ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އިސްތިއުނާފު މައްސަލަ އިސްފަނޑިޔާރު ސެކްޝަނަށް ބަދަލު ކޮށްފި ކަމަށް އޭނާގެ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ގާޒީއަށް މައުމޫން ހަމީދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ކުރިން އެ މައްސަލަ ބަލަމުން ގެންދިޔައީ ބީ8 ސެކްޝަނުން ކަމަށާއި އެ މައްސަލައިގެ ހުކުމް ކުރާނެ ދުވަހެއް ހޯދަން ގުޅުމުން މިހާރު މައްސަލަ އިސްފަނޑިޔާރު ސެކްޝަނަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވާ ކަމަށެވެ. . ދެން އެ މައްސަލާގައި މައުލޫމާތު ދޭނީ އެ ސެކްޝަނުން ކަމަށް ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށް މައުމޫން ހަމީދު ފަނޑިޔާރު އަބްދުﷲ ގާޒީއަށް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.
މައުމޫން ހަމީދު ވަނީ ފާރިސްގެ މައްސަލަ އިސްފަނޑިޔާރު ސެކްޝަނަށް ގެންދިޔައީ ކީއްވެތޯއާއި މައްސަލަ ބަލާ ބެންޗަށް އެއްވެސް ބަދަލެއް އައިސްފައިވާ ނަމަ އެ ބަދަލެއް ވެސް ސާފު ކޮށް ދިނުމަށް އެސިޓީގައި އެދިވަޑައިގަންނަވާފައެވެ.
ފާރިސްގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިމަހުގެ 20 ވަނަ ދުވަހަށް ތާވަލް ކުރުމަށް ފަހު އެންމެ ފަހު ވަގުތު ވަނީ ކެންސަލް ކޮށްފައެވެ. އެހެން ނަމަވެސް އެ މައްސަލަ ކެންސަލް ކުރި ސަބަބު ހައި ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
.@afarismaumoon appeals: After cancellation of judgment set for 20 Aug, the cases have been taken away from judge presiding over the bench. pic.twitter.com/dE7WtWhOIV
— Maumoon Hameed (@maanhameed) August 26, 2017