ކޮވިޑް-19: އެންމެ ފަހުގެ

16,653,125
  • ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ފިޖީން ފެނިއްޖެ
  • ކޮވިޑް-19: "ސޭފް ހޭންޑް ޗެލެންޖް" ގައި ސެލެބްރިޓީން ބައިވެރިވަނީ
  • ކޮވިޑް-19: ސައުތުކޮރެއާގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެއްޖެ
 
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ފިޖީން ފެނިއްޖެ

ކޮވިޑް-19 ޖެހިފައިވާ ފުރަތަމަ މީހާ ފިޖީން ފެނިފައިވާކަމަށް އެގައުމުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ. މިއާއެކު ޕެސިފިކް އައިލެންޑް ނޭޝަންގައި ވަނީ ކަންބޮޑުވުންތައް އިތުރުވެފަ އެވެ. ފިޖީން ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވާ ކަމަށް ބުނެފައިވާއިރު ޕެސިފިކް އައިލެންޑްގައި ހިމެނޭ ސަމާއޯއިން ބުނެފައިވަނީ އެގައުމުން ވައިރަސް އަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާކަމަށެވެ. އަދި އެހެން ރަށްތަކުންވެސް ޝައްކުކުރެވިގެން ރިޕޯޓްކޮށްފައިވާކަމަށް ސީއެންއެން އިން ބުނެއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕެސިފިކް އައިލެންޑުންވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެސަރަހައްދަށް އެތެރެވާ އެންމެންވެސް މެޑިކަލް ޓެސްޓެއް ހަދާގޮތަށް ވަނީ ހަމަޖައްސާފަ އެވެ. ޕެސިފިކް އައިލެންޑުން މިވައިރަސް ފެނުމާއެކު މިރަށްތަކަށް ވަންނަން އޮންނަ މައި ގޭޓް ނިއު ޒިލެންޑުން އެކަމަށް މިހާރަށް ވުރެ ބޮޑަށް ވިސްނަން ވަނީ ޖެހިފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 13:03
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: "ސޭފް ހޭންޑް ޗެލެންޖް" ގައި ސެލެބްރިޓީން ބައިވެރިވަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ވަނީ "ސޭފް ހޭންޑް ޗެލެންޖް" ގެ ނަމުގައި ޗެލެންޖެއް ފަށާފަ އެވެ. ޑަބްލިޔުއެޗްގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ވަނީ އަންގާރަ ދުވަހު އަތްދޮންނަ ގޮތް ކިޔައިދެއްވަމުން މަންޒަރާއެކު ވީޑިއޯކުރައްވާ ޓްވީޓެއްކުރައްވާފަ އެވެ. އެއާއެކު ޓެޑްރޯސްވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ސެލެބްރިޓީންނަށް ޗެލެންކުރައްވާ އެޗެލެންޖްގައި ބައިވެރިވުމަށް ދައުވަތުދީފަ އެވެ. މީގެތެރެއިން އެއް ސެލްބްރިޓީއަކީ ބޮލީވީޑްގެ މަޝްހޫރު އެކްޓްރެސް އަދި ހޮލީވުޑުންވެސް ފެނިގެންގޮސްފައިވާ ދީޕިކާ ޕަދުކޯން އެވެ. ދީޕިކާ ވަނީ ޓެޑްރޯސްގެ ޗެލެންޖް ގަބޫލުކޮށް އަތްދޮންނަ ވީޑިއޯއެއް ޓްވީޓް ކޮށްފަ އެވެ. އަދި މި ޓްވީޓްގައި ދީޕިކާ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސާފުތާހިރު ކަމަކީ މުހިންމުކަމެއް ކަމަށާއި މިކަމުން ސަލާމަތްވާނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ބުނެފަ އެވެ.

އެއާއެކު ދީޕިކާ މިވަނީ ޗެލެންޖްގައި ބައިވެރިވުމަށް ރޮޖަރ ފެޑްރާ، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ވިރާތު ކޯލީއަށް ދައުވަތުދީފަ އެވެ. މިޗެލެންޖްގައި އެކިއެކި ސެލެބްރިޓީން އަންނަނީ ބައިވެރިވަމުންނެވެ.

19 މާރޗް 2020 | ބުރާސްފަތި 12:17
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސައުތުކޮރެއާގައި ވައިރަސް ފެތުރޭ މިންވަރު އިތުރުވެއްޖެ

ސައުތުކޮރެއާއިން ކޮވިޑް-19 ފެތުރޭ މިންވަރު މަދުވުމަށްފަހު އަނެއްކާވެސް ވައިރަސް ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ. ފާއިތުވި ހަތަރު ދުވަހު ސައުތުކޮރެއާގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އުޅުނީ 100 ށް ވުރެ ދަށުންނެވެ. ނަމަވެސް އިއްޔެ އެގައުމުން ވަނީ 152 މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 8,565 އަށް އަރާފަ އެވެ. އަލަށް ވައިރަސް ފެނުނު މީހުންގެ ތެރެއިން 97 މީހުންނަކީ ޑެއިގޫގެ ނާސިންގ ހޯމް އަކުން ފެނުނު މީހުންނެވެ. އަލަށް ވައިރަސް ބާރު ސްޕީޑެއްގައި ފެތުރެން ފަށާފައިމިވަނީ ޑެއިގޫގެ ނާސިންގ ހޯމްތައް ބަލާ ސްކްރީންކުރުމުގެ ކަންކަން ކުރުމަށް ތައްޔާރުވެފައި ވަނިކޮށެވެ.

19 މާރޗް 2020 | ބުރާސްފަތި 11:58
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ތައިލެންޑަށް އެތެރެވާ އެންމެންވެސް ހެލްތު ސެޓްފިކެޓް ހުށަހަޅަންޖެހޭ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ތައިލެންޑަށް އެތެރެވާ ހުރިހާ އެންމެންވެސް ހެލްތު ސެޓްފިކެޓް ހުށަހަޅަންޖެހޭގޮތަށް އެގައުމުން ހަމަޖައްސައިފި އެވެ. މިގޮތަށް އަމަލުކުރަން ފަށާފައިވަނީ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. ތައިލެންޑުން ބުނާގޮތުން އެއަރލައިންތަކުން ދަތުރުކުރާ މީހުން ކުރިން ދަތުރުކޮށްފައި ހުރި ތަންތަން ބަލަންޖެހޭނެކަމަށާއި އޭގެތެރޭގައި މިވައިރަސް ހަލުވިމިނުގައި ފެތުރޭ އެއްވެސް ގައުމަކަށް އެމީހަކު ގޮސްފައިވޭތޯ ޗެކްކުރަންޖެހޭނެ ކަަމަށެވެ. އެއާއެކު 72 ގަޑިއިރު ތެރޭގައި އެމީހަކީ ކޮވިޑް-19 ގެ އަލާމާތެއް ނެތްމީހެއްކަން އަންގާ ހެލްތު ސެޓްފިކެޓް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އެމީހެއްގެ މެޑިކަލް އިންޝިއުރަންސް އެއްލައްކަ ޑޮލަރާ ހަމައަށް ހުންނަން ޖެހޭނެކަމަށްވެސް ތައިލެންޑުން ވަނީ ބުނެފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 11:28
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިއްޔެ ޗައިނާގެ އެއްވެސް މީހަކަށް ވައިރަސް ނުޖެހޭ

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންއިން އިއްޔެ އެއްވެސް މީހަކަށް މިވައިރަސް ޖެހިފައިނުވާކަމަށް ޗައިނާއިން ބުނެފި އެވެ.

ޗައިނާގެ ޑެއިލީ ނިއުސް ޕޭޕަރ އަށް ދިން އިންޓަރވިއުއެއްގައި ޗައިނާގެ ހެލްތު އޮތޯރިޓީގެ ސީނިއަރ އެޑްވައިޒަރ ލީ ލަންޖުއަން ވިދާޅުވީ ވުހާންއިން އެންމެފަހުން ވައިރަސް ޖެހިގެން މީހަކު ރިޕޯޓްކުރި ދުވަހުންފެށިގެން މީހަކަށް ވައިރަސް ނުޖެހި ޖެހިޖެހިގެން 14 ދުވަސް ހޭދަވެއްޖެނަމަ ވުހާން ލޮކްޑައުންކޮށްފައި އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. ވައިރަސް ފެނުނު ވުހާންގައި ހަލުވިކަމާއެކު ވައިރަސް ފެތެރެމުންދިޔުމުން އެކަން ކޮންޓްރޯލްކުރުމަށް ވުހާން ލޮކްޑައުން ކޮށްފައިވަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. އަނެއްކޮޅުން މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު މިވައިރަސް ޗައިނާގެ ތެރޭގެ އެއްވެސް މީހެއްގެ ގައިން ނުފެންނަ ފުރަތަމަ ދުވަހަކީ އިއްޔެ އެވެ.

ޗައިނާގައި ވައިރަސް ފެތުރޭމިންވަރު ކޮންޓްރޯލްކުރެވެމުންދާ ވަރަކަށް މަޑުމަޑުން އަންނަނީ ޗައިނާ ހަމައަކަށްއެޅި އާންމު ދިިރިއުޅުމަކަށް ބަދަލުވަމުންނެވެ. އެގޮތުން ހޫބޭ ޕްރޮވިންސަށް އެހެން ޕްރޮވިންސްތަކުން ނުވަދެވޭގޮތަށް އޮތްއޮތުމަށް މިހާރު ވަނީ ލުއިތަކެއް ދީފައެވެ. އެހެން ޕްރޮވިންސްތަކުން މިހާރު ހޫބޭ ޕްރޮވިންސަށް ވަދެވޭއިރު އަދިވެސް މީހުންނަށް ވަދެވެނީ ޚާއްސަ ސްކްރީންތަކެއް ކުރުމަށްފަހު ބަލީގެ އަލާމާތެއް ނެތްކަން ޔަގީންކުރުމަށްފަހު އެވެ.

ޗައިނާގެ އެތެރެއިން އެއްވެސް މީހެއްގެ ގައިން ވައިރަސްގެ އަސަރު ނުފެނުނުނަމަވެސް ޗައިނާއަށް އެތެރެވާ މީހުންގެ ގައިން އަދިވެސް އަންނަނީ ވައިރަސް ފެންނަމުންނެވެ. އެގޮތުން އިއްޔެ ޗައިނާއަށް އައި މީހުންގެ ތެރެއިން 21 މީހެއްގެ ގައިން ވައިރަސް ފެނިފައިވާއިރު މިމީހުންނަކީ އިނގިރޭސިވިލާތާއި ސްޕެއިންއިން އައި މީހުންނެވެ. ޗައިނާއަށް އެތެރެވާ މީހުންގެ ގައިން ވައިރަސް ފެންނާތީ ބެއިޖިންގ ގައި ހުންނަ އިންޓަރނޭޝަނަލް އެެއަރޕޯޓް ގައި ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.

ޗައިނާގައި މިހާތަނަށް އާއިރު މިވައިރަސް 80,928 މީހުންނަށް ޖެހިފައިވެ އެވެ. އަދި މިވައިރަސް ޖެހިގެން ޗައިނާއިން 3,245 މީހުންވަނީ މަރުވެފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 11:21
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތަށް ޖަރުމަން ކުޅުންތެރިން އެހީވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޖަރުމަން ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން 2.5 މިލިއަން ޔޫރޯ ހަދިޔާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

19 މާރޗް 2020 | ބުރާސްފަތި 11:00
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: އެމެރިކާއިން އިން ވިސާ ދިނުން ހުއްޓާލަނީ
19 މާރޗް 2020 | ބުރާސްފަތި 10:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ބީއެމްއެލް ހުޅުވިފައި ހުންނަ ގަޑިތަކަށް ބޮޑު ބަދަލެއް!
19 މާރޗް 2020 | ބުރާސްފަތި 10:20
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ، ބޭރުގައި އުޅޭ މީހުން ފުލުހުން ބަލަނީ
19 މާރޗް 2020 | ބުރާސްފަތި 10:20
Writer Profile Picture
ލައިޝާ އަހްމަދު
އޮންލައިންކޮށް މައްސަލަ ހުށައަޅާ ގޮތަށް މިއަދު ހަމަޖެހިގެންދާނެ :ފުލުހުން

ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފުލުހުން ހިންގާ ތަހުޤީޤާ ގުޅިގެން ފުލުހުން އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި މިއަދުން ފެށިގެން އަމަލު ކުރަމުންދާނެ، ފުލުހުންގެ މައްސަލަ ހުށައެޅުމުގެ ބަދަލުގައި އޮންލައިންކޮށް މައްސަލަ ހުށައަޅާ ގޮތަށް މިއަދު ހަމަޖެހިގެންދާނެ ، އަދި ބަޔާން ނެގުމުގައިވެސް އޮންލައިންކޮށް ހުށައަޅާ ފޯމް މިވަގުތަށް ބަޔާނެއްގެ ގޮތުގައި ބޭނުންކުރާނެ. - އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ރިޔާޒް

19 މާރޗް 2020 | ބުރާސްފަތި 10:11
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން އަތޮޅު ތެރޭގައި ކުރަމުންދާ މަސައްކަތްތައް

އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް:

- ފުލުހުންގެ އަދަދު އަތޮޅު ތެރޭގައި އިތުރު ކުރުން

- ރަށްރަށުގައި މައިޒާންތައް ފަދަ ތަންތަން ބެލެހެއްޓުން

- ބަނދަރުތަކާއި ލަފާ ފުރާ ތަންތަން ބެލެހެއްޓުން

ފައިރޫޝް ވިދާޅުވީ، އެހީތެރިކަމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގަމުންދާކަން ފާހަގަވެފައިވާކަމަށް އަދި އެކަމަށް ސަމާލުވުމަށް އެދިވަޑައިގެންނެވެ.

19 މާރޗް 2020 | ބުރާސްފަތި 10:08
Writer Profile Picture
ލައިޝާ އަހްމަދު
ފުލުހުން މާލެ ސިޓީގައި ކުރިއަށްގެންދާ އޮޕަރޭޝަންތައް

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ،

- ކަރަންޓީން ފެސިލިޓީތަކާއި އައިސޮލޭޝަން ފެސިލިޓީތަކުގެ ސެކިއުރިޓީ ބަލަހައްޓަމުންދާކަމަށް

- ރެޕިޑް ރެސްޕޮންސް ޓީމްތަކުގައި މަސައްކަތް ކުރަމުންދޭ

- އަމުރުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުން

- ކޮންމެހެން ޒަރޫރީ ބޭނުމެއް ނެތި މަގުތަކުގައި އުޅޭ މީހުން ހޭލުންތެރި ކުރުވުން

19 މާރޗް 2020 | ބުރާސްފަތި 10:05
Writer Profile Picture
އަލީ ސަމާޚް
ކޮރޯނާވައިރަސް ޖެހިގެން ޕާކިސްތާނުގައި ދެ މީހަކު މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ޕާކިސްތާނުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ. މިއީ މި ބަލި ޖެހިގެން އެ ގައުމުގައި މަރުވި ފުރަތަމަ ދެ މީހުންނެވެ.

ޕާކިސްތާނުގެ ހެލްތް މިނިސްޓަރ ތައިމޫރް ޙާން ޖަގްރާ ވިދާޅުވީ، މަރުވި މީހުންގެ ތެރެއިން ފުރަތަމަ މީހާއަކީ ދާދި ފަހުން ސައުދިއަރަބިޔާއިން ޕާކިސްތާނަށް ދިޔަ މީހެއް ކަމަށެވެ.

ދެވަނަ މީހާއަކީ ޕެޝާވަރް ލޭޑީ ރީޑިން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ހުޅަނގު އުތުރު ކައިބަރް ޕަކްތުންކުވާ ޕްރޮވިންސްގެ ހަންކް އަވަށަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ ފިރިހެނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށް ޕާކިސްތަނުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

19 މާރޗް 2020 | ބުރާސްފަތި 09:45
Writer Profile Picture
އަލީ ސަމާޚް
މާލެ ލޮކްޑައުން ކުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި

މާލެ ސަރަހައްދު ހުއްޓުމަކަށް ގެނެސް، މާލެ ލޮކްޑައުން ނުވަތަ ބަންދުކުރާ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މާލެ ''ލޮކްޑައުން'' ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

19 މާރޗް 2020 | ބުރާސްފަތި 07:56
Writer Profile Picture
އަލީ ސަމާޚް
ނިއުޒިލޭންޑް އެއްކޮށް 'ބަންދު' ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ކޮވިޑް-19 އާ ގުޅިގެން ނިއުޒިލޭންޑް ހުއްޓުމަކަށް ގެނެސް، އެއްކޮށް ''ބަންދު'' ކުރަން އުޅެވޭ ކަމަށް ދެކެވޭ ވާހަކަ އެ ގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑަން ދޮގުކުރައްވައިފި އެވެ.

ރޮޓޮރޫރަ ސިޓީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ޖަސިންޑާ ވަނީ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ފޯރުކޮށްދެމުންދާ މައުލޫމާތުތަކަށް އެކަނި ބަރޯސާވުމަށް ނިއުޒިލޭންޑް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ. ޖަސިންޑާ ވިދާޅުވީ، އޮޅުން އޮޅޭ ފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އެތައް ބަޔަކު ހާސްކަމެއްގެ ތެރެއަށް ވެއްޓޭނެ ކަމަށެވެ.

19 މާރޗް 2020 | ބުރާސްފަތި 07:53
Writer Profile Picture
އަމްނާ އިމާދު
ރަޝިޔާގައި ދިރިއުޅެމުންދާ ދިވެހިން އެގައުމުގެ ސަރުކާރުގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފި

ރަޝިޔާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ރަޝިޔާގެ ސަރުކާރުން ވަނީ 18 މާރިޗު 2020 ން ފެށިގެން 1 މޭ 2020 އާ ހަމައަށް، ބޭރު ގައުމުތަކުގެ ޑިޕްލޮމަޓިކް އަދި ކޮންސިއުލާ އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ފިޔަވައި، އެހެން ބިދޭސީންނަށް އެގައުމަށް އެތެރެވުން ވަގުތީގޮތުން މަނާކޮށްފައިވާ ކަމަށެވެ.

މި ދުވަސްތަކުގެ ތެރޭގައި ރަޝިޔާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށާއި، އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި، ރަޝިޔާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ރައްޔިތުން، މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރެޖިސްޓަރ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.

19 މާރޗް 2020 | ބުރާސްފަތި 07:36
Writer Profile Picture
އަމްނާ އިމާދު
އީޔޫގެ ގައުމުތަކަށް ދަތުރުކުރާއިރު ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ގައުމުތަކަށް ދަތުރުކުރާއިރު ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ދަތުރުފަތުރުކުރުމުގެ ބައެއް ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ.)ގެ ކައުންސިލުން އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 17 މާރޗް 2020 ގައި އީ.ޔޫ. ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، އީ.ޔޫ.ގެ "އެކްސްޓަރނަލް ބޯޑަރސް" 30 ދުވަހަށް ބަންދުކުރުން ހިމެނޭ ކަމަށެވެ. މިނިންމުމުގައި އީ.ޔޫ.ގެ ގައުމުތަކަށް ނިސްބަތްވާ މީހުންނާއި ދިގުމުއްދަތަށް އީ.ޔޫ.ގެ ގައުމުތަކުގައި ދިރިއުޅޭ ފަރާތްތައް އިސްތިސްނާވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން އީ.ޔޫ.ގެ ގައުމުތަކަށް ދަތުރުކުރާނަމަ މިކަންކަމަށް ސަމާލުވުމަށާއި، މިފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރެއްވުމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ފޮރިން މިނިސްޓްރީން ބުނީ މިދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޔޫރަޕުގެ އެކި ގައުމުތަކުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުތަކުގެ ސަރުކާރުތަކުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، މި މިނިސްޓްރީގައާއި އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓަރ ކުރުމަށްވެސް އެމިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، ޚާއްޞަކޮށް މި ދުވަސްވަރު ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.

19 މާރޗް 2020 | ބުރާސްފަތި 07:35
Writer Profile Picture
އަމްނާ އިމާދު
ކޮވިޑް-19: އިޓަލީން ބުދަ ދުވަހު އެކަނި ވެސް 475 މީހުން މަރުވެއްޖެ

ޔޫރަޕްގެ ގައުމުތަކުގައި ހަލުހިމިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު އިޓަލީން ބުދަ ދުވަހު އެކަނި ވެސް 475 މީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިޓަލީން ކޮވިޑް-19އަށް ޕޮޒިޓިވްފައިވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށާއި، ކޮންޓުރޯލުން ނެއްޓިފައިވާ ކަމަށެވެ. އަދި މިމަހުގެ 18 ވީ ބުދަ އެކަނި ވެސް އެގައުމުން މިވައިރަސް ޖެހުނު މީހުންގެ ތެރެއިން 475 މީހުން މަރުވެފައިވާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގައި ހަލުހިމިނެއްގައި ކޮވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް 50 ސިޓީއަކުން މިވައިރަސް ވަނީ ފެނިފައެވެ. ފްރާންސް ވެސް މިހާރު ވަނީ ލޮކްޑައުން ކޮށްފައެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔޭގެ 219،083 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، 85673 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި 8961 މީހަކު ވަނީ މަރުވެފައެވެ.

19 މާރޗް 2020 | ބުރާސްފަތި 07:34
Writer Profile Picture
އަމްނާ އިމާދު
ކޮވިޑް-19:މެލޭޝިޔާއިން ސިންގަޕޫރުގެ ބޯޑަރު ބަންދުކޮށްފި

ކޮވިޑް-19އިން ރައްކާތެރިވުމަށް މެލޭޝިޔާއިން އެގައުމާއި ސިންގަޕޫރާ ދެމެދު އޮންނަ ބޯޑަރު ބަންދުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މެލޭޝިޔާއާ ސިންގަޕޫރު ދެމެދު އޮންނަ ބޯޑަރު ބަންދުކުރީ 14 ދުވަހަށެވެ.

މެލޭޝިޔާގައި މިހާތަނަށް 700 އަށްވުރެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން 31އާ ހަމައަށް ބޭރުގެ ގައުމުތަކުން އެގައުމަށް މީހުން ދިއުން ވަނީ މަނާކޮށްފައެވެ. އަދި މެލޭޝިޔާގެ ރައްޔިތުން ގައުމުން ބޭރަށް ދިޔުން ވެސް ވަނީ މަނާކޮށްފައެވެ.

މެލޭޝިޔާއާ ސިންގަޕޫރު ދެމެދު އޮންނަ ބޯޑަރު ބަންދުކުރުމަށް ނިންމުމާއި ގުޅިގެން ދެގައުމުގެ ބައެއް ރައްޔިތުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. އެއީ ސިންގަޕޫރަކީ މެލޭޝިޔާގެ މަސައްކަތްތެރިންނާއި ކާނާއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަމަށްވާތީއެވެ. އަދި ނިންމުމާއެކު ދެގައުމަށް ވެސް ދަތިއުދަނގޫތައް ކުރިމަތިވާނެވާނެ ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް ސިންގަޕޫރުގައި އެގައުމަށް ބޭނުންވާ ވަރަށް ކާނާ ރައްކާކުރެވިފައިވާ ކަމަށާއި، ދަތިތައް ކުރިމަތިނުވާނެ ކަމަށް އެގައުމުގެ ޓްރޭޑް މިނިސްޓްރީން ވަނީ ކޮށްފައެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ދެލައްކައަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

19 މާރޗް 2020 | ބުރާސްފަތި 07:34
Writer Profile Picture
އަމްނާ އިމާދު
ރަންދެލިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރަނީ!
19 މާރޗް 2020 | ބުރާސްފަތި 01:50
Writer Profile Picture
އަމްނާ އިމާދު
ސެނަހިޔާ ފްލޫ ކްލިނިކުން ނެގުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ ވެސް ނެގެޓިވް!
19 މާރޗް 2020 | ބުރާސްފަތި 01:06
Writer Profile Picture
އަމްނާ އިމާދު
ފުރަވެރި އައިލެންޑް ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެއްޖެ
19 މާރޗް 2020 | ބުރާސްފަތި 01:04
Writer Profile Picture
އަމްނާ އިމާދު
މައި ސްކައި ޔޮޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް!
19 މާރޗް 2020 | ބުރާސްފަތި 01:03
Writer Profile Picture
އަމްނާ އިމާދު
މަތިވެރި، އަނަންތަރާ ކިހާވަކުން ޓެސްޓުކުރި މީހުންގެ ނަތީޖާ ނެގެޓިވް ވެއްޖެ
19 މާރޗް 2020 | ބުރާސްފަތި 00:43
Writer Profile Picture
އަމްނާ އިމާދު
ގިލި ލަންކަންފުށި ރިސޯޓުން ނެގި 2 ބިދޭސީންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވް!
19 މާރޗް 2020 | ބުރާސްފަތި 00:40