އަންގާރަ 20 އޮކްޓޯބަރ 2020
03 ހެއި
1442 ރަބީއުލް އައްވަލް 03
ފަތިސް 04:37
އިރުއަރާ 05:49
މެންދުރު 11:55
އަސްރު 15:10
އިރުއޮއްސޭ 17:53
އިޝާ 19:05
ވަގުތުން

ށ. ފޯކައިދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ

1,372

ޚުލާސާ

  • ލާމަރުކަޒީ ނިޒާމްގެ ވާހަކަ ދައްކަންގޮސް ވިއްކާލަނީ ފ އަތޮޅު.
  • މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
  • ކޮމަންޑޫ ދާއިރާގެ އަތޮޅު ކައުންސިލަރ ޢަބްދުﷲ ނާހިދު

4 މާރޗް 2017 | ހޮނިހިރު 01:53

04:16

އަހުމަދު މުހުސިނު

ލާމަރުކަޒީ ނިޒާމްގެ ވާހަކަ ދައްކަންގޮސް ވިއްކާލަނީ ފ އަތޮޅު.

ފ އަތޮޅަށް ކުރަން އުޅެ ކަމެއް އޮޅުން ނުފިލާާހާ ހިނދު އެމީހުންނާއެކު ތިބޭނަން.

އެތަނުގައި ހިންގާނީ ކޮން ޤާނޫން އަސާސީއެއްކަމެއްވެސް ނޭނގޭ. ކޮންމެފަދަ މަހުޖަނެއް އަޔަސް އަޅުގަނޑުމެންގެ ނަފްސުގެ މުއްސަނދިކަން މާބޮޑު. އަޅުގަނޑުމެން ވަޒަން ދެކެވާ ލޯބި މާބޮޑު.

ނޫސްވެރިއަކު މިވާހަކަ އެހީމާ ބުނާނެ އެއްޗެއް ނެތި ވަޒިރަކު ވިދާޅުވީ ރައީސް ޔާމީނަށް އިތުބާރު ކުރާށޭ.

އެކަމަކު އަޅުގަނޑުމެން އެންމެނަށް އެނގޭ ސިޔާސީ ކުށްވެރިންގެ ޝަރީޢަތްތައް، ސުޕްރީމް ކޯޓަށް ވީގޮތް. އޮޑިޓަރޖެނެރަލަށް ވީގޮތް. ދެން ކިހިނެއްތޯ އިތުބާރު ކުރާނީ.

ކައުންސިލްތައް ކޮށާލީ މުސާރަ ކުޑަކުރީ. ދެން އިންތިޚާބު ފަސްކުރަނީ. ކިހިނެއްތޯ އިތުބާރު ކުރާނީ. ތިން ނައިބު ރައީސުން ވަޒީރުން ވީނުވީއެއް ނޭނގޭ. ދެން ކިހިނެއްތޯ މީނައަށް އިތުބާރު ކުރާނީ.

އެންމެ މަޝްރޫޢެއް ނުހިނގާ އޭގައި ކޮރަޕްޝަން ނުހިނގާ. ދެން ފ އަތޮޅު ވިއްކާލާއިރު ކިހާވަރެއްވާނެތޯ.

އަޅުގަނދުމެން މިވެރިކަން ބަދަލު ކުރާނަން. ބަލި ކުރާނަން. ފ އަތޮޅު މީހުން އަދި ހިތްވަރުކޮށްލާ އަދި ތިތަނަސް ދާނަން. މުޒާހަރާގައި ބައިވެރިވާނަން

3 މާރޗް 2017 | ހުކުރު 23:56

04:07

އަހުމަދު މުހުސިނު

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މިއަދު ތިކީ ހޫނު މަރުހަބާއާއެކު މިޖޯށުގައި މިސަރުކާރު ބަދަލު ކުރާނަން.

ދުވަހަކުވެސް ނުދޭވަރުގެ ބަޖެޓެއް މިސަރުކާރަށް ދިނިން. ނުއަގުގައި ރަށްތައް ވިއްކި އަދަދުވެސް ނޭނގޭ.ކާކަށްތޯ އެނގެނީ ވިއްކިވަރާ ހިންގި ޖަރީމާތައް ހިންގާފާވާލެއް އަނދިރިކަމުން.

މިހާރު އެސްފިޔަ ޖަހާލިއަސް ޓެކްސް ނަގާ ކަހަލަ. ރައްޔިތުންގެ މަޖިލީހަށް ވައްދާފައި ތިން ކިއުން އެއްކޮށްލާ ކޮންމެ ބިލަކީ ރައްޔިތުން ފެލާލާ ބިލެއް.

މިދިޔަ ޑިސެމަބްރުގައިވެސް 2.9 ބިލިއަން ތީބިލް ވިއްކީ. ރައްޔިތުން ދަނީ ދަރަނިވެރި ކުރަމުން. އެކަމަކު ރައްޔިތުން ގާތައް އަޅުގަނދުމެން އައިމާ ހިތާމަޔާއެކު ބުނަނީ ކަރަންތުގެ އަގު އަތްނުފޯރާ ފަށަށް، ފެނުގެ އަގު އިންތިހާއަށް އެރީތީ އެވާހަކަ. ސުވާލަކީ ކޮަބައިތޯއޭ އަެތަކެތި ވިއްކައިގެން އެބަޖެތް ބޮޑުކޮށްގެން ރައްޔިތުންނަށް ލިބުނު އެއްޗަކީ. ނެތް. އެހެންވީމާ މިބުނީ މިއީ އަނިޔާވެރި މުޖުރިމު ބެރުކުރަން ޖެހެޔޭ. އިރާދަ ކުރެއްވިއްޔާ ވޯޓުން ތަޅާ ބަލިކުރާނަން.

ސަރުކާރުން މިބުނަނީ ފ އަތޮޅު ވިއްކައެއް ނުލަމޭ. އަލުގަނޑުމެން، ނޫސްވެރިން، އެންމެން މިބުނަނީ ތިހަދަން އުޅޭ އެއްޗެއް ބުނާށޭ. އެކަމަކު އަނދިރީގައި މިކަން ކުރާތީ ނުބުނާން އެއުޅެނީ.

މިސަރުކާރަކީ އެންމެބޮޑު ވައްކަން ކުރުމުގެ މެޑަލް ޖަހާފައިވާ ސަރުކާރު

ފ އަތޮޅު ވިއްކާލާ ވާހަކަ ބުނާއިރަށް މި ބުނަނީ އިންވެސްތް ކުރަނީއޭ. އެކަމަކު 25 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދޫކުރީމާ ބުނީމާ ބުނީ ވިއްކާލިއްޔޭ. ވިސްނާލުމެއް ނެތި ހިތަށްއެރިހާ އެއްޗެއް ވިދާޅުވަމުންގޮސް މިހާރު ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ.

ރައްޔިތުންގެ ތާއީދެއް ނެތި ވެރިކަން ކުރަން އުޅުމަކީ ފިސާރި ވޭންހުރިކަމެއް. އެކަން ފެންނަމުން އެދަނީ. ތާއީދު ނެތް ބޭފުޅަކު ވެރިކަމުގައި ހުންނަން ވިމާ ކުރާން ޖެހޭ ކަންކަން އެކުރަނީ. ރައީސް ނަޝީދު އެވިދާޅުވަނީ ހަތަރެސްފައިި ބަނދެފައި ބާއްވާފައި ކިރިޔާވެސް އިންސާފްވެރި އިންތިކާބެއް ބެއްވިއަސް ކާމިޔާބު ކުރާނެ. އެހެންވެ ޤާނޫން އަސާސީއާ ޚިލާފަށް ސިފައިންނަށް ވޯޓު ނުލެވޭގޮތް ހަދަން އެއުޅެނީ އެމުއްސަސާގެ ތާއީދު ގެއްލުނީމާ. ބާރު ކެނޑުނީމާ.

މިއީ ބުއްދި ފިލާފައިވާ ސަރުކާރެއް. މިއީ ކުދަވަގު މެދުވަގު ބޮޑުވަގުގެ ސަރުކާރެއް

3 މާރޗް 2017 | ހުކުރު 23:08

03:49

އަހުމަދު މުހުސިނު

ކޮމަންޑޫ ދާއިރާގެ އަތޮޅު ކައުންސިލަރ ޢަބްދުﷲ ނާހިދު

ބޮޑުތިލަދުންމަތި އޮންނާނީ ރާއްޖޭގައި ޖެހުނު ބޮޑެތި ކަންކަމުގައި ނިކުމެފައި. މިފަހަރުވެސް ނިކުމެ މިކަން ކުރާނަން.

ރައީސް ޔާމީންގެ ދުރުރާސްތާ ޕްލޭނެއް ނެތް. 2013 ރިޔާސީ އިންތިކާބު ނިމުނުތަނާހެން ވަރަށް ދެރަވި. އޭރު ހުރީ ރައީސް ޔާމީނާއެކު. އެކަމަކު އެވަގުތުންވެސް ހިތަށް އެރި އަނިޔާވެރިކަމާއެކީގައޭ މިއުޅެވުނީ. އެހެންވެ ނުކުމެ އެމްޑީޕީއާ ގުޅުނީ. މިއަދު އެންމެންގެ ކިބައިން މައާފަށް އެދެން އެއަނިޔާވެރިކަމުގައި ކުރިން އުޅެވުނު މީހަކަށް ވީތީ

3 މާރޗް 2017 | ހުކުރު 22:50

03:42

އަހުމަދު މުހުސިނު

ވައިކާރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް

މިކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އަޅާ ފާލަމެއް. އަޅުގަނޑުމެން ގެންނަން ބޭނުންވަނީ ރައީސުލް ޖުމްހޫރިއްޔާކަމަށް ރައީސް ނަޝީދު.

ޔާމީން ދަނީ ކުފުރުވެރިވިއަސް ބުނަން ބޭނުން އެއްޗެއް ބުނަމުން. ނޫހުގެ ފާނުގެ ނައުކޮޅު ވާހަކައިން އެބުނީ ފާތުމަ ނުލައި ރައްކާވާނެ ވާހަކަ. އަޅުގަނޑުމެން ފާތުމަވެސް ލައިގެން ޔާމީން ބަލިކުރާނަން. ވެރިކަން ކުރަން ދީން ހަތިޔާރަކަށް ބޭނުން އެކުރަނީ . ކުފުރުވެރިވަމުން އެދަނީ.

އަޅުގަނޑުމެންނަކީ ކުރަން ބޭނުން ކޮންމެ ކުރާނަން. އެގޮތުން ފިރިހެން ވެރިން ހުދު ޖުއްބާގައި އަންހެންވެރިން ކަޅުޖުއްބޫގައި ފ އަތޮޅު ވިއްކާލުމާ ދެކޮޅުކަން ލިޔެގެން ލައިގެން ނުކުންނަންވީ. ނުކުރޭނެ ބާލާފައި އޮރިޔާން ކުރާކަށް. އަޅުގަނޑުމެން ތިބޭނީ މިގޮތުގައި  

3 މާރޗް 2017 | ހުކުރު 22:49

03:32

އަހުމަދު މުހުސިނު

އެމްޑީޕީ ޗެއަރޕާސަން ހަސަން ލަތީފް

މުޅި ފޯކައިދޫއާ މުޅި މިއަތޮޅު މިދަނީ ރީނދޫވަމުން. އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިނތިޚާބު ނިމޭއިރު އެކަން ކުރާނަން.

އަޅުގަނޑުމެން މިކުރާ ކެމްޕޭނަކީ ދޮރުންދޮރަށް ހިނގައިގެން ހޯދާ ތާއީދު. ސަރުކާރު ގެނައި މީހުން ކުރިން ސަރުކާރަށް ތާއީދު ކުރި މީހުން އެބުނަނީ މިސަރުކާރު ކަމަކު ނުދެޔޭ.

އަޅުގަނދުމެންނަށް މިފެންނަނީ ރައީސް ޔާމީން ވިދާޅުވާ ހަފުށާ އަށްފުށް ބެލިއަސް ފެންނަނީ ވައްކަމާއި ކޮރަޕްޝަން. އައިޖީއެމްއެޗް އިމާރާތުން ފެށިގެން މަގުމަތީގައި ބާއްވާ ގަލަކުންވެސް ހަފުށުން ފެންނަނީ ކޮރަޕްޝަން.

އަޅުގަނދުމެން މިތިބީ ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދިޔަ ދޭކަށް ނޫން. ކޮންމެ މީހަކަށްވެސް އެމީހަކަށް ބަސްބުނާ މީހާއަށް ވޯޓުލުމުގެ ހައްގު ލިބިދޭން ޖެހޭނެ. ސަރުކާރުން އެއުޅެނީ ވޯޓުން ކުރާ ކާމިޔާބު ހަޖަމް ނުކުރެވިގެން. އަލުގަނޑުމެން އެފުރުސަތެއް ނުދޭނަން. އެމްޑީޕީއަށް ވޯޓު ނުދޭ މީހާއަށްވެސް ވޯޓު ލުމުގެ ހައްގު ހޯދައިދޭން ނުކުންނާނަން.

ބިން ވިއްކުން މީ މަޖާ ކަމެއް. އަޅުގަނޑުމެން މިބުނަނީ ބޭރުގެ ފަރާތްތަކަށް ދިވެހިންގެ ބިންތައް ނުވިއްކާށޭ. އެވާހަކަ ދެއްކީމާ މިބުނަނީ ސައޫދީ ސަރުކާރާ ސައޫދީ ރަސްގެފާނުގެ ގަދަރަށް އުނިކަން އަންނަ ވާހަކަ ދައްކަނީއޭ. އެހެންކަމަށް ވާނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ދެއްކީމާ އެއީ ޔާމީނާ ބެހުން ކަމަށް. ކަދުރު ވާހަކަ ދެއްކީމާ އެބެހުނީ މެޑަމް ފާތުމަޔާޔޯ.

އަޅުގަނދު ދަންނަވާނީ ފައިސާގެ ބޭނުމުގައި ތިޔަކަހަލަ ކަންކަން ނުކުރައްވާށޭ. މިރާއްޖޭގޭގެ ބިން ނުވިއްކާށޭ.

އަޅުގަނޑުމެންގެ ދީނާ ގޮތާއި ފޮތާ ގެއްލޭ ގޮތަކަށް މީހުން އާބާދު ކޮށެއް ނޫޅޭނެ ދުނިޔޭގެ އެއްވެސްތާކަށް. އެއްމިލިއަން ގެނެސް އެކަން ކުރުވަން އުޅޭ ބަޔަކަށް ފ އަތޮޅު ވިއްކާލަން އެއުޅެނީ. އެއްގޮތަކަށްވެސް އެކަން ކުރިއަކަ ނުދޭނަން. އޭރުން މިތަނަށް ވެރިވެ ގަންނާނީ އެމީހުން

3 މާރޗް 2017 | ހުކުރު 22:40

03:18

އަހުމަދު މުހުސިނު

ފޯކައިދޫ ކައުންސިލް ކެނޑިޑޭޓް ހުސައިން ފަރީދު

މިސަރުކާރުގެ މި ރައީސް ވެވަދައިގެންނެވި ވައުދު ނުފުއްދުނު. މިފަހަރު މިސަރުކާރުގެ މިރައީސަކަށް ފުރުސަތެއް ނެތް. މިފަހަރު އެމްޑީޕީން މިކަން ކުރާނެ.

ނާޖާއިޒް ފައިދާ ގޮތުގައި ސިޓީ އުރަ ބަހައިގެން ހޯދާ ތާއީދަކީ ތާއީދެއް ނޫން. ވަގުތީ ކަމެއް. އިރާދަކުރެއްވިއްޔާ  މިފަހަރު މިއަތޮޅާ މިރަށުން އެމްޑީޕީ ކާމިޔާބު ކުރާނަން.

3 މާރޗް 2017 | ހުކުރު 22:28

03:15

އަހުމަދު މުހުސިނު

ޢަބްދުﷲ ޝާހިދު:ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު

މިރަށަށް އައުމުން އެކީ މަރުހަބާގެ ހޫނުގެ އަސްލު އަދި ކިރިޔާ މިފެނުނީ. މިރަށު ރައްޔިތުން މިސަރުކާރާމެދު ނުރުހޭ ނުރުހުން. މިވެހޭ ހިމަފޮދުވާރޭއާއެކު މިތަން ފުރާލާފައި ތިޔަތިބީ އެކަމަށް ފޯރިއާ އެކުކަން.

މިރާއްޖޭގެ ކަނޑުތަކާއި ރަށްތަކާއި ފިނޮޅުތަކުން ބުނަމުން އެދަނީ މިޚުދުމުޚްތާރު ސަރުކާރު ބަދަލު ކުރަށޭ.

މިއަދުގެ ސަރުކާރު ދެކޭގޮތުގައި ރައްޔިތުން ކަނީ ބާސްމަތީ ހަނޑޫ. އެންމެ ގިނައިން އަޅައިގެން ތިބީ ރަން. އެއީ ރަން ޑިއުޓީ ކަނޑާލީ. ކަނދާލާފައި އެބޮޑުކޮށްލީ ކާޑުކޮޅުގެ އަގު.

ތަކެތީގެ އަގު ބޮޑުވީ. އެކަމަކު ލަދުހަޔާތުގެ ބައި ކުޑަވީ.

މިރަށުގައި މިޖަލްސާ ބާއްވަން އުޅުނީމާ ތަރައްޤީ ނުލިބޭނެޔޭ ބުނެ ކަރުދާސް އަލާއިރު ދަންނަވާލަން. މާލޭގައި އޮތީ އެމްޑީޕީގެ ކައުންސިލެއް. މަޖިލިސްވެސް އެމްޑީޕީގެ އަތުގައި. އެކަމަކު ބޮޑުއެއްޗެއް މާލެއަށް ހޭދަ ކުރަނީ.

މިއޮތީ ތޮށަލި ތަކުރާ ޖެހުނު ވިގަންޏާ ރާއްޖެއާ ޖެހިފައި.  އެކަމަކު ހަމަ ހިއްލާލީ ކާލީ. އެއްބިލިއަން ރުފިޔާ ކާލައިފި. މިހާރު ފ އަތޮޅު ކާލަން އެއުޅެނީ. އެކަމަކު ކައިގެން ނުމެ ފިލިމެ ތޮށަލި ތަކުރާ ޖެހުނު ވިގަނިހެން. އެކަމަކު އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން

3 މާރޗް 2017 | ހުކުރު 22:16

03:03

އަހުމަދު މުހުސިނު

ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު

މިއަދު އަޅުގަނޑު ރީނދޫ ޓައި އަޅަން ޖެހުނީ މިނޫން ގޮތެއް ނެތިގެން. އަޅުގަނޑުމެން އެންމެ ލޯބިވާ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ކުރާ އަނިޔާތަކުގެ ސަބަބުން، ސިޔާސީ ފަރާތްތަކަށް ކުރާ އަނިޔާއިން. ވިޔަފާރިވެރިންނަށް ކުރާ އަނިޔާގެ ސަބަބުން މިކަން ކުރަން ޖެހުނީ.

މިނޫނިއްޔާނެތް ކާޑަށް އަތް ބޭލި ވެރިއަކު. މީގެ ކުރީގައި ތެޔޮ އަގުބޮޑުވީމާ ރައީސް މައުމޫނުވެސް އަދި އެއަށްވުރެ ބޮޑަށް ރައީސް ނަޝީދު ސަބްސިޑީ ދެއްވި. އެކަމަކު ތެޔޮ މިހާރު އެއަށްވުރެ އަގުހެޔޮއިރުވެސް މިދަނީ ދުވަހެއް ދުވަހެއް އަގުބޮޑުކުރަމުން ކަރަންޓުގެ އަގު.

ފޯކައިދޫ ރައްޔިތުންގެ އަތުން 2.1 މިލިއަން ރުފިޔާ ނަގާ ސަރުކާރަށް. އެކަމަކު އެއީކީ 30 ހާސް ރުފިޔާގެ ބަށިކޯޓެއް އަޅާކަށް ދޭ ފައިސާއެއް ނޫން. މެޑަމް ފާތުމަ ޤާނޫނުން ނުލިބޭ ކަންތައްތަކެއް ކުރާކަށް ނޫން.

މިއަދު މަސްވެރިންނަށް 10 ހާސްދޭން ބުނި ބެނާތައް ވީތަނެއް ނެތް. ފުއްދުނު ވައުދެއްނެތް.

ރައީސް ޔާމީންގެ ކެމްޕޭން 2013 ގައި މިރަށުގައި ޕޯޑިއަމްގައި ވާހަކަ ދެއްކި އެންމެން މިއަދު މިވަނީ އެމްޑީޕީ އޮޑިއަށް އަރާފައި

3 މާރޗް 2017 | ހުކުރު 22:07

02:53

އަހުމަދު މުހުސިނު

ޝަހީމް: އެމްޑީޕީ ށ ދާއިރާގެ ކޯޑިނޭޓަރ

މިއީ ސިޔާސީ ހަޔާތުގައި އުފާވެރި ރެއެއް. މިއަދު މިދަނީ ހިތްދަތި ދުވަސްތަކެއް. އެކަމަކު ސާބިތު ކަމާއެކު ތިބޭނަން. އަޅުގަނޑުމެންނާ ވާދަކުރަން އެއަންނަނީ ވަގުންގެ ޓީމެއް. މިއަދު ފ އަތޮޅު ވިއްކާލާއިރު މާދަމާ މިއަތޮޅު ވިއްކާ ނުލާނެކަން އެނގެނީ ކިހިނެއްތޯ.

މިއަތޮޅުގައި ފ އަތޮޅު ޕޯސްޓަރު ގެންގުޅޭތީ ފުލުހުން މިރަށަށް އިތުރުކުރިއަސް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން.

ފިސާރި ރީތިގޮތުގައި ށ އަތޮޅުން ދައްކާލާނަން ވަގުންނަށް މިއަތޮޅުން ޖާގަ ނެތްކަން.

އަޅުގަނޑުމެން ގުޑުވައެއް ނުލެވޭނެ. އަޅުގަނޑުމެން މިތިބެނީ އެމްޑީޕީގައި ރަނގަޅަށް ފައިތިލަ ސާބިތުކަންމަތީގައި.

ސައޫދީ ރަސްގެފާނަށް އެއްޗެއް ބުނުމަކީ ދީނުން ބޭރުވުމެއް ނޫން. އެމީހުން އުޅޭގޮތް ނޭނގެނީކީ ނޫން. އަޅުގަނޑުމެން ތިބޭނީ މާތްވެގެންވާ އިސްލާމްދީނުގައި. އަޅުގަނޑުމެން ފ އަތޮޅު ވިއްކުމާ ދެކޮޅު ހަދާނަން. އެއީ މިއަތޮޅު ވިއްކާ ނުލެވޭނީ އެކަމަށް ދެކޮޅު ހެދީމާ.

އަޅުގަނޑު އާދޭހާ އެކުގައި މިދަންނަވަނީ މިޚަޒާނާއިން ގެއްލުނު ފައިސާތަކަށްޓަކައި އަންނަން އޮތް ޖީލުތަކާއި ޅަދަރިންނަށްޓަކައި ޕީޕީއެމްގެ ކެނޑިޑޭޓުންނަށް ވޯޓު ނުދީ. އިރާދަކުރެއްވިއްޔާ ލޯކަލްކައުންސިލް އިންތިޚާބަށްފަހު 2018 ވެސް ނަގާނަން.

3 މާރޗް 2017 | ހުކުރު 21:57

02:42

އަހުމަދު މުހުސިނު

ހުސައިން ފަރީދް: ކައުންސިލަށް ވާދަކުރާ ފޯކައިދޫ ކެނޑިޑޭޓް

މިއީ މީގެ ކުރިންވެސް ސިޔާސީ ޕޯޑިއަމްތައް އަރަން ލިބޭ. އެކަމަކު އެމްޑީޕީ ޕޯޑިއަމްގެ ދޮށުގައި ހުންނައިރު އިންސާފާއި ހަމަ އެނގިގެންދޭ. އެމްޑީޕީން އިންސާފަށް ކުރާ މަސައްކަތް ބަލައިގަނެވި މި ޕޯޑިއަމަށް އެރީ.

އަޅުގަނޑުމެން ބިރު ފަހަނައަޅާ ދާން ޖެހޭ. ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމަށް ފުރުވާ ފޯމާއެކު މިފަދަ ޖަލްސާތަކަށް އައުމަށް ދަތިވޭ. އެކަމަކު އެންމެން ބިރު ފަހަނައަޅާ ދިޔައިމާ ސަރުކާރަށް ޖެހޭނީ ކުޑަކަކޫ ޖަހަން.

3 މާރޗް 2017 | ހުކުރު 21:47

01:57

އަހުމަދު މުހުސިނު

ޖަލްސާގެ ތައްޔާރީތައް

ޖަލްސާ ފެށުމަށް ހަމަ ޖެހިފައިވަނީ މިރޭ 21:30 ގައި

3 މާރޗް 2017 | ހުކުރު 20:57

01:53

އަހުމަދު މުހުސިނު

ށ. ފޯކައިދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ

މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ށ އަތޮޅު ފޯކައިދޫގައި ބާއްވާ ޖަލްސާއެކެވެ. މިޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒް އަދި އެމްޑީޕީގެ ނައިބު ރައީސްގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

3 މާރޗް 2017 | ހުކުރު 20:53

އަހުމަދު މުހުސިނު

dhonbandaara

04:16
ލާމަރުކަޒީ ނިޒާމްގެ ވާހަކަ ދައްކަންގޮސް ވިއްކާލަނީ ފ އަތޮޅު.
04:07
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
03:49
ކޮމަންޑޫ ދާއިރާގެ އަތޮޅު ކައުންސިލަރ ޢަބްދުﷲ ނާހިދު
03:42
ވައިކާރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
03:32
އެމްޑީޕީ ޗެއަރޕާސަން ހަސަން ލަތީފް
03:18
ފޯކައިދޫ ކައުންސިލް ކެނޑިޑޭޓް ހުސައިން ފަރީދު
03:15
ޢަބްދުﷲ ޝާހިދު:ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު
03:03
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު
02:53
ޝަހީމް: އެމްޑީޕީ ށ ދާއިރާގެ ކޯޑިނޭޓަރ
02:42
ހުސައިން ފަރީދް: ކައުންސިލަށް ވާދަކުރާ ފޯކައިދޫ ކެނޑިޑޭޓް
01:57
ޖަލްސާގެ ތައްޔާރީތައް
01:53
ށ. ފޯކައިދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ