ރައީސް ޔާމީނުގެ ޖަލު ޙުކުމުގެ އިސްތިއުނާފް- ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން

  • ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލު ކުރާނެ ތަނެއް ނެތް : ހައިކޯޓް
  • އަދިވެސް ފަނޑިޔާރު ޝަހީދު ގެންދަވަނީ އެމަނިކުފާނުގެ ރައުޔު ހާމާ ކުރައްވަމުން
  • ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފި
 
Writer Profile Picture
ލައިޝާ އަހްމަދު
ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލު ކުރާނެ ތަނެއް ނެތް : ހައިކޯޓް

މި މައްސަލައިގެ ޙުކުމް އިއްވަވާފައިވަނީ ބެންޗުގެ އިސް ފަނޑިޔާރު މަޒީދު، ކޯޓުން ނިންމީ މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޙުކުމް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށް

21 ޖެނުއަރީ 2021 | ބުރާސްފަތި 19:59
Writer Profile Picture
ލައިޝާ އަހްމަދު
އަދިވެސް ފަނޑިޔާރު ޝަހީދު ގެންދަވަނީ އެމަނިކުފާނުގެ ރައުޔު ހާމާ ކުރައްވަމުން

ފަނޑިޔާރު ޝަހީދު ގެންދަވަނީ އެމަނިކުފާނުގެ ރައުޔު ހާމަ ކުރައްވަމުން، އެގޮތުން ޔާމީންގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ތަފްސީލީ ގޮތެއްގައި ވާހަކަ ދައްކަވަމުން ގެންދަވާއިރު، ގިނަ ނުކުތާ ތަކުގައި ކުރީގެ ދެ ފަނޑިޔާރުންނާ ފަނޑިޔާރު ޝަހީދުގެ ރައުޔު ތަފާތު

21 ޖެނުއަރީ 2021 | ބުރާސްފަތި 19:47
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައި، އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު މިވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައި

މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތު.

21 ޖެނުއަރީ 2021 | ބުރާސްފަތި 16:31
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީން ޖަލަށްލުމަށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުމަށް ފަނޑިޔާރު ހުސައިން މަޒީދު ދެއްވި ރައުޔަށް ފަނޑިޔާރު ނިޔާޒު ވަނީ ތާއީދު ކުރައްވާފައި، އެއާއެކު 3 ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ 2 ފަނޑިޔާރަކު މިވަނީ ދަށު ކޯޓުގެ ޙުކުމަށް ތާއީދު ކުރައްވާފައި

މި މައްސަލައިގައި ފަނޑިޔާރު ހުސައިން ޝަހީދުގެ ބައެއް ރައުޔުތައް ތަފާތު.

21 ޖެނުއަރީ 2021 | ބުރާސްފަތި 16:31
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔު އިއްވަވަމުން ގެންދަވަނީ

ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ، ޤާނޫނުގެ ކުރިމަތީގައި ހުރިހާ އެންމެންވެސް ހަމަހަމަވެގެންވާ ކަމަށް، އަދި ކްރިމިނަލް ކޯޓުގައި ދައުލަތުން ކޮށްފައިވާ ދައުވާއަކީ ތަފާތު ކުރުމުގެ ދަށުން ކޮށްފައިވާ ދައުވާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވި

އެހެން ނަމަވެސް ފަނޑިޔާރު ޝަހީދު ވަނީ މި މައްސަލައިގައި ފަނޑިޔާރު މަޒީދު ފާހަގަ ކުރައްވާފައިވާ ބައެއް ނުކުތާތަކަށްވެސް ތައީދު ކުރައްވާފައި،

21 ޖެނުއަރީ 2021 | ބުރާސްފަތި 16:19
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު މަޒީދުގެ ރައުޔަށް ފަނޑިޔާރު ނިޔާޒްވެސް ތާއީދު ކުރައްވައިފި

ފަނޑިޔާރު މަޒީދުގެ ރައުޔަށް ފަނޑިޔާރު ނިޔާޒްވެސް ތާއީދު ކުރައްވައިފި، އެއީ ކްރިމިނަލް ކޯޓުގެ ނިންމުން ދެމެހެއްޓުން .

މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ ފަނޑިޔާރު ހުސައިން ޝަހީދު

21 ޖެނުއަރީ 2021 | ބުރާސްފަތި 16:14
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު ނިޔާޒް ގެންދަވަނީ އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން

އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކުންނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަހުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވޭ

އެ ފައިސާއަކީ ގއ. ބޮޑުމުލާ ކިޔާ ފަޅު ރަށެއް ވިއްކާލައި، އިކުއިޒިޝާން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން އަދީބުއާއި ޒިޔާތުގެ ފަރާތުން ކޯޓުގައި ހެކިބަސް ދެއްވާފައިވޭ

އެފައިސާ 11 އޮކްޓޯބަރު 2015 ގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، 13 އޮކްޓޯބަރު 2015ގަ އާއި 15 އޮކްޓޯބަރު 2015ގައި 500،000 ޑޮލަރުގެ ދެ ޗެކަކުން ޖުމްލަ އެއް މިލިއަން ޑޯލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވޭ

ގއ. ވޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ލިބުން ލަސްވެގެން އަދީބަށް ގުޅުއްވައި، އެ ފައިސާ ޖަމާކޮށްދެއްވުން އެދިފައިވޭ

21 ޖެނުއަރީ 2021 | ބުރާސްފަތި 16:05
Writer Profile Picture
ލައިޝާ އަހްމަދު
ކުށުގެ އަމަލުގެ ދެވަނަ އުންސުރާ ގުޅޭގޮތުން ފަނޑިޔާރު ގެންދަވަނީ ވާހަކަ ދައްކަވަމުން
ރައީސް އަބްދުﷲ ޔާމީން ހައިކޯޓުގައި އޮތް އަޑުއެހުމުގައި
21 ޖެނުއަރީ 2021 | ބުރާސްފަތި 15:34
Writer Profile Picture
ލައިޝާ އަހްމަދު
މާރުކޭޓު ސަރަޙައްދުގައި އެއްވެ އަޑުއުފުލަމުންދާ މީހުން ދުރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނީ

ފުލުހުން ގެންދަނީ މުޒާހަރާ ކުރަމުންދާ މީހުން އެ ސަރަޙައްދުން ދުރު ކުރުމުގެ މަސައްކަތް ކުރަމުން، އެގޮތުން ޔާމީނުގެ ސަޕޯޓަރުން މިވަގުތު ތިބީ މާރުކޭޓު ސަރަޙައްދުގައި

21 ޖެނުއަރީ 2021 | ބުރާސްފަތި 15:33
Writer Profile Picture
ލައިޝާ އަހްމަދު
ޔާމީނުގެ ސަޕޯޓަރުން ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގަމުންދަނީ

ޔާމީނުގެ ސަޕޯޓަރުން މިވަގުތު ގެންދަނީ އަޑު އުފުލައި، މުޒާހަރާ ކުރަމުން، އެގޮތުން ފުލުހުންނާ ކުރިމަތިލުންތަކެއް ހިނގާފައިވާއިރު، ފުލުހުން ދަނީ އެ ސަރަޙައްދުގެ ކަންކަން ބަލަހައްޓަމުން

ޔާމީނުގެ ސަޕޯޓަރުން މިވަގުތު ގެންދަނީ ފުލުހުންނާ ދިމާއަށް ބޭއަދަބީ މަހުން މުއާމަލާތުކޮށް، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުން،

21 ޖެނުއަރީ 2021 | ބުރާސްފަތި 15:30
Writer Profile Picture
ލައިޝާ އަހްމަދު
ޔާމީނުގެ ޖަލު ޙުކުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުން ކުރިއަށް ގެންދާ އަޑުއެހުން
ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލްއާއެކު
21 ޖެނުއަރީ 2021 | ބުރާސްފަތި 15:24
Writer Profile Picture
ލައިޝާ އަހްމަދު
ރައީސް ޔާމީނުގެ ސަޕޯޓަރުން ޕީޕީއެމްގެ ދިދަ ހިފައިގެން ނުކުމެ، ޔާމީން ދޫކޮށްލުމަށް ގޮވާލަމުން ގެންދަނީ
ރައީސް ޔާމީނުގެ ސަޕޯޓަރުން
21 ޖެނުއަރީ 2021 | ބުރާސްފަތި 15:22
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު މުޙައްމަދު ނިޔާޒް ވާހަކަ ދައްކަވަނީ

ހައިކޯޓުގައި މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކީ ފަނޑިޔާރު ޙުސައިން މަޒީދު އެވެ. ދެން ތިއްބަވާ އަނެއް ދެ ފަނޑިޔާރުންނަކީ ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު މުޙައްމަދު ނިޔާޒު އެވެ.

ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ޔާމީނުގެ ފަރާތުން 75 ނުކުތާއެއް ހުށައަޅާފައިވާ ކަމަށް، އަދި ޤާނޫނީ މަސައްކަތުގެ ތެރެއިން ހުށައަޅަންޖެހޭ ލިއުންތައް ތަރުތީބުކޮށް ހުށައަޅަންޖެހޭ ކަމަށް ނިޔާޒް ވިދާޅުވި، ސަބަބަކީ މި މައްސަލަވެސް ގިނަ ވަގުތުތަކެއް ތަރުތީބު ކުރުމަށް ހޭދަވެގެން ގޮސްފައިވާތީ

ފަނޑިޔާރު ނިޔާޒް ގެންދަވަނީ އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން، އެގޮތުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ، މަނީ ލޯންޑަރިން ގެ ކުށެއް ކަމުގައި ކަނޑައަޅާފައިވަނީ ވިއެނާ ކޮންވެންޝަންގެ މިންގަނޑާއި، ރާއްޖޭގެ ދާޚިލީ ޤާނޫނީ މިންގަނޑުގެ ތެރެއިން ކަމަށް ،

21 ޖެނުއަރީ 2021 | ބުރާސްފަތި 15:16
Writer Profile Picture
ލައިޝާ އަހްމަދު
ޔަމީނުގެ މައްޗަށް އުފުލި ދައުވާގެ ފުރަތަމަ އުންސުރު ސާބިތުވޭ: ހައިކޯޓް

ފަނޑިޔާރު ވިދާޅުވީ، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބެލެވޭ ޙާލަތެއް އޮތް ކަމަށާއި، އެ ފައިސާއިން ރައީސް ޔަމީން ފައިދާ ހޯއްދަވާފައިވާކަން އެނގެން އޮންނަ ކަމަށް، އަދި ކުށުގެ ދައުވާގެ ފުރަތަމަ އުންސުރު ސާބިތުވާ ކަމަށް ފަނޑިޔާރު ވިދާޅުވި

21 ޖެނުއަރީ 2021 | ބުރާސްފަތި 15:09
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު ހުސައިން މަޒީދް ގެންދަވަނީ ވާހަކަ ދައްކަވަމުން

މަނީ ލޯންޑަކުރުމުގެ ދައުވާކުރަން ފުލުހުން ފޮނުވިއިރު، އިސްލާމިކް ބޭންކާއި ބީއެމްއެލްގައި ހުޅުވާފައިވާ އެ މަނިކުފާނުގެ ދެ އެކައުންޓަގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފްރީޒްކޮށްފަ އެވެ. އެއީ ވެސް ސައްހަ ފައިސާ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގީ، އެ ކުންފުނިން ރައްތަށް ވިއްކޭ ގޮތަށް ގޮތަށް މެންޑޭޑް ބަދަލުކޮށްފައިވަނިކޮށެވެ. ރަށްތަކާއި ފަޅުތައް ވިއްކައިންގެ ދައުލަތަށް ލިބެންޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަމިއްލަ ކުންފުނިތަކެއްގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ފަޅައިއެރީ އޮޑިޓަ ޖެނެރަލް ނެރުނު ރިޕޯޓުންނެވެ.

21 ޖެނުއަރީ 2021 | ބުރާސްފަތި 15:05
Writer Profile Picture
ލައިޝާ އަހްމަދު
ޔާމީނުގެ ފަރަތުން މި މައްސަލައިގައި 75 ނުކުތާއެއް ހުށައެޅި

ރައީސް ޔާމީންގެ ދިފާއުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެކުށުގެ ރުކުންތަކާއި، ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން، ވޮޑަމުލާގެ ފައިސާ ހޯދުމަށް ރައީސް ޔާމީން ގުޅުއްވިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު ކޯޓުގައި ދީފައިވާ ހެކިބަސް ފިޔަވާ އެހެން އެއްވެސް ހެއްކެއް ނެތްއިރު، އަދި ޒުޔާތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހަކަށްވާތީ، އޭނާގެ ހެކިބަހަކީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫންކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ދިފާއުގައި، ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގިއިރު، ލިޔެކިޔުންތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަމަށާއި އެކަށީގެން ވަގުތު ދީފައިނުވާކަން ފާހަގަކުރައްވައި، 75 ނުކުތާގެ މައްޗަށް އެކުލެވޭ އެބަޔާން ނިންމާލަމުން އެދިފައިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބާޠިލު ހުކުމެއް ކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

21 ޖެނުއަރީ 2021 | ބުރާސްފަތި 15:03
Writer Profile Picture
ލައިޝާ އަހްމަދު
1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯއްދެވި

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، އެމައްސަލަ ބެލުމަށްޓަކައި އޭސީސީއާއި ރައީސް ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަރ ކުރުމުގެ މައްސަލަ އެކެެވެ. ރައީސް ޔާމީން ވަނީ އެ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯއްދަވާފަ

21 ޖެނުއަރީ 2021 | ބުރާސްފަތި 14:51
Writer Profile Picture
ލައިޝާ އަހްމަދު
އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ

ފަނޑިޔާރު ހުސައިން މަޒީދް:

ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ބުނާނަމަ، ނުވަތަ ޙައްޤުތައް ގެއްލި، އިންސާފަށް ހުރަސް އެޅޭ ކަމެއް ހިނގާފައިވާކަމަށް ބުނާނަމަ، އިސްތިއުނާފް ކުރާ ފަރާތުން އެކަން ސާބިތުކޮށްދޭން ޖެހޭނެ

21 ޖެނުއަރީ 2021 | ބުރާސްފަތި 14:47
Writer Profile Picture
ލައިޝާ އަހްމަދު
ފަނޑިޔާރު ހުސައިން މަޒީދް ގެންދަވަނީ ވާހަކަ ދައްކަވަމުން

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރު ހުސައިން މަޒީދް މިވަގުތު ގެންދަވަނީ ވާހަކަ ދައްކަވަމުން، އެގޮތުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާ ކޮށްފައިވާ 1 މިލިއަން އެމެރިކާ ޑޮލަރާ ގުޅިގެން އޭސީސީންނާއި، ރައީސް ޔާމީނުގެ އިތުރުން، މި މައްސަލައިގައި ދީފައިވާ ހެކިބަސްތަކަށް ރިއާޔަތް ކުރައްވައި ފަނޑިޔާރު ގެންދަވަނީ މި މައްސަލައިގެ ޚުލާސާ ވިދާޅުވަމުން،

ފަނޑިޔާރު ވިދާޅުވީ، އޭސީސީއާ ޔާމީނާ ދެމެދު ވެވިފައިވާ އެކްސްކްރޯ އެއްބަސްވުމާ ޚިލާފުވުމާއި، އޭސީސީއަށް ދޮގު މައުލޫމާތު ދެއްވުމުގެ ތުހުމަތުތަކުގެ ތެރެއިން މަނީ ލޯންޑަރިންގ ގެ ތުހުމަތުތަކެއް ސާބިތުވެ، އެކަންކަން ތަހުޤީޤުކޮށް ދައުވާ ކުރި ކަމަށް،

21 ޖެނުއަރީ 2021 | ބުރާސްފަތި 14:40
Writer Profile Picture
ލައިޝާ އަހްމަދު
ހައިކޯޓުގައި މި މައްސަލައިގެ އަޑުއެހުން ފަށައިފި

މި މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ހައިކޯޓުގައި ފަށާފައިވަނީ 2:26 ގައި، މައްސަލަ ފައްޓަވަމުން ފަނޑިޔާރު ގެންދަވަނީ މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުވާލައްވަމުން.

21 ޖެނުއަރީ 2021 | ބުރާސްފަތި 14:29
Writer Profile Picture
ލައިޝާ އަހްމަދު
މި މައްސަލައިގައި ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެށިގެންދާނެ

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިމައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައެެވެ.

21 ޖެނުއަރީ 2021 | ބުރާސްފަތި 14:20