ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 18:39
ރައީސް ނަޝީދު ގެސްޓް ހައުސް ހުޅުވައިދެއްވަނީ
ރައީސް ނަޝީދު ގެސްޓް ހައުސް ހުޅުވައިދެއްވަނީ
ރާއްޖެއެމްވީ
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުން
ރައީސް ނަޝީދު އުކުޅަހު ގެސްޓް ހައުސްއެއް ހުޅުވައިދެއްވައިފި
ރައީސް ނަޝީދު ވަނީ އެހެން ގެސްޓް ހައުސްތައްވެސް ބައްލަވައި ލައްވާފައި
އުކުޅަހުގެ ބައެއް ޢާއްމު ގޭގެއަށްވެސް ރައީސް ނަޝީދު ވަނީ ވަޑައިގަންނަވާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އއ އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށުގައި އާ ގެސްޓް ހައުސްއެއް ހުޅުވައިދެއްވައިފިއެވެ.

ފަތުރުވެރިންނަށް ޚާއްޞަކޮށްގެން ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގަމުންދާ އއ އުކުޅަހުގައި އަންގާރަ ދުވަހު ހުޅުވައިދެއްވާފައިވަނީ ނަލަވެލި ބީޗް ވިލާ އެންޑް ސްޕާ އެވެ.

ރައީސް ނަޝީދު އުކުޅަހުގައި

މިގެސްޓް ހައުސް ހުޅުވައިދެއްވުމަށްފަހު ރައީސް ނަޝީދު ވަނީ އެރަށުގެ ގެސްޓް ހައުސްތައް ބައްލަވާލައްވާފައެވެ. އަދި ރަށުގެ ބައެއް ޢާއްމު ގޭގެއަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން އުކުޅަހުގެ އިންޖީނުގެ ބައްލަވައިލައްވައި އިންޖީނުގޭގެ ބޭފުޅުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ އެރަށުގެ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ ބައްދަލު ކުރައްވާފައެވެ.

ރައީސް ނަޝީދު އުކުޅަހުގައި

ރައީސް ނަޝީދުގެ މިދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައެވެ. މިދަތުރުފުޅުގައި ރައީސް ނަޝީދުގެ އަނބިކަނބަލުންނާއި އެމްޑީޕީގެ ބައެއް އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ނަޝީދު އުކުޅަހުގައި

މިއީ ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށް ހުކުމްކުރިފަހުން ދަތުރުކުރެއްވި ރާއްޖޭގެ ތިންވަނަ ރަށެވެ. މީގެ ކުރިން އައްޑޫ ސިޓީއަށާއި ހއ ދިއްދޫއަށް ވަނީ ވަޑައިގެންފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް