ކޮވިޑް-19: އެންމެ ފަހުގެ

16,641,677
  • އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިންގެ ތެރެއިން 105 ސާމްޕަލެއް މިހާތަނަށް ނަގައިފި
  • ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި އޮތް ބަލި މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް
  • ޑީއެޗް11 ގައި އޮތީ ދެ މީހެއް، އެކަކު ވަނީ ވެންޓިލޭޓަރުން ނަގާފައި: ޑރ އަފްޒަލް
 
Writer Profile Picture
ލައިޝާ އަހްމަދު
އުމުރުން ދުވަސްވީ މީހުންގެ ރެންޑަމް ސާމްޕްލިންގެ ތެރެއިން 105 ސާމްޕަލެއް މިހާތަނަށް ނަގައިފި

އެކްޓިވް ސަރވިއަލަންސްގެ ދަށުން މިހާރު ކުރިޔަށްދާ އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގެ ތެރެއިން މިހާތަނަށް އައިއިރު 105 މީހެއްގެ ސާމްޕަލް ނަގާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ހާމަކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މީގެތެރެއިން 99 މީހުންގެ ސާމްޕަލް ލިބިފައިވާ ކަމަށާއި ފަސް ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ. އަދި އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 22:42
Writer Profile Picture
ލައިޝާ އަހްމަދު
ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި އޮތް ބަލި މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް

ކޮވިޑް-19 ޖެހިގެން ހާލުބޮޑުވެ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ގެންދިޔަ މީހާގެ ނަތީޖާ ޑަބަލް ނެގެޓިވް ކަމަށާއި އެމީހާ މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑޮކްޓަރ، ޑރ އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ކުރިޔަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އަފްޒަލް ވިދާޅުވީ ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދަނީ 2 މީހުންނަށް ކަމަށެވެ. އޭގެތެރެއިން ވެންޓިލޭޓަރުގައި އޮތް ބަލިމިހާ މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ދެން ފަރުވާދެނީ 32 އަހަރުގެ އަންހެނަކަށްކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 22:30
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޑީއެޗް11 ގައި އޮތީ ދެ މީހެއް، އެކަކު ވަނީ ވެންޓިލޭޓަރުން ނަގާފައި: ޑރ އަފްޒަލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މިހާރު ފަރުވާ ދެމުން އަންނަނީ 2 މީހަކަށް ކަމަށެވެ. އަދި ވެންތިލޭޓަރުގައި ފަރުވާދެމުންދިޔަ މީހާ ވެންތިލޭޓަރުން ނެގިފައިވާކަމަށް ޑރ. ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގައި ޖުމްލަ 9 ފިރިހެނަކާއި، 2 އަންހެނުންނަށް ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އެކަކަށް ވެންތިލޭޓަރުގައި ފަރުވާދެމުން އަންނަކަމަށް ޑރ ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 22:29
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ގައިދުރުކުރުން އިސްކުރުމުން ގައިގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ދަށްވެއްޖެ: ޑރ. އަފްޒަލް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު، ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ގައިދުރުކުރުން އިސްކުރުމުން ގައިގަޔަށް އަރާ ބަލިތައް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ޤައުމެއްގައި ގައިންގަޔަށް އަރާ ބަލިތައް ހުންނަ ބޭސް ލައިނަށްވުރެވެސް ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި ދަށަށް ގޮސްފައިވާކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 22:22
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމުގެ ވާހަކައަކީ މަޝްވަރާގައިވާ ކަމެއް: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމުގެ ވާހަކައަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި މަޝްވަރާކުރުމަށް ސަރުކާރުން އެކުލަވާލި ކަރުދާހުގައިވާކަމެއް ކަމަށާއި، އެފަދަ ނިންމުމެއް މިހާތަނަށް ނިންމާފައިނުވާކަމަށެވެ. އަދި ނިއު ނޯމަލްއަކަށްދާއިރު އެކި ދާއިރާތަކުގެ ފަރާތްތަކާއި މަޝްވަރާކުރުމަށް ތަފާތު ކަރުދާސްތަކެއް އެކުލަވާލާ ހިޔާލު ހޯދަމުން އަންނާނެކަމަށް މަބްރޫކް ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި ސަރުކާރުން ނިންމުމެއް ނިންމާނީ ހުރިހާ ފަރާތްތަކުގެ މަޝްވަރާއަށް ބެލުމަށްފަހު އެވެ.

19 މެއި 2020 | އަންގާރަ 22:16
Writer Profile Picture
ލައިޝާ އަހްމަދު
ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް

ކ ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް، ހިންމަފުށީގެ ޑީޓީއާރްސީއާ، އައްސޭރި ޖަލާއި، އިންޑަސްޓްރިއަލް ސަރަޙައްދުގެ އިތުރުން، ރަށުގެ އާންމު އާބާދީންވެސް ސާމްޕަލް ނެގި. އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް

19 މެއި 2020 | އަންގާރަ 22:14
Writer Profile Picture
ލައިޝާ އަހްމަދު
ގެއްލިގެން ހޯދަމުން ދިޔަ ކޮވިޑް-19 އަށް ޕޮޒިޓިވްވި އެކަކު ފެނިއްޖެ

ވިލިމާލޭ ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވެފައިވަނީ 1062 އަދި 1063، އެ ދެމީހުން ކުރިން ދިރިއުޅުނީ ޕޮޒިޓިވްވި މީހެއް ގެއްލިގެން (ކޭސް 594) ހޯދަމުން ދަނިކޮށް އެމީހާ އުޅުނު ކުއާޓަރުން، އެގޮތުން ކޭސް 594 ވެސް މިހާރު ވަނީ ފެނިފައި، މިވަގުތު ނުފެނި ހުރީ އެކަކު،

19 މެއި 2020 | އަންގާރަ 22:13
Writer Profile Picture
ލައިޝާ އަހްމަދު
ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86ށް އަރާފައި

233 ސާމްޕަލެއްގެ ނަތިޖާ ޕެންޑިންގައި، އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 86ށް އަރާފައި،

އޭގެ އިތުރުން، ކޮންޓެކްޓް ޓްރޭސިންގއާ ގުޅިގެން އަދިވެސް 300ށް ވުރެ ގިނަ ތަންތަން މޮނިޓަރިންގައި.

19 މެއި 2020 | އަންގާރަ 22:08
Writer Profile Picture
އަމަން ހަލީމް
އައްސޭރި ޖަލާއި މާލެ ޖަލުން ނެގި ސާމްޕަލްތައް ނެގެޓިވް

އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، އައްސޭރި ޖަލުން 25 ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މާލެ ޖަލުގެ ޤައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 ފަރާތުގެ ސާމްޕަލްއާއި އޮފިސަރުންގެ ތެރެއިން 20 ފަރާތުގެ ސާމްޕަލް ވަނީ ނަގާފައެވެ.

19 މެއި 2020 | އަންގާރަ 07:24
Writer Profile Picture
އަމަން ހަލީމް
އެމެރިކާ އާއި ގުޅިގެން ރާއްޖެއިން ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި

އެމެރިކާއެކު މަސައްކަތްތަކެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރިކަން ހާމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑާއި ދެކޮޅަށް މަސައްކަތްކުރުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ގައުމީ ސަލާމަތާއި ގުޅޭ ކަންކަމުގެ އެސިސްޓެންޓް ރޮބަރޓް ސީ އޯ'ބްރައިން އާއި މަޝްވަރާ ކުރެއްވިކަމަށެވެ. ކޮވިޑާއި ދެކޮޅަށް ދެގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށާއި، މީގެ އިތުރުން މި އާލަމީވަބާ އިން ސަލަމަތްވުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަކީ އެންމެ އިސްކަންދޭންވީ ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 07:23
Writer Profile Picture
އަމަން ހަލީމް
މޫސުމާ ހެދި މަސައްކަތަށް ލަސްކަމެއް އައިސްފައިވޭ: މަބްރޫކް

މޫސުން ގޯސްވެ އޮޕަރޭޝަންސްތަކަށް ބުރޫއަރަމުންދާ ކަމަށް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ. އެގޮތުން އެއްތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައާއި އެއްތަނުން އަނެއް ތަނަށް ބަލިމީހުން ގެންދިއުމުގައި އިތުރު ދަތިތަކެއް ދިމާވެފައިވާތީ އޮޕަރޭޝަން ގައި ލަސްކަމެއް ފާހަފަކުރެވިފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

19 މެއި 2020 | އަންގާރަ 07:22
Writer Profile Picture
އަމަން ހަލީމް
އާއިލާތަކަށް އެހީވުމަށް ޔުނިސެފުން، ރެޑްވޭވް މެދުވެރިކޮށް، ޖެންޑަރ މިނިސްޓްރީ އަށް އެހީވެއްޖެ

ކޮވިޑް-19 އާއި ގުޅިގެން ހާލުގައިޖެހޭ އާއިލާތަކަށް އެހީތެރިވުމަށް ޖެންޑަރ މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް ރެޑްވޭވް މެދުވެރިކޮށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. ޔުނިސެފުން ރެޑްވޭވަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ކާބޯތަކެތީގެ 7000 ޕެކޭޖް ފޯރުކޮށްދެވޭ ވަރަށް 838،657 (އަށް ލައްކަ ތިރީސްއަށް ހާސް ހަސަތޭކަ ފަންސާސް ހަތް) ރުފިޔާ ރެޑްވޭވެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މިފައިސާ ސީދާ ޖަމާކުރެވޭނީ ރެޑްވޭވްގެ އެކައުންޓަށް ކަމަށާއި ނަމަވެސް ފައިސާ ޖަމާކުރެވޭނީ އިންވޮއިސް އާއި ކާބޯތަކެތީގެ ޕެކޭޖްތައް ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިންކަމުގެ ޔަގީންކަން ޖެންޑަރ މިނިސްޓްރީން ދިނުމުން ކަަމަށެވެ.

19 މެއި 2020 | އަންގާރަ 07:20
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސާމްޕަލްތައް ނެގުމުގައި ހުރި ބެކްލޮގް ހައްލުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން: ހަމީދު

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުުމުގައި ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީީދު ސާމްޕަލްތައް ނެގުމުގައި ހުރި ބެކްލޮގް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ކުދި ގޯޅިތަކަށް ވަނުމުުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ބަގީ ބޭނުންކުރަން ފެށުމަށް ނިންމާފައިވާކަމަށާއި، މޫސުން ރަނގަޅުވުމާއެކު ބަގީ ބޭނުންކުރަން ފަށާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. އޭގެއިތުރުން ހަމީދު ވިދާޅުވީ އެކަންކަން ހައްލުކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގޭގެ ތިރިޔަށް ފޭބޭނެ ބޭފުޅުންނަށް ގޭގެ ތިރިޔަށް ފޭބުމަށް އެދެމުން އަންނަކަމަށާއި، އެއާއެކުވެސް މަސައްކަތް ހަލުވިވެގެންދާނެކަމަށެވެ.

18 މެއި 2020 | ހޯމަ 22:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސާމްޕަލްތައް ނެގުމަށް ދިއުމުގައި ލަސްތަކެއް ކުރިމަތިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރާތީ: ހަމީދު

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުުމުގައި ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން ވާހަކަދައްކަވަމުން އަބްދުލް ހަމީީދު ވިދާޅުވީ ސާމްޕަލް ނެގުމަށް ދިއުމުގައި ލަސްތަކެއް ކުރިމަތިވާކަމުގެ ޝަކުވާތައް ލިބެމުންދާކަމަށެވެ. ނަމަވެސް އެ ލަސްތައް ކުރިމަތިވަނީ ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރާތީކަމަށް ހަމީދު ވިދާޅުވި އެވެ. އެގޮތުން މިސާލެއްގެ ގޮތުގައި ހަމީދު ވިދާޅުވީ ގެޔަކަން ސާމްޕަލް ނެގުމަށްފަހު، ދެ ވަނަ ގެޔަކަށް ދިއުމުގެ ކުރިން ރައްކާތެރިކަމުގެ ހެދުން ބަދަލުކުރަންޖެހޭކަމަށެވެ. އަދި ވަކި އަދަދަކަށް ސާމްޕަލް ނެގުމަށްފަހު ރެޕިޑް ރެސްޕޮންސް ޓީމްގެ ފަރާތުން އެއްކޮށް ހެދުން ބަދަލުކޮށް ފެންވަރަނންޖެހޭކަމަށް ހަމީދު ވިދާޅުވި އެވެ.

18 މެއި 2020 | ހޯމަ 22:27
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް، ބަލިން ރަނގަޅުވި މީހުންގެ އަދަދު 74 އަށް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1106 އަށް އަރާފައިވާކަމަށެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 74 އަށް އަރާފައިވާކަމަށް މަބްރޫކް ވިދާޅުވި އެވެ.

18 މެއި 2020 | ހޯމަ 22:14
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޝަނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި: މަބްރޫކް

ދަރުބާރުގޭގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކޮވިޑް-19 އާއި ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެގޮތުން މީހުން ތަންތަނަށް އުފުލުމުގައި ބޮޑެތި ހުރަސްތަކެއްހުރިކަން ފާހަގަކޮށް މަބްރުކް ވިދާޅުވީ އެކަން ހައްލުުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

18 މެއި 2020 | ހޯމަ 22:12
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 4 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 1094 ށް އަރައިފި
18 މެއި 2020 | ހޯމަ 01:07
Writer Profile Picture
އާއިޝަތު ޝިއުރާ
ނިސްބަތުން ދިވެހިން ޕޮޒިޓިވްވާ މިންވަރު މައްޗެއް ނުވޭ

ދިވެހިން ޕޮޒިޓިވްވާ މިންވަރު ދަށް ނުވާކަމަށާއި ނަމަވެސް ބިދޭސީން ޕޮޒިޓިވްވާ މިންވަރު ދަށްވީ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. ދިވެހިން ޕޮޒިޓިވްވާ އަދަދު އުޅެނީ ކުރިއެކޭ އެއްގޮތަށް ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

17 މެއި 2020 | އާދީއްތަ 22:58
Writer Profile Picture
ލައިޝާ އަހްމަދު
ހިންމަފުށިން މިހާތަނަށް 146 ސާމްޕަލްއެއް ނަގައިފި
17 މެއި 2020 | އާދީއްތަ 22:32
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮންމެ ގެއަކުން އެކަކު ވިޔަފާރި ކުރަން ބޭރަށް ނިކުތުމަށް ކަނޑައެޅުން މުހިންމު

ކޮންމެ ގެޔަކުންވެސް އެކަކު އެއީ ވިޔަފާރިކޮށް ބޭރަށް ނިކުންނަ މީހާއަށް ހެދުން މުހިންމު ކަމަށާއި އެމީހާ އަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ މީހަކަށް ވާންޖެހޭ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

17 މެއި 2020 | އާދީއްތަ 22:19
Writer Profile Picture
އާއިޝަތު ޝިއުރާ
މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަން ދިނުން މުހިންމު

މިދުވަސްވަރު ވިއްސާރާ ވެހޭތީ މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަންދީ އެގޮތަށް އެކަން ކުރުމަށް ޑރ އަފްޒަލް އެދިވަޑައިގެންނެވި އެވެ.

17 މެއި 2020 | އާދީއްތަ 22:18
Writer Profile Picture
އާއިޝަތު ޝިއުރާ
އުމުރުން 65 އަހަރު މަތީ މީހުންގެ ރޭންޑަމް ސާމްޕަލިންގ ނެގުމަށް އެއްބާރުލުން ބޭނުންވޭ

މިހާރު ކުރިޔަށްދާ އުމުރުން މަތީ މީހުންގެ ރޭންޑަމް ސާމްޕަލިން ގައި އަދިވެސް އެއްބާރުލުން ބޭނުންވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

17 މެއި 2020 | އާދީއްތަ 22:17
Writer Profile Picture
އާއިޝަތު ޝިއުރާ
ދިވެހިންނާއި ބިދޭސީން ޕޮޒިޓިވްވާ މިންވަރު އެއްވަރެއްގައި މިހާރު ވަނީ ހިފެހެއްޓިފައި

މިފަހަކުން ޕޮޒިޓިވްވާ ދިވެހިންނާއި ބިދޭސީންގެ އަދަދުތައް އުޅެނީ އެއްވަރެއްގައި ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.

17 މެއި 2020 | އާދީއްތަ 22:14
Writer Profile Picture
އާއިޝަތު ޝިއުރާ
ސާމްޕަލް ނެގެނީ އެއްވަރަކަށް، ޕޮޒިޓިވްވާ މިންވަރު ދަށް

ސާމްޕަލް ނެގެނީ އެއްވަރަކަށް، ދުވާލަކު 350 ށް ވުރެ ގިނަ ޓެސްޓް ކުރެވޭ، ޕޮޒިޓިވްވާ މިންވަރު މަދުކަން ފާހަގަވޭ. ދޭ އިރުޝާދުތަކަށް ތަބާވާތީ ޕޮޒިޓިވްވާ މީހުން މަދުވަމުންދާ ކަން ފާހަގަވޭ

17 މެއި 2020 | އާދީއްތަ 22:12
Writer Profile Picture
އާއިޝަތު ޝިއުރާ
އިންޑިޔާއަށް ދިޔަ 3 މީހަކު ޕޮޒިޓިވްވެފައިވޭ

ރާއްޖޭގައި ތިބި އިންޑިޔާގެ މީހުންގެ ތެރެއިން އަނބުރާ ގައުމަށް ދިޔަ 3 މީހަކު ވަނީ ޕޮޒިޓިވްފެފައި، އެއީ ބައިސަން ކުންފުނީގައި މަސައްކަތްކުރާ މީހުން

17 މެއި 2020 | އާދީއްތަ 22:10