއްވާނެ ކަން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އާ ސަރުކާރާ އެކު އާ ބޯޑުތައް އެކުލަވާލެވިގެންދާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
14 ނޮވެންބަރ 2018 | ބުދަ 09:21
ޝިޢުބު
އިޚްލާސްެރިނަމަ 11 ނޮވެންބަރުގެ ކުރިން އިސްތިއުފާ ދެއްވީސްކަން ކަށަވަރު