raajjemv logo

ކޮވިޑް-19: އެންމެ ފަހުގެ

997,245
  • ކޮވިޑް-19: ފްރާންސްގައި މަރުވި މީހުންގެ އަދަދު 562 ށް އަރައިފި
  • ކޮވިޑް-19: ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ނިޔާވެއްޖެ
  • ކޮވިޑް-19: ތުރުކީގައި މަރުވި މީހުންގެ އަދަދު 21 ށް އަރައިފި
އާއިޝަތު ޝިއުރާ
 
ކޮވިޑް-19: ފްރާންސްގައި މަރުވި މީހުންގެ އަދަދު 562 ށް އަރައިފި

ކޮވިޑް-19 ޖެހިގެން ފްރާންސްގައި މަރުވި މީހުންގެ އަދަދު 562 ށް އަރައިފި އެވެ. އެގައުމުގައި މިހާތަނަށް 14,459 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. 6,172 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާއިރު މީގެތެރެއިން 1,525 ގެ ހާލު ސީރިއަސް ކަމަށް އެގައުމުން ބުނެއެވެ.

22 މާރޗް 2020 | އާދީއްތަ 03:20
އިސްމާޢީލް ޝާހް
 
ކޮވިޑް-19: ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ނިޔާވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ނިޔާވެއްޖެ އެވެ.

ލޮރެންޒޯ ސަންޒް ނިޔާވިކަން އޭނާގެ ދަރިފުޅު ފެނާންޑޯ ވަނީ ޔަގީންކޮށްދީފައެވެ. އުމުރުން 76 އަހަރުގެ ސަންޒް ނިޔާވިއިރު، އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވުމުންނެވެ.

22 މާރޗް 2020 | އާދީއްތަ 02:31
އާއިޝަތު ޝިއުރާ
 
ކޮވިޑް-19: ތުރުކީގައި މަރުވި މީހުންގެ އަދަދު 21 ށް އަރައިފި

ކޮވިޑް-19 ޖެހިގެން އިޓަލީގައި މަރުވި މީހުންގެ އަދަދު 21 އަށް އަރައިފި އެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 277 ން 947 އަށް މައްޗަށް އަރާފަ އެވެ. ފާއިތުވި 24 ގަޑިއިރު ތެރޭގައި އެގައުމުގައި މިވައިރަސް އަށް 2,953 މީހުން ވަނީ ޓެސްޓްކޮށްފަ އެވެ.

22 މާރޗް 2020 | އާދީއްތަ 02:11
އާއިޝަތު ޝިއުރާ
 
ފަތުރުވެރިން ފިޔަވައި ވައިގެ މަގުން ރާއްޖެ އަންނަ ހުރިހާ ފަރާތްތަަކެއް ކަރަންޓީނު ކުރުމަށް އަންގައިފި

ފަތުރުވެރިން ފިޔަވައި ރާއްޖެއަންނަ ހުރިހާ ފަރާތްތަކެއް ސަރުކާރުން ކަނޑައަޅާތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށް އެޗްޕީއޭއިން އަންގައިފި އެވެ.

22 މާރޗް 2020 | އާދީއްތަ 01:23
އިސްމާޢީލް ޝާހް
 
ކޮވިޑް-19: މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އާއި އޭނާގެ ދަރިފުޅު އުމުރުން 18 ޑެނިއަލް މަލްޑިނީ ޕޮޒިޓިވްވެއްޖެ އެވެ.

އޭސީ މިލާނުން ވަނީ މިހާރު އެޓީމުގެ ޓެކްނިކަލް ޑިރެކްޓަރު ޕައުލޯ މަލްޑިނީ އާއި އެޓީމުގެ މިޑްފީލްޑަރު ޑެނިއަލް މަލްޑިނީ ވައިރަހަށް ޕޮޒިޓިވްވިކަން ހާމަކޮށްފައެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް މިހާރު ހުރީ އައިސޮލޭޝަނުގައި ކަމަށާއި، އެ ދެ މީހުންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށެވެ.

22 މާރޗް 2020 | އާދީއްތަ 01:14
ޒިހްނަތު ހަސަން
 
ކޮވިޑް-19: އޭޝިޔާގައި އެންމެ ޙާލަތު ގޯހީ ޕާކިސްތާނުގައި

ރާއްޖެ ނިޞްބަތްވާ ދެކުނު އޭޝިޔާ ބައްރުގެ ހުރިހައި ޤައުމަކުން މިހާރު މިވަނީ މިވައިރަސް ފެނިފައެވެ. އެހެންނަމަވެސް ހުރިހައި ޤައުމުތަކުގެ ތެރެއިން މިހާތަނަށް ވައިރަސްގެ އަސަރު އެންމެ ބޮޑީ ޕާކިސްތާނުގައެވެ. ޕާކިސްތާނުން މިއަދު އެކަނިވެސް 219 މީހުން ވައިރަސްއަށް ޕޮޒިޓިވްވިއެވެ. މިއާއެކު އެޤައުމުގައި ވައިރަސް ޖެހުނު މީހުން އަދަދު ވަނީ 720 އަރާފައެވެ. އަދި މިހާރުވެސް އެދުމަތިކޮށްގެން 704 މީހުންނަށް ފަރުވާ ދެމުން އެބަގެންދެއެވެ. ފަރުވާ ދީގެން 13 މީހަކު ރަނގަޅުވެފައިވާއިރު، 3 މީހުން ވަނީ މިވައިރަސްގައި މަރުވެފައެވެ.

ދެކުނު އޭޝިޔާގެ އެހެން ޤައުމުތަކުގެ މައުލޫމާތު:

* އިންޑިއާ: 329 ކޭސް/ މިއަދު 80 މީހުން ޕޮޒިޓިވްވި/ 05 މަރު/ 23 މީހުން ރަނގަޅުވި/ 301 މީހުންނަށް ފަރުވާދެނީ

* ސްރީލަންކާ:77ކޭސް/ މިއަދު 04 މީހުން ޕޮޒިޓިވްވި/ 03 މީހުން ރަނގަޅުވި/ 74 މީހުންނަށް ފަރުވާދެނީ

* ބަންގްލަދޭޝް:24ކޭސް/ މިއަދު 04 މީހުން ޕޮޒިޓިވްވި/ 02 މަރު/ 03 މީހުން ރަނގަޅުވި/ 19 މީހުންނަށް ފަރުވާދެނީ

* އަފްޣާނިސްތާން:24ކޭސް/އެކަކުރަނގަޅުވި/ 23 މީހުންނަށް ފަރުވާދެނީ

* ރާއްޖެ: 13 ކޭސް/ 03 މީހުން ރަނގަޅުވި/ 11 މީހުންނަށް ފަރުވާދެނީ

* ބޫޓާން: 02 ކޭސް/ 02 މީހުންނަށް ފަރުވާދެނީ

* ނޭޕާލް: 01 ކޭސް/ 01 ފަރުވާ ދީގެން ރަނގަޅުވެފައި

22 މާރޗް 2020 | އާދީއްތަ 00:13
ޒިހްނަތު ހަސަން
 
ކޮވިޑް-19: މިއަދުވެސް އެންމެ ޙާލަތު ގޯހީ އިޓަލީގައި

ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، މިހާރު ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އިޓަލީވިލާތުގައެވެ. މިއަދު އެކަނިވެސް އެޤައުމުން6,557ވައިރަސްއަށް ޕޮޒިޓިވްވެ، ވައިރަސް އަށް ފަރުވާ ދެމުން ދަނިކޮށް،793މީހުން މަރުވިއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ53,578އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދަކީ4,825އެވެ. އެހެންނަމަވެސް ވައިރަސްއަށް ފަރުވާދީގެން މިހާތަނަށް6,072މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުކޮށްފައެވެ. މިހާރުވެސް ހޮސްޕިޓަލްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްގެން42,681މީހުންނަށް ފަރުވާދެމުން އެބަގެންދެއެވެ. އޭގެ ތެރެއިން،2,857މީހުން ނާޒުކު ޙާލަތްތަކުގައި ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.

21 މާރޗް 2020 | ހޮނިހިރު 23:53
ޒިހްނަތު ހަސަން
 
ކޮވިޑް-19: ތިން ލައްކައަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިއްޖެ

ކޮވިޑް-19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތުތަކައް ބަލާއިރު، ދުނިޔޭގެ 186 ޤައުމަކުން މިއަދު އެކަނިވެސް ވަނީ 26,005 ވައިރަސްއަށް ޕޮޒިޓިވްވެ، ވައިރަސް އަށް ފަރުވާ ދެމުން ދަނިކޮށް، 1,575 މީހުން މަރުވެފައެވެ. މިއާއެކު މުޅި ދުނިޔެއިން މިހާތަނަށް މިވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 301,552 އަރާފައެވެ. އަދި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 12,955 އެވެ. އެހެންނަމަވެސް ވައިރަސްއަށް ފަރުވާދީގެން މިހާތަނަށް 94,625 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުކޮށްފައެވެ. މިހާރުވެސް ހޮސްޕިޓަލްތަކާއި، ކަރަންޓީން ފެސިލިޓީސްތަކުގައި އެޑްމިޓްކޮށްގެން 193,972 މީހުންނަށް ފަރުވާއެބަދެއެވެ. އޭގެ ތެރެއިން، 9,369 މީހުން ނާޒުކު ޙާލަތްތަކުގައި ތިބިކަމަށް މަޢުލޫމާތު ލިބެއެވެ.

21 މާރޗް 2020 | ހޮނިހިރު 23:50
އިސްމާޢީލް ޝާހް
 
ކޮވިޑް-19: ޔުވެންޓަސްގެ ފޯވާޑް ޑިބާލާ ޕޮޒިޓިވްވެއްޖެ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިޓަލީގެ ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާ ޕޮޒިޓިވްވެއްޖެއެވެ.

ޑިބާލާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިކަން އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. މިހާރު ޔުވެންޓަސްގެ ތިން ކުޅުންތެރިއަކު ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ޑިބާލާގެ އިތުރުން މަޓުއިޑީ އާއި ޑެނިއަލީ ރުގާނީ އެވެ. މި ތިން ކުޅުންތެރިންވެސް މިހާރު ތިބީ އައިސޮލޭޝަނުގައެވެ.

21 މާރޗް 2020 | ހޮނިހިރު 23:25
ޒިހްނަތު ހަސަން
 
ކޮވިޑް-19: ވައިރަސްއާއި ގުޅިގެން ވަޒީފާގެ ޙާލަތައް ބަދަލެއް އައިސްފައިވާނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރުމަށް އަންގައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓުން ބުނެފައިވަނީ، ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ގެންނަމުންދާ ބަދަލުތަކުގައި، ވަޒީފާއިން ވަކިކުރުމާއި، އެފަދަ އެހެނިހެން ފިޔަވަޅެއް އަޅައިފިނަމަ އެކަމާއި ގުޅޭ ރިޕޯޓު ޖޮބް ސެންޓަރށް ރިޕޯޓު ކުރުމަށް އަންގާކަަމަށެވެ.

21 މާރޗް 2020 | ހޮނިހިރު 22:11
ޒިހްނަތު ހަސަން
 
ކޮވިޑް-19: ރާއްޖެއިން ސާރކް އެމަރޖެންސީ ފަންޑަށް ދެލައްކަ ޑޮލަރު ދިނުމާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ޝުކުރު ދަންނަވައިފި

ކޮވިޑް-19 އާއި ގުޅިގެން ސާރކގެ މެންބަރު ޤައުމުތަކުން އެކުލަވާލާފައިވާ އެމަރޖެންސީ ފަންޑަށް ދިވެހި ސަރުކާރުން ދެލައްކަ ޑޮލަރު ދިނުމާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފިއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މީގެ ސަބަބުން ކޮވިޑް-19 ނައްތާލުމަށް ގުޅިގެން ކުރަމުންދާ މަސައްކަތައް އިތުރު ބާރެއް ލިބިގެންދާނެކަމަށެވެ.

21 މާރޗް 2020 | ހޮނިހިރު 21:47
ޒިހްނަތު ހަސަން
 
ކޮވިޑް-19: ރާއްޖެއިން ބޭރުގަ ތިބި ދިވެހިންނަށް އެހީ ފޯރުކޮށްދިނުމަށް ޑިޕްލޮމެޓިކް މިޝަންތަކުން ދަނީ މަސައްކަތްކުރަމުން

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި ތިބި ދިވެހި ރައްޔިތުންނަށް ދިވެހި ޑިޕްލޮމެޓިކް މިޝަންތައް މެދުވެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ، މިއަދު ފްލައިޓް ކެންސަލް ވެގެން ނޭޕާލާއި، އިންޑިއާއާއި، ސްރީލަންކާގައި ތާށިވި ދިވެހިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި މި ދަތި ދަނޑިވަޅުގައި ދެމުންގެންދާ އެއްބާރުލުމާއި ކެތްތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

21 މާރޗް 2020 | ހޮނިހިރު 21:42
އުމްނާ އިސްމާއިލް
 
ވެލިގަނޑު އައިލަންޑް ރިސޯޓްއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ބިދޭސީއެއް ޓެސްޓްކުރަނީ
21 މާރޗް 2020 | ހޮނިހިރު 21:41
އުމްނާ އިސްމާއިލް
 
ކުލަބްމެޑް ކަނިފިނޮޅު ހޮލިޑޭ ވިލެޖްއިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ޓެސްޓްކުރަނީ
21 މާރޗް 2020 | ހޮނިހިރު 21:38
ޒިހްނަތު ހަސަން
 
ކޮވިޑް-19: ވައިރަސްއާއި ގުޅިގެން ފިހާރަތައް ބަންދުކުރަން ޖެހުނަސް މުވައްޒަފުންގެ މުސާރަ އުންޏެއް ނުކުރާނަން

ކޮވިޑް-19 އާއި ގުޅިގެން ބައެއް ވިޔަފާރިތަކުންނާއި ކުންފުނިތަކުން އެތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނިކުރަމުން ދިޔަނަމަވެސް، ހުދުމާގެ އެކި އައުޓްލެޓްސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް އުނި ނުކުރާނެކަމުގެ ޔަޤީންކަން އެކުންފުނިން ދީފިއެވެ. އެކުންފުނިން ބުނީ ވައިރަސްއާއި ގުޅިގެން އެކުންފުނީގެ އަައުޓްލެޓްސްތައް ބަންދުކުރަން ޖެހުނު ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކައް ބަދަލެއް ނުގެންނާނެކަމަށެވެ.

21 މާރޗް 2020 | ހޮނިހިރު 21:37
އުމްނާ އިސްމާއިލް
 
ސިނަމަން ހަކުރާ ހުރާ އިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި މީހެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރަނީ
21 މާރޗް 2020 | ހޮނިހިރު 21:35
ޒިހްނަތު ހަސަން
 
ކޮވިޑް-19: އާސަންދައިގެން ދަށުން އިންޑިއާއަށް ގޮސް ތިބި ދިވެހިންގެ ކަންކަން ކޮންސިއުލޭޓް މެދުވެރިކޮށް ހަމަޖެހިގެންދާނެ

އާސަންދައިގެ ދަށުން ބޭސްފަރުވާއަށް، އިންޑިއާއަށް މިހާރު ގޮސްތިބި ދިވެހިންގެ ތެރެއިން ޤައުމަށް ނާދެވިފަ ތިބި ދިވެހިން، އަނބުރާ ރާއްޖެ އާދެވެންދެން އެމީހުންގެ ތިބުމާއި ކެއުމުގެ ޚަރަދު އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓްގެ ބެލުމުގެ ދަށުން އާސަންދައާއި، އެންސްޕާ ގުޅިގެން ބަލަހައްޓާގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.

އިންޑިއާގައި ތިއްބެވި މިފަދަ ފަރާތްތަކުން އިންޑިއާގެ ދިވެހި ކޮންސިއުލޭޓްގެ ހޮޓްލައިން 919847702554+ އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

21 މާރޗް 2020 | ހޮނިހިރު 21:30
ޒިހްނަތު ހަސަން
 
ކޮވިޑް-19: ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިން ފުރަން ކަނޑައަޅާފައިވާ ގަޑިއާ ވިހާވެސް ގާތް ގަޑިއަކު އެއަރޕޯޓަށް ގެންދަން އިލްތިމާސްކޮށްފި

ރާއްޖޭގެ ގެސްޓްހައުސްތަކުން ފަތުުރުވެރިން ފުރަން ކަނޑައަޅާފައިވާ ގަޑިއާ ވިހާވެސް ގާތް ގަޑިއަކު އެއަރޕޯޓަށް ގެންދިއުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް އިން އިލްތިމާސްކޮށްފިއެވެ.

މިފަދައިން އިލްތިމާސްކޮށްްފައިވަނީ ބައެއް ގެސްޓް ހައުސްތަކުން މާކުރިން ފަތުރުވެރިން އެއަރޕޯޓަށް ގެނެސް ދޫކޮށްލާތީއާއި، ފަތުުރުވެރިންނާމެދު އަމަލު ކުރާ ގޮތަކުން ޜާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އޭގެ ނޭދެވޭ ސަރުކޮށްފާނެތީއެވެ.

21 މާރޗް 2020 | ހޮނިހިރު 21:27
އުމްނާ އިސްމާއިލް
 
މިހާރު ޑީއެޗް-11 ގައި ފަރުވާދެމުންދާ ފަރާތުގެ ހާލު ރަނގަޅު

މިހާރު ޑީއެޗް-11 ގައި ފަރުވާ ދެމުންދާ މީހާގެ ހާލު ރަނގަޅުކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރ ވިދާޅުވިއެވެ.

އޭނާގެ އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މިހާރު މޮނީޓަރ ކުރަމުންދާ އިތުރު ފަރާތްތަކުގެ ހާލު ރަނގަޅުކަމަށް ވިދާޅުވިއެވެ.

21 މާރޗް 2020 | ހޮނިހިރު 21:25
އުމްނާ އިސްމާއިލް
 
ހުކުރު ދުވަހު 572 މީހަކު ރާއްޖެ އައިސްފައިވޭ

ހުކުރު ދުވަހު

ދިވެހިން: 192

ޓުއަރިސްޓުން: 326 މީހުން

އެމްޕްލޯއިމެންޓް ވިސާގައި: 54

ހޮނިހިރު ދުވަހުގެ 18:00 އާއި ހަމަޔަށް:

ދިވެހިން: 128

ފަތުރުވެރިން: 204

އެމްޕްލޯއިމެންޓް ވިސާގައި: 17

21 މާރޗް 2020 | ހޮނިހިރު 21:21
ޒިހްނަތު ހަސަން
 
ކޮވިޑް-19: ކަރަންޓިން ފެސިލިޓީސްތަކުގައި ތިބި ފަރާތްތަކުގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ސަމާލުކަމަށް!

ކަރަންޓީން ފެސިލިޓީސްތަކުގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ އިންތިޒާމުތައް ސަރުކާުން މިވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެފަދަ ފަރާތްތްތަކައް ތަކެތި ފޮނުވަން ބޭނުންވާ ބެލެނިވެރިން ނުވަތަ ބަލަދުވެރިން، ދަރުބާރުގެއަށް އެތަކެތި ޙަވާލުކުރާނެ ޚާއްޞަ ގަޑިތަކެއް މިހާރު މިވަނީ އިޢުލާންކޮށްފައެވެ.

މީގެ އިތުރުން ކަރަންޓީން ފެސިލިޓީސްގައި ފޯނަށް ޖަވާބުދޭނެ ގަޑިތަކެއްވެސް ވަނީ ހަމަޖައްސާފައެވެ.

21 މާރޗް 2020 | ހޮނިހިރު 21:18
އުމްނާ އިސްމާއިލް
 
ކޮވިޑް-19: ސާމްޕްލިންގް

ޖުމްލަ 593 ސާމްޕަލް ނެގިފައިވޭ

ނެގެޓިވް: 580 ސާމްޕަލް

ނަތީޖާ ޕެންޑިންގް: 31

21 މާރޗް 2020 | ހޮނިހިރު 21:16
އުމްނާ އިސްމާއިލް
 
ރާއްޖޭގެ ހާލަތު:

ޕޮޒިޓިވް ކޭސް: 13

ރަނގަޅުވި:3

ކަރަންޓީނު/ އައިސޮލޭޝަން

ވިލިވަރު:28

އެޗްއައިއެޗް:128

ޑީއެޗް-11 ގައި އެޑްމިޓް ކުރެވިފައި: 3 ( ދެމީހުންނަކީ މިހާރު ބަލިން ރަނގަޅުވެފައި ތިބި މީހުން)

ވެލިދޫ އައިސޮލޭޝަން ފެސިލިޓ: 16

ފަންއައިލެންޑް ކަރަންޓީނު ފެސިލިޓީ: 64

ކުޑަބަނޑޮސް:32

ބިޔާދޫ ކަރަންޓީނު ފެސިލިޓީ:47

21 މާރޗް 2020 | ހޮނިހިރު 21:14
އުމްނާ އިސްމާއިލް
 
ކޮވިޑް-19: ދުނިޔޭގެ ހާލަތު

ކޮވިޑް-19: ދުނިޔޭގެ ހާލަތަށް ބަލާލާއިރު މިހާތަނަށް 288,593 އަށް ވުރެ ގިނަ ކޭސްވަނީ ރިޕޯޓުކުރެވިފައެވެ.

އަދި މި ބަލި ޖެހިގެން 11،947 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އެންމެ ފަހުގެ އަދަދުތަކެއް ބަލާލާއިރު 93،644 މީހުން ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް މި ބަލި ދުނިޔޭގެ 186 ސަރަހައްދަކުން ވަނީ ފެނިފައެވެ.

21 މާރޗް 2020 | ހޮނިހިރު 19:26
އިސްމާޢީލް ޝާހް
 
ކޮވިޑް-19: ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.

އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމަތުގެ ތިން ކުޅުންތެރިއަކު މި ވައިރަހަށް ޕޮޒިޓިވްވިކަން އެ ކްލަބުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މި ވައިރަހަށް ޕޮޒިޓިވްވީ ޕޯޓްސްމަތުގެ ޖޭމްސް ބޮލްޓޮން، އެންޑީ ކެނަން އަދި ސީން ރެގެޓް އެވެ. މިހާރު މި ތިން ކުޅުންތެރިން އައިސޮލޭޝަނަށް ލާފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ.

21 މާރޗް 2020 | ހޮނިހިރު 19:26