ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

  • ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުންދަނީ ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދޭނެ ގޮތަށް: އިމްރާން
  • ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އޭޑީކޭއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު މެންދުރު 2:30ގައި
  • ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި
 
Writer Profile Picture
އާއިޝަތު ޝިއުރާ
ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކޮށް ފިޔަވަޅު އަޅަމުންދަނީ ޝަރީއަތަށް ބޭނުން ހިފޭނެ ހެކި ހޯދޭނެ ގޮތަށް: އިމްރާން
8 މެއި 2021 | ހޮނިހިރު 13:07
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާއި ގުޅޭގޮތުން އޭޑީކޭއިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން މިއަދު މެންދުރު 2:30ގައި
8 މެއި 2021 | ހޮނިހިރު 12:55
Writer Profile Picture
އާއިޝަތު ޝިއުރާ
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި
8 މެއި 2021 | ހޮނިހިރު 12:51
Writer Profile Picture
ޝުރުފާ މުހައްމަދު
މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން، ރިމޯޓް ކޮންޓްރޯލްޑް އެއްޗެއް

ޝަމާލް ވިދާޅުވީ ގޮއްވާލީ ޓައިމް ކޮށްފައި އޮތް އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ ރިމޯޓް ކޮންޓްރޯލްޑް އެއްޗެއް ކަމަށެވެ. 2007ގައި ސަލްޓަން ޕާކުގައި ގޮއްވާލި އެއްޗަށް ވުރެ މީގެ ބާރު ގަދަ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ ތެރޭގައި ރޭޒަރ ފުށް ލާފައި ހުރި ކަމަށާއި، އެއި ހަމަލާ ވަރުގަދަކުރުމަށް ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އެއީ ހޯމް ބޭސްޑް އެއްޗެއް ކަމަށް ވިދާޅުވިއެވެ.

އޭގައި ބޭނުންކޮށްފައި ހުރި މެޓީރިއަލްއަކީ ޑޮމެސްޓިކް ބޭނުންތަކަށް ވެސް ބޭނުންކުރެވޭ އެއްޗެހި ކަމަށާއި، އަދި އެއީ ސީދާ ކޮންކޮން މެޓީރިއަލްއެއް ކަން ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އޭގައި ބޭނުންކުރި މެޓީރިއަލް އަށް ވުރެ އެކަން ކުރަން އެނގޭ އެކަމުގެ ތަޖުރިބާ ހުރި މީހުން ޜާއްޖޭގައި އުޅުމަކީ މާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެގޮތުން ދިވެހިން ހަނގުރާމަތަކުގައި ވެސް ބައިވެރިވަމުންދާތީ އެކަންކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:44
Writer Profile Picture
ޝުރުފާ މުހައްމަދު
މިއީ އެމްއެންޑީއެފްގެ އެއްވެސް އަތެއް އޮތް ކަމެއް ކަމަށް ގަބޫލެއް ނުކުރަން

އެކަމަކީ "އެތެރޭގެ" ކަމެއް ކަމަށް ބައެއް ބޭފުޅުން ތުހުމަތުކުރާއިރު އެފަދަ އެއްވެސް ކަމެއް މީގެ ތެރޭގައި އޮން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި، މިހާރުގެ ތަހުގީގުތަކަށް އެފަދަ އެއްވެސް ކަމެއް އެނގިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:36
Writer Profile Picture
ޝުރުފާ މުހައްމަދު
މިހާރު އޮތީ އެލާޓް ލެވެލް ޓެރަރިސްޓް ސަރަހައްދެއްގައި އޮންނަ ގޮތަށް

އިތުރު ހަތިޔާރުތައް ވެސް އިޝޫ ކުރެވިފައިވާ ކަމަށާއި، މުޅި ރާއްޖޭގެ ހިސާބުތަކުން އެކަން ރިޕޯޓުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:35
Writer Profile Picture
ޝުރުފާ މުހައްމަދު
އެތަނުގައި އިތުރު ޑިވައިސްއެއް އޮތް ކަމަށް މައުލޫމާތު ލިބުނު

އެތަނުގައި އިުރު ޑިވައިސްއެއް އޮތްކަމުގެ މައުލޫމާތު ލިބި އެ ތަން އިވެކުއޭޓްކުރުމަށާއި، އެ ނައްތާލާނެ ޓީމްތައް އެތަނަށް ދިޔަ ކަމަށް ވިދާޅުވިއެވެ. އެކަމަކު އެތަނަށް ދިޔައިރު އެއީ، ދޮގު މައުލޫމާތެއް ކަން އެނގުނު ކަމަށާއި، އިތުރު އެއްޗެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެކަމަކު އެފަދަ ހަމަލާތަކަކީ އާންމުކޮށް އެކި ސަރަހައްދުތަކުން އެއްފަހަރާ ދޭ ހަމަލާތަކެއް ކަމުން ވަގުތުން ވަގުތަށް އެއަށް އެޓެންޑްވެފައިވާނެ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:33
Writer Profile Picture
ޝުރުފާ މުހައްމަދު
އެ މަގުގައި ސައިކަލު ހުންނާތީ އުނދަގޫވެގެން ކުރިން ބުނިން

އެތަނުން ސައިކަލުތައް ނަގައިދިނުމަށް އެދި ކަމާ ބެހޭ އިދާރާތަކުގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ އިއްޔެގެ ހާދިސާ ހިނގައިގެން ދިޔައީ އެކަމަށް ހައްލު ނުލިބި އޮއްވާ ކަމަށާއި، އެ މަނިކުފާނަކި ހައި ރިސްކު ބޭފުޅެއްކަން އެނގި ތިބެ އެ މަނިކުފާނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމްއެންޑީއެފް އިން އަބަދުމެ މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:31
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދަށް ހުރި ނުރައްކާތަކުގެ މައުލޫމާތު އަބަދުވެސް ލިބޭ

ޝަމާލް ވިދާޅުވީ ރައީސް ނަޝީދަކީ އެންމެ މަތީގެ ސެކިއުރިޓީ އަބަދުވެސް ލިބޭ އެއް ބޭފުޅެއް ކަމަށެވެ. އެގޮތުން ސީޕީ ޓީމުން އެމަނިކުފާނާއި އެކު ހަރަކާތްތެރިވަނީ ހުއްދަ ހަތިޔާރުތަކާ އެކު ކަމަށާއި، އެކަން އެހެން ކުރަނީ ރައީސް ނަޝީދަށް ހުރި ތްރެޓްތަކުގެ މައުލޫމާތު އަބަދުވެސް ލިބޭތީ ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެމަނިކުފާނަށް ސެކއިުރިތޫގެ އެކި ފަށަލަތައް ގާއިމްކޮށްގެން ސެކިއުރިޓީ ދެމުންދާ ކަމަށެވެ.

7 މެއި 2021 | ހުކުރު 22:27
Writer Profile Picture
ޝުރުފާ މުހައްމަދު
ބޮޑީގާޑުންގެ އަމަލަށް ހިންހަމަޖެހޭ

އެ ހާލަތުގައި ގެންދަމުން ވެސް ސީޕީ ޓީމުން ބާރާބަރަށް އެމަނިކުފާނުގެ ހާލު ބެލި ކަމަށާއި، އޭރު ވެސް އެމަނިކުފާނު ހާލު ރަނގަޅު ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށް ވިދާޅުވިއެވެ.

ބޮޑީގާޑުންނަށް އެވަރަށް އަނިޔާވަމުން ދިޔައިރު ވެސް ރައީސް ނަޝީދަށް ފަރުވާ ފެށުމުން ނޫނީ އެ ބޭފުޅުން ފަރުވާ ހޯދުމަށް ވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

މުޅި ހާލަތުގައި ވެސް އެޖެންޓުންގެ ޑްރިލްތައް ވަރަށް ރަނގަޅު ކަމަށާއި، ވަރަށް ބޮޑަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:25
Writer Profile Picture
ޝުރުފާ މުހައްމަދު
ގޮއްވާލީ ރައީސް ނަޝީދުގެ ވާތުން

އެ ގޮއްވުން ގޮއްވާލީ ރައީސް ނަޝީދު ކާރަށް އަރުއްވަނިކޮށް ކަމަށާއި، އޭރު އެއް އެޖެންޓު ދޮރު ހުޅުވައި އަނެއް އެޖެންޓު ކަނާތް ފަރާތައް ޖެހިލީ ކާރަށް އެރާވަޑައިގަތުމަށް ޖާގަ ދެއްކުމަށް ކަމަށެވެ.

އަދި އޭގެ ފަހުން އެމަނިކުފާނު ވެއްޓިވަޑައިގަތުމުން ނަގައިގެން ކާރަށް އަރުވައި ދުއްވާލަން އުޅުމުން ކާރު ނުދުވުމުން، ދެން އޮތް ބެކަޕް ކާރަށް ބަދަލުކުރީ ބޮޑީގާޑުން އެމަނިކުފާނު އުފުއްލަވައިގެން ކަމަށް ވިދާޅުވިއެވެ. އަދި 7 މިނެޓު ތެރޭގައި އޭޑީކޭއަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:23
Writer Profile Picture
ޝުރުފާ މުހައްމަދު
އެ ގޮވުން ގޮވީ ހުރި ދިމާލުން މައްޗަށް

ޝަމާލް ވިދާޅުވީ އެ ގޮވުމުގެ މައިގަނޑު ޑްރާސްޓް އެފެކްޓް ހުރީ ހުރި ދިމާ މައްޗަށް ކަމަށާއި، އެ ގޮވީ އެ ސައިކަލު ފަހަނައަޅައި، ކާރަށް ގާތްވަނިކޮށް ކަމަށެވެ.

7 މެއި 2021 | ހުކުރު 22:21
Writer Profile Picture
ޝުރުފާ މުހައްމަދު
ގޮއްވާލީ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއް ސައިކަލެއްގައި ގޮއްވާލައިގެން

ރޭގަ އެހެން ރަށެއްގައި އޮތް ހަފްލާއެއްގައި ބައިވެރިވަޑައިގަތުމަށް ރައިސް ނުކުމެވަޑައިގެންނެވީ 8:25 ވީ އިރު ކަމަށް ވިދާޅުވިއެވެ.

އޭރު ގާތުގައި ބޮޑީގާޑުން ތިއްބެވި ކަމަށާއި، ކެނެރީގެއިން ނިކުމެވަޑައިގެން ވަޑައިގެންނެވީ މަޖީދީ މަގާ ދިމާލަށް ކަމަށް ވިދާޅުވިއެވެ. އޭރު ފަހަތުގައި އަދި ކުރީގައި ވެސް ސެކިއުރީ ބޭފުޅުން ތިއްބެވި ކަމަށް ވިދާޅުވިއެވެ.

ކާރުކޮޅު އޮތީ މަޖީދިމަގުގައި އިރަށް ޕާކުކޮށްފައި ކަމަށާއި، ވަޑައިގެންނެވި އިރު 8:27ހާއިރު ގޮއްވާލީ ކަންމަތީގައި އިން ސައިކަލެއްގައި އިން އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސްއެއްގައި ކަމަށް ވިދާޅުވިއެވެ.

އެ ހާދިސާގައި ތިން ބޮޑީގާޑުންނަށް ވެސް ވަރަށް ބޮޑަށް އަނިޔާވި ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:19
Writer Profile Picture
ޝުރުފާ މުހައްމަދު
މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވާހަކަފުޅުދައްކަވަނީ

އެއީ ޓެރަރިސްޓް އެޓޭކްއެއް ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި އެ އަމަލު ކުރި ބަޔަކު ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:16
Writer Profile Picture
ޝުރުފާ މުހައްމަދު
ގޮވީ 27ގައި 36 ވީއިރު އެމަޖެންސީއަށް ވެއްދި

ބޮޑީގާޑުންގެ ވާހަކައިން އެ ޓައިމްލައިން އެނގުނު އިރު އެ ބޭފުޅުންގެ މަސައްކަތަށް ހައިރާންވެވަޑައިގަންނަވާ ކަމަށާއި، 10 މިނެޓު ވެސް ނުވަނީސް ރައީސް ނަޝީދު އެމަޖެންސީއަށް ވެއްދުނު އިރު އެ ހާލުގައި ވެސް އެމަނިކުފާނުގެ ހާލުކޮޅު އަހައި އޮޅުން ފިލުވަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.

އަދި އެވަގުތު ވެސް އެ ހާލުގައި އޮންނަވައިގެން ވެސް ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދިޔަ ކަމަށް ވެސް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:15
Writer Profile Picture
ޝުރުފާ މުހައްމަދު
ރައީސް ނަޝީދުގެ ބޮޑީގާޑުން ކުރި މަސައްކަތަށް ޝުކުރު ހައްގު: މާރިޔާ

ގޮވި އެއްޗެއްގެ ސަބަބުން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާވި އިރުވެސް އަމިއްލަ ފުރާނައަށް ނުބަލައި، ގައުމުގެ ވެރިންނާއި ރައްޔިތުންގެ ސަލާމަތަށް އެ ކުރެއްވި މަސައްކަތަކީ އެންމެންގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެ ހާދިސާއިން ވެސް އެބޭފުޅުންގެ ޓްރެއިނިންގެ ވަރުގަދަކަމާއި މޮޅުކަން ހާމަވާ ކަމަށާއި، އެހެންވީމާ އެ ހާލަތުގައި ބޮޑު އެމަޖަންސީއެއްގައި އަމަލު އެ ކުރެއްވި ގޮތް އެ ބޭފުޅުން ކިޔައިދިނުމުން އެބޭފުޅުންގެ މޮޅުކަން ހާމަވިކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:13
Writer Profile Picture
ޝުރުފާ މުހައްމަދު
އެމްއެންޑީއެފްގެ ފަރާތުން ބާއްވާ ޕްރެސް ކޮންފަރެންސް ފަށައިފި

މިނިސްޓަރ މާރިޔާ ވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އެފަދަ ކަމެއްގެ އެއްވެސް މައުލޫމާތެއް ލިބޭ ނަމަ އަދި އެފަދަ ކަމެއް ފާހަގަވާ ނަމަ އަވަށް އެމްއެންޑީއެފް އަށާއި، ކަމާ ބެހޭ ހުރިހާ އިދާރާއަކަށް އެންގުމަށް އެކަމަނާ އެދިލެއްވިއެވެ. މިއީ އެންމެން އެކީގައި އެކަން ކުރި ބަޔަކު ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތު ކަމަށާއި، ކިތަންމެ ކުޑަ ކަމެކޭ ހީވިޔަސް އެއީ މުހިންމު މައުލޫމާތަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 22:10
Writer Profile Picture
ޝިއުނާ ސޯލިހް
މަޖިލީހުގެ ކުއްލި ޖަލްސާ ނިންމާލައިފި

ރައީސް ނަޝީދު ހާލުކޮޅުގެ އެއްމެ ފަހުގެ މައުލޫމާތު ރިޔާސަތުން އިއްވެވުމަށްފަހު ޖަލްސ ނިންމަވާލެއްވީ އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުންނެވެ

7 މެއި 2021 | ހުކުރު 16:58
Writer Profile Picture
ޝިއުނާ ސޯލިހް
ރައްޔިތުންގެ މަޖިލީހުގެ މަސްއްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނަން - އީވާ

މަޖިލީހުގެ ޖަލްސާތަކަށް ރައީސް ނަޝީދަށް އެނބުރި ވަޑައިގެންނެވެންދެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

7 މެއި 2021 | ހުކުރު 16:56
Writer Profile Picture
ނަހުފާ މުހައްމަދު
ރައީސް ނަޝީދުގެ ސާޖަރީތައް ނިމިއްޖެ - އާއިލާ

ރައީސް ނަޝީދުގެ ސާޖަރީތައް މިހާރު ނިމިފައިވާކަމަށް ކޮއްކޯފުޅު ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 16:05
Writer Profile Picture
ނަހުފާ މުހައްމަދު
އެތެރޭގެ ކަަމެއްތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނުވޭ - ސީޕީ ހަމީދު

މި ހަމަލާއަކީ އެތެރޭގެ ކަަމެއްތޯ ނުވަތަ ނޫންތޯ އަދި އެނގިފައި ނުވާކަމަށާއި، އެނގިގެން ދާނީ ތަހުގީގަށް ފަހުގައި ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:35
Writer Profile Picture
ނަހުފާ މުހައްމަދު
ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ހާލަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވޭ- ސީޕީ ހަމީދު

ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ހާލަތެއް އޮތްކަމަކަށް ގަބޫލެއް ނުކުރެއްވޭކަމަށާއި އެއީ އެއްވެސް އިތުރު މީހަކަށް ގެއްލުމެއް ނުލިބޭނެގޮތަށް ފިޔަވަޅުތައް ވަރުގަދަ ކުރެވިފައިވާތީ ކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:34
Writer Profile Picture
ނަހުފާ މުހައްމަދު
ޓެރަރިޒަމްގެ ހަމަލާއެއްކަމަށް ބެލީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭތީ - އޭސީޕީ ރިޔާޒް

ޓެރަރިޒަމްގެ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބަލާއިރު، މި ޙަމަލާއަކީ ޓެރަރިސްޓު ޙަމަލާއެއް ކަމަށް ބެލެވޭނެ މިންގަނޑުތަކަށް ފެތޭ ހަމަލާއެއް ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:24
Writer Profile Picture
ނަހުފާ މުހައްމަދު
މީހުންނަށް ބޮޑެތި ގެއްލުން ދިނުމަށް ބޭނުން ކުރެވޭ އެކްސްޕްލޯސިވް ބޭނުން ކޮށްފައިވޭ - އޭސީޕީ ރިޔާޒް

މިހާތަނަށް ހެދުނު އެސެސްމެންޓުތަކުން މިލިޓަރީ ގްރޭޑުގެ އެކްސްޕްލޯސިވްސް ބޭނުންކޮށްފައިވާކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ބޭނުންކޮށްފައިވަނީ މީހަކަށް ބޮޑެތި ގެއްލުމެއް ލިބިދާނެފަދަ އެކްސްޕްލޯސިވްސް ކަމަށް އޭސީޕީ ރިޔާޒް ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:22
Writer Profile Picture
ނަހުފާ މުހައްމަދު
ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލިކަން އެނގިފައެއް ނުވޭ

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން ރަސްމީކޮށް އުފުލާފައިވާކަން މިހާތަނަށް އެނގިފައި ނުވާކަމަށް ސީޕީ ހަމީދު ވިދާޅުވެއްޖެއެވެ.

7 މެއި 2021 | ހުކުރު 15:08