ފަލަސުރުޚީ

  • ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން
  • ރައްޔިތުންނަށް ބިރުދެއްކުމުން އެއީ ޓެރަރިޒަމް އަކަށް ނުވޭ
  • ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މެމްބަރުން ތިބީ ތައްޔާރަށް
 
Writer Profile Picture
ރިޒްނާ ޒަރީރު
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން

ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގިނަ މަސައްކަތްތަކެއް މިދަނީ ކުރަމުން. މަދު މެމްބަރުން ކޮޅެއް ނޫނީ ރައްޔިތުންނާއި ހަމައިން މަސައްކަތް ކުރެވޭނެ މެމްބަރުންނެއް ނެތް. ރައްޔިތުންގެ ފާއިސާއަށް ހިޔާނާތްތެރިވެފައިވާކަމަށް އެބަ ތުހުމަތު ކުރެވޭ.

22 މާރޗް 2017 | ބުދަ 03:12
Writer Profile Picture
ރިޒްނާ ޒަރީރު
ރައްޔިތުންނަށް ބިރުދެއްކުމުން އެއީ ޓެރަރިޒަމް އަކަށް ނުވޭ

ރާއްޖޭގެ ކޯޓްތަކުންނާއި މުއައްސަސާތަކުން ގެންދަނީ ނޫސްވެރިންނަށް ބިރުދައްކަމުން. ރައްޔިތުންނަށް ބިރުދެއްކުމުން އެއީ ޓެރަރިޒަމް އަކަށް ނުވޭ. އެގޮތަށް ކަންތަކެއް ނުކުރެވޭނެ. މަޖިލިސް މިގޮތަށް ގޮސް އޮތުމުން އެހެން މުއައްސަސާތައްވެސް މިދަނީ ފާލުން ނެއްޓެމުން.

22 މާރޗް 2017 | ބުދަ 03:07
Writer Profile Picture
ރިޒްނާ ޒަރީރު
ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މެމްބަރުން ތިބީ ތައްޔާރަށް

މަޖިލީހުގެ އަޢްލަބިތު ގެއްލިއްޖެ ނަމަ ރައީސް ޔާމިންއަށް ވަރަށް އުދަނގޫވާނެ ކުރިއަށް ވަޑައިގަންނަވަން. ހިތަށް އެރި ގޮތަކަށް ކަންކަން ކުރައްވަމުން ގެންދަވަނީ. އެހެންނަމަވެސް މަޖިލީހުގެ މެޖޯރިޓީ ނުލިބި ކުރިއަށްދާން ފަސޭހައެއް ނުވާނެ ރައީސް ޔާމިންއަށް. ރާއްޖެ ހަމަ މަގަށް އެޅުވުމަށް ގިނަ މެމްބަރުން ތިބީ ތައްޔާރަށް. އިދިކޮޅު ހުރިހާ ޕާޓިތައް ތިބީ އެކަތިގަނޑަކަށް ވެގެން. މިއީ ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަން ލިބިގެންދާނެ ވޯޓަކަށް ވެގެންދާނެ.

22 މާރޗް 2017 | ބުދަ 03:03
Writer Profile Picture
ރިޒްނާ ޒަރީރު
މެމްބަރުން މިދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން

މެމްބަރުން މިދަނީ ފާޅުކަން ބޮޑު ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވަމުން. ފިއްތުންތަކާއި އެކު މަޖިލިސް މެމްބަރުން ތިބީ. އެހެން ނަމަވެސް މީގެ ތެރޭގައިވެސް ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަން ބޭނުންފުޅުވާ ގިނަ މެމްބަރުން އެބަތިއްބެވި.  

22 މާރޗް 2017 | ބުދަ 03:00
Writer Profile Picture
ރިޒްނާ ޒަރީރު
ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް

ވަރަށް ބޮޑު ޕްރެޝަރެއް އެބައޮތް ޕީޕީއެމްގެ ތެރޭގައި. އެގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ހުރިހާ މެމްބަރުން ރޭގެ ބައްދަލުވުމަށް ހާޒިރު ނުކުރެވުމަކީ ޕްރެޝަރު އޮތްކަން ދައްކުވައިދޭ ކަމެއް. ހުދުމުހުތާރު ސަރުކާރު ބަދަލު ކުރަން ހުރިހާ އެންމެންވެސް މަސައްކަތް ކުރަންޖެހޭ.

22 މާރޗް 2017 | ބުދަ 02:58
Writer Profile Picture
ރިޒްނާ ޒަރީރު
މުހައްމަދު ފަލާޙް

ދައުލަތަށް ބައިވަރު ލާރި ލިބުނު ވާހަކަ ލީކްވި އޯޑިއޯއަކުން އަޑު އިވުނު. އެހެން ނަމަވެސް އެއްވެސް ފާއިސާއެއް ދައުލަތުގެ ރިޒާވަށް ވަން ކަމަށް ނުވަތަ ނޫން ކަމެއްވެސް ރައްޔިތުންނަކަށް ނޭނގޭ. މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ފުރަތަމަ މަރުހަލާ.

22 މާރޗް 2017 | ބުދަ 02:50
Writer Profile Picture
ރިޒްނާ ޒަރީރު
މިބިން ވިއްކާލަން ސަރުކާރުން މަަސައްކަތް ކުރަނީ

ސައުދީ ރަސްގެފާނު ރާއްޖެ ވަޑައިނުގަތުން އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް. ފ. އަތޮޅު ރައްޔިތުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އެބިން ވިއްކާލަން. ޤާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މިބިން ވިއްކާލަން ސަރުކާރުން މަަސައްކަތް ކުރަނީ. އަދި މިކަން ހުއްޓާލާނެ ކަމަށްވެސް ޤަބޫލެއް ނުކުރެވޭ.

22 މާރޗް 2017 | ބުދަ 02:47
Writer Profile Picture
ރިޒްނާ ޒަރީރު
ހުށަހެޅޭ ބިލަށް ބަހުސް ކުރެވޭނެ މާހައުލެއް ލިބިގެންދާނެ

މަޖިލީސް ފެށިގެން އައި އިރުވެސް ޤަވާއިދު ކޮމިޓީއަށް ނަގާ ވަނީ ގިނަ ކަންކަން ނިންމާފައި. ވަރަށް ގިނަ ބަދަލު ތަކެއް ގެނެސްފައިވަނީ. ކޮމިޓީގައި ހުންނަވާ އެމްޑީޕީގެ މެމްބަރު މާރިޔާވަނީވެސް އެކޮމިޓީން ވަކިވެފައި. އެއްގޮތަކަށްވެސް ކޮމިޓީގެ މަސައްކަތް ނުކުރޭ. ހުށަހެޅޭ ބިލަށް ބަހުސް ކުރެވޭނެ މާހައުލެއް ލިބިގެންދާނެ. މަޖިލީހުގެ ރައީސް ވަކި ކުރެއްވުމުން ގިނަ ކަންކަން ފަސޭހަ ވެގެންދާނެ.

22 މާރޗް 2017 | ބުދަ 02:43
Writer Profile Picture
ރިޒްނާ ޒަރީރު
މަސީހް ވަކިކުރެވޭނެ

ރާއްޖޭގެ ހަރު މުދަ ވިއްކުމާއި ރައްޔިތުން ޤަބޫލު ނުކުރާ ކިތަންމެ ޤާނޫނެއް މިދަނީ ހަދަމުން. މެޖޯރިޓީ ބޭނުންކޮށްގެން މިދަނީ ނާޖާއިޒު ގޮތުގައި ކަންކަން ހިންގަމުން މިދަނީ. މަޖިލިހުގެ ރައީސްއާއި ދެކޮޅަށް ހުށަހަޅާފައިވާ ވޯޓް ކާމިޔާބު ކުރެވޭނެ.

22 މާރޗް 2017 | ބުދަ 02:40
Writer Profile Picture
ރިޒްނާ ޒަރީރު
ފަލަސުރުޚީ

ރާއްޖެޓީވީގެ މިރޭގެ ފަލަސުރުހީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާޙް

22 މާރޗް 2017 | ބުދަ 02:39