ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 17:28
މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު
ރާއްޖެ އެމްވީ
ދައުލަތުގެ ބަޖެޓް 2019
ބަޖެޓް ކޮމެޓީގެ މުގައްރިރަކަށް މަވޯޓާ ޝަރީފް، ނައިބަކަށް ރިޔާޒު
ބަޖެޓް ކޮމެޓީގެ މެމްބަރުންގެ އަދަދު 24
ބަޖެޓް ކޮމެޓީގައި ހިމެނެނީ މާލިއްޔަތާއި އާއި އިގްތިސާދީ ކޮމެޓީ
ބަޖެޓުގެ ޖުމްލަ އަދަދަކީ 29.6 ބިލިއަން

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރަން ހޮއްވެވި ކޮމެޓީގެ މުގައްރިރަކަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ހޮއްވަވައި، ނައިބު މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހޮއްވަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އެކުލެވިގެން ވަނީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ މެމްބަރުންގެ މައްޗަށެވެ. ބަޖެޓް ކޮމެޓީގެ މެމްބަރުންގެ އަދަދަކީ 24 އެވެ.

އެ ކޮމެޓީގެ މުގައްރިރަކަށް އަންގާރަ ދުވަހު ހޮއްވެވި މަރަދޫ ދާއިރާގެ މެމްބަރު މަވޯޓާ ޝަރީފް އާއި ނައިބު މުގައްރިރަކަށް ހޮއްވެވި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު ރިޔާޒު ރަޝިދަކީ މާލިއްޔަތު ކޮމެޓީގެ މެމްބަރުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 29،647،415،773 (ނަވާވީސް ބިލިއަން ހަސަތޭކަ ސާޅީސް ހަތް މިލިއަން ހަތަރު ލައްކަ ފަނަރަހާސް ހަތްސަތޭކަ ހަތްދިހަ ތިން ރުފިޔާ) އެވެ.

ދައުލަތުގެ ދަރަނި އަދާކުރުމަށް އަންނަ އަހަރުގެ ބަޖެޓުން 2.9 ބިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 23 ބިލިއަން ރުފިޔާއެވެ. ދެހާސްނަވާރަ ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ވާނީ 3.7 ބިލިއަން ރުފިޔާއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް