ކ. މާލެ
|
9 އޮކްޓޯބަރ 2018 | އަންގާރަ 17:54
ފަރަންސޭސި ސަފީރު ސަފީރު ޖޯން-މައިން ޝުހް، އިންތިޚާބީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވަނީ
ފަރަންސޭސި ސަފީރު ސަފީރު ޖޯން-މައިން ޝުހް، އިންތިޚާބީ ރައީސް ސޯލިހްއާ ބައްދަލު ކުރައްވަނީ
މުހައްމަދު ޝަރުހާން
ފަރަންސޭސި ސަފީރު
ފަރަންސޭސި ސަފީރު އިންތިޚާބީ ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ބައްދަލު ކުރެއްވުން އޮތީ އާދީއްތަ ދުވަހު ހަވީރު
ފްރާންސްއިން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރު ކުރުމަށް އެހީވެދޭނެ

ފަރަންސޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކެސެލެންސީ ޖޯން-މައިން ޝުހް، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އިންތިޚާބީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި އާދީއްތަ ދުވަހު އޮތް މި ބައްދަލުވުމުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ހޯއްދެވި ކާމީޔާބީއަށް ސަފީރު ވަނީ މަރުޙަބާ ދަންނަވާފައެވެ.

އަދި ފަރަންސޭސި ވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާއިން ފަރަންސޭސި ވިލާތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ފަރަންސޭސި ސަފީރު ވިދާޅުވި ކަމަށްވެސް އިންތިޚާބީ ރައީސްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް