ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 19:42
ފުލުހުން ބަލަމުންދާ ސަރަހައްދެއް:
ފުލުހުން ބަލަމުންދާ ސަރަހައްދެއް:
މުހައްމަދު ޝަރުހާން
ތޫނު އެއްޗަކުން ހަމަލާދިނުން
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލައިފި
ޒަޚަމް ކޮށްލާފައިވަނީ ފިރިހެނެއް

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ފުލުުހުން ބުނީ މިއަދު ހެނދުނު 7:00 ހާއިރު ތޫނު އެއްޗަކުން ފިރިހެނަކަށް ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ ބިހުރޯޒު ކަމަނާ މިސްކިތް ކައިރިންނެވެ. 

އެ މީހާއަށް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އައިޖީއެމްއެޗުން ބުނީ ހަމަލާދީފައި ވަނީ 30 އަހަރުގެ މީހަކަށް ކަމަށާއި އޭނާގެ ހަށިގަނޑުގެ ނުވަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. 

މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް