ކޮވިޑް-19: އެންމެ ފަހުގެ

16,610,424
  • ސިނަމަން ހަކުރާ ހުރާ ކޭސް
  • ފެލައިނީ ރާއްޖެ އައީ ދުބާއީ މަގުން
  • ފަތުރުވެރިކަމަށް ލޮޅުން އައި މިންވަރު ބަދަލަން ޔޫއެންޑަބްލިއުޓީއޯގެ ދިރާސާއަށް ސައުތު އޭޝިއާއިން ޗެއާއަކަށް މިނިސްޓަރު އަލީ ވަހީދު
 
Writer Profile Picture
ޙުސައިން މަޚްތޫމް
ސިނަމަން ހަކުރާ ހުރާ ކޭސް

ސިނަމަން ހަކުރާ ހުރާއިން ފެނުނު މީހާގެ ނަތީޖާ ނެގެޓިވް. 2 ވަަނަ ސާމްޕަލްއެއް ނެގުމުގެ މަސައްކަތް ދަނީ ކުރަމުން.

23 މާރޗް 2020 | ހޯމަ 21:47
Writer Profile Picture
ޙުސައިން މަޚްތޫމް
ފެލައިނީ ރާއްޖެ އައީ ދުބާއީ މަގުން

ފުޓްބޯޅަ ކުޅުންތެރިޔާ ފެލައިނީ ރާއްޖެ އައީ ދުބާއީ މަގުން. އަދި އެނބުރި ގޮސްފައިވަނީ ވެސް ދުބާއީއަށް. މި ކޭސްއާއި ގުޅިގެން 20 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓް އައިޑެންޓިފައިވޭ.

މީގެ ތެރެއިން 5 މީހަކު އައިސޮލޭޝަންގައި ތިބީ ރީތިރަށް ރިސޯޓުގައި (ރިސޯޓް ސްޓާފުން)

އެމްއޭސީއެލްގެ 15 ސްޓާފެއް.

2 މީހަކު ވަނީ ވެލިދޫއަށް ގެންގޮސްފައި - ޓެސްޓް ނަތީޖާ ނެގެޓިވް

23 މާރޗް 2020 | ހޯމަ 21:44
Writer Profile Picture
ޙުސައިން މަޚްތޫމް
ފަތުރުވެރިކަމަށް ލޮޅުން އައި މިންވަރު ބަދަލަން ޔޫއެންޑަބްލިއުޓީއޯގެ ދިރާސާއަށް ސައުތު އޭޝިއާއިން ޗެއާއަކަށް މިނިސްޓަރު އަލީ ވަހީދު

ޔޫއެންޑަބްލިއުޓީއޯއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމަށް އަރާފައިވާ ލޮޅުން ދިރާސާކޮށް އެކަމަށް ގެނެވޭނެ ހައްލުތައް ހޯދުމަށްޓަކައި ގްލޯބަލް ޓުއަރިޒަމް ކްރައިސިސް ކޮމިޓީއެއް ހަދާފައި. މި ކޮމިޓީގައި ސައުތު އޭޝިއާގެ ފަރާތުން ތަމްސީލު ކުރުމަށްޓަކައި ކަނޑައެޅިފައިވަނީ (ސައުތު އޭޝިއާ ރީޖަންގެ ޗެއާ) އަކަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު.

23 މާރޗް 2020 | ހޯމަ 21:40
Writer Profile Picture
ޙުސައިން މަޚްތޫމް
ފިލިޕީންގައި ތިބި ދިވެހި ދަރިވަރުން

ފިލިޕީންސްގެ ވައިގެ ބަނދަރު ބަންދުކޮށްފައި ނުވޭ. ނަމަވެސް ދިވެހި ދަރިވަރުންނަށް ފުލައިޓުން ޖާގަ ނުލިބުމުގެ މައްސަލަތައް ދިމާވޭ.

23 މާރޗް 2020 | ހޯމަ 21:32
Writer Profile Picture
ޙުސައިން މަޚްތޫމް
ޕާކިސްތާނުގައި ތިބި މީހުން ނުގެނެވިގެން އުޅެނީ އެގައުމަށް ފުލައިޓްތައް އައުން މަނާކޮށްފައިވާތީ

ފޮރިން މިނިސްޓްރީން ވަނީ ޕާކިސްތާނުގައި ތިބި 11 ދަރިވަރުންނާއި ގުޅާ އަދި އިތުރު ކުދިންނާއި ގުޅާ ރަޖިސްޓްރީ ކޮށްފައި. ޖުމްލަ 13 ކުއްޖަކާއި މިނިސްޓްރީން ވަނީ ގުޅިފައި. އަދި އެ ކުދިންނަށް ރާއްޖެ އާދެވޭނެ ޓްރެވަލް ރޫޓްތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އެބަދޭ.

23 މާރޗް 2020 | ހޯމަ 21:27
Writer Profile Picture
ޙުސައިން މަޚްތޫމް
ކްލިނިކްތަކުގެ ތަފްސީލުތައް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި

ސެނަހިޔާ ފުލޫ ކްލިނިކް - 176

ޓްރެވަލް ކްލިނިކް -18

ބިދޭސީންގެ ކްލިނިކް - 16

ވިލިމާލެ ކްލިނިކް - 5

23 މާރޗް 2020 | ހޯމަ 21:24
Writer Profile Picture
ޙުސައިން މަޚްތޫމް
މަގުމައްޗަށް ނުކުމެ އުޅުން ރައްކާތެެރިއެއް ނޫން

މިވަގުތު މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި ބޭރުގައި އުޅުން ރައްކާތެރިއެއް ނޫން: ޑރ މުރާދު

23 މާރޗް 2020 | ހޯމަ 21:22
Writer Profile Picture
ޙުސައިން މަޚްތޫމް
ރާއްޖެއަށް އެތެރެވި މީހުން

ދިވެހިން 91

ފަތުރުވެރިން 231

އެކި ވިސާތަކުގައި 4

23 މާރޗް 2020 | ހޯމަ 21:20
Writer Profile Picture
ޙުސައިން މަޚްތޫމް
ކޮވިޑް-19 އިން ރަނގަޅުވި މީހުންގެ މައުލޫމާތު

ރަނގަޅުވި މީހުންގެ ތެރޭގައި ހިމެނެނީ އިޓަލީގެ 3 މީހެއް، ސައުތު އެފްރިކާގެ މީހެއް އަދި ތުރުކީވިލާތުގެ މީހެއް.

23 މާރޗް 2020 | ހޯމަ 21:19
Writer Profile Picture
ޙުސައިން މަޚްތޫމް
ޕާކިސްތާނުން ރާއްޖެއަށް އަންނަން ބޭނުންވަ މީހުން ނުގެނެވީ ދަތުރުފަތުރު ހުރި ގޮތުން

13 ދަރިވަރަކާއި ވަނީ ވާހަކަ ދެކިވިފައި. ގެނެވޭނެ ގޮތެއް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

23 މާރޗް 2020 | ހޯމަ 21:11
Writer Profile Picture
ޙުސައިން މަޚްތޫމް
702 ސާމްޕަލް ނެގިފައި

20 ނަތީޖާ ނުލިބޭ

13 ޕޮޒިޓިވް ( އަދަދަކަށް ބަދަލެއް ނާދޭ)

569 ސާމްޕަލް ނެގެޓިވް

23 މާރޗް 2020 | ހޯމަ 21:11
Writer Profile Picture
ލައިޝާ އަހްމަދު
އިތުރު 4 ރިސޯޓަކުން ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެ، ރިސޯޓުތަކުގެ މޮނިޓަރިންގ އުވާލައިފި

އެޗްޕީއޭއިން ބުނީ، ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކޮލަބް މެޑް ކަނިފިނޮޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކުގެ މޮނިޓަރިންގ އުވާލެވިފައިވާކަމަށް

23 މާރޗް 2020 | ހޯމަ 20:15
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19: ސްރީލަންކާއަށް ދަތުރުކުރާ އަދި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަނެއްކާވެސް އަންގައިފި

ސްރީލަންކާއަށް ދަތުރުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އަނެއްކާވެސް އަންގައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވަކި ގޮތެއް އަންގަންދެން އެޤައުމުގެ ވައިގެ ބަނދަރުގެ އެރައިވަލް ޓަރމިނަލް ބަންދުކޮށް، ޓްރާންސިޓް ކުރުން މަނާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެޤައުމުގެ ވައިގެ ބަނދަރުގެ ޑިޕާޗަރ ޓަރމިނަލް ހުޅުވާފައިވާކަން އަންގަފައިވާ ކަމަށެވެ.

އެހެންކަމުން މި ދުވަސްތަކުގައި ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް އެދިފައިވެއެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދިފައިވެއެވެ.

23 މާރޗް 2020 | ހޯމަ 19:58
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ހެލްތު މިނިސްޓަރ ޑަބްލިއުއެޗްއޯގެ މަންދޫބާއި ބައްދަލުކުރައްވައިފި

ކޮވިޑް-19 ގެ ރާއްޖޭގެ ޙާލަތާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތު އަބްދުﷲަ އަމީން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު އަރްވިންދް މާތުރާއި ބައްދަލުކުރައްވައިފިއެވެ.

23 މާރޗް 2020 | ހޯމަ 19:16
Writer Profile Picture
ލައިޝާ އަހްމަދު
ސައޫދީން އިތުރު 51 މީހަކު ވައިރަސްއަށް ޕޮޒިޓިވްވެއްޖެ، ޖުމުލަ ކޭސްތަކުގެ އަދަދު 562 އަށް!
23 މާރޗް 2020 | ހޯމަ 19:12
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: ޗައިނާއިން ކެމްބޯޑިއާއަށް މެޑިކަލް ޓީމެއް ފޮނުވައިފި
23 މާރޗް 2020 | ހޯމަ 18:52
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ސްޕެނިޝް ލީގު ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން މެދުކަނޑައިލާފައިވާ ސްޕެނިޝް ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ކުރިން ރޭވިފައި އޮތް ގޮތުން ނަމަ ސްޕެނިޝް ލީގު ފަށަން ނިންމާފައި އޮތީ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

އެކަމަކު ހޯމަ ދުވަހު ވަނީ ލީގުގެ މެޗުތައް އަލުން ފެށުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.

23 މާރޗް 2020 | ހޯމަ 18:14
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: އޮލިމްޕިކުން ރަން މެޑަލް ހޯދާފައިވާ ވެން ޑަ ބާގް ވައިރަހަށް ޕޮޒިޓިވްވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އޮލިމްޕިކް ގޭމްސްގެ ފެތުމުގެ ބައިން ރަން މެޑަލް ހޯދާފައިވާ ވެން ޑަ ބާގް ޕޮޒިޓިވްވެއްޖެ އެވެ.

މި ވައިރަހަށް ޕޮޒިޓިވްވިކަން ވެން ޑަ ބާގް ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. ސައުތު އެފްރިކާއަށް އަށް އުފަން ބުނީ މި ވައިރަހާ ހަނގުރާމަކުރާތާ މިހާރު 14 ދުވަސްވެފައިވާ ކަމަށާއި، މިއީ މިހާތަނަށް އޭނާ ތަހައްމަލުކުރަން ޖެހުނު އެންމެ އުދަނގޫ އެއް ބަލި ކަމަށެވެ.

23 މާރޗް 2020 | ހޯމަ 17:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްގެ އަލާމާތެއް ފެންނަނަމަ ސިއްރުނުކޮށް ހިއްސާކުރުމަށް އިލްތިމާސްކޮށްފި

ކޮވިޑް-19އިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިވައިރަސްގެ އަލާމާތެއްގެ އަސަރެއް ފެންނަނަމަ އެކަން ސިއްރުނުކޮށް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް އިލްތިމާސްކޮށްފިއެވެ.

23 މާރޗް 2020 | ހޯމަ 17:44
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން: ޗައިނާ ސަފީރު

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެހީ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

23 މާރޗް 2020 | ހޯމަ 16:49
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ބޮޑީބިލްޑިންގ އެސޯސިއޭޝަނުގެ ބައެއް ހަރަކާތްތައް ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބައެއް ހަރަކާތްތައް ފަސްކޮށްފި އެވެ.

ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ގައުމީ ބޮޑީބިލްޑިގ ޓީމު އެކުލަވާލުމަށް ހަމަޖެހިފައިވާ ސިލެކްޝަން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

23 މާރޗް 2020 | ހޯމަ 16:04
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އެންޒީން ކުރާ 200 ރުފިޔާއިން މަތީގެ ވިޔަފާރިތައް ޑެލިވަރ ކޮށްދެނީ

ކޮވިޑް-19 އާ ގުޅިގެން ބޭރަށް ނިކުތުން މަދުކުރުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރަމުންދާއިރު އެންޒީގެ ފިހާރަތަކުން ކަސްޓަަމަރުންގެ އޯޑަރުތައް ގޭގެއަށް ޑެލިވަރީކޮށްދޭން ނިންމައިފި އެވެ.

23 މާރޗް 2020 | ހޯމަ 14:06
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފެން ރައްކާތެރި ކުރުމަށާއި، އަތްދޮވުމުގެ މުހިންމުކަމަށް އާންމުން ހޭލުންތެރި ކުރުވުމަށް އެމްޑަބްލިއުއެސްސީން ޑިޖިޓަލް ސްޓިކަރ ސެޓެއް

"އިސްކުރުފެން" ގެ ނަމުގައި އެމްޑަބްލިއުއެސްސީން ޑިޖިޓަލް ސްޓިކަރ ޕެކެއް ތަޢާރަފުކޮށްފިއެވެ. މިއީ ކޮވިޑް-19 ފެތުރެމުންދާތީ އެކަމުން ރައްކާތެރުވުމަށް އެޅިދާނެ ފިޔަވަޅެއްގެ ގޮތުން ފެން ރައްކާތެރިކުރުމާއި އަތްދޮވުމަށް ޢާންމުން ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި އެކުންފުނިން ތަޢާރަފުކުރި ސްޓިކަރ ޕެކެކެވެ. މިއީ ކުންފުނިން ތަޢާރަފުކުރި ފުރަތަމަ ޑިޖިޓަލް ސްޓިކަރ ޕެެކެވެ.

23 މާރޗް 2020 | ހޯމަ 14:04
Writer Profile Picture
ޒިހްނަތު ހަސަން
ސްރީލަންކާއަށް ދަތުރުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ސަމާލުކަމަށް

ކޮވިޑް-19 އާއި ގުޅިގެން، ސްރީލަންކާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވަކި ގޮތެއް އަންގަންދެން އެޤައުމުގެ ވައިގެ ބަނދަރުގެ އެރައިވަލް ޓަރމިނަލް ބަންދުކޮށް، ޓްރާންސިޓް ކުރުންވެސް ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް، އެޤައުމުގެ ވައިގެ ބަނދަރުގެ ޑިޕާޗަރ ޓަރމިނަލް ހުޅުވާފައިވާކަން ވަނީ އަންގަވާފައެވެ.

މިފިޔަވަޅުތަކާއި ގުޅިގެން، މި ދުވަސްތަކުގައި ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން މިކަމަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

23 މާރޗް 2020 | ހޯމަ 13:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއިން ރައްކާތެރިވުމަށް ކަމާއި ބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކައް ބޯލެނބުން މިވަގުތު ވަރަށް މުހިންމު

ކޮވިޑް-19 އަކީ އެ ވައިރަސްއިން ދިފާއުވުމަށް ޚާއްޞަ ވެކްސިންއެއް މިހާތަނަށް އީޖާދުކުރެވިފައި ނުވާ، އަދި ވަކި ފަރުވާއެއް އެއަށް ހޯދިފައިވާ ވައިރަސްއެއް ނޫނެވެ. އެހެންކަމުން، މިދަނޑިވަޅުގައި ޞިއްޙީ ޚިދުމަތްތެރިންނާއި ޑޮކްޓަރުން ދަނީ މި ބަލިން ދިފާޢުވުމަށް ވަކި ވަކި ފަރުދުންނަށް އަމިއްލައަށް ކުރެވިދާނެ ކަންކަން ފާހަގަކޮށް އެކަމަށް އިރިޝާދުދެއްވަމުންނެވެ. ރާއްޖޭގައިވެސް ހެލްތު މިނިސްޓްރީއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ދަނީ އާންމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ، އެކަމަށް އިލްތިމާސްކުރަމުންނެވެ.

23 މާރޗް 2020 | ހޯމަ 13:21