ކޮވިޑް19 ވެކްސިން - ފުރަތަމަ ޖެއްސެވި ބޭފުޅުންގެ ތެރޭގައި ދައުލަތުގެ ތިން ބާރުގެ ވެރިން

1 ފެބްރުއަރީ 2021 | ހޯމަ 10:10
-
46021
ކޮވިޑް19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާފައިވަނީ 1 ފެބްރުއަރީ 2021 ގައެވެ. އެންމެ ފުރަތަމަ މި ޕްރޮގްރާމްގެ ދަށުން ވެކްސިން ދޭން ފަށާފައިވަނީ މާލެ، އައްޑޫ ސިޓީ އަދި ހދ. ކުޅުދުއްފުށީގައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއެކު ދައުލަތުގެ އަނެއް ދެބާރު ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވަނީ ކޮވިޑް-19 ވެކްސިން ޖައްސަވާފައެވެ.
ކޮވިޝީލްޑް ވެކްސިން - ކޮވިޑްޝީލްޑް‘ އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕވޓ ލޓޑ އިން ތައްޔާރުކޮށްފައިވާ ވެކްސިނެއް - ރައީސް އޮފީސް
ކޮވިޝީލްޑް ވެކްސިން ދައްކާލަނީ - ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެއް، އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވޭ - ރައީސް އޮފީސް
ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދު ކޮވިޑް19 ވެކްސިން ޖެއްސެވުން - ރައީސް އޮފީސް
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ކޮވިޑް19 ވެކްސިން ޖެއްސެވުން - ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް19 ވެކްސިން ޖެއްސެވުން - ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮވިޑް19 ވެކްސިން ޖެއްސެވުން, ރައީސް ނަޝީދު ވަނީ އެމަނިކުފާނު މި ވެކްސިން ޖައްސަވަން ބޭނުންފުޅުވާ ކަމަށް ކުރިންވެސް ވިދާޅުވެފައި - ރާއްޖެއެމްވީ
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ކޮވިޑް19 ވެކްސިން ޖެއްސެވުން - ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ކޮވިޑް19 ވެކްސިން ޖެއްސެވުން، ވެކްސިންދިނުމުގައި އިސްކަންދޭ ތަރުތީބު ބަހާލައިފައިވަނީ ތިންބަޔަކަށް، އޭގެ ތެރޭގައި ސިއްޙީ ޚިދުމްތްތެރިންނާއި، އިޖްތިމާއީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުން ހިމެނޭ - ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް19 ވެކްސިން ޖެއްސެވުމަށްފަހު، ވެކްސިން ކާޑާ ހަވާލުވެލައްވަނީ - ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް19 ވެކްސިން ޖައްސަވަނީ، ރައީސް ސޯލިހު ވެކްސިން ޖައްސަވާފައިވަނީ ހަތަރު ވަނަ ފަރާތެއްގެ ގޮތުގައި - ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް19 ވެކްސިން ޖެއްސެވުން، ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައި - ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޑް19 ވެކްސިން ޖެއްސެވުން - ރައީސް އޮފީސް