ކ. މާލެ
|
14 ނޮވެންބަރ 2018 | ބުދަ 09:01
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ބަޖެޓް 2019
އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކަނީ
ފާއިތުވެދިޔަ ދެ އަހަރު 450 ޑޮލަރުގެ ބޮންޑު ވިއްކާފައިވޭ
އެންމެ ފުރަތަމަ ސޮވެރިންގ ބޮންޑު ވިއްކާފައިވަނީ 2017 ވަނަ އަހަރު

އަންނަ އަހަރު 150 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކުމަށް ނިންމައިފިއެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހާމަކޮށްފައިވާ ގޮތުގައި 2019 އަހަރު 150 މިލިއަން ޑޮލަރުގެ ބޮންޑު ނުވަތަ ސުކޫކުގެ ގޮތުގައި ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަންނަ އަހަރަށް ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވާ އިރު މި އަހަރުގެ އިތުރުން 2017 ވަނަ އަހަރުގައި ވެސް ދައުލަތުން ވަނީ ސޮވެރިންގ ބޮންޑު ވިއްކާފައެވެ. އެންމެ ފުރަތަމަ ސަރުކާރުން ސޮވެރިންގ ބޮންޑު ވިއްކުމަށް ކަނޑައަޅާފައިވަނީ ވެސް 2017 ވަނަ އަހަރެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައިވާއިރު މިއަހަރު  250 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައި ވެއެވެ.

އަންނަ އަހަރު ވިއްކުމަށް ކަނޑައަޅާފައިވާ ބޮންޑުން ބަޖެޓުގައި ހިމަނާފައިވާ ކަންކަމަށް ފައިސާ ހަރަދު ކުރުމަށް ހަމަޖެހިފައި ވެއެވެ.

ސަރުކާރުން ޖެހިޖެހިގެން ތިން ވަނަ އަހަރު ސޮވެރިންގ ބޮންޑު ވިއްކަން ކަނޑައެޅި އިރު ބޭރުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް ދަނީ ބޮޑުވަމުންނެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ބޭރުގެ ދަރަނި ވަނީ ގާތްގަނޑަކަށް 70 ޕަސެންޓް އިތުރުވެފައެވެ. މިއަހަރުގައި ބޮންޑުގެ ފައިސާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކަން ޖެހުނު އަންނަ 2019 ވަނަ އަހަރު 771 މިލިއަން ރުފިޔާ ބޮންޑަށް އަނބުރާ ދައްކަންޖެހެއެވެ. 2020 ވަނަ އަހަރު ވެސް ބޮންޑަށް 766 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް