ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

  • ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން
  • ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން
  • ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން
 
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ތައްޓަށޭ ބުނީ އެކަން ގާބޫލު ކުރި އެކަކު ހުރިހެނެއްވެސް ހިޔެއްނުވި، އެކަމަކު ފައިނަލަށް ދިއައީމަ އެންމެ ވެސް ވަރަށް ޓީމުގެ ފަހަތަށް އަރާ ސަޕޯޓްކުރި، މީ ހަމަ ގައުމަށް ލިބުނު، މީ ރާއްޖޭގެ ފުޓްބޯޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެނީ، 

5 މާރޗް 2017 | އާދީއްތަ 01:36
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ތައްޓަށޭ ބުނީ އެކަން ގާބޫލު ކުރި އެކަކު ހުރިހެނެއްވެސް ހިޔެއްނުވި، އެކަމަކު ފައިނަލަށް ދިއައީމަ އެންމެވެސް ވަރަށް ޓީމުގެ ފަހަތަށް އަރާ ސަޕޯޓްކުރި، މީ ހަމަ ގައުމަށް ލިބުނު، މީރާއްޖޭގެ ފުޓްބޯޅަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެނީ، 

5 މާރޗް 2017 | އާދީއްތަ 01:36
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ޓީސީގެ ކުޅުންތެރިން މިވަގުތު ވަނީ އެއާޕޯޓްގެ ވީއައިޕީ ލޯންޖްގައި

5 މާރޗް 2017 | އާދީއްތަ 01:31
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ޓީސީއަށް މަރުޙަބާ ކިޔުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެއް ނަންބަރު ފާލަން ކައިރިއަށް ޖަމާވަމުން، ޓީސީގެ ކުޅުންތެރިންގެ އާއިލާ އަދި ހެޔޮއެދޭ ފަރާތްތަކުން އަންނަނީ އެއް ނަންބަރު ފާލަން ކައިރިޔަށް ޖަމާވަމުން

5 މާރޗް 2017 | އާދީއްތަ 01:24
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ޓީސީގެ ކުޅުންތެރިން ރާއްޖެ އަތުވެއްޖެ، މިވަގުތު ކުޅުންތެރިން މަޑުކޮށްލައިގެން ތިބީ ފްލައިޓުގައި، ޓީމަށް މަރުޚަބާ ކިޔުމަށް ކުލިވަރާ ބެހޭ ވަޒީރު އަދި ފިޗަރިޒް މިނިސްޓަރުވެސް މިވަގުތު ހުންނެވީ އެއާޕޯޓްގައި 

5 މާރޗް 2017 | އާދީއްތަ 01:20
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

މީ ވަރަށް އުފާވެރި ވަގުތުކޮޅެއް، ނިޒާމް ދަމުން ބުނެފައި ދިޔައީ، ދެމީހުންގެ އެނިވަރސަރީ ފާހަގަ ކުރަނީ ރަންމެޑަލް ހިފައިގެން އައިސް ފައޭ، އަނެއްކާ ބުނެފަ އޮތީ ދަރިފުޅުގެ ކަރުގަ ދުވަހަކު ވެސް ރިހިމެޑަލް އެއް ނާޅުވާނަމޭ، މި ދިޔަ ތިން ސީޒަނުގައިވެސް ދަރިފުޅު ގޮވައިން ސްޓޭޖަކަށް ނާރާ، އެެހެންވީމަ މީ ވަރަށް އުފާވެރި ދުވަހެއް: އެފްއޭއެމްގެ ނައިބު ރައީސް އަދި ނިޒާމްގެ އަންހެނުން ނާޒިމާ

5 މާރޗް 2017 | އާދީއްތަ 00:59
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

މި މުބާރާތުގެ ތައްޓަކީ ހަމައެކަނި ޓީސީއަށް ލިބުނުތައްޓެއް ނޫން ކަމަށް ޓީސީ އިސް ބޭފުޅުން ވިދާޅުވޭ، އެގޮތުން މިއީ މުޅި ޤައުމަށް ލިބުނު ތައްޓެއް ކަމަށް ޓީސީ ގެ ބާނީ އަދި ޓީސީގެ ކުރީގެ ރައީސް އަޙްމަދު ނަޝީދު (ޑޭވް) ވިދާޅުވި

5 މާރޗް 2017 | އާދީއްތަ 00:53
Writer Profile Picture
އަހުމަދު ފައިރޫޒު
ޓީސީ ސްޕޯޓްސް ކުލަބަށް މަރުޚަބާ ކިޔުން

ޝައިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕްގައި ޕޮޗިއޮން ސިޓިޒެން އެފްސީ ބަލިކޮށް ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ކްލަބް ތައްޓެއް ޤައުމުން ބޭރުަގައި މިވަނީ ކާމިޔާބުކޮށްފައެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު ޕޮޗިއޮންއާ ވާދަކޮށް ޓީސީން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެންނެވެ.

ބަންގްލަދޭޝްގެ ޗިޓަގޮންގައި ކުރިޔަށް ދިޔަ މުބާރާތަށްފަހު ހޮނިހިރު ދުވަހުގެ ރޭ (މިރޭ) 19:30 ގައި ޓީސީ ރާއްޖެ އަންނައިރު އެ ޓީމަށް މަރުޚަބާ ކިޔުމަށް އެތައް ބަޔަކު އަންނަނީ ތައްޔާރު ވަމުންނެވެ.

5 މާރޗް 2017 | އާދީއްތަ 00:36