ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުން

  • ރ އަތޮޅުގައި ޕީޖީ އޮފީހުގެ ބްރާންޗެއް ޤާއިމު ކުރުމަށް ޖޭއެސްސީއަށް ހުށަައަޅާނަން: ރައީސް
  • ރަސްމާދޫގައި ގާތްގަނޑަކަށް 10 މިލިއަނެއްހާ ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކުރެވިފައިވޭ
  • ރ އަތޮޅު އެއަރޕޯޓެއް ޤާއިމު ކުރުމަށް އެންމެ ރަނގަޅު ސަރަޙައްދެއް ބަލައި، އެކަން ކުރިއަށްގެންދާނަން: ރައީސް
 
Writer Profile Picture
ލައިޝާ އަހްމަދު
ރ އަތޮޅުގައި ޕީޖީ އޮފީހުގެ ބްރާންޗެއް ޤާއިމު ކުރުމަށް ޖޭއެސްސީއަށް ހުށަައަޅާނަން: ރައީސް

ރ އަތޮޅު ކެނޑިޑޭޓުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަކަފުޅު:

ޖުމުލަކޮށް ރ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ގިނަ ވައުދުތަކެއް ރައީސް ކުރައްވާފައިވޭ އޭގެ ތެރޭގައި ރ އިނގުރައިދޫވެސް ހިމެނޭ

ރައީސް އިތުރަށް ވިދާޅުވީ، ރ އަތޮޅުގެ ދޯނިފަހަރަށް ފަސޭހައިން މަސް ކިރޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރައްވާނެ

އޭގެ އިތުރުން، ރ އަތޮޅުގައި ޕީޖީ އޮފީހުގެ ބްރާންޗެއް ޤާއިމު ކުރުމަށް ޖޭއެސްސީއަށް ހުށަައަޅުއްވާނެކަމަށް ރައީސް ވިދާޅުވި،

ރައީސް ވިދާޅުވީ، އަންނަ އަހަރުގައި ރ އަތޮޅުގެ ސްޕީޑު ފެރީ ނިޒާމު ޤާއިމު ކުރުމަށް އިސްކަން ދެއްވާނެ ކަމަށް

2 މާރޗް 2021 | އަންގާރަ 21:53
Writer Profile Picture
ލައިޝާ އަހްމަދު
ރަސްމާދޫގައި ގާތްގަނޑަކަށް 10 މިލިއަނެއްހާ ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކުރެވިފައިވޭ

ރ ރަސްމާދޫއިން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، ރަސްމާދޫ ސުކޫލުގެ ޑިޒައިނިންގ މަސައްކަތް ކުރިއަށްދާ ކަމަށް، ރަށް ގިރުމުގެ މައްސަލަ ޙައްލު ކުރުމަށް މިހާރު ވަނީ އެމްޓީސީސީއާ ޙަވާލު ކުރެވިފައި، މިދިޔަ 2 އަހަރުތެރޭ އެ ރަށަށް ގާތްގަނޑަކަށް 10 މިލިއަނެއްހާ ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކުރެވިފައިވޭ

2 މާރޗް 2021 | އަންގާރަ 21:47
Writer Profile Picture
ލައިޝާ އަހްމަދު
ރ އަތޮޅު އެއަރޕޯޓެއް ޤާއިމު ކުރުމަށް އެންމެ ރަނގަޅު ސަރަޙައްދެއް ބަލައި، އެކަން ކުރިއަށްގެންދާނަން: ރައީސް

ރ ފައިނުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، ފައިނުގެ ގިރާ ސަރަޙައްދުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ޙަވާލު ކުރުމުގެ ކަންކަން ކުރިއަށްދާކަމަށް، އަދި ރ އަތޮޅަށް އެއަރޕޯޓެއް ޤާއިމު ކުރުމަށް އެންމެ ރަނގަޅު ހިސާބެއް ބަލައި، އެކަން ކުރިއަށް ގެންދަވާނެކަމަށްވެސް ރައީސް ވިދާޅުވި

ރަށުގެ ގެސްޓްހައުސް އަޅަން ބޭނުންވާ މީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ

2 މާރޗް 2021 | އަންގާރަ 21:39
Writer Profile Picture
ލައިޝާ އަހްމަދު
އަނަސްގެ މަރު: ފޮރެންސިކް އެވިޑެންސްއަށް ސިންގަޕޫރަށް ފޯނެއް ފޮނުވައި ހޯދަންޖެހޭ މައުލޫމާތުތަކެއް ހޯދަނީ

ރ މީދޫއިން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، މީދޫ ހޮސްޕިޓަލުގެ މަސައްކަތް މާރޗު މަހުގެ 2 ވަނަ ހަފްތާ ތެރޭގައި ޓެންޑަރ އަށް ހުޅުވާލެވޭނެ ކަމަށް، އަދި ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އޭޕްރީލް މަސް ތެރޭގައި ޓެންޑަރ ކުރެވޭނެކަންވެސް ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، ކުނީގެ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލާފައިވާ ޕްލޭންގައި މީދޫވެސް ހިމެނިފައިވާކަަމަށް

ރ މީދޫ ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސްއަށް ބޭރަށް ފޮނުވަންޖެހޭ ފޯނެއް ފޮނުވައި، ސިންގަޕޫރުން ހޯދަންޖެހޭ މައުލޫމާތުތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވި

2 މާރޗް 2021 | އަންގާރަ 21:35
Writer Profile Picture
ލައިޝާ އަހްމަދު
މަޑުއްވަރީ ކަރަންޓުގެ 85 އިންސައްތަ ސޯލަރ އަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރު ފެށޭނެ: ރައީސް

ރ މަޑުއްވަރީން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، މަޑުއްވަރީ ބަނދަރު ހެދުމުގެ 48 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް

އޭގެ އިތުރުން އެރަށުގައި މިހާރުވެސް 500 ކިލޯވޯޓުގެ ޖަނަރޭޓަރެއް ބަހައްޓަމުންދާއިރު، ފެނުގެ ނިޒާމު ޤާއިމު ކުރުމާއި، އައިސް ޕްލާންޓުގެ މަސައްކަތް ކުރިއަށްދޭ

އެރަށު 152 މީހަކަށް 1.8 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި ދޫކުރެވިފައިވޭ، އަދި ރަށުގެ 85 އިންސައްތަ ސޯލަރ އަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރު ފެށޭނެ

2 މާރޗް 2021 | އަންގާރަ 21:29
Writer Profile Picture
ލައިޝާ އަހްމަދު
އިންނަމާދޫގެ އެމްބިއުލާންސް ޖޫންމަހަށް ފޯރު ކޮށްދެވޭނެ: ރައީސް

ރ އިންނަމާދޫއިން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، އިންނަމާދޫގެ އެމްބިއުލާންސް ޖޫންމަހަށް ފޯރު ކޮށްދެވޭނެ ކަމަށް، އަދި އެރަށު ޕީއެސްއައިޕީއަށް 10 މިލިއަނެއްހާ ރުފިޔާ ކަރަދު ކުރެވިފައިވާއިރު، މިވަގުތުވެސް ނަރުދަމާގެ ނިޒާމު ޤާއިމު ކުރުން ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވި

އިންނަމާދޫއިން 31 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކޮށްފައިވާއިރު، 17 ދަރިވަރުން ގެންދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުން

2 މާރޗް 2021 | އަންގާރަ 21:23
Writer Profile Picture
ލައިޝާ އަހްމަދު
މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ދެވަނަ ކުއާޓަރ ގައި ފެށޭނެ: ރައީސް

ރ މާކުރަތުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ މާކުރަތު ބަނދަރު ބޮޑު ކުރުމުގެ ވިސްނުމެއް ރައްޔިތުންގެ ފަރާތުން ލިބުމާއެކު، އީއައިއޭގެ މަސައްކަތް ޙަވާލު ކުރެވިފައިވާ ކަމަށް، އަދި ދެވަނަ ކުއާޓަރ ގައި އެ މަސައްކަތް ފެށިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި

އޭގެ އިތުރުން، މާރޗު މަހުގެ ތެރޭގައި އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު ކުރިއަށްދާ ކަންކަން ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވި

ރައީސް ވިދާޅުވީ، މާކުރަތު ޕީއެސްއައިޕީއަށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް، އަދި އިންކަމް ސަޕޯޓު އެލަވަންސް 226 މީހަކަށް ދީފައިވާއިރު، 33 ދަރިވަރުން ގެންދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުން، ކަރަންޓު ސަބްސިޑީއަށްވެސް 3.6 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

2 މާރޗް 2021 | އަންގާރަ 21:18
Writer Profile Picture
ލައިޝާ އަހްމަދު
ހުޅުދުއްފާރު މަގު ހެދުމުގެ މަސައްކަތް މިއަހަރު 2 ވަނަ ކުއާޓަރ ގައި ފެށޭނެ: ރައީސް

ރ ހުޅުދުއްފާރުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ފުލުހުންގެ ޚިދުމަތް ދިނުމަށް ހޯމް މިނިސްޓްރީން އިސްކަންދޭ ލިސްޓުގައި ހުޅުދުއްފާރު ހިމެނިފައިވާކަމަށް ރައީސް ސޯލިޙު ވިދާޅުވި

ރައީސް ވިދާޅުވީ، އެރަށުގައި މަގު ހެދުމުގެ މަސައްކަތް މިއަހަރު ފުރަތަމަ ކުއާޓަރ ގައި ޓެންޑަރ އަށް ހުޅުވައި، 2 ވަނަ ކުއާޓަރ ނިމުމުގެ ކުރިން އެ މަސައްކަތް ފެށިގެންދާނެ ކަމަށް

އަލަށް ދޫކުރެވުނު ގޯތިތަކަށް ފެނާއި ނަރުދަމާ ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން

އެރަށު ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 13 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، 48 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދޭ، އަދި 71 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ވަނީ ދޫކުރެވިފައި

2 މާރޗް 2021 | އަންގާރަ 21:12
Writer Profile Picture
ލައިޝާ އަހްމަދު
ރަސްގެތީމުގައި 250 ކިލޯވޯޓް ސޯލަރ ޕީވީސީ ޖެހުމުގެ މަސައްކަތް މިއަހަރު ނިމޭނެ: ރައީސް

ރ ރަސްގެތީމުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، އެރަށުގައި ފުޓްބޯޅަ ދަނޑަކާއި ޔޫތު ސެންޓަރެއް ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށް.

ޖެޓީ އަދި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، އިންޖީނުގެ ބަދަލު ކުރުމުގެ ކަންކަންވެސް ކުރިއަށްދޭ

އެރަށު 31 މީހަކަށް 462،000 ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި ދޫކޮށްފައިވާއިރު، 250 ކިލޯވޯޓް ސޯލަރ ޕީވީސީ ޖެހުމަށް ވަނީ ހަމަޖެހިފައި، އަދި މި އަހަރު ނިމޭއިރު އެކަން ނިމިގެންދާނެ

2 މާރޗް 2021 | އަންގާރަ 21:08
Writer Profile Picture
ލައިޝާ އަހްމަދު
ފާއިތުވި 2 އަހަރު 33 މިލިއަން ރުފިޔާ ދުވާފަރުގެ ތަރައްޤީގެ މަޝްރޫއުތަކަށް ހޭދަ ކުރެވިފައިވޭ

ރ ދުވާފަރުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ޖޫން މަސް ތެރޭގައި އެރަށަށް ބޭނުންވާ ޑޮކްޓަރުން އިތުރު ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި

އިޖުތިމާއީ މަރުކަޒު ތަރައްޤީ ކުރުމަށް ދެވަނަ ކުއާޓަރ ގައި އިއުލާނު ކުރެވޭނެ

3000ށް ވުރެ ގިނަ މީހުން ދިރިއުޅޭ ދުވާފަރުގެ 102 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، ފާއިތުވި 2 އަހަރު 33 މިލިއަން ރުފިޔާ ދުވާފަރުގެ ތަރައްޤީގެ މަޝްރޫއުތަކަށް ހޭދަ ކުރެވިފައިވޭ

2 މާރޗް 2021 | އަންގާރަ 21:03
Writer Profile Picture
ލައިޝާ އަހްމަދު
7 މަސް ތެރޭގައި އުނގޫފާރުގެ ހޮސްޕިޓަލު ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރެވޭނެ: ރައީސް

ރ އުނގޫފާރުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަަކަފުޅުތައް:

ރައީސް ވިދާޅުވީ، 7 މަސް ތެރޭގައި އުނގޫފާރުގެ ހޮސްޕިޓަލު ޓަރޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ބޭނުންވާ އިމާރަތުގެ މަސައްކަތް ނިމޭނެ ކަމަށް

ސުކޫލު ހޯލުގެ މަސައްކަތް އަލުން ޓެންޑަރ ކުރުމަށް ޓެންޑަރ ބޯޑަށް ވަނީ ފޮނުވިފައި

2000 އަކަފޫޓުގެ 20 ގޯތި ދޫކުރުމަށްވެސް ވަނީ ހުއްދަ ދެވިފައި، ކައުންސިލާ ގުޅިގެން އެކަން ކުރިއަށްދާނެ

އިސްލާމިކް މިނިސްޓްރީއާއި އައިޔޫއެމް ގުޅިގެން އިތުރު ކޯސްތައް އެ ރަށުގައި ހިންގުމުގެ ކަންކަން ކުރިއަށް ގެންދަވާނެ

އެރަށު ބިންހިއްކުންވެސް މިހާރު އިސްކަންދޭ ލިސްޓަށް ވަނީ އިތުރު ކުރެވިފައި

އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި އެރަށު ރައްޔިތުންނަށް 1.8 މިލިއަން ރުފިޔާ ދޫކޮށްފައިވޭ، ހޮސްޕިޓަލަށް މިދިޔަ އަހަރުވެސް އެތައް ބަޔަކު ޑޮކްޓަރަށް ދައްކާފައިވާއިރު، ކާށިދޫ އަދި ގާފަރު ހިސާބުންވެސް އައުޓްރީޗް ޚިދުމަތް ދަނީ ހޯދަމުން

ހޮސްޕިޓަލުގައި ލޮލުގެ ޑިޕާރޓްމަންޓަކާއި، އައިސީޔޫގެ އިތުރުން، ފިޒިއޯ އަދި ލެބޯޓަރީ ޚިދުމަތަށް ބޭނުންވާ ސާމާނު ވަނީ ހޯދިފައި، އަދި 183ން 220ށް މުވައްޒަފުންގެ އަދަދުވެސް ވަނީ އިތުރު ކުރެވިފައި

ސީޓީ ސްކޭން ބެހެއްޓުމާއި، އެކްސްރޭ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް

2 މާރޗް 2021 | އަންގާރަ 20:58
Writer Profile Picture
ލައިޝާ އަހްމަދު
އަނގޮޅިތީމުގައި ޒުވާނުންގެ މަރުކަޒެއް ހެދުމަށް 3 ވަނަ ކުއާޓަރ ގައި އިއުލާނު ކުރެވޭނެ: ރައީސް

ރ އަނގޮޅިތީމުން ފާހަގަކުރި ކަންކަމާ ގުޅިގެން ރައީސް ވިދާޅުވި ބައެއް ވާހަކަފުޅުތައް:

އަނގޮޅިތީމުގައި ޒުވާނުންގެ މަރުކަޒެއް ހެދުމަށް 3 ވަނަ ކުއާޓަރ ގައި އިއުލާނު ކުރެވޭނެ

ހެލްތް ސެންޓަރު ލެބޯޓަރީ ވަނީ ބިޑަށް ހުޅުވާލެވިފައި، އެ މަސައްކަތް ކުރިއަށްދާނެ،

ފެނާއި ނަރުދަމާގެ މަސައްކަތް ދަނީ ކުރިއަށް އަދި ބަނދަރު އަޕްގްރޭޑް މަސައްކަތް ވަނީ ނިމިފައި، ހަމައެއާއެކު، އިންޖީނުގެ ރިލޮކޭޓު ކުރުމުގެ ކަންކަން ކުރިއަށްދޭ

މިވަގުތު 20 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 7 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދެވިފައިވޭ، މުޅި ރަށުގެ ޕީކް ގަޑީގައި އެއްކޮށް ސޯލަރ ޕަވަރ އަށް ބަދަލު ކުރުމުގެ މަޝްރޫއު މިއަހަރު ފެށިގެންދާނެ

2 މާރޗް 2021 | އަންގާރަ 20:49
Writer Profile Picture
ލައިޝާ އަހްމަދު
ވާދޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ހިންގާނަން: ރައީސް

ރ ވާދޫއާ ގުޅިގެން ރައީސް ފާހަގަ ކުރެއްވި ކަންކަން:

ރައީސް ވިދާޅުވީ، މިއަހަރުގެ މެއި މަހު އެރަށު ސޯލާރ މަސައްކަތް ފެށިގެންދާނެ ކަމަށް

އަދި 2016 ވަނަ އަހަރު 1.5 ހެކްޓަރުގެ ބިމެއް ކައުންސިލަށް ދޫކުރެވިފައިވީނަމަވެސް، އެކަން މަޑުޖެހިފައިވާތީ އެކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވި

ވާދޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް އަންނަ އަހަރު ބޮޑެތި މަޝްރޫއުތަކެއް ހިންގަވާނެ ކަަމަށް ވިދާޅުވި

ވާދޫގެ ފެނާއި ނަރުދަމާ މަސައްކަތް އޭޕްރީލް މަސް ތެރޭގައި އަލުން ކުރިއަށްދާނެ

ސުކޫލުގެ 2 ބުރީ އިމާރާތުގެ މަސައްކަތް މެއި ޖޫން ހިސާބުގައި ޓެންޑަރ ކުރެވޭނެކަންވެސް ރައީސް ސޯލިޙު ފާހަގަ ކުރެއްވި

ވާދޫގައި 16 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 25 މީހަކަށް އިންކަމް ސަޕޯޓު އެލަވަންސް ދޫކުރެވިފައިވޭ

2 މާރޗް 2021 | އަންގާރަ 20:43
Writer Profile Picture
ލައިޝާ އަހްމަދު
އަލިފުށީ ބިންހިއްކުމުގެ މަސައްކަތް ދެވަނަ ކުއާޓަރ ގައި ޓެންޑަރ އަށް ހުޅުވާލެވޭނެ- ރައީސް

ރ އަލިފުއްޓާއި ގުޅިގެން ހުށައެޅި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ސޯލިޙު ފާހަގަ ކުރެއްވި ކަންކަން

ރައީސް ވިދާޅުވީ، އަލިފުށީ ބިންހިއްކުމުގެ މަސައްކަތް ދެވަނަ ކުއާޓަރ ގައި ޓެންޑަރ އަށް ހުޅުވާލެވޭނެ ކަމަށް

އޭގެ އިތުރުން، ސުކޫލުގެ މަލްޓި ޕަރޕޯސް ހޯލުގެ މަސައްކަތް އަލުން ޓެންޑަރ އަށް ހުޅުވާލެވިފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، އެރަށުގައި ރީޖަނަލް ވޮކޭޝަނަލް ސެންޓަރެއްވެސް ޤާއިމު ކުރައްވާނެ ކަމަށް

މިދިޔަ 2 އަހަރު ތެރޭގައި 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަލިފުއްޓަށް ހޭދަ ކުރެވިފައިވޭ

2 މާރޗް 2021 | އަންގާރަ 20:38