ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

  • ރައީސް ނަޝީދަށް ދީފައިވާފައިވާ ހަމަލާތައް ގިނަ ވަޒީރުން ދަނީ ކުށްވެރި ކުރަމުން
  • ރައީސް ނަޝީދަށް ދިން ހަމަލާ ޓޫރިޒަމް މިނިސްޓަރު ކުށްވެރި ކުރައްވައިފި
  • ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށްފި
 
Writer Profile Picture
އަމްނާ އިމާދު
ރައީސް ނަޝީދަށް ދީފައިވާފައިވާ ހަމަލާތައް ގިނަ ވަޒީރުން ދަނީ ކުށްވެރި ކުރަމުން
6 މެއި 2021 | ބުރާސްފަތި 23:09
Writer Profile Picture
އަމްނާ އިމާދު
ރައީސް ނަޝީދަށް ދިން ހަމަލާ ޓޫރިޒަމް މިނިސްޓަރު ކުށްވެރި ކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 23:00
Writer Profile Picture
އަމްނާ އިމާދު
ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮށްފި
6 މެއި 2021 | ބުރާސްފަތި 22:59
Writer Profile Picture
އަމްނާ އިމާދު
ރައީސް ނަޝީދުގެ ހާލު ސްޓޭބަލް: އޭޑީކޭ
6 މެއި 2021 | ބުރާސްފަތި 22:51
Writer Profile Picture
އަމްނާ އިމާދު
ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުން މިރޭ ބައްދަލުކުރާނެ: މަބްރޫކް
6 މެއި 2021 | ބުރާސްފަތި 22:38
Writer Profile Picture
އަމްނާ އިމާދު
ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވޭ: ހޯމް މިނިސްޓަރު

ރާއްޖެޓީވީއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މިތަހުގީގުގައި ސިފައިނުންނާއި ފުލުހުން އަދި ބޭރުގެ ބޭފުޅުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ އެމަނިކުފާނުގެ ފުރާނަފުޅަށް ގެއްލުންވާފަދަ އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

6 މެއި 2021 | ބުރާސްފަތި 22:36
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރައީސް ޞާލިހު ކުށްވެރިކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 22:26
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް ދިން ހަމަލާ ޑިފެންސް މިނިސްޓަރ ކުށްވެރިކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 22:17
Writer Profile Picture
އާއިޝަތު ޝިއުރާ
ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއް މިރޭ 10:30ގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ކަމުގެ މައުލޫމާތު "ރާއްޖެއެމްވީ"އަށް ވަނީ ލިބިފައި

6 މެއި 2021 | ބުރާސްފަތި 22:16
Writer Profile Picture
އާއިޝަތު ޝިއުރާ
މިހަމަލާ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތުކަން ދީގެން ދިވެހި ފުލުހުން ތަހުގީގުކުރާކަން ކަށަވަރުކުރާނަން: ހޯމް މިނިސްޓަރ
6 މެއި 2021 | ބުރާސްފަތި 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ކުށްވެރިކޮށް އެމްޑީޕީން ނޫސްބަޔާން ނެރެފި
6 މެއި 2021 | ބުރާސްފަތި 22:10
Writer Profile Picture
އާއިޝަތު ޝިއުރާ
މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް: އެމްޑީޕީގެ ޗެއަރޕާސަން

މިހަމަލާ އަކީ ސީދާ ރައީސް ނަޝީދަށް އަމާޒުކޮށް އެމަނިކުފާނަށް ގެއްލުން ދިނުމުގެ މަގްސަދުގައި ދިން ހަމަލާއެއް ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ. "ރާއްޖެޓީވީ"ން މިހާރު ގެނެސްދެމުންދާ ލައިވް ކަވަރޭޖަށް މައުލޫމާތު ދެއްވަމުން ހަސަން ލަތީފް ވަނީ މިކަން ވީއެންމެ އަވަހަކަށް ތަހުގީގުކުރުމަށް ގޮވާލައްވާފައެވެ.

6 މެއި 2021 | ބުރާސްފަތި 22:09
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފި

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުން. އަދި މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް އެލާޓް ސްޓޭޓަސް ވަނީ މަތިކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނޭ

6 މެއި 2021 | ބުރާސްފަތި 22:06
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ނައިބު ރައީސް ފައިސަލް ނަސީމް ކުށްވެރިކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 22:03
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސް ވަހީދު ކުށްވެރިކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 21:58
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް ދިން ހަމަލާ އަވަހަށް ތަހުގީގުކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފި
6 މެއި 2021 | ބުރާސްފަތި 21:57
Writer Profile Picture
އާއިޝަތު ޝިއުރާ
ބައެއް ވަޒީރުންނާއި އެމްޑީޕީގެ މެމްބަރުން އޭޑީކޭ ހުންނަ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުން

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުންގެ އިތުރުންގެ އެމްޑީޕީގެ މެމްބަރުން އަންނަނީ އޭޑީކޭ ހުންނަ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެސަރަހައްދުގައި އަންނަނީ އަޑުގަދަކުރަމުންނެވެ.

6 މެއި 2021 | ބުރާސްފަތި 21:54
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ޞާލިހު އޭޑީކޭ އަށް ވަޑައިގެންނަވައިފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން އެމަނިކުފާނު ގެންދަވާއިރު އެހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގަންނަވައިފިއެވެ.

6 މެއި 2021 | ބުރާސްފަތި 21:51
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ރައީސް މައުމޫން ކުށްވެރިކުރައްވައިފި
6 މެއި 2021 | ބުރާސްފަތި 21:41
Writer Profile Picture
އާއިޝަތު ޝިއުރާ
ހާދިސާ ހިނގި ސަރަހައްދަށް އާންމުން ނުދިޔުމަށް ފުލުހުން އިލްތިމާސްކޮށްފި

އެއްޗެއް ގޮވި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުނޭ. އަދި އެސަރަހައްދަށް އާންމުން ނުދިޔުމަށާއި އިތުރު ތަފްސީލު ދެމުން ގެންދާނެކަމަށް ފުލުހުން ބުނެއެވެ.

6 މެއި 2021 | ބުރާސްފަތި 21:36
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި އަންނަނީ ފަރުވާ ހޯއްދަވަމުން: އީވާ
6 މެއި 2021 | ބުރާސްފަތި 21:33
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާ ދިން ސަރަހައްދުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން

ހަމަލާދިން ސަރަހައްދުގައި ސިފައިން އަންނަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުން. އަދި އާންމުން ދުރަށް ޖައްސަމުން

6 މެއި 2021 | ބުރާސްފަތި 21:23
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތައް އަދި ސާފެއް ނުވޭ

ހަމަލާގައި ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތަފްސީލެއް އަދި ނޭނގެ. ނަމަވެސް ބައެއް މީހުން ބުނީ ނަޝީދުގެ މޫނުފުޅަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް. އޭޑީކޭގައި ފަރުވާ ހޯއްދަވަމުންދާ ކަމަށް މައުލޫމާތު ލިބޭ

6 މެއި 2021 | ބުރާސްފަތި 21:21
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކާރުކޮޅަށް އަރުއްވަނިކޮށް އެއްޗެއް ގޮއްވާލުމާ ގުޅިގެން އެމަނިކުފާނަށް އަނިޔާވެއްޖެ.

6 މެއި 2021 | ބުރާސްފަތި 21:17