ކޮވިޑް-19: އެންމެ ފަހުގެ

18,537,886
  • މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، ދައްކަންޖެހޭނީ 6 މަސް ފަހުން
  • ރިކަރަންޓް ޚަރަދު ކުޑަކުރިޔަސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެ: ފިނޭންސް މިނިސްޓަރ
  • ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން: އިކޮނޮމިކް މިނިސްޓަރ
 
Writer Profile Picture
އާއިޝަތު ޝިއުރާ
މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، ދައްކަންޖެހޭނީ 6 މަސް ފަހުން

މަރޗް މަހުން ފެށިގެން ނަގާފައިވާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް 4% ކުޑަވާނެ، އަދި ދައްކަންޖެހޭނީ 6 މަސް ދުވަސް ފަހުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:53
Writer Profile Picture
އާއިޝަތު ޝިއުރާ
ރިކަރަންޓް ޚަރަދު ކުޑަކުރިޔަސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެ: ފިނޭންސް މިނިސްޓަރ

ކޮވިޑް-19 އާ ގުޅިގެން ޚަރަދުކުޑަކުރުމުގެ ގޮތުން 1 ބިލިއަން ރުފިޔާ ރިކަރަންޓްގެ ޚަރަދުގެ ބައިން ކުޑަކުރިނަމަވެސް ޕީއެސްއައިޕީ މަޝްރޫޢުތައް ކުރިޔަށްދާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:44
Writer Profile Picture
އާއިޝަތު ޝިއުރާ
ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުން: އިކޮނޮމިކް މިނިސްޓަރ

ސަރުކާރުން ހުށަހަޅާ ފައިނޭންޝަލް ޕެކޭޖްގެ އެންމެ މައިގަނޑު ކޮންޑިޝަންއަކީ އެއްވެސް ދިވެއްސެއްގެ ވަޒީފާ ނުގެއްލުންކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދޭނީ އެކަމަށް އެއްބަސްވާ ވިޔަފާރިތަކަށް ކަމަށެވެ. ލޯނު ފެސިލިޓީ އާއި އެހެންކަންކަން ލިބިގެންދާނީ އެގޮތުގެ މަތިންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:41
Writer Profile Picture
އާއިޝަތު ޝިއުރާ
ސަރުކާރު ފިޔަވަޅު އަޅަމުންދާނީ އެއްވެސް ދިވެއްސެއް ބާކީ ނުވާނެ ގޮތަށް: ފިނޭންސް މިނިސްޓަރ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ފިޔަވަޅު އަޅަމުންދާނީ އެއްވެސް ދިވެއްސެއް ބާކީ ނުކޮށްކަމަަށާއި އެކަމުގެ ޔަގީންކަން އަރުވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވަނީ ދިވެހިން ތިބި ވަޒީފާތަކުގައި ބައިތިއްބައިގެން ހުރިހާ ސެކްޓަރތަކުންވެސް ކަންކަން ކުރިޔަށް ގެންދިޔުމަށް އިލްތިމާސްކުރައްވާފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:30
Writer Profile Picture
އާއިޝަތު ޝިއުރާ
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ވަނީ ވިސްނާފައި- ފިނޭންސް މިނިސްޓަރ

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރުމަށް ވިސްނާފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ އެވެ. އެކަމުގެ ތަފްސީލު އެސްޓީއޯއިން ހާމަކުރާނެކަމަށް މިނިސްޓާރ ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:28
Writer Profile Picture
އާއިޝަތު ޝިއުރާ
ކުރިޔަށް އޮތް ދެ މަހުގެ ކަރަންޓް ބިލުން %40 އަދި ފެންބިލުން %30 ސަރުކާރުން ސަބްސިޑީ ކޮށްދޭނެ- ފިނޭންސް މިނިސްޓަރ

ކޮވިޑް-19 އަށް ގުޅިގެން އާންމު ރައްޔިތުންނަށް ދަތިތައް ދިމާވާނެތީ ކުރިޔަށް އޮތް ދެ މަސްދުވަހުގެ ( އޭޕްރީލް އަދި މެއި) މަހުގެ ކަރަންޓް ބިލުން 40% އަދި ފެންބިލުން %30 ސަބްސިޑީ ކޮށްދޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ. މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ މާލީ ހާލަތަށް ނޭދެވޭ އަސަރުކޮށްފައިވާ ފަރުދުންނަށް ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައި ހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓް ހަ މަސްދުވަހުގެ މުއްދަތަށް ލަސްކުރުމަށް ވަނީ ނިންމާފައިކަމަށެވެ. މިކަމަށް އެދޭ ފަރާތްތަކުން ކޮވިޑް-19 އާ ގުޅިގެން ލިބިފައިވާ ގެއްލުންތައް ބޭންކަށް ދައްކައިދޭންޖެހޭނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ބޭންކުން މިކަމުގެ ތަފްސީލު ހާމަކުރަމުން ގެންދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 17:21
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ވައިރަސް ފެތުރޭތީ އަންނަ މަހުގެ 25 ވަނަ ދުވަހު އިންތިޚާބު ނުބާއްވާނެކަމަށް ސްރީލަންކާއިން ބުނެފި

ކޮވިޑް-19 ފެތުރޭތީ ސްރީލަންކާގައި އަންނަ މަހުގެ 25 ވަނަ ދުވަހު ބޭއްވުމަަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު އެތާރީޚުގައި ނުބާއްވާނެކަމަށް ސްރީލަންކާއިން ބުނެފި އެވެ. ލަންކާގައި ވައިރަސް ފެތުރޭތީ ކުރިޔަށް އޮތް ދެ ހަފްތާ އެގައުމަށް ވައިގެ މަގުން އެއްވެސް ފްލައިޓެއް އައުން ވަނީ މަނާކޮށްފަ އެވެ. އަދި ބައެއް އޭރިއާތަކުގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 16:00
Writer Profile Picture
އާއިޝަތު ޝިއުރާ
ކަމެއް ފޮރުވަން އަންގާ ދުވަހު ޕްރެސްކޮންފެރެންސްދޭން ނީންނާނަން: މަބްރޫކް

ކޮވިޑް-19 އާ ގުޅިގެން ކަމެއް ފޮރުވުމަށް އަންގަން ބުނާ ދުވަހަކު ޕްރެސްކޮންފެރެންސް ދޭން ނީންނާނެކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވެއްޖެ އެވެ. މަބްރޫކް ވިދާޅުވީ ކަމެއް ފޮރުވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ސީދާ ލިބިފައިވާ އިރުޝާދަކީ މިބަލިން ސަލާމަތްވުމަށާއި މިކަމުން ދިމާވެފައިވާ ހާސްކަމުން އަރައިގަތުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވަގުތުން ވަގުތަށް ގަޑިން ގަޑިއަށް މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ. ޕްރެސްކޮންފެރެންސް ދުވާލު ދެ އިރު ބާއްވަނީ ގަޑިން ގަޑިއަށް މައުލޫމާތު ދިނުމަށްކަމަށް މަބްރޫކް ވިދާޅުވި އެވެ. ތަނެއްގައި ތޯތޯކޮށް ދައްކާ ވާހަކައެއް ނަގައިގެން އެވާހަކަ ބޮޑު ސިންގާ ކަމަކަށް މިދަނޑިވަޅުހެދީމާ އިއްޔެގައި މާލޭގައި މީހުންގެ ހާސްކަން އިތުރުވީކަމަށް މަބްރޫކް ވިދާޅުވިއެވެ. މީޑިޔާއަކަށް މީޑިޔާއިން ބޭނުންވާ މައުލޫމާތު އެކަމުގެ ޒިންމާ ނަގައިގެން ފެތުރޭނެކަމަށް މަބްރޫކް ވިދާޅުވި އެވެ. ނަމަވެސް މިކަމުގައި ހާސްކަން އިތުރުވާ ގޮތަށް އެކަން ނުކުރުމަށް މަބްރޫކް ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 15:32
Writer Profile Picture
އާއިޝަތު ޝިއުރާ
މިވަގުތު އެންމެ ރަނގަޅުގޮތަކީ ތިބި ތަނެއްގައި މަޑުކޮށްގެން ތިބުން: ޑރ ނަޒްލާ

މިވަގިތު ރާއްޖޭގެ ހާލަތު އޮތްގޮތުން އެންމެ ރަނގަޅު ގޮތަކީ އެމީހަކު ތިބިތަނެއްގައި މަޑުކޮށްގެން ތިބުންކަމަށް ޑރ. ނަޒްލާ ވިދާޅުވެއްޖެ އެވެ. ކޮވިޑް-19 ގެ ޕްރެސްކޮންފެރެންސްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ފާއިތުވި ދެތިން ދުވަހު މީހުން ފުރައިގެން އަތޮޅު ތެރެއަށް ގޮސްފައިވާކަމަށާއި ގިނަ މީހުން ފުރަން ދިޔުމަކީވެސް މީހުން އެއްވުންކަމަށެެވެ. އެއްވާ ތަންތަން މަދުކޮށް އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށް ޑރ.ނަޒްލާ އެދިލެއްވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 15:22
Writer Profile Picture
އާއިޝަތު ޝިއުރާ
ކްލިނިކްތައް

ފްލޫ ކްލިނިކުން 1029 މީހެއް ވަނީ ބަލާފައި

ޓްރެވަލް ކްލިނިކުން 271 މީހެއް ވަނީ ބަލާފައި

އެކްސްޕެޓް ކްލިނިކުން ވަނީ 65 މީހެއް ވަނީ ބަލާފައި

މިއަދުގެ އަދަދުތައް:

ފްލޫ ކްލިނިކަށް ދައްކާފައިވަނީ 169 މީހުން

ޓްރެވަލް ކްލިނިކުން 34 މީހުން

އެކްސްޕެޓް ކްލިނިކުން 23 މީހެއް

19 މާރޗް 2020 | ބުރާސްފަތި 15:16
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް އިންޑިޔާ، އެމެރިކާ އަދި ޖަޕާނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި

އިންޑިޔާއިން މިހާތަނަށް ވަނީ 53 ވައްތަރެއްގެ ބޭސް އެއީ 5 ޓަނުގެ ބޭސް ފޯރުކޮށްދީފައި.

އަދި 14 މެމްބަރުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް ވަނީ އައިސްފައި.

ޖަޕާނުގެ ފަރާތުން ވަނީ 9000 ސަރޖިކަލް މާސްކް ރާއްޖެއަަށް ފޮނުވައިދީފައި.

އެމެރިކާގެ ފަރާތުން 470 ބޫޓާއި 485 ކަވަރޯލް އާއި 400 އަންގި ވަނީ ފޯރުކޮށްދީފައި

19 މާރޗް 2020 | ބުރާސްފަތި 15:13
Writer Profile Picture
އާއިޝަތު ޝިއުރާ
މެލޭޝިޔާ، ފިލިޕީންސް އަދި ލަންކާގައި ތިބި ދިވެހިންގެ ހާލަތު އަންނަނީ ބަލަމުންކަމަށް މަބްރޫކް ވިދާޅުވެއްޖެ

މެލޭޝިޔާގައި އިތުރު ޓްރެވަލް ރެސްޓްރިކްޝަނެއް އައިސްފައިވާތީ އެގައުމުގެ ހާލަތު އޮތްގޮތާއި ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުންދާކަމަށް މަބްރޫކް ވިދާޅުވި އެވެ. ސްރީލަންކާއަށް ވަދެ ނިކުތުން މިވަގުތު ހުއްޓާލާފައިވާތީ ލަންކާގައި ޓޫރިސްޓް ވިސާގައި އަދި އެހެން ވިސާގައި ތިބި ފަރާތްތަކުގެ ވިސާ 30 ދުވަހަށް އިތުރުކުރެވިއްޖެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ފިލިޕީންސުން ނިކުމެ އުޅުމަށް ވަގުތީ ގޮތުން އެޅި ފިޔަވަޅު ވަނީ ނިމުމަކަށް އައިސްފަ އެވެ. ފިލިޕީންސުން ނިކުންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ލިބިފައި މިހާރު އެވެ. ވިސާގެ މައްސަލަ ދިމާވެފައިވާ ފަރާތްތަކަށް އެމައްސަލަ ހައްލުކުރުމަށް ގައުމުގައި އޮންނަ ކުއްލި ހާލަތު ނިމުމަކަށް އައުމުން އެކަން ކޮށްދެއްވާނެކަމުގެ ޔަގީންކަން އަރުވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 15:09
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާގައި ތިބި 3 ދިވެއްސެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ވަނީ ކަރަންޓީނުކޮށްފައި

ރަޝިޔާގައި ކިޔަވަމުންދާ 3 ކުއްޖަކު ރާއްޖެއިން ދަތުރުކޮށްފައިވާކަމަށާއި މިކުދިންގެ ފަރާތުން ބަލީގެ އަލާމާތް ފެންނާތީ ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމީހުން އިތުރު 5 ދުވަހަށް ކަރަންޓީނުކޮށްފައިކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކް ވިދާޅުވި އެވެ.

އެކުދިންގެ ހާލު ރަނގަޅުކަމަށާއި ފޮރިން މިނިސްޓްރީ އާއި ޖަރމަނުގައި ހުންނަ އެމްބަސީން މިކުދިންގެ ހާލު އަންނަނީ ބަލަމުންކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 މާރޗް 2020 | ބުރާސްފަތި 14:59
Writer Profile Picture
އާއިޝަތު ޝިއުރާ
މޮނިޓަރިންގެ ހާލަތުގައި 2 ރަށެއް

މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ދެ ރަށެއް. އެއީ ޝެވަލް ބްލޭންކް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓް.

ޝެވަލް ބްލޭންކް މޮނިޓަރ ކުރަމުންދަނީ ބިދޭސީއެއްގެ ގައިން ބަލީގެ އަލާމާތެއް ފެނުމުން ، ޕެރަޑައިސް އައިލެންޑް ރިސޯޓް މޮނިޓަރ ކުރަމުންދަނީ 8 ދިވެހިންނާއި 2 ބިދޭސީން ބަލީގެ އަލާމާތްތައް ހުރިކަމަށް ބެލެވޭތީ

19 މާރޗް 2020 | ބުރާސްފަތި 14:55
Writer Profile Picture
އާއިޝަތު ޝިއުރާ
ބޭރު ގައުމުތަކުން އަންނަ ދިވެހިން ކަރަންޓީނު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން

17 ވަނަ ދުވަހު ބަންގްލަދޭޝްގައި ތިބި 5 ދިވެއްސަކު ކުއާލަލަންޕޫރް މަގުން ރާއްޖެ އައިސްފައިވޭ. މިމީހުންނަށް ވަނީ ހޯމް އައިސޮލޭޝަންގައި ތިބުމަށް އެންގިފައި

9 މީހެއް މެލޭޝިޔާ މަގުން ރާއްޖެ އައިސްފައިވާތީ އެޗްއައިއެޗް ކަރަންޓީނު ފެސިލިޓީގައި ވަނީ ބޭތިއްބިފައި

18 ވަނަ ދުވަހު ސްޕެއިން އިން އައި ފަރާތެއް ވެލިދު އަށް ގެންގޮސްފައިވޭ އަލާމާތްތައް ފެންނާތީ

ކުއާލަލަންޕޫރުން ރާއްޖެއައި 30 މީހުން ވަނީ ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި

މެލޭޝިޔާއިން ސްރީލަންކާ މަގުން ރާއްޖެ އައި 12 މީހެއް ވަނީ ފަންއައިލެންޑްގައި

އިނގިރޭސިވިލާތުން އައި 2 މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނާތީ ވަނީ ވެލިދޫ އައިސޮލޭޝަންގައި

19 ވަނަ ދުވަހު 5 މީހެއް އިނގިރޭސިވިލާތުން އައިސް އެޗްއައިއެޗްގެ ކަރަންޓީނު ފެސިލިޓީގައި ބޭތިއްބިފައިވޭ. އަދި މެލޭޝިޔާ މަގުން އައި 10 މީހަކުވެސް ވަނީ ކަރަންޓީނު ފެސިލިޓީގައި ބޭއްވިފައި

19 މާރޗް 2020 | ބުރާސްފަތި 14:51
Writer Profile Picture
އާއިޝަތު ޝިއުރާ
ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް

ރިއު ހޮޓެލް ސ.ހިތަދޫ ، ހިންނަވަރު، ފައިނު ، އުކުޅަސް ، މާލެއިން ނެގުނު ސާމްޕަލް އަދި ވިލިމާލެއިން ނެގުނު ސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް

19 މާރޗް 2020 | ބުރާސްފަތި 14:43
Writer Profile Picture
އާއިޝަތު ޝިއުރާ
އައިސޮލޭޝަން އަދި ކަރަންޓީނުގަިއ ތިބި ފަރާތްތައް

ވިލިވަރުގައި 25 މީހެއް

އެޗްއައިއެޗް ގައި 75 މީހެއް

ފަރުކޮޅުފުށީގައި މީހަކު ނެތް

ޑީއެޗް 11 ގައި އެޑްމިޓްކޮށްފައި 2 މީހެއް

ވެލިދޫ އައިސޮލޭޝަންގައި 16 މީހެއް

ފަން އައިލެންޑްގައި ކަރަންޓީނުކޮށްފައި 51 މީހެއް

19 މާރޗް 2020 | ބުރާސްފަތި 14:41
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ގެ ރާއްޖޭގެ މިވަގުތުގެ ހާލަތު

517 ސާމްޕަލް

13 ޕޮޒިޓިވް

502 ނެގެޓިވް

15 ނަތީޖާ ނުލިބޭ

19 މާރޗް 2020 | ބުރާސްފަތި 14:38
Writer Profile Picture
އާއިޝަތު ޝިއުރާ
އިޓަލީ ލޮކްޑައުންކޮށްފައި އޮންނަ މުއްދަތު ދިގުދައްމާލަނީ

ކޮވިޑް-19 ފެތުރޭތީ ލޮކްޑައުންކޮށްފައި އޮތް އިޓަލީގެ ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ. ކުރިން އޮތީ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ފިހާރަތަށް ބަންދުކުރުމަށް އަދި އޭޕްރީލް މަހުގެ 3 ވަނަ ދުވަހާ ހަމައަށް ކޮންމެހެން ބޭރަށް ނިކުންނަންޖެހިގެން ނޫނީ ބޭރަށް ނުނިކުމެވޭގޮތަށެވެ. ނަމަވެސް އިޓަލީގައި އަދިވެސް ހަލުވި މިނުގައި ވައިރަސް ފެތުރެމުންދާތީ ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން ޔުނުވަރސިޓީތަކާއި ސްކޫލްތައް ބަންދުކޮށްފައި އޮތްއޮތުން ދިގުދައްމަން ޖެހޭނެކަމަށް އެގައުމުގެ ބޮޑު ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އިޓަލީގައި އިއްޔެ އެކަނިވެސް މަރުވި މީހުންގެ އަދަދު 400 ށް ވުރެ މައްޗެވެ.

19 މާރޗް 2020 | ބުރާސްފަތި 14:30
Writer Profile Picture
އާއިޝަތު ޝިއުރާ
ކުރިޔަށް އޮތް ދެ ހަފްތާތެރޭ ގަލްފް ގައުމުތަކުގައި އުޅޭ އިންޑިޔާގެ 26،000 މީހުން އެގައުމަށް އަންނަނީ

ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ގަލްފް ގައުމުތަކުގައި މަސައްކަތްކުރަމުންދާ އިންޑިޔާގެ 26،000 މީހުން އެގައުމަށް އެނބުރި އަންނާނެކަމަށް އިންޑިޔާއިން ހާމަކޮށްފި އެވެ.

ދުވާލަކު 20 ށް ވުރެ ގިނަ ފްލައިޓް ގަލްފު ގައުމުތަށްކަމަށްވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް، ކުވައިތު އަދި ގަތަރު ފަދަ ގައުމުތަކުން އިންޑިޔާއަށް އާދެއެވެ. ބުދަ ދުވަހު އިންޑިޔާގެ ހޯމް އެފެއަރޒުން އަންގާފައިވަނީ ގަލްފުގެ ގައުމުތަކުން އަންނަ އެގައުމުތަކުގައި ޓްރާންސިޓްކޮށްފައި އަންނަ ކޮންމެ މީހަކު 14 ދުވަސްވަންދެން ކަރަންޓީނުގައި އެމީހެއްގެ ގޭގައި ނުވަތަ ސަރުކާރުން ދައްކާތަނެއްގައި ތިބެންޖެހޭނެކަމަށެވެ.

އިންޑިޔާއަށް އެނބުރި އަންނަ ގިނަ މީހުންނަކީ އެކިއެކި މަޝްރޫޢުތަކުގައި ގަލްފްގެ ގައުމުތަކުގައި މަސައްކަތްކުރަމުންދާ މީހުންނެވެ. އަނބުރާ އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތެއް ނުފެންނަ މީހެއްނަމަ ގޭގައި ސެލްފް އައިސޮލޭޝަންގައި ތިބެންޖެހޭނެ އެވެ. މުމްބާއީ ނޫން އެހެން ސަރަހައްދެއް ނަމަ އެމީހަކު ދިރިއުޅޭ ހިސާބަކަށް ދިޔުމަށް އާންމު ދަތުރުފަތުރުގެ އެއްވެސް ނިޒާމެއްގެ ބޭނުމެއް ކޮށްގެންނުވާނެކަމަށް އިންޑިޔާއިން ވަނީ އަންގާފަ އެވެ.

އަންނަ ފަރާތްތަކުގެ ތެރެއިން ބަލީގެ އަލާމާތް ފެންނަނަމަ އެމީހަކު ސަރުކާރުން ހަމަޖައްސާފައިވާ ކަރަންޓީނު ފެސިލިޓީއެއްގައި ހުންނަންޖެހޭނެކަމަށް މުނިސިޕަލް ގަވަރމަންޓް އޮފީހުން ވަނީ ބުނެފަ އެވެ. ސަރުކާރުގެ ކަރަންޓީނު ފެސިލިޓީތަކުގައި 700 މީހުންގެ ޖާގަ ހުރެއެވެ. މުމްބާއީން މިހާތަނަށް އާއިރު މިވައިރަސް ޖެހިފައިވާ 45 މީހުން ވަނީ ފެނިފަ އެވެ. އަދި މުޅި އިންޑިޔާއިން މިހާތަނަށް 174 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 3 މީހަކު ވަނީ މަރުވެފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 14:26
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ފީފާ ކްލަބު ވޯލްޑް ކަޕް ފަސްކުރަން ނިންމައިފި

ފީފާ ކްލަބު ވޯލްޑް ކަޕް ފަސްކުރަން ފީފާއިން ނިންމައިފި އެވެ.

އަންނަ އަހަރު ޔޫރޯ އާއި ކޮޕަ އެމެރިކާ ކުރިއަށްދާނެތީ، ބުދަ ދުވަހު ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވަނީ ކްލަބު ވޯލްޑް ކަޕް ފަސްކުރަން ނިންމާފައެވެ. ދެން ކްލަބު ވޯލްޑް ކަޕް ބާއްވާނެ ތާރީޚެއް ފަހުން ކަނޑައެޅުމަށްވެސް ވަނީ ނިންމާފައެވެ.

19 މާރޗް 2020 | ބުރާސްފަތި 14:13
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ރަޝިޔާއިން މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ފުރަތަމަ މީހާ ރަޝިޔާއިން މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. މަރުވެފައިވަނީ 79 އަހަރުގެ އަންހެނެއްކަމަށާއި އެމީހާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މަރޗްމަހުގެ 13 ވަނަ ދުވަހު ކަމަށް ރަޝިޔާއިން ބުނެއެވެ. ރަޝިޔާގައި މިހާތަނަށް 147 މީހަކަށް މިވައިރަސް ޖެހިފައިވެ އެވެ.

19 މާރޗް 2020 | ބުރާސްފަތި 14:08
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޙާލަތު ރަނގަޅުވަންދެން ނުރަސްމީގަޑި އާއި ގޭގައި ކުރާ ކާވެނީގެ ޚިދުމަތް މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ސިއްޙީ ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވުމާއި ގުޅިގެން، ޙާލަތު ރަނގަޅުވަންދެން، ފެމިލީ ކޯޓުން ޚިދުމަތް ހޯދާ ފަރާތްތަކާއި ކޯޓުގެ މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ކޯޓުން ބޭރުގައާއި ނުރަސްމީގަޑީގައި ކުރާ ކާވެނިތައް ކޮށްދިނުމުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށް އެކޯޓުން ބުނެފި އެވެ.

19 މާރޗް 2020 | ބުރާސްފަތި 13:44
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ސްރީލަންކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 53 ށް، އޮބްޒަރވޭޝަންގައި 243 މީހުން

ކޮވިޑް-19 މިހާތަނަށް އާއިރު ސްރީލަންކާގެ 53 މީހެއްގެ ގައިން ފެނިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މީގެތެރޭގައި ޖެނުއަރީ މަހު އެގައުމުގައި ތިއްބާ ވައިރަސްގެ އަސަރު ފެނުނު ޗައިނާގެ ޓޫރިސްޓުންވެސް ހިމެނެއެވެ.

މިވަގުތު ސްރީލަންކާގެ ހޮސްޕިޓަލްތަކުގައި އޮބްޒަރވޭޝަން ގައި 243 މީހުން ތިބިކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. އިއްޔެގައި އޮބްޒަރވޭޝަންގައި ތިބީ 212 މީހުންނެވެ. އޮބްޒަރވޭޝަންގައި ތިބި ގިނަ މީހުންގެ ގައިން ވައިރަސްގެ އަސަރު ނުފެންނާތީ ދޫކޮށްލަމުންދާކަމަށްވެސް އެގައުމުން ބުނެއެވެ. މިހާތަނަށް އާއިރު އެގައުމުން ވައިރަސް ފެނުނު އެންމެންވެސް ތިބީ އެކަމަށް ޚާއްސަކޮށް ކޮލަމްބޯގައި ހުންނަ ހޮސްޕިޓަލްގަ އެވެ. ސްރީލަންކާއިންވަނީ ހޯމަ ދުވަހުން ފެށިގެން ޗުއްޓީ ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ. އެއީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އާންމުން ގޭގައި ބޭތިއްބުމުގެ ގޮތުންނެވެ. ބުދަ ދުވަހު އެގައުމުން ވަނީ ހަލުވި މިނުގައި ވައިރަސް ފެތުރޭ ހިސާބުތަކުގައި ކާފިއު އިއުލާންކޮށްފަ އެވެ. އަދި މަސާޖް ޕާލާރތަކާއި ކަސީނޯ ތަކާއި ނައިޓް ކްލަބްތައް ވަނީ ބަންދުކޮށްފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 13:20
Writer Profile Picture
އާއިޝަތު ޝިއުރާ
އިނގިރޭސިވިލާތުގެ ސްކޫލްތައް ބަންދުކޮށް އޯލެވެލް އާއި އޭލެވެލް އިމްތިހާން އެގައުމުގައި މިއަހަރު ނުބާއްވާގޮތަށް ހަމަޖައްސައިފި

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ސްކޫލްތައް ބަންދުކުރާނެކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ކޮވިޑް-19 ހަލުވިކަމާއެކު އިނގިރޭސިވިލާތުގައި ފެތުރެމުންދާތީ އެގައުމުގެ މީހުން އަންނަނީ ސުޕަރމާކެޓްތަކުން ގިނަ އަދަދެއްގެ އެއްޗެހި ގަންނަމުންނެވެ. އެއާއެކު ޕައުންޑުގެ ވެލިޔު ވަނީ ފާއިތުވި ތިރީސް އަހަރު ދަށަށްނުދާ މިންވަރަށް ދަށަށްގޮސްފަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 ފެތުރޭ މިންވަރާ އަޅާބަލާއިރު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަަޅާ ފިޔަވަޅުތަކުގެ ސްޕީޑް ލަސްކަމަށް ބުނެ އެގައުމުގެ ގިނަ ރައްޔިތުންގެ ފާޑުކިޔުންތައް ވަނީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރަށް އަމާޒުވެފަ އެވެ. ވަކިން ޚާއްސަކޮށް ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސްޕެއިން، އިޓަލީ އަދި ފްރާންސް ފަދަ ގައުމުތަކުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާއިރު އިނގިރޭސިވިލާތުގެ ސަރުކާރުން އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

19 މާރޗް 2020 | ބުރާސްފަތި 13:09