ކ. މާލެ
|
13 ނޮވެންބަރ 2018 | އަންގާރަ 21:34
އައިޔޫއެމް. ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން
އައިޔޫއެމް. ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން
މުހައްމަދު ޝަރުހާން
އައިޔޫއެމް
އައިޔޫއެމް. އިން ޤުރުއާން ހިތުދަސްކޮށްދިނުމުގެ ބައެއް ކޯސްތައް ހިލޭ ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފި
މިހާރު މި ޕްރޮގްރާމުތައް ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް ވެސް އަންނަ އަހަރުން ފެށިގެން ކިޔަވައިދޭނީ މުޅިން ހިލޭ
ހިލޭ ކުރިއަށްގެންދާ މިޕްރޮގްރާމްގެ ތެރޭގައި ހިމެނެނީ ޤުރުއާން ހިތުދަސްކުރުމުގެ ސެޓްފިކެޓް ލެވެލް 1، 2، 3 އަދި އެޑްވާންސް ސެޓްފިކެޓް ލެވެލް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ކުރިއަށްގެންދާ ކީރިތި ޤުރުއާން ހިތުދަސްކޮށްދިނުމުގެ ބައެއް ކޯސްތައް ހިލޭ ކިޔަވައިދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އައިޔޫއެމް. އިން ބުނީ ހަތަރު ޕްރޮގްރާމެއްގެ ކޯސް ފީ މައާފުކޮށްދޭން ނިންމާފައިވާ ކަމަށާއި، މި ޕްރޮގްރާމުތަކާއި އަލަށް ގުޅޭ ދަރިވަރުންގެ އަތުން ފީ ނުނަގާނެ ކަމަށެވެ. މިހާރު މި ޕްރޮގްރާމުތައް ފުރިހަމަ ކުރަމުންދާ ދަރިވަރުންނަށް ވެސް އަންނަ އަހަރުން ފެށިގެން ކިޔަވައި ދޭނީ މުޅިން ހިލޭ ކަމަށް އައިޔޫއެމުން މައުލޫމާތުދެއެވެ.

އައިޔޫއެމުން ބުނީ މިއީ ޤުރުއާނުގެ އިލްމު ހިލޭ ފެތުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ޔުނިވަރސިޓީން ނިންމި ނިންމުމެއް ކަމަށެވެ. އަދި މީގެ މަގުސަދަކީ އެކި އުމުރުފުރާގެ މީހުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް އޮންނަ ޝައުގުވެރިކަން އިތުރުކޮށް، ޤުރުއާން ހިތުދަސްކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

މުޅިން ހިލޭ ކުރިއަށް ގެންދާ މިޕްރޮގްރާމްގެ ކޯސްތަކުގެ ތެރޭގައި ހިމެނެނީ ޤުރުއާން ހިތުދަސްކުރުމުގެ ސެޓްފިކެޓް ލެވެލް 1، 2، 3 އަދި އެޑްވާންސް ސެޓްފިކެޓް ލެވެލްއެވެ. މި 4 ޕްރޮގްރާމުގައި މިހާރު ވެސް 150 އެއްހާ ދަރިވަރުން ކިޔަވަމުން ދާކަމަށް އެ ޔުނިވަރިސިޓީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް