ހުކުރު 03 އޭޕުރިލް 2020
09 ރޭވަ
1441 ޝައުބާން 10
ފަތިސް 04:52
އިރުއަރާ 06:03
މެންދުރު 12:13
އަސްރު 15:13
މަޣްރިބް 18:16
އިޝާ 19:28

ވާހަކަ - ވާރޭ ވެހޭތޯ ދުއާ ކުރުން

ރާއްޖެ އެމްވީ
raajjemv

1 ޖޫން 2018 | ހުކުރު 00:04 6,230

ހަނަފަސް މުއްދަތު ދިގުވެ އެންމެ ފެން ތިއްކެއްވެސް ނުޖަހާ ގިނަ ދުވަސްތަކެއް ފާއިތު ވުމުން މީހުންނަށް ވަރަށް އުނދަގޫތަކާއި ދަތިތައް ކުރިމަތިވެއްޖެއެވެ.

މިކަން ބޮޑުވެގެން ހަދާނެ ގޮތަކާ މެދު އެންމެން ވާހަކަ ދެއްކުމަށް ފަހު އެ މީހުންނަށް ފެނުނީ ވާރޭ ވެހޭތޯ ދުއާ ކޮށްދިނުމަށް ޖުހާ ގާތައް ދިއުމަށެވެ.

މިކަމަށް އަވަސް ހައްލެއް ލިބޭތޯ މުޅި އަވަށުގެ އެންމެން ކަހަލަ ގޮތަކަށް ޖުހާ އާ ބައްދަލު ކުރަން ގޮސް، އަވަށުގެ އިސް މީހުން ޖުހާ ގާތުގައި ވާރޭކޮޅެއް ވެހޭތޯ ދުއާ ކޮށްދިނުމަށް އެދި ބުނެފިއެވެ.

އެމީހުންގެ ވާހަކަ އަޑުއެހުމަށްފަހު ޖުހާ ބުނީ ތިޔަ ކަމެއް ނުވާނެއޭ ކަލޭމެންގެ ހިތުގައި އީމާންތެރި ކަމެއް ނެތި ތިޔަ ކަން ވާނީ ކިހިނެއްހޭ؟ މިހެންނެވެ.

"ކިހިނެއް ތިހެން ބުނެވޭނީ؟" އަވަށުގެ އިސްމީހުން ބުންޏެވެ. "އަހަރެމެން ދުއާ ކޮށްދިނުމަށް އެދި ކީއްކުރަން އަންނަންވީ އީމާންތެރިކަން ކުޑަ ނަމަ."

އެންމެން ވެސް ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ.

"އެވަރުގެ އީމާންތެރި ކަމެއް ހުރި ބަޔަކު ނަމަ އަންނާނީ ވިއްސާރަ ކުޑަވެސް ހިފައިގެންނު." ޖުހާ ބުންޏެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް