ކ. މާލެ
|
13 އޮކްޓޯބަރ 2018 | ހޮނިހިރު 10:30
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް
ވީނިއުސް
ހައުސިންގ މިނިސްޓްރީ
ޓެކްނޮލޮޖީ ފަސޭހަކަން އޮއްވައި ރައްޔިތުން 24 ގަޑިއިރު ކިޔުގައި ޖެއްސުމަކީ ކުރަމުންދާ ފުރައްސާރައެއް: އަމީން
ގޯއްޗާއި، ފްލެޓް އެންމެނަށް ވެސް ދޭން ޖެހޭ
ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދޭ ނަމުގައި 24 ގަޑިއިރު ކިޔުގައި ބައިތިއްބަން ނުޖެހޭ

ޓެކްނޮލޮޖީ ފަސޭހަކަން އޮއްވައި ރައްޔިތުން 24 ގަޑިއިރު ކިޔުގައި ޖެއްސުމަކީ ކުރަމުންދާ ފުރައްސާރައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އިއުލާން ކުރުމާ ގުޅިގެން ގިނަ ބަޔަކު ވަނީ މިނިސްޓްރީ ކައިރީގައި ކިޔު ހަދާފައެވެ. ނަމްބަރު ހޯދައި ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ގަތުމަށް ފޯމު ހުށަހެޅުމަށް އެއް ދުވަސް ކުރިން، އެތަނުގައި ގޮނޑި އަޅައިގެން ބައެއް މީހުން ވަނީ ކިޔުގައި ޖެހިފައެވެ. މާލޭ ފުޑްކޯޓުތައް ހިމެނޭ ސަރަހައްދުގައި ހުންނަ ހައުސިން މިނިސްޓްރީ ކައިރީގައި ހަދާފައިވާ ކިޔު ކަޅުތުއްކަލާ ކޮއްޓާ ހިސާބަށް ދެމިގެން ގޮސްފައިވާ އިރު، ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އަމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯއްޗާއި، ފްލެޓް އެންމެނަށް ވެސް ދޭން ޖެހޭ ކަމަށާއި، ނަމަވެސް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ނަމުގައި 24 ގަޑިއިރު ކިޔުގައި ބައިތިއްބަން ނުޖެހޭ ކަމަށެވެ.

އަމީން ވިދާޅުވީ ރައްޔިތުންނަށް ތަކުލީފު ތިބޭ ގޮތަށް މިފަދަ ކަންކަން އިންތިޒާމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ނަމުގައި ސަރުކާރުން މިކުރާ މަސައްކަތްތަކަކީ ހެޔޮ ނިޔަތުގައި ކުރާ ކަމެއްތޯ ސުވާލު އުފެދޭ ކަމަށެވެ.

 

ފޯމް ލުމުގެ ކަންކަން އެއްވެސް އިންތިޒާމެއް ނެތި ހައުސިންގ މިނިސްޓްރީން ކުރަމުން ދާތީ ގިނަ ރައްޔިތުންތަކެއް ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން 1000 އަކަފޫޓްގެ 400 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ގޯއްޗެއްގެ ޖުމްލަ އަގަކީ 400،000 (ހަތަރުލައްކަ) ރުފިޔާއެވެ. ޑައުން ޕޭމަންޓްގެ ގޮތުގައި 25،000ރ. ދައްކަންޖެހޭ އިރު ބާކީ ބައި ދެއްކުމަށް 10 އަހަރު ލިބިގެންދާނެއެވެ. އެހެންކަމުން ގޯއްޗަކަށް މަހަކު ދައްކަންޖެހޭނީ 3،125ރ. އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް