Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 23:26
ދުވާފަރުގައި ހަދާފައިވާ ޕީއެންސީ ޖަގަހަ
ދުވާފަރުގައި ހަދާފައިވާ ޕީއެންސީ ޖަގަހަ
ރާއްޖެއެމްވީ
ރ. ދުވާފަރު
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
ރ. ދުވާފަރުގައި ޕީއެންސީން ހަދާފައިވާ ޖަގަހަ އަކީ ނުގަވައިދުން ދޫކޮށްފައިވާ ބިމެއްގައި އިމުން ބޭރުން ހަދާފައިވާ ޖަގަހައެއް ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި
މަސްވެރިންގެ ދުވަހަށް ރައީސް މުއިއްޒު ދުވާފަރަށް ޒިޔާރަތްކުރާއިރު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ކުރުމަށް ވަނީ ނިންމާފަ

ރ. ދުވާފަރު ގައި ގައިވައިދާ ހިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޖަގަހައެއް ހަދައި ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާކުރި އެރަށު މީހަކު ބުނީ، މަސްވެރިންގެ ދުވަހާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެން އެ ރަށުގައި ޕީއެންސީ އިން ބޮޑު ޖަގަހަ އެއް ހަދާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ގަވައިދާ ހިލާފަށް ކަމަށެެވެ. އަދި އެ ބިމަކީ ގައިވައިދާ ހިލާފަށް ދޫކޮށްފައިވާ ބިމެއް ކަމަށާއި އެ ޖަގަހަ ހަދާފައިވަނީ އިމުން ބޭރުން ކަމަށް އޭނާ ބުންޏެވެ.

މިކަމާއި ގުޅިގެން ރ. ދުވާދަރު ކައުންސިލްގެ އެމްޑީޕީގެ މެމްބަރު މަރިޔަމް ޔަޝްފާ ވިދާޅުވީ، ޕީއެންސީ އިން އެ ޖަގަހަ ހަދާފައިވަނީ ގައިވައިދާ ހިލާފަށް ދޫކޮށްފައިވާ ބިންތައް އަތުލާ އެތަންތަން ހުސްކުރުމުގެ މަސައްކަތް ކައުންސިލް އިން ކުރަމުން ދަނިކޮށް ގައިވައިދާ ހިލާފަށް ދޫކޮށްފައިވާ ބިމެއްގައި ކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރަމުންދާ ކަމަށްވެސް ޔަޝްފާ ވިދާޅުވި އެވެ.

ޔަޝްފާ ވިދާޅުވީ ދުވާފަރަކީ މަސްވެރި ރަށަކަށް ވުމުން އަބަދުވެސް ރަށުގެ އެކި ތަންތަނުގައި މަސް ކައްކާ ކުދި ބަދިގެ ތަކާއި މަސް އަވީލާ ތަންތަން ހަދަމުންދާތީ އެކަން ހައްލު ކުރުމަށް އެ މަސައްކަތަށް ވަކި ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދުން ބިން ދޫކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕީއެންސީ އިން ހަދާފައިވާ ޖަގަހަ އަކީ އެގޮތަށް ގައިވައިދާ ހިލާފަށް ބަޔަކު ބޭނުން ކުރަމުން ދިޔަ ބިމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރަން ނިންމާފައިވަނި ރ. ދުވާފަރުގަ އެެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ވަޒީރުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ބޮޑު ކަންނެލި މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން އެދެވޭ ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ބުނެ، ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހު، ބޮޑު ކަންނެލި މަސްވެރިން ގެ ޔޫނިއަންއިން އިހުތިޖާޖުކުރުމަށް ވަނީ ނިންމައިފަ އެވެ.

- ކޮމެންޓް