ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި، ކެންޕެއިން ޓީމުތަކާއެކު ބާއްވާ ބައްދަލުވުން

  • ހއ. އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތް ނިންމާލައިފި
  • ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ފައިނޭންސް ހޯދާފައިވާނެ ކަަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި
  • ގިނަ ސްކޫލްތަކުގެ މަސައްކަތް މާރޗް މަހު ޓެންޑަރ ކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރ
 
Writer Profile Picture
ސިމާހާ ނަސީމް
ހއ. އަތޮޅުގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށް ގެންދިޔަ ޙަރަކާތް ނިންމާލައިފި

ކުރިއަށް އޮތް ތަނުގައި އިތުރު އަތޮޅުތަކާއެކުވެސް މި ޙަރަކާތް ކުރިއަށްގެންދާނެ، ރައީސް ވަނީ ކެނޑިޑޭޓުން ފާހަގަކުރި ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:56
Writer Profile Picture
ސިމާހާ ނަސީމް
ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ފައިނޭންސް ހޯދާފައިވާނެ ކަަމަށް މިނިސްޓަރ އަސްލަމް ވިދާޅުވި

ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ފައިނޭންސް ހޯދާފައިވާނެ ކަމަށާއި ހުރިހާ ރަށެއްގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް ގެދޮރު ބިނާކުރުމުގެ މައްސަލަ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:54
Writer Profile Picture
ސިމާހާ ނަސީމް
ގިނަ ސްކޫލްތަކުގެ މަސައްކަތް މާރޗް މަހު ޓެންޑަރ ކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރ

ތުރާކުނު ސްކޫލްގެ މާރޗް މަހު ޓެންޑަރ ކުރެވޭނެ

ފިއްލަދޫ މަލްޓިޕާޕަސް ހޯލް މާރޗް މަހު ޓެންޑަރ ކުރެވޭނެ

މުރައިދޫގެ ސްކޫލް މާރޗް މަހު ބޭނުން ކުރަން ފެށޭނެ

މީގެ އިތުރުން ވެސް ގިނަ ސްކޫލްތަކެއްގެ މަސައްކަތް ޓެންޑަރ ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި

20 ފެބްރުއަރީ 2021 | ހޮނިހިރު 22:51
Writer Profile Picture
ސިމާހާ ނަސީމް
ޓްރާންސް ޝިޕްމަންޓް ޕޯޓްގެ މަސައްކަތް ނުފެށި މާ ލަސްވެއްޖެ: އިކޮނޮމިކް މިނިސްޓަރ ފައްޔާޒް

ޓްރާންސް ޝިޕްމަންޓް ޕޯޓްގެ ދިރާސާތައް ހަދާ، މާރޗް ނޫނީ އޭޕްރިލް މަހު އެކްސްޕްރެޝަން އޮފް އިންޓްރަސްޓަށް ހުޅުވާލެވިގެންދާނެ. މިފްކޯގެ ފެލިވަރު ތަރައްޤީ ކުރުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. ވަރަށް އަވަހަށް ޓެންޑަރިންގ މަރުހަލާ ފެށިގެންދާނެ ކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވި. ބޯޓް ބިލްޑިންގ ގެ މަސައްކަތް އެމްޓީސީސީއާ ގުޅިގެން ކުރިއަށްދާ ކަަމަށް ވިދާޅުވި. އަމާޒަކީ މިއަހަރު ޓޫރިސްޓް އެނދު އިތުރުކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:48
Writer Profile Picture
ސިމާހާ ނަސީމް
ހަނިމާދޫ އެއަރޕޯޓްގެ ޓެންޑަރިންގ ގެ ފުރަތަމަ ޕްރޮސެސް މާރޗް މަހުގެ ތެރޭގައި ފެށޭނެ: މިނިސްޓަރ ފައްޔާޒް

ހަނިމާދޫ އެއަރޕޯޓް: އެގްޒިމް ބޭންކްގައި އެބައޮވޭ ހަތަރު ޕްރޮސެސްއެއް. އެ ޕްރޮސެސްގެ ތެރެއިން މިދިޔަ އަހަރު އޮކްޓޯބަރުގައި މަސައްކަތް ފަށާފައިވާނެ. މާރޗް މަހުގެ ތެރޭގައި ޓެންޑަރިންގ ގެ ފުރަތަމަ ޕްރޮސެސް ފެށޭނެ ކަމަށް މި ބަލަނީ. ޖުލައި މަހު ކޮންޓްރެކްޓް އެވޯޑްކޮށް މިއަހަރުގެ ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރގައި އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:43
Writer Profile Picture
ސިމާހާ ނަސީމް
ވަރަށް ގިނަ ފުޓްބޯޅަ އަދި ފުޓްސަލް ދަނޑު ރަށްތަކުން ބޭނުންވޭ: މިނިސްޓަރ މަހްލޫފް

ޒުވާނުންގެ މަރުކަޒުގެ މަސައްކަތްތައް އެލްޖީއޭ އާއި ގުޅިގެން މިނިސްޓްރީ ކުރަމުންދާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވި.

ހއ. ތަކަންދޫ އައުޓްޑޯ ޖިމް ބަޔާކާ ހަވާލުކުރެވިފައިވޭ

ހއ. ތަކަންދޫ ފުޓްބޯޅަ ދަނޑު ބަޖެޓް ކުރަންޖެހޭނީ

ހއ. މުރައިދޫގެ އައުޓްޑޯ ޖިމްގެ މަސައްކަތް ފެށިގެންދާނެ

ހއ. ފިއްލަދޫގައި ބޯޅަދަނޑު އަޅައިދިނުމުގެ މަޝްވަރާތައް ދަނީ ކުރިއަށް

ހއ. ހޯރަފުށީގެ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ނުވަތަ ޓާފް އަޅާފައިވޭ

ހއ. ދިއްދޫއަށް އިންޑޯ ކޯޓް ބަޖެޓްކޮށްގެން ކުރިއަށްދާނީ

އެއްވެސް ރަށެއްގައި އެއްވެސް އިރެއްގައި ސަރުކާރަކުން ފުޓްބޯޅަ ދަނޑެއް އަޅާފައިނުވޭ މިހާތަނަށް. މި ސަރުކާރުން އެކަން ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވި

20 ފެބްރުއަރީ 2021 | ހޮނިހިރު 22:40
Writer Profile Picture
ސިމާހާ ނަސީމް
ހއ. އަތޮޅުގެ ޖުމްލަ 13 ރަށެއްގެ ކެންޑިޑޭޓުންނާއި ބައްދަލުކޮށްފައިވޭ

416 މިލިއަން ރުފިޔާ ހއ. އަތޮޅަށް ޕީއެސްއައިޕީގެ މަޝްރޫއުގެ ދަށުން ހަރަދުކުރެވިފައިވާ ކަމަށާއި 32 މިލިއަން ރުފިޔާ އެސްއެމްއީ ލޯންގެ ދަށުން ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި. މިރޭ ހއ. އަތޮޅުގެ ކެންޑިޑޭޓުންނާއި ބައްދަލުކޮށްފައިވާއިރު ޖުމްލަ 13 ރަށެއްގެ ކެންޑިޑޭޓުންނާއި ބައްދަލުކޮށްފައިވޭ

20 ފެބްރުއަރީ 2021 | ހޮނިހިރު 22:33
Writer Profile Picture
ސިމާހާ ނަސީމް
ހއ. ބާރަށުގެ ބަނދަރާއި ނެރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި

ހއ. ބާރަށުގެ ކުނީގެ މައްސަލަ ކައުންސިލްގެ ފަރާތުން ބިޑް ކޮމެޓީއަށް ހުށަހަޅާފައިވާ ކަަމަށް ރައީސް ވިދާޅުވި. ބަނދަރާއި ނެރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށް ރައީސް ސާލިހް ފާހަގަކުރެއްވި

20 ފެބްރުއަރީ 2021 | ހޮނިހިރު 22:26
Writer Profile Picture
ސިމާހާ ނަސީމް
ހއ. އަތޮޅުން އެންމެ ބޮޑަށް ފާހަގަވީ ސިއްހީ ދާއިރާގެ މައްސަލަތައް ކަމަށް ރައީސް ވިދާޅުވި

ހއ. އަތޮޅުން އެންމެ ބޮޑަށް ފާހަގަވީ ސިއްހީ ދާއިރާގެ މައްސަލަތައް ކަމަށާއި ހއ. މުރައިދޫއަށް ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށް ރައީސް ވިދާޅުވި. ބަނދަރު ޓެންޑަރ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާއިރު މާރޗް މަހު ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އިން ފަށާނެ ކަމަށް ވެސް ރައީސް ސާލިހް ވިދާޅުވި. މާރޗްގެ ތެރޭގައި ސްކޫލްގެ ކްލާސްރޫމްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުވެގެންދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:19
Writer Profile Picture
ސިމާހާ ނަސީމް
ހއ. އުތީމުގެ ނަރުދަމާގެ މަސައްކަތް 99 ޕަސަންޓް ނިމިފައިވޭ: ރައީސް

ހއ. އުތީމުގެ ނަރުދަމާގެ މަސައްކަތް 99 ޕަސަންޓް ނިމިފައިވާ ކަމަށާއި އެ ރަށު ސްކޫލްގެ މަސައްކަތް ވެސް މާރޗް މަހު ޓެންޑަރ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި. މިއަހަރުގެ ޖޫންއާ ހަމައަށް ވަޒީފާތައް އިތުރު ނުކުރުމަށް ވިސްނާފަައިވާ ކަމަށް ރައީސް ވިދާޅުވި. ބަޖެޓަށް މިދަނޑިވަޅުގައި ބައްލަވަން ޖެހޭ ކަމަށް ރައީސް ސާލިހް ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 22:11
Writer Profile Picture
ސިމާހާ ނަސީމް
ހއ. ތަކަންދޫގެ އެސްޓީއޯ ބޭސްފިހާރައިން ބޭސް ލިބުމުގެ ދަތިކަން ހައްލުކޮށްދޭނަން: ރައީސް ސާލިހް

ހއ. ތަކަންދޫގެ ކުނި ނައްތާލުމުގެ މަސައްކަތް ލަސްނުވެ ފެށިގެންދާނެ

ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރެވިފައިވަނީ

23 ފަރާތަަކަށް އިންކަން ޓެކްސް އެލަވަންސް ދީފައިވޭ

ބޭސް ލިބުމުގެ ދަތިކަން ހައްލުކޮށްދޭނަން

20 ފެބްރުއަރީ 2021 | ހޮނިހިރު 22:03
Writer Profile Picture
ސިމާހާ ނަސީމް
ފިއްލަދޫގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް: ރައީސް

ހއ. ފިއްލަދޫގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވި. ޓޫރިޒަމް ޤާނޫނަށް ރަނގަޅު އިސްލާހެއް ގެނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިއަލްސްޓޭޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި. ސިއްހީ މަރުކަޒުގެ އަޕްޓޭޑް ފަހުން ހިއްސާ ކުރައްވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:53
Writer Profile Picture
ސިމާހާ ނަސީމް
މާރަންދޫ ސްކޫލްގެ މަސައްކަތް މާރޗް މަހު ޓެންޑަރ ކުރެވޭނެ: ރައީސް ސާލިހް

މާރަންދޫގެ ފެނާއި ނަރުދަމާގެ މައްސަލަގައި، އެމްޑަބްލިޔުއެސްސީއާ މަސައްކަތް ހަވާލު ކުރެވިފައިވާ ކަމަށާއި އެކަމުގެ ތަފްސީލް ދެއްވާނެ ކަމަށް ރައީސް ސާލިހް ވިދާޅުވި. ސްކޫލްގެ މަސައްކަތް މާރޗް މަހު ޓެންޑަރ ކުރެވޭނެ ކަމަށާއި ސިއްހީ މަރުކަޒުގައި ބިޑް އިވެލުވޭޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ރައީސް ވިދާޅުވި. ބައެއް މަޝްރުއޫތައް ކޮވިޑާއި ގުޅިގެން މަޑުޖައްސާލަން ޖެހުނުކަން ރައީސް ވަނީ ފާހަގަކުރައްވާފަ.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:45
Writer Profile Picture
ސިމާހާ ނަސީމް
ހއ. ކެލާ ފެނާއި ނަރުދަމާގެ މައްސަލަ

ހއ. ކެލާ ފެނާއި ނަރުދަމާގެ މައްސަލަގައި ތަފްސީލް ހިއްސާ ކުރައްވަމުން ރައީސް ސާލިހް ވިދާޅުވި ފެނާއި ނަރުދަމާގެ އެއްބަސްވުމުގައި މި މަހުގެ 28 ވަނަ ދުވަހު 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތުގައި ސޮއިކުރާއިރު ކެލާގެ އެއްބަސްވުމުގައި ވެސް ސޮއިކުރާނެ ކަމަށް

20 ފެބްރުއަރީ 2021 | ހޮނިހިރު 21:39
Writer Profile Picture
ސިމާހާ ނަސީމް
ހއ. ދިއްދޫގެ ހޮސްޕިޓަލް ފެންވަރު މަތި ކުރުމުގެ މަސައްކަތް މިއަހަރު ކުރާނެ ކަމަށް ރައީސް ވިދާޅުވި

ހޮސްޕިޓަލް ފެންވަރު މަތި ކުރުމުގެ މަސައްކަތް މިއަހަރު ކުރާނެ

މާރޗްގައި އަނެއްކާވެސް އެ މަސައްކަތް ކުރުމަށް އިއުލާން ކުރެވިގެންދާނެ

ޖޫނިއަރ ކޮލެޖް ޕާޓްނަޝިޕެއްގެ ދަށުން ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވިސްނާފައިވަނީ

ބިން ހިއްކުމުގެ ޑިޒައިންގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ރައީސް ސާލިހް ވިދާޅުވި

ސައުދީ ފަންޑެއްގެ ދަށުން އައިސްޕްލާންޓްގެ މަސައްކަތް ވެސް ކުރިއަށްދާނެ

20 ފެބްރުއަރީ 2021 | ހޮނިހިރު 21:35
Writer Profile Picture
ސިމާހާ ނަސީމް
ހަނިމާދޫ އެއަރޕޯޓްގެ ޑީޕީއާރް ނިމި، ޓެންޑަރ މަރުހަލާ ދަނީ ކުރިއަށް

ހަނިމާދޫ އެއަރޕޯޓްގެ ޑީޕީއާރް ނިމި، ޓެންޑަރ މަރުހަލާ ކުރިއަށްދާ ކަމަށް ރައީސް ސާލިހް ވިދާޅުވި.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:23
Writer Profile Picture
ސިމާހާ ނަސީމް
ބިން ހިއްކުމަކީ އިހަވަންދޫއަށް ވަރަށް ބޮޑު ބޭނުންވެފައިވާ ކަމެއް: ރައީސް

ހއ. އިހަވަންދޫގެ ގިނަ ރައްޔިތުންނާއި އިސް ރަށްވެހިންނާއި މީގެ ކުރިން ބައްދަލު ކުރެއްވި ކަމަށް ރައީސް ވިދާޅުވި. ސަރުކާރުން ވީ ވައުދުތައް ފަސް އަހަރު ތެރޭގައި ފުއްދަދޭނެ. ބިން ހިއްކުމަކީ އިހަވަންދޫއަށް ވަރަށް ބޮޑު ބޭނުންވެފައިވާ ކަމެއް ކަަމަށާއި ލިސްޓްގެ އެންމެ ކުރީގައި ރަށް ހިމެނި އެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި. ރައީސް ސާލިހް އިތުރަށް ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާނެ ކަމަށް. އައިސްޕްލާންޓްގެ މައްސަލާގައި މެމްބަރުންނާއި ވާހަކަ ދެއްކެވުމަށް ރައީސް ވަނީ އެދިވަޑައިގެންފައި.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:15
Writer Profile Picture
ސިމާހާ ނަސީމް
ހއ. އިހަވަންދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް

ހއ. އިހަވަންދޫގައި ހޮސްޕިޓަލްގެ ބިންގާ އެޅިފައިވަނީ. ހޮސްޕިޓަލްގެ މަސައްކަތް ފެށޭނެ ދުވަހެއް އިނގެން އެ ރަށު ރައްޔިތުން ބޭނުންވޭ. އައިސްޕްލާންޓްގެ ހިދުމަތް ރަނގަޅަށް ނުލިބޭ ކަމަށާއި ރަށުގައި މަސް ފެކްޓްރީއެއް ޤާއިމުކުރުމަށް އެ ރަށުގެ ރައްޔިތުން ވަނީ އެދިފައި. އައުޑްޑޯ ޖިމަކާއި މަތީ ތައުލީމަށް ކިޔަވަންދާ ކުދިންނަށް ކޮލެޖެއްގެ ހިދުމަތް ދިނުމަށް ވެސް ވަނީ އެދިފައި.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:11
Writer Profile Picture
ސިމާހާ ނަސީމް
މިދިޔަ ހަފްތާގެ ބުދަ ދުވަހު ހޯރަފުށީގެ ބިމުގެ ޕްލޭން ކަނޑައަޅާފައިވޭ: ރައީސް ސާލިހް

މަގު ހެދުމުގެ ޑިޒައިނިންގ މަރުހަލާގައި ވާކަމަށް ވިދާޅުވި

ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ރިސޯޓު ހެދުމަށް ރަށްތައް ކަނޑައަޅާފައިވޭ

މިދިޔަ ހަފްތާގެ ބުދަ ދުވަހު ހޯރަފުށީގެ ބިމުގެ ޕްލޭން ކަނޑައަޅާފައިވާ ކަމަށް ވިދާޅުވި

ވަޒީރުންގެ މަޖިލީހުގެ މީގެ ދެ ހަފްތާ ކުރިން ހޯރަފުށިން އުތުރާއި ދެކުނުގައި އޮތް ރަށް އިހްތިސާސް ތެރެއަށް ވަންނާތީ އެކަން ކަނޑައަޅާ ނިމިފައިވަނީ، އެއްވެސް ދައްޗެއް ނޯންނާނެ

ބޯފެން ބަންދުކުރުމުގެ ޕްލާންޓެއް ބަހައްޓާ އެކަން ވެސް ދަނީ ކުރިއަށް

190 މިލިއަން ރުފިޔާ މިދިޔަ ދެ އަހަރު ހަރަދު ކުރެވިފައިވޭ

20 ފެބްރުއަރީ 2021 | ހޮނިހިރު 21:05
Writer Profile Picture
ސިމާހާ ނަސީމް
ހއ. ހޯރަފުއްޓަށް މަސް ސްޓޯރ ކުރެވޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމަށް އެދުނު

ހއ. ހޯރަފުށި ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ކިޑްނީގެ ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންވާ ވަރަށް ގިނަ އާއިލާތައް އެބަތިބި. އާއިލާގެ މެމްބަރުންނާއި ދުރުގައި ތިބެ ވަރަށް ބޮޑު ހަރަދެއް ބައްޔަށް ފަރުވާ ހޯދުމަށް ހަރަދު ކުރަން ޖެހޭކަން ރައްޔިތުން ފާހަގަކުރި. ޑައެލިސިސް ހެދުމަށް 20 އާއިލާއަކުން ވަނީ މާލެ ބަދަލުވެފައި. މަސް ސްޓޯރ ކުރެވޭނެ ގޮތުގެ އިންތިޒާމް ހަމަޖެއްސުމަށް އެދުނު.

20 ފެބްރުއަރީ 2021 | ހޮނިހިރު 21:02
Writer Profile Picture
ސިމާހާ ނަސީމް
އުލިގަމުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް

ބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ޓެންޑަރިންގެ މަސައްކަތް ކުރިއަށްދަނީ، ވަރަށް ބާރަށް ކުރިއަށް ދާނެ

ކުނި މެނޭޖްކުރުމަށް އޮޕިޑްގެ ދަށުން ކުރިއަށް ދަނީ، އެޕްރޫވަލް އަށް ފޮނުވަންޖެހޭ، ވަރަށް ގިނަ ޕްރޮޖެކްޓްސް އެޕްރޫވަލް އަށް ފޮނުވާފައިވާ ކަމަށް ރައީސް ސާލިހް ވިދާޅުވި. ކުޅިވަރު ފުޓްބޯޅަ ދަނޑު، ފުރަތަމަ ކުއާޓަރ ގައި

27.8 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވޭ

- 16 ދަރިވަރަކު ހިލޭ ޑިގްރީ

- 13 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދީފައިވޭ

- ޕްލޭނަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ތަރައްގީގެ ހުރިހާ މަސައްކަތްތައް ބަހާލަން

20 ފެބްރުއަރީ 2021 | ހޮނިހިރު 21:01
Writer Profile Picture
ސިމާހާ ނަސީމް
ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ މައްސަލަ

ފެނާއި ނަރުދަމާގެ މަޝްރޫއު މާރޗް މަހުގެ ކުރީކޮޅު ސޮއިކޮށް ބަޔަކާ އެ މަސައްކަތް ހަވާލު ކުރެވިގެންދާނެ ކަމަށް ރައީސް ސާލިހް ވިދާޅުވި

މޮޅަދޫއަށް ދިޔަ ދަތުރުގައި އެންމެ ބޮޑަށް ފާހަގަވީ ބަނދަރުގެ މައްސަލަ ކަމަށް ރައީސް ވިދާޅުވި

- ބަނދަރު މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ

- އިންޑޯ ކުޅިވަރު ސާމާނު އައުޑްޑޯ ޖިމަށް ގެންދެވިފައިވޭ

- ޕީއެސްޕީއަށް މޮޅަދޫއަށް 20 މިލިއަން ރުފިޔާ ހަރުދު ކުރެވިފައިވޭ

މޮޅަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވި

20 ފެބްރުއަރީ 2021 | ހޮނިހިރު 20:53
Writer Profile Picture
ސިމާހާ ނަސީމް
ހައުސިންގ ގެ ކަންތައްތަކުގައި މުޅި ރާއްޖެއަށް ޕްލޭނެއް އެބައޮތް: ރައީސް ސާލިހް

ތުރާކުނު މިސްކިތުގެ މަސައްކަތް ކުރަހާ ނިންމާފައިވަނީ މާރޗް މަހު ޓެންޑަރ ކުރާނެ

ހައުންސިންގ ގެ ކަންތައްތަކުގައި މުޅި ރާއްޖެއަށް ޕްލޭނެއް އެބައޮތް ކަމަށާއި ލޯންތައް ދިނުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ސާލިހް ވިދާޅުވި

20 ފެބްރުއަރީ 2021 | ހޮނިހިރު 20:48
Writer Profile Picture
ސިމާހާ ނަސީމް
ތުރާކުނުގެ ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި

ތުރާކުނުގެ 17 ކުދިން ހިލޭ ޑިގްރީއަށް ކިޔަވާ ކަމަށާއި މިދިޔަ އަހަރު ދެ ލައްކައަށް ވުރެން ގިނަ ރުފިޔާ ބްރޭކްފަސްޓަށް ހަރަދުކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

20 ފެބްރުއަރީ 2021 | ހޮނިހިރު 20:46