ކޮވިޑް-19 ވެކްސިން ރާއްޖޭގައި ޖަހަން ފެށުން

  • ކޮވިޝީލްޑް ވެކްސިން މަސައްކަތްކުރާގޮތް އެނގޭތަ؟
  • ވެކްސިން ޕްރޮގްރާމް ސިޔާސީ ނުކުރުމަށް އިލްތިމާސްކޮށްފި
  • ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިންޖަހަނީ
 
Writer Profile Picture
އަމްނާ އިމާދު
ކޮވިޝީލްޑް ވެކްސިން މަސައްކަތްކުރާގޮތް އެނގޭތަ؟
1 ފެބްރުއަރީ 2021 | ހޯމަ 13:35
Writer Profile Picture
އަމްނާ އިމާދު
ވެކްސިން ޕްރޮގްރާމް ސިޔާސީ ނުކުރުމަށް އިލްތިމާސްކޮށްފި
1 ފެބްރުއަރީ 2021 | ހޯމަ 13:34
Writer Profile Picture
އަމްނާ އިމާދު
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިންޖަހަނީ
1 ފެބްރުއަރީ 2021 | ހޯމަ 12:53
Writer Profile Picture
އަމްނާ އިމާދު
ދައުލަތުގެ އިސްވެރިން ވެކްސިން ޖެއްސެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް، ވެކްސިންއަށް އޮތް އިތުބާރު ބޮޑުވެފައިވޭ: ޑރ. ނަޒްލާ
1 ފެބްރުއަރީ 2021 | ހޯމަ 12:52
Writer Profile Picture
ޝާމާ ޝުއައިބް
ވެކްސިންގެ ސަބަބުން އެއްވެސް އުނދަގުލެއް ތަހައްމަލު ކުރަން ނުޖެހުނު ކަމަށް މުހައްމަދު އުމަރު މަނިކް ވިދާޅުވި
1 ފެބްރުއަރީ 2021 | ހޯމަ 11:51
Writer Profile Picture
އަމްނާ އިމާދު
އައްޑޫ ސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި
ސިއްހީ ޚިދުމަތްތެރިއެއްގެ ގަޔަށް ވެކްސިން ޖަހަނީ

އައްޑޫ ސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގައެވެ. އަދި 30 ސިއްހީ ޚިދުމަތްތެރިން ހޯމަ ދުވަހު ވެކްސިން ޖަހާނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 10:38
Writer Profile Picture
އަމްނާ އިމާދު
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި، 30 ސިއްހީ ޚިދުމަތްތެރިންގެ ގަޔަށް ވެކްސިން ޖަހާނެ
1 ފެބްރުއަރީ 2021 | ހޯމަ 10:29
Writer Profile Picture
އަމްނާ އިމާދު
ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެކްސިން ޖަހަންޖެހޭ: ޑރ.ޝިރާނީ

ކޮވިޑް-19ގެ ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ ރައްޔިތުން ވެކްސިން ޖެހުމަށް އައިޖީއެމްއެޗްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ.ޝިރާނީ އަބްދުއްރަޙްމާން އިލްތިމާސްކުރައްވައިފިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ޑރ.ޝިރާނީއެވެ. ވެކްސިން ޖެއްސެވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ.ޝިރާނީ ވިދާޅުވީ ހާޑް އިމިއުނިޓީ ބޭނުންވާ ކަމަށާއި، ބަލިން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ޖެހުން ކަމަށެވެ.

ޑރ.ޝިރާނީ ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުމުން ބަލީގައި ގެއްލިގެންދާ މީހުން މަދުވެ އާއްމު ހާލަތަށް އަވަހަށް އާދެވޭނެ ކަމަށެވެ.

އޭރުން އަޅުގަނޑުމެންނަށް ހާޑް އިމިއުނިޓީއެއް ލިބޭނީ ވީޔަރ ޓްރައިންޓު ގޯ ބެކްޓު ނޯމަލް ލައިފް. މިބަލީގައި ވަރަށް ގިނަ މީހުން މަރުވެއްޖެ. މިހާރު މިތިބި މީހުންނާއެކު އެހީވެވޭނޭ. ނަންބަރުތައް މަދުވާނެ. ވެކްސިން ވީހާ ވެސް ގިނަ ބަޔަކު ނަގާގެން ބައްޔަށް ހުށަހެޅޭ މީހުން މަދުވާނޭ. ގެއްލިގެންދާ މީހުން މަދުވާނޭ.
ޑރ.ޝިރާނީ އަބްދުއްރަޙްމާން

ދެވަނަ ޑޯޒް ވެކްސިން ޖަހާނެކަމުގެ ޔަގީންކަން ދެއްވާ ޑރ.ޝިރާނީ ވިދާޅުވީ ކައްޓެއް ހެރުމުން ވީ ތަދު ފިޔަވައި އެހެން ތަދެއް ނުވާ ކަމަށެވެ. އަދި ވެކްސިން ޖެހުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނުކަން ވެސް ޑރ.ޝިރާނީ ފާހަގަކުރެއްވިއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 10:20
Writer Profile Picture
އަމްނާ އިމާދު
ކުޅުދުއްފުށީގައި ވެކްސިން ޖެހުމަށް ވަމުންދާ ތައްޔާރީތައް
ނަރުހެއް ކޮވިޝީލްޑް ވެކްސިން ދައްކާލަނީ
ވަރަށް އަވަހަށް ވެކްސިން ދޭން ފަށާނެ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދޭ
ވެކްސިން ދައްކާލަނީ، މިޕްރޮގްރާމްއަށް އާއްމުންގެ އެއްބާރުލުން ލިބޭ
1 ފެބްރުއަރީ 2021 | ހޯމަ 10:07
Writer Profile Picture
އަމްނާ އިމާދު
ވެކްސިންއަށް ފުރިހަމަ އިތުބާރު އެބައޮތް: ރައީސް
1 ފެބްރުއަރީ 2021 | ހޯމަ 10:01
Writer Profile Picture
އަމްނާ އިމާދު
ދެ ރައީސުން ވެކްސިން ޖައްސަވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވެކްސިން ޖައްސަވަނީ
1 ފެބްރުއަރީ 2021 | ހޯމަ 09:43
Writer Profile Picture
އަމްނާ އިމާދު
ރައީސް ސޯލިހު ވެކްސިން ޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިން ޖައްސަވައިފިއެވެ.

އެމަނިކުފާނު ވެކްސިން ޖައްސަވާފައިމިވަނީ ހަތަރު ވަނަ ފަރާތެއްގެ ގޮތުގައިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ.ޝިރާނީ އަބްދުއްރަޙްމާން އެވެ.

އޭގެ ފަހުން އައިއެމްއެޗްގެ ނަރުހަކަށާއި، ހަކުރުބަލި ހުންނަ ފަރާތަކަށެވެ.

ދައުލަތުގެ އިސްވެރިން ވެސް ވެކްސިން ޖައްސަވާއިރުގައި މިވެކްސިންގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައިވެއެވެ.

ކޮމިޝީލްޑްވެކްސިންގެ 100000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޖެނުއަރީ މަހުގެ 20 ވަނަދުވަހުއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 09:32
Writer Profile Picture
އަމްނާ އިމާދު
ޑރ.އަބްދުﷲ ނިޔާފު ވެކްސިން ޖައްސަވައިފި

އޭޑީކޭ ހޮސްޕިޓަލްގައި ވެސް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ ކުޑަ ކުދިންގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފްއެވެ. ނިޔާފްއަކީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މަގުބޫލު ޑޮކްޓަރެކެވެ.

1 ފެބްރުއަރީ 2021 | ހޯމަ 09:25
Writer Profile Picture
އަމްނާ އިމާދު
ވެކްސިން ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސް ސޯލިހު!
ސޯޝަލް ސެންޓަރަށް ރައީސް ސޯލިހު ވަޑައިގަންނަވަނީ

ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދެވޭނެކަމުގެ އުންމީދު ރައީސް ސޯލިހު ދެއްވާފައިވެއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 09:22
Writer Profile Picture
އަމްނާ އިމާދު
ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފި

ސޯޝަލް ސެންޓަރުގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށައިފިއެވެ.

މިޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ އައިޖީއެމްއެޗްގައި މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ.ޝިރާނީ އަބްދުއްރަޙްމާނަށެވެ.

އޭގެ ފަހުން އައިއެމްއެޗްގެ ނަރުހަކަށާއި، ހަކުރުބަލި ހުންނަ ފަރާތަކަށެވެ.

އެއަށްފަހު ހަތަރު ވަނަ ފަރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެކްސިން ޖައްސަވާނެއެވެ. އަދި އޭގެފަހުން ދައުލަތުގެ ބައެއް އިސްވެރިން ވެސް ވެކްސިން ޖައްސަވާނެއެވެ.

މީގެއިތުރުން ވެސް ފްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ސިއްހީ ދާއިރާގެ ބޭފުޅުންނާއި، އެހެނިހެން ޚިދުމަތްތަކުގައި ފްރޮންޓްލައިންގައި ޙަރަކާތްތެރިވާ ފަރާތްތަކާއި، ބަލީގެ ނުރައްކާތެރިން ބޮޑު ނުވަތަ އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތުން ޖުމްލަ 34 ފަރާތަކަށް މިހަފްލާގައި ވެކްސިންދިނުމަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި ވެކްސިން ޖަހަން ފެށުމާއެކީ އައްޑޫ ސިޓީއާ، ކުޅުދުއްފުށި ސިޓީގައި ވެސްވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެންދާނެ އެވެ.

އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ, 511 އިން ތައްޔާރުކުރަމުންދާ ކޮމިޝީލްޑްވެކްސިންގެ 100000 ޑޯޒް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޖެނުއަރީ މަހުގެ 20 ވަނަދުވަހުއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 09:15
Writer Profile Picture
އަމްނާ އިމާދު
ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެކްސިން ދެވޭނެ: ރައީސް

ސޯޝަލް ސެންޓަރަށް ވަޑައިގަންނަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހުރިހާ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މިހިސާބަށް އާދެވިފައި އޮތީ ހެލްތް އެކްޕޯޓުންގެ ލަފައާ އެއްގޮތަށް ރައްޔިތުން ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

އިރާދަކުރެއްވިއްޔާ މިކަމުން މާ ލަހެއް ނުވެ އަރައިގަނެވޭނެ. ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، މިކަން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ އިންތިޒާމްތަކެއް ރޭވިގެން އިރާދަކުރެއްވިއްޔާ ފަށައިގެން.
ރައީސް ސޯލިހު

ރައީސް ވިދާޅުވީ ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ހުރިހާ ރައްޔިތުންނަށާއި ދިރިއުޅޭ އެންމެނަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

1 ފެބްރުއަރީ 2021 | ހޯމަ 09:07
Writer Profile Picture
އަމްނާ އިމާދު
ކުޅުދުއްފުށީގައި ވެކްސިން ދިނުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ވެފައި

ކުޅުދުއްފުށި ސިޓީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމަށް ވަނީ ފުރިހަމަ ތައްޔާރުވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އާއްމު ރައްޔިތުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އެގޮތުން ހޯމަ ދުވަހު ވެކްސިން ދިނުމަށް ނިންމާފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ 30 މީހުންނަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް،
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް، ވެކްސިން ދިނުމުގެ ގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތްކޮށްފައިވޭ
1 ފެބްރުއަރީ 2021 | ހޯމަ 08:57
Writer Profile Picture
އަމްނާ އިމާދު
މި ވެކްސިން ޖެހުމުގައި އިސްކަންދޭނީ ކޮންބަޔަކަށް ؟

ވެކްސިންދިނުމުގައި އިސްކަންދޭ ތަރުތީބު ބަހާލައިފައިވަނީ ތިންބަޔަށެވެ.

އެއީ، ސިއްޙީ ޚިދުމަތުގައި އަދި އިޖްތިމާއީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުން:

މީގެ ތެރޭގައި ހިމެނެނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިނ،ް ބަލިމީހުންނަށް ފަރުވާދިނުމުގައި މަސައްކަތްކުރާ ފަރާތްތަކާއ،ި ބަލިމީހުންނަށް ފަރުވާދޭ ތަންތަނުގައި ކުނި ނުވަތަ ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔައަކަށް ނުވަތަ ނަޖިހަކަށް ހުށަހެޅޭފަދަ މަސައްކަތްތައް ކުރާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އެހެނިހެން އިޖްތިމާއީ ޙާލަތްތަކުގައި ހިމެނޭ މީހުންނަށް ހިދުމަތްދޭ މީހުންނެވެ.

ށ. މި ބައްޔަށް ހުށަހެޅިއްޖެނަމ،ަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުނ ްމީގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ މީހުން، އަދި އުމުރުން 50 އަހަރާއި 18 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން :

• ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނާއި މި ބައްޔަށް ފަރުވާކޮށް ނިމުނުތާ އަހަރެއް ހަމަނުވާ މީހުން

• ހަކުރު ބަލި ހުންނަ މީހުން

• ހިތުގެ ބަލިތައް ހުންނަ މީހުން

• ސްޓްރޯކެއް ޖެހިފައިވާ މީހުން

• އިސްކޮޅާއި އަޅާ ބަލާއިރު ބަރުދަން މަތި މީހުން (ބީ.އެމް.އައި 40ން މަތި މީހުން )

• ބައްޔެއްގެ ސަބަބުން ނުވަތަ ބޭނުންކުރާ ބޭހެއްގެ ސަބަބުން ދިފާއީބާރު ދަށްވެފައިވާ މީހުން

• ކިޑްނީ ބަލީގެ ސްޓޭޖް 3 އަދި 4 ގެ ބަލިމީހުން

• ދިގު މުއްދަތަކަށް ފުރަމޭގެ ބައްޔެއް ތަޙައްމަލުކުރަމުންދާ މީހުން

• ތެލެސީމިއާ/ސިކްލްސެލް އެނީމިއާ ހުންނަ މީހުން.

އަސާސީ ޚިދުމަތް ފޯރުކޮށްދިނުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި ރާއްޖޭގައި ދިރިއުޅޭ މީހުންގެތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން

• ޓީޗަރުން

• ފުލުހުން

• ސިފައިން

ނ. ރާއްޖެއިން ބޭރުން އަންނަ ދަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ މީހުން

އެއާރޕޯޓުގެ އިސްސަފުގައި ހަރަކާތްތެރިވާ މުވައްޒަފުން (މީގެ ތެރޭގައި ސާފުކުރާ މީހުންނާއި ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ ) ޓްރެވަލް އެޖެންސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުން

މަތިންދާބޯޓުގެ ފަޅުވެރިން (މީގެ ތެރޭގައި ސާފުކުރާ މީހުންނާިއ ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނޭ )

• ފަތުރުވެރިކަމުގެ ދާއިރާގެ އިސްސަފުގައި މަސައްކަތްކުރާ މުވައްޒަފުން.

• ކުނި މެނޭޖްކުރުމުގައި ހަރަކާތްތެރިވާ މުވައްޒަފުން. އަދި ޕަބްލިކްޓްރާންސްޕޯރޓްގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނޭ.

1 ފެބްރުއަރީ 2021 | ހޯމަ 08:39
Writer Profile Picture
އަމްނާ އިމާދު
ކޮވިޝީލްޑްގެ ސައިޑް އިފެކްޓްސްއަކީ ކޮބާ ؟

ވެކްސިން ޖެހުމުގެ ސަބަބުން ބައެއް މީހުންގެ ކިބައިން ސައިޑް އިފެކްޓްސް ފެނިދާނެއެވެ. މިގޮތުން އާންމުކޮށް ހަށިގަނޑުން ފެންނަ އަލާމާތްތަކަކީ ވައިރަސްއާ ދެކޮޅަށް ހަށިގަނޑު ރައްކާތެރިކުރުމަށް ދިފާއީ ނިޒާމުން މަސައްކަތް ކުރާކަމުގެ އަލާމާތްތަކެވެ. މި އަލާމާތްތައް ދެތިން ދުވަހެއްގެ ތެރޭގައި ފިލާ ރަނގަޅުވާނެއެވެ.

މިވެކްސިންގެ ސައިޑް އިފެކްޓްސްގެ ތެރޭގައި:

• އިންޖެކްޝަން ޖެހި ތަނުގައި ގަނޑުލައ،ި ތަދުވެ، ރަތްވެ، ހިރުވާ، ދުޅަވެ ނޫފައިގަތުން ފަދަ ކަންކަން ކުރިމަތިވެދާނެ.

• ހުންއައުން

• ވަރުބަލިވުން

• ބޮލުގައި ރިއްސުން

• މޭ ނުބައިކުރުން

•ހުޅުހުޅުގައި ނުވަތަ ގައިގެ މަސްތަކުގައި ރިއްސުން

1 ފެބްރުއަރީ 2021 | ހޯމަ 08:22
Writer Profile Picture
އަމްނާ އިމާދު
ކޮވިޝީލްޑް ވެކްސިނަކީ ކޮބާ ؟

ކޮވިޑްޝީލްޑް‘ އަކީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރާޒެނެކާ (AstraZeneca) ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ޕވޓ ލޓޑ އިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ. ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަމަށް ތަހުލީލުތަކުން ދެނެގަނެފައިވާ ވެކްސިނެކެވެ. އަދި މިއީ އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށް ބެހެއްޓޭނެ ވެކްސިނެއްކަމުން ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވެއެވެ.

1 ފެބްރުއަރީ 2021 | ހޯމަ 08:18