ބޮޑުފިނޮޅު ހަމަނުޖެހުން

  • މީޑިއާ ޓީމް އެނބުރި މާލެ އަންނަނީ
  • 90 ވަރަކަށް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ
  • ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ބައެއް ތަންތަނާއި ތަކެތި
 
Writer Profile Picture
އަޒްލިފާ އަބްދުﷲ
މީޑިއާ ޓީމް އެނބުރި މާލެ އަންނަނީ

ބޮޑުފިނޮޅުގައި ހިންހި ހަމަނުޖެހުމާއި ގުޅިގެން އެރަށަށްދިޔަ މީޑިއާ ޓީމް ކުޑަވަގުތުކޮޅެއްގެ ތެރޭގައި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ރާއްޖެ ޓީވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

3 ޖުލައި 2020 | ހުކުރު 11:04
Writer Profile Picture
އަޒްލިފާ އަބްދުﷲ
90 ވަރަކަށް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި 90 ވަރަކަށް ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ނިންމާފައިވާ ކަަމަށް ރާއްޖެ ޓީވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެފަރާތްތަކަކީ ހިއުމަންޓްރެފިކިން، ވިކްޓިމް އަދި ހަމަނުޖެހުން ހިންގި މީހުން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

3 ޖުލައި 2020 | ހުކުރު 11:02
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ބައެއް ތަންތަނާއި ތަކެތި
ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަނެއް
ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަނެއް
ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަނެއް
ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ބައެއް ތަކެތި
3 ޖުލައި 2020 | ހުކުރު 09:22
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ވެހިކަލްތައް
ހަމަނުޖެހުމުގައި ގެއްލުން ވެފައިވާ ވެހިކަލެއް
ހަމަނުޖެހުމުގައި ގެއްލުން ވެފައިވާ ވެހިކަލެއް
ހަމަނުޖެހުމުގައި ގެއްލުން ވެފައިވާ ވެހިކަލެއް
ހަމަނުޖެހުމުގައި ގެއްލުން ވެފައިވާ ވެހިކަލެއް
ހަމަނުޖެހުމުގައި ގެއްލުން ވެފައިވާ ވެހިކަލެއް
3 ޖުލައި 2020 | ހުކުރު 08:25
Writer Profile Picture
އަޒްލިފާ އަބްދުﷲ
ފުލުހުންގެ ޓީމުން ރަށުތެރެ ބަލާފާސްކުރަނީ
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަކެތި
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަކެތި
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަންތަން
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަކެތި
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަންތަން
ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގައި ގެއްލުންވެފައިވާ ތަންތަން
3 ޖުލައި 2020 | ހުކުރު 08:03
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޮޑުފިނޮޅުގައި މީހުން ތިބި ތަންތަން ފުލުހުން ބަލާ ފާސްކުރަން ފަށައިފި

ބޮޑުފިނޮޅުގައި އެއްވެސް މީހަކު އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި މީހުން ތިބި ތަންތަނާއި ރަށުގެ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

3 ޖުލައި 2020 | ހުކުރު 07:19
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޮޑުފިނޮޅަށް އެރުމަށް ރާއްޖެޓީވީގެ ޓީމަށް ފުލުހުން ހުއްދައެއް ނުދިން

ބޮޑުފިނޮޅުގައި ހިނގައިގެންއުޅޭ ހަމަނުޖެހުން ކަވަރު ކުރުމަށް އެރަށަށް ދިޔަ ރާއްޖެޓީވީގެ ޓީމަށް ރަށަށް އެރުމަށް ފުލުހުން ހުއްދަ ދީފައިނުވާ ކަމަށް ހަމަނުޖެހުން ކަވަރުކުރަމުންދާ ރާއްޖެޓީވީގެ ރިޕޯޓަރު ބުނެފިއެވެ.

3 ޖުލައި 2020 | ހުކުރު 06:42
Writer Profile Picture
އަޒްލިފާ އަބްދުﷲ
ބޮޑުފިނޮޅުގައި ތިބީ 12 ދިވެހިން: ފުލުހުން

ބޮޑުފިނޮޅުގައި ތިބީ 12 ދިވެހިން ކަމަށާއި އެމީހުން ސަލާމަތްކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ. އަދި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

3 ޖުލައި 2020 | ހުކުރު 06:23
Writer Profile Picture
އަޒްލިފާ އަބްދުﷲ
އެސްއޯ ފުލުހުން ބޮޑުފިނޮޅަށް އަރައިފި
ބޮޑުފިނޮޅު

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ހޮނިހިރު ދުވަހުގެ ރޭ މާލެއިން ފުރައިގެން ބޮޑުފިނޮޅަށް ދަތުރުކުރި އެސްއޯ ފުލުހުންގެ ޓީމަށް ހޮނިހިރު ދުވަހުގެ ހެނދުނު ބޮޑުފިނޮޅަށް ދެވިއްޖެ އެވެ.

3 ޖުލައި 2020 | ހުކުރު 06:13
Writer Profile Picture
ލައިޝާ އަހްމަދު
މާލެއިން ދިޔަ އެސްއޯ ފުލުހުން ތުޅާދޫއިން ފުރައިފި

މާލެއިން އެސްއޯ ފުލުހުންގެ ޓީމުތައް ބ ތުޅާދޫއަށް ގޮސްފައިވާއިރު، ތުޅާދޫ ބަނދަރުގައި އެސްއޯ ފުލުހުން މިވަގުތު ދަނީ ހަރަކާތްތެރިވަމުން، އަދި ބޮޑުފިނޮޅަށް ފުރުމުގެ ތައްޔާރީތައް މިހާރު ފަށާފައިވާއިރު، އޮޕަރޭޝަންގެ ބައެއް ފުލުހުން ދާދި ދެންމެ ވަނީ ތުޅާދޫއިން ފުރާފައި.

އޭގެ އިތުރުން، ތުޅާދޫ ބަނދަރުގައިވެސް ބައެއް ފުލުހުން ދަނީ ހަރަކާތްތެރިވަމުން

ތުޅާދޫ ބަނދަރުގައި ފުލުހުން ހަރަކާތްތެރިވަނީ
3 ޖުލައި 2020 | ހުކުރު 05:20
Writer Profile Picture
ލައިޝާ އަހްމަދު
ބޮޑުފިނޮޅުގައި ހަމަނުޖެހުމެއް ހިނގާފާނެކަން 2 ފަހަރެއްގެ މަތިން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވޭ

ކޮންޓްރެކްޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން މި މަސައްކަތް ކުރަމުންދާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ޤާނޫނީ ޓީމުން ނެރިފައިވާ ބަޔާނެއްގައި ބުނީ، ރިސޯޓުގެ މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 އެއްހާ ސްޓާފުން އުޅޭއިރު، ރިސޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް

އެހެން ނަމަވެސް، މަސައްކަތުގެ އުޖޫރަ ނުދޭތީ ފާއިތުވި ދުވަސްތަކުގައި މުވައްޒަފުން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވާއިރު، މިހިނގާ މެއި މަހުގެ 16 ވަނަ ދުވަހު ހިމެން އިހުތިޖާޖެެއްވެސް ވަނީ ކޮށްފަ. އެގޮތުން މި އިހުތިޖާޖުގައި މުވައްޒަފުންގެ ފަރާތުން އެދިފައިވަނީ މުވައްޒަފުންގެ މުސާރަ ދިނުމާއި، މުވައްޒަފުން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށްވާއިރު، މި ޚަރަދުތައް ދޭނެކަމަށް ޑިވޮލޮޕަރ (ސީލް މޯލްޑިވްސް) އިން އެއްބަސްވެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައިވޭ

އެއާއެކު، މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި، 28 މެއި 2020 ގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން 2020 ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަން ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

3 ޖުލައި 2020 | ހުކުރު 05:14
Writer Profile Picture
ލައިޝާ އަހްމަދު
މުސާރަ ހަމަޖައްސައިދިނުން އެދި ތަކުރާރުކޮށް ރިސޯޓު މެނޭޖްމަންޓުގައި އެދިފައިވާނެ: ކޮންޓްރެކްޓަރ
3 ޖުލައި 2020 | ހުކުރު 04:38
Writer Profile Picture
ލައިޝާ އަހްމަދު
ބޮޑުފިނޮޅު ހަމަނުޖެހުމަށް އަވަސް ހައްލެއް ގެނައުމާ ގުޅޭގޮތުން ކޮންޓްރެކްޓަރާއި ފުލުހުން މަޝްވަރާ ކޮށްފި

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުމަށް އަވަސް ޙައްލެއް ހޯދުމާ ގުޅޭގޮތުން މި މަސައްކަތުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވާ ކަމަށް ކުންފުނީގެ ޤާނޫނީ ޓީމުން ބުނެފި. މި މަސައްކަތުގައި ރިޒް ޕްރައިވެޓް ލިމިޓެޑްގެ 200 އެއްހާ ސްޓާފުން އުޅޭއިރު، ރިސޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދޭ، އޭގެ އިތުރުން، މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 7000 ރުފިޔާއާއި، ކެއުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް މަސައްކަތް ޙަވާލުކުރި ސީލް މޯލްޑިވްސްއިން އެއްބަސްވެފައިވާ ކަމަށް ޤާނޫނީ ޓީމުން ބުނެފައިވޭ

ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން
3 ޖުލައި 2020 | ހުކުރު 04:20
Writer Profile Picture
ލައިޝާ އަހްމަދު
ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުންވެސް ވަނީ ފުރާފައި

ބޮޑުފިނޮޅުގައި ހިނގަމުންދާ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުންވެސް ވަނީ އެރަށަށް ފުރާފައި، 2 އުޅަނދެއްގައި އެސްއޯ ފުލުހުން އެރަށަށް ފުރާފައިވާއިރު، ބައެއް މީޑިއާތައްވެސް ގެންގޮސްފައިވޭ، މައުލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މީގެ ކުރިންވެސް ފުލުހުންގެ ޓީމެއް އެރަށަށް ދިޔަ، އެހެން ނަމަވެސް، ބިދޭސީންތައް ވަނީ ހަމަނުޖެހުން އުފައްދައި، ފުލުހުން ރަށަށް އެރިޔަ ނުދީ ހިފަހައްޓާފައި، އެކަމުގެ ސަބަބުން އިތުރު ފުލުހުންގެ ޓީމުތައް މިހާރު ވަނީ ގޮސްފައި،

ބޮޑުފިނޮޅު ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން އެރަށަށް ފުރަނީ
3 ޖުލައި 2020 | ހުކުރު 04:07
Writer Profile Picture
ލައިޝާ އަހްމަދު
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ހިންގަމުންދާ ހަމަނުޖެހުން ކަވަރ ކުރުމަށް ރާއްޖެޓީވީގެ ޓީމުން ފުރައިފި
3 ޖުލައި 2020 | ހުކުރު 03:54