އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ދެ ރައީސުންގެ އުންމީދީ އެތައް ވާހަކަތަކެއް

14 ފެބްރުއަރީ 2021 | އާދީއްތަ 21:31
-
38396
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން ބާއްވާފައިވަނީ 14 ފެބްރުއަރީ 2021 ގައެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް ވެސް އިންތިޚާބުކޮށްފައެވެ. އެއީ ޝާޒްލީ ޝަފީގު އެވެ. ޝާޒްލީ އެސްޖީކަމަށް އިންތިޚާބު ކޮށްފައިވަނީ 90 މެމްބަރުންގެ ވޯޓުންނެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން ބޭނުންވާ ތަރައްޤީ ޤައުމަށް ގެނައުމާއި، ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ "ޖަމްޕް ޖެހުމަށް" ދިވެހިން އިތުބާރު ކުރަނީ ރައީސް ސޯލިޙާއި، އެމަނިކުފާނުގެ ސަރުކާރު އަދި އެމްޑީޕީގެ މައްޗަށް ކަމަށް - ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިސްލާޙު ކުރުމަށް، މި އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ކަމަށާއި، އަދި ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިނގައިގަތުމަށް، ފުރަތަމަ މަރުޙަލާގައި އެކަން ދަންނަ ބަޔަކު ޙަވާލުވާން ޖެހޭކަމަށް - ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ރައީސް ސޯލިހު ވިދާޅުވީ، ކައުންސިލް އިންތިޚާބުގެ ބޮޑު އިންސައްތައެއް އެމްޑީޕީއަށް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް - ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ އަބަދުވެސް އޮންނާނީ އިންތިޚާބުތަކަށް ތައްޔާރަށް ކަމަށާއި، އަދި އެމްޑީޕީ އަކީ ކެމްޕެއިން ކުރުމާއި، އިންތިޚާބުތަކަށް ފަރިތަ ޕާޓީއެއްކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވި - ރާއްޖެއެމްވީ
އެމްޑީޕީ ގައުމީ މަޖިލީހުގެ 172 ވަނަ ބައްދަލުވުން - އޮންލައިންކޮށް އެމްޑީޕީގެ ކެމްޕެއިން ރީލޯންޗިންގ ޖަލްސާއެއް 25 ފެބްރުއަރީ 2021 ބާއްވާނެ ކަމަށް މި ބައްދަލުވުމުގައި އިއުލާންކޮށްފައިވޭ - ރާއްޖެއެމްވީ