ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 17:59
ތުލުސްދޫ ދާއިރާގެ މެންބަރު  މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)
މުހައްމަދު ޝަރުހާން
މެންބަރުންގެ ގޮނޑީގެ މައްސަލަ
މިދިޔަ ދުވަސް ތަކުގައި ދާއިރާގެ ރައްޔިތުންނަށް ލިބުނު ގެއްލުން ހޯދުމަށް މައްސަލަ ހުށަހަޅާނަން: ވައްޑެ
އިންސާފު ހޯދަށް ކުރަމުންދިޔަ މަސައްކަތްތަކަށް ކާމިޔާބު ލިބިފައިވާކަން އެނގިއްޖެ
ރައްޔިތުންނާ ބައްދަލު ކުރުމަށް ހުރަސްއެޅި

ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު މައްސަލަ ހުށަހަޅާނެ ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުން ވަހީދުގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުމާއި ގުޅިގެން ވަހީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުން، އަދުލް އިންސާފަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މަސައްކަތުގެ ނަތީޖާ  ހާމަވެގެންދާ ކަމަށެވެ. ވަހީދު ވިދާޅުވީ، ނުހައްގުން ގޮނޑި ގެއްލުވާލި ކަމަށް އަންގައި މަޖިލީހަށް ނުވަދެވޭ ގޮތް ހަދައި ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ހުރަސް އެޅި ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ތުލުސްދޫ ދާއިރާގެ މެންބަރުންގެ ހައްގުގައި މަސައްކަތްތައް ފަށާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މިއަދު ނެގި ކަމުގައި ވީނަމަވެސް އެކަމުގައި އެންމެ ފުރަތަމަ ސޮއި ކުރާނެ މެންބަރަކަށް އޭނާ ވާނެ ކަމަށެވެ.

މިމަގާމުން ދުރުކޮށް އަނިޔާވެރިވި ފަރާތަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ދުވަސްވަރުގައި 12 މެންބަރުންގެ ގޮނޑި ގެއްލުވާލީ އެމަނިކުފާނުކަމަށް ވިދާޅުވި ކަމަށެވެ.

"އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ލިބިގެންދިޔަ ކާމިޔާބީއެއް މީ.  ބައެއްގެ އަނިޔާވެރިކަމުން ގާތްގަނޑަކަށް 4 އަހަރު ވެގެންދަނީ ދާއިރާއަށް އެރިއަނުދީ." ވައްޑެ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ދާއިރާއަށް ވެސް އަރާނެ ކަމަށާއި ރައީސް ޔާމީނަކަށް ނުވެސް ހިފެހެއްޓޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
8 އޮކްޓޯބަރ 2018 | ހޯމަ 08:03
ފައިބިންދާޅި 12 ގޮނޑި
ޤާނޫނާ ޚިލާފަށް 12 މެންބަރުންގެ ގޮޑިއާއިމެދު ގޮތެއް ނުނިންމައި މިހާދުވަހުހިފެހެއްޓީ ސްޕްރީމްކޯޓުން އަދި 12 ގޮނޑިގެ މައްސަލައިގައި ރަމަންރަމަންފޯލި ކުޅޭ އުސޫލުން ހުކުމްތައްކޮށް އަމުރުތަށް ނެރެހެދީ ތިޔަ ސްޕްރީމްކޯޓުން އެހެންކަމަށްވުމުން 12 ގޮޑީގެ މައްސަލައިގައި ހިންގާފައިވާ ޖަރީމާ ހިންގާފައިވަނީ ކޮންބައެއްކަން އެބައެނގޭ އެހެންކަމުން މިކަމުގަ ޒިންމާވަނީ ޢަބުދުﷲ ޔާމީން ކަމުގައިވިޔަސް ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް ސްޕްރީމްކޯޓުކަމުގައިވިޔަސް އިލެކްޝަން ކޮމިޝަން ކަމުގައިވިޔަސް ސިފައިންނާ ފުލުހުން ކަމުގައިވިޔަސް މިޖަރީމާހިންގުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް ޤާނޫނީގޮތުން އެހައްޤ އަދަބުދެވެންޖެހޭނެކަމުގައި ދެކެމެވެ. ގޮނޑިތައް ބަނދެގެން މަޖިލީހުންވަނީ އެތަށްޖަރީމާއެއް ހިންގާފައި މިހުރިހާކަމަެއްގެ ޒިންމާވެސް އުފުލަންޖެހޭނެ