ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 14:30
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން: އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ޑިގްރީ އަށް ކިޔެވޭނެ
އިސްލާމިކް ޔުނިވާސިޓީގެ ދަސްވެނިވުން: އަންނަ އަހަރުން ފެށިގެން ސަރުކާރުގެ ހަރަދުގައި ޑިގްރީ އަށް ކިޔެވޭނެ
މުހައްމަދު ޝަރުހާން
ބަޖެޓް 2019
ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
ހެނދުނުގެ ނާސްތާ އަށް 50 މިލިއަން
އޯލެވެލްގައި 1 ވަނަ ހޯދާ ހުރިހާ ދަރިވަރުންނަށް ސްކޯލާޝިޕް

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފައިވާ ގޮތަށް، ރާއްޖޭގައި ތިބެގެން ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވުމުގެ ފުރުސަތު ހަމަޖައްސެއްސުމުގެ އިތުރުން، މުޅިން އާ ސިޔާސަތެއްގެ ގޮތުގައި ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމަށް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓުގައިވާ ގޮތުން، ސަރުކާރުގެ ހަރަދުގައި ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔުވައިދިނުމުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާއެވެ. އަދި ހެނދުނުގެ ނާސްތާ އަށް ވެސް ކަނޑައަޅާފައި ވަނީ 50 މިލިއަން ރުފިޔާއެވެ.

ސަރުކާރުގެ ހަރަދުގައި ނާސްތާ ދިނުމަށް ބަޖެޓްކޮށްފައި ވިޔަސް، އެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތުން ގުޅިފައިވާ ޕާޓީތަކުން ހާމައެއް ނުކުރެއެވެ. 

ދިވެހިރާއްޖޭގައި ތިބެގެން ދިވެހިންނަށް ފުރަތަމަ ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލަ ދެއްވާނެ ކަމަށް، ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވައުދުވެވަޑައިގެންފައެވެ.

"ފުރަތަމަ ޑިގްރީއާ ހަމައަށް ދިވެހިރާއްޖެއިން ކިޔެވުމަށް ހިނގާ ޚަރަދު ދައުލަތުން ހަމަޖައްސައިދިނުން ކޮންމެ ދިވެއްސަކަށް ވެސް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީ ހާސިލްކުރާ ފަރާތްތަކަށް ކިޔެވުމަށް ހިނގާ ޚަރަދު (ޓިއުޝަން ފީގެ ޚަރަދު) ދައުލަތުން ހަމަޖެއްސުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ،" ބަޖެޓް ފޮތުގައިވެއެވެ.

ޑިގްރީ ފެންވަރަށް ކިޔަވައި ދިނުމަށް 2019 ވަނަ އަހަރަށް 50 މިލިއަން ރުފިޔާ ކަނޑައަޅާފައި ވިޔަސް، އެ އަދަދު 2020 އަދި 2021 ގައި 175 މިލިއަން ރުފިޔާއަށް އިތުރުކުރުމަށް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން އަހަރަކު 60 އެމްބީބީއެސް ޑޮކްޓަރުން އަދި 25 ސްޕެޝަލިސްޓް ޑޮކްޓަރުން ބިނާކުރެވޭނެ ވަރަށް ސްކޮލަރޝިޕްތައް އަންނަ އހަރު ހުޅުވާލުމަށް ނިންމާފައިވާއިރު، އެކަމަށް ބަޖެޓްގައި 24.7 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ޖީސީއީ އޭލެވެލްގެ 1 ވަނަ ލިބޭ ހުރިހާ ދަރިވަރުންނަށް ހިޔާރުކުރާ ތަނަކުން ކިޔެވުމުގެ ފުރުސަތު ދިނުމަށްޓަކައި، ޕްރެޒިޑެންޓް ސްކޮލަރޝިޕް ސްކީމަށް 40 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ކޮންމެ ދަރިވަރަކަށް ކިޔެވުމުގެ ޚަރަދާއި ސްޓައިޕެންޑް ލިބޭނެއެވެ

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ދައުލީމީ ދާއިރާއަށް ޖުމުލަ 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، 2.9 ބިލިއަން ރުފިޔާއަކީ އެ ދާއިރާގެ ރިކަރެންޓް ހަރަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް