ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 17:31
ަރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް ފޮޓޯއަށް ހުއްޓި ވަޑައިގެން
ަރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް ފޮޓޯއަށް ހުއްޓި ވަޑައިގެން
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުން
ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
އައިޑީކާޑް އަށް ބޭނުންވާ ފޮޓޯވެސް ނެންގެވީ އުކުޅަހު ކައުންސިލުން
އައީޑީކާޑް ބުދަ ދުވަހު އެކައުންސިލަށް ލިބޭނެ
ކާޑް ހެއްދެވުމަށް ހުށަހެޅުއްވީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އާ ކުރެއްވުމަށް އއ އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދު އެކަން ކުރެއްވީ އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުކުޅަހު ކައުންސިލް އިދާރާއަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލު ކުރެއްވުމަށް ފަހުގައެވެ.

ކާޑް އާކުރެއްވުމުގެ ގޮތުން އެކަމަށް ބޭނުންވާ މައުލޫމާތު ފޯމް ފުރިހަމަ ކުރައްވައި، ފޮޓޯއާއެކު އެމަނިކުފާނު ވަނީ އެކައުންސިލަށް ހުށަހަޅުއްވާފައެވެ. އެކަމަށް ބޭނުންވާ ފޮޓޯވެސް ނެންގެވީ ކައުންސިލް އިދާރާއިންނެވެ.

Caption

ރައީސް ނަޝީދު އާކުރައްވަން ހުށަހެޅުއްވި ކާޑް ބުދަދުވަހު އެކައުންސިލަށް ލިބޭނޭކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މިއީ ކައުންސިލްތަކުން ހުރިހާ ކަމެއްވެސް ކުރެއްވޭފަދަ ބާރުތަކެއް ދެއްވުމަށް ބާރު އެޅުއްވުމުގެ ގޮތުން އެމަނިކުފާނު ކުރެއްވި ކަމެކެވެ.

Caption

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އުކުޅަހުގެ ކައުންސިލާ ބައްދަލު ކުރެއްވުމުގެ އިތުރުން އެރަށުގެ ގެސްޓް ހައުސް ވިޔަފާރި ކުރާ ފަރާތްތަކާ ބައްދަލުކޮށް ގެސްޓް ހައުސްތައްވެސް ވަނީ ބައްލަވާ ލައްވާފައެވެ.  

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
14 ނޮވެންބަރ 2018 | ބުދަ 08:18
ahmed
ތީ އަލަށް ރާއްޖޭގައި ކުރާކަމެއްތަ. ށ އަތޮޅުގައި ތިކަން ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ.