ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 21:47
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
އިންތިހާބީ ރައީސް ސޯލިހު
އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވާނެ

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓްރީތައް އެކުލަވާލާފައިވާ ގޮތް މިއަދު ހާމަކުރާނެ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިއްޖެއެވެ.

މިކަންކަން ހާމަކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން އާ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދާއި އަލަށް އުފެދޭ މިނިސްޓްރީތަކުގެ އަދަދު ވެސް މިއަދު ހާމަކުރާނެ ކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާ ސަރުކާރުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވާނެއެވެ. މިނިސްޓްރީތައް ބެހިގެންދާނީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުންނެވެ. އެ ގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫނުގެ އެމްއާރުއެމްގެ މެދުގައި މިނިސްޓްރީތައް ބެހިގެންދާނެއެވެ. 

ނޮވެމްބަރު 17 ވަނަ ދުވަހު ރިޔާސީ ދައުރު ނިމިގެންދާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބަވަނީ 15 ވަޒީރުންނެއެވެ.

އިންތިޚާބީ ރައީސް ސޯލިހު ރައީސް ކަމުގެ ހުވާކުރައްވާނީ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ. މި ރަސްމިއްޔާތު ގަލޮޅުބޯޅަ ދަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ރަސްމިއްޔާތަށް 11500 މީހުންނަށް ދައުވަތު އެރުވުމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް