raajjemv logo

ކޮވިޑް-19: އެންމެ ފަހުގެ

997,335
  • ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމާފައެއް ނުވޭ، ފަތުރަމުންދަނީ ދޮގު ޚަބަރެއް: މަބްރޫކް
  • މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި
  • ޖަރުމަނު ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކޮށްފި
ޒިހްނަތު ހަސަން
 
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމާފައެއް ނުވޭ، ފަތުރަމުންދަނީ ދޮގު ޚަބަރެއް: މަބްރޫކް

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މިހާތަނަށް އެއްވެސް ނިންމުމެއް ނިންމާފައި ނެތް ކަމަށް ސަރުކާރުން ބުނެފިއެވެ.

24 މާރޗް 2020 | އަންގާރަ 21:36
ޒިހްނަތު ހަސަން
 
މިރޭ 12 އިން ފެށިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފި

ކޮވިޑް-19 ހުއްޓުވުމަށް އަޅާ ފިޔާވަޅެެއްގެ ގޮތުން އަންގާރަ ދުވަހުގެރޭ 12 އިންފެށިގެން 21 ދުވަހުގެ މުއްދަތަކަށް އިންޑިއާ ލޮކްޑައުންކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

24 މާރޗް 2020 | އަންގާރަ 21:30
ޒިހްނަތު ހަސަން
 
ޖަރުމަނު ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކޮށްފި

ޖަރުމަނުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަނު ލީގުގެ މެޗުތައް އޭޕްރީލް މަހުގެ ނިޔަލަށް ފަސްކުރުމަށް ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

24 މާރޗް 2020 | އަންގާރަ 21:29
ޒިހްނަތު ހަސަން
 
ކޮވިޑް-19: މުއައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނުގެންނަން: ފެނަކަ

ކޮވިޑް-19 އާ ގުޅިގެން ފެނަކައިގެ އެއްވެސް މުއައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަ ކަމަށް އެކުންފުނިން ބުނެފި އެވެ.

24 މާރޗް 2020 | އަންގާރަ 21:28
ޒިހްނަތު ހަސަން
 
އެޕްރީލް އަދި މެއި މަހުގެ ބިލްތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން: ސްޓެލްކޯ

އެޕްރީލް އަދި މެއި މަހުގެ ބިލުތައް ތައްޔާރުކުރާނީ ސަބްސިޑީ ހިމަނައިގެން ކަމުގެ ޔަގީންކަން ސްޓެލްކޯއިން ދީފިއެވެ.

24 މާރޗް 2020 | އަންގާރަ 21:23
ޒިހްނަތު ހަސަން
 
މާލެއިން ކޮވިޑް-19 ކޭސްއެއް ފެނިއްޖެ ނަމަ އަމަލުކުރާނެގޮތުގެ އެކްސަސައިޒެއް ހިންގައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އެއްވެސް ރަށަކުން ހާއްސަކޮށް، ގްރޭޓަރ މާލެ އޭރިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އަމަލުކުރާނެ ގޮތުގެ އެކްސަސައިޒެއް ބާއްވައިފި އެވެ.

24 މާރޗް 2020 | އަންގާރަ 21:21
ޒިހްނަތު ހަސަން
 
ކޮވިޑް-19 ވެކްސިން ޗައިނާގައި ޓެސްޓް ކުރަން ފަށައިފި

ކޮވިޑް-19 އަށް ޗައިނާގައި ތައްޔާރު ކުރި ވެކްސިން ޓެސްޓް ކުރުމުގެ ގޮތުން އިންސާނުންނަށް ދޭން ފަށައިފިއެވެ.

24 މާރޗް 2020 | އަންގާރަ 21:20
ޒިހްނަތު ހަސަން
 
ފުޑްކޯޓުތައް ބަންދުކޮށްފައި ހުންނަ މުއްދަތަށް ކުލި މައާފުކޮށްދީފި

ފުޑްކޯޓުތައް ބަންދުކޮށްފައި ހުންނަ މުއްދަތަށް ކުލި އެސްޓީއޯއިން މައާފުކޮށްދީފިއެވެ.

24 މާރޗް 2020 | އަންގާރަ 21:19
އުމްނާ އިސްމާއިލް
 
ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން އުޅޭކަމުގެ ވާހަކަތައް ދޮގުކުރައްވައިފި

ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް މިހާތަނަށް ނިންމާފައިނުވާކަމަށް މަބްރޫކް ވިދާޅުވި. މަބްރޫކް ވިދާޅުވީ ކޮންމެ ދުވަހަކުވެސް ރާއްޖެގެ ހާލަތު ބަލަމުން ދާ ކަމަށާއި އަދި އެހާލާތާއި ގުޅިގެން ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށެވެ.

24 މާރޗް 2020 | އަންގާރަ 21:19
އުމްނާ އިސްމާއިލް
 
ރާއްޖެއަށް ހޯމަ ދުވަހު 187 ފަރާތެއް އައިސްފައިވޭ

ރާއްޖެއަށް ހޯމަ ދުވަހު ދަތުރުކޮށްފައިވާ އަދަދުތައް

ދިވެހިން: 54

ޓުއަރިސްޓު: 133

އެހެނިހެން ވިސާތަކުގައި: 0

ޖުމްލަ: 187

24 މާރޗް 2020 | އަންގާރަ 21:17
ޒިހްނަތު ހަސަން
 
ކޯރޯނާވައިރަސް ޖެހިގެން ސައުދީގައި ފުރަތަމަ މަރު

ސައުދީ އަރަބިއްޔާގައި ކޮރޯނާވައިރަސް ޖެހިގެން މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލުން ހާމަކޮށްފިއެވެ.

24 މާރޗް 2020 | އަންގާރަ 21:16
ޒިހްނަތު ހަސަން
 
ކޮވިޑް-19 ގެ ބިރުވެރި ދުވަސްތަކަށް ފަހު ޗައިނާ އާއްމު ހާލަތަށް!

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށަށް ދިއުމާއެކު ޗައިނާގެ ދިރިއުޅުން މަޑުމަޑުން އާއްމު ހާލަތަކަށް ބަދަލުވާން ފަށައިފިއެވެ.

24 މާރޗް 2020 | އަންގާރަ 21:15
އުމްނާ އިސްމާއިލް
 
މާހާ ސަފާރީ މޮނީޓަރންގެ ހާލަތަށް ގެނެސްފި

މާހާ ސާފާރީން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވި. މިވަގުތު ބޯޓުގައި ތިބީ ތިން ބިދޭސީންނާއި ދެ ދިވެހިން

24 މާރޗް 2020 | އަންގާރަ 21:14
އުމްނާ އިސްމާއިލް
 
މާހާ ސަފާރީ މޮނީޓަރންގެ ހާލަތަށް ގެނެސްފި

މާހާ ސާފާރީން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހަކު ފެނިގެން އެ ބޯޓު މޮނީޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް މަބްރޫކް ވިދާޅުވި. މިވަގުތު ބޯޓުގައި ތިބީ ތިން ބިދޭސީންނާއި ދެ ދިވެހިން

24 މާރޗް 2020 | އަންގާރަ 21:14
ޒިހްނަތު ހަސަން
 
ސިނގިރެޓެއް ގަންނަން ފަން އައިލެންޑުން އޮޅުވެއްޔަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަންގެ ގޮތުގައި ބޭނުންކުރަމުން އަންނަ ފަން އައިލެންޑްގައި ހުރި ދިވެއްސަކު ފަތާފައި ސިނގިރެޓެއް ގަންނަށް ދަނިކޮށް މޫދުގައި އޮއްވާ ހައްޔަރުކޮށްފިއެވެ.

24 މާރޗް 2020 | އަންގާރަ 21:14
ޒިހްނަތު ހަސަން
 
ސިމްޑީން ވިއްކާ ޕްރޮޑަކްޓްތައް ޑެލިވަރީ ކުރަން ފަށައިފި

ގޭގައި ތިބުމަށް އެޗްޕީއޭއިން އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސިމްޑީ ގްރޫޕުން ވިއްކާ ތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

24 މާރޗް 2020 | އަންގާރަ 21:13
ޒިހްނަތު ހަސަން
 
ކޮވިޑް-19އާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާ މަޝްވަރާކުރައްވައިފި

ސްރީލަންކާ އަދި ނޯވޭގެ ފޮރިން މިނިސްޓަރުންނާއި ފޯނުން ގުޅުއްވައި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މަޝްވަރާކުރައްވަފިއެވެ.

24 މާރޗް 2020 | އަންގާރަ 21:12
ޒިހްނަތު ހަސަން
 
ކޮވިޑް-19: ރީތި ބީޗުން ދެ މީހަކު ޓެސްޓުކުރަނީ

ކޮވިޑް-19 ގެ އަލާމާތްތަަކެއް ފެނިގެން ރީތީ ބީޗް ރިސޯޓުން ދިވެއްސަކާއި، ބިދޭސީއަކު ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

24 މާރޗް 2020 | އަންގާރަ 21:11
ޒިހްނަތު ހަސަން
 
އެންމެ ގޯސް ހާލަތަކަށް ވެސް މިތިބީ ތައްޔާރަށް!

ކޮވިޑް-19 އާއި ގުޅިގެން އަތުވެދާނެ އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރުވެފައިވާކަމަށާއި އެކަމާއި ގުޅޭ ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޑެޕިއުޓީ ސީއީއޯ އުމަރު މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

24 މާރޗް 2020 | އަންގާރަ 21:10
އިސްމާޢީލް ޝާހް
 
ކޮވިޑް-19: އޮލިމްޕިކް ގޭމްސް ފަސްކޮށްފި

މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން ގޭމްސް ފަސްކުރުމަށް ގިނަ ގައުމުތަކުން އައީ ގޮވާލަމުންނެވެ.

24 މާރޗް 2020 | އަންގާރަ 18:12
އަޒްލިފާ އަބްދުﷲ
 
ކޯވިޑް-19: އިނގިރޭސިވިލާތުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި

ޔޫރަޕުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އިނގިރޭސިވިލާތުގެ ދިރިއުޅޭ އާންމު ރައްޔިތުން ގެއިން ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ހޯމަ ދުވަހުގެރޭ ދެއްވި ހިތާބުގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެގައުމުގައި ހުރި ފިހާރަތަކުގެ ތެރެއިން ކާބޯތަކެތި ވިއްކާ ފިހާރަތައް ފިޔަވާ ދެންހުރި ހުރިހާ ފިހާރައެއް ބަންދުކުރުމަށާއި އާންމު އެއްވާތަންތަނަށް ދެމީހުން އަށްވުރެ އިތުރަށް ދިއުން ވަނީ މަނާ ކޮށްފައެވެ.

އަދި އާންމުން މި ގަވައިދުތަކަށް ކަމޭ ނުހިތާނަމަ އާންމުންނާއި މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ ބާރު ދީފައެވެ. އެގޮތުން އާންމުން އެއްވާނަމަ ޖޫރިމަނާ ކުރުމަށާއި އެއްވުންތައް ރޫޅައިލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން ލައިބްރަރީ ތަކާއި، ކުޅިވަރުކުޅޭ ތަންތަނާއި، އައުޓްޑޯ ޖިމްތައް އަދި އަޅުކަންކުރާ ތަންތަން ވަގުތުން ބަންދުކުރުމަށްވަނީ އަންގައިފައެވެ. ކަސްރަތުކުރުމަށް ޕާކުތައް ހުޅުވައިލާފައިވާކަމަށާއި، ނަމަވެސް އެއްވެ އުޅުންވަނީ މަނާ ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ އާންމު ހަރަކާތްތައް، ކައިވެނި ޕާޓީތައް އަދި އެހެނިހެން ހަފްލާތައް ހިމެނޭގޮތައް މަނާކޮށްފައެވެ. ނަމަވެސް ޖަނަޒާތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ.

ބޯރިސް ޖޯންސަން އިތުރަށް ވިދާޅުވީ އިނގިރޭސި ސަރުކާރުން ނިންމައިފައިވާ މި ނިންމުންތައް ކުރިޔަށް އޮތް ތިން ހަފްތާއަށް ދިގު ދެމިގެންދާނެ ކަމަށާއި، ތިން ހަފްތާ ބެލުމަށްފަހު ކުރިއެރުމެއް ފެނިއްޖެނަމަ މި ހާލަތު ބަދަލުކުރާނެ ކަމަށެވެ.

24 މާރޗް 2020 | އަންގާރަ 03:47
އިސްމާޢީލް ޝާހް
 
ކޮވިޑް-19: ގަލަތަސަރާއީގެ ކޯޗާއި ނައިބު ރައީސް ވައިރަހަށް ޕޮޒިޓިވްވެއްޖެ

ތުރުކީގެ ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް އާއި ނައިބު ރައީސް އަބްދުލްރަހީމް އަލްބާރަކް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހޯމަ ދުވަހުގެ ވަހުގުތެއްގައި ގަލަތަސަރާއީގެ ކޯޗު ފާތިހު ތެރިމް ވަނީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ. މީގެ ކުރިން ތުރުކީގެ ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދިން އުމުރުން 66 އަހަރުގެ ފާތިހު ތެރިމް ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮވިޑް-19 އަށް ގަލަތަސަރާއީގެ ކޯޗު ޕޮޒިޓިވްވިއިރު، މީގެ ހަ ދުވަސް ކުރިން އެޓީމުގެނައިބު ރައީސް އަބްދުލްރަހީމް އަލްބާރަކްގެ ދެކަނބަލުން ވަނީ ޕޮޒިޓިވްވެފައެވެ.

24 މާރޗް 2020 | އަންގާރަ 01:41
އިސްމާޢީލް ޝާހް
 
ކޮވިޑް-19: ތިން މުބާރާތެއްގެ ފައިނަލް މެޗުތައް ޔުއެފާއިން ފަސްކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ތިން މުބާރާތެއްގެ ފައިނަލް މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޔުއެފާއިން ނިންމައިފި އެވެ.

ޔުއެފާއިން ފަސްކޮށްފައިވަނީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުތަކެވެ. އަދި މި ތިން މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނެ ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށް ޔުއެފާ އިން ވަނީ ބުނެފައެވެ.

24 މާރޗް 2020 | އަންގާރަ 00:51
އަޒްލިފާ އަބްދުﷲ
 
ކޮވިޑް-19 އާ ގުޅިގެން ދުބާއީ އެއަރޕޯޓް ބަންދުކުރަނީ

ކޮވިޑް-19 އާ ގުޅިގެން ދުބާއީ އެއަރޕޯޓްތައް ބަންދުކުރަން ނިންމައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ދުބާއީގެ އެއަރޕޯޓުތައް ބަނދުކުރަން ނިންމާފައިވަނީ މިހިނގާ މަރޗް މަހުގެ 26 އިން ފެށިގެންނެވެ.

ހޯމަ ދުވަހު ދުބާއީ އެއަރޕޯޓުން ނެރެފައިވާ ބަޔާނެއްގައި ވަނީ ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓް އަދި ދުބާއީ ވޯލްޑް ސެންޓްރަލް އިން އާންމުންނަށް ދަތުރު ނުކުރެވޭ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އިތުރު އެންގުމެއް އަންގަންދެން މި ނިންމުން ދެމިގެންދާނެ ކަމަށް ބަޔާނުގައި ވެއެވެ.

24 މާރޗް 2020 | އަންގާރަ 00:02
އަޒްލިފާ އަބްދުﷲ
 
ތިން ރިސޯޓަކުން ސާމްޕަލް ނެގި މީހުންގެ ނަތީޖާ ނެގެޓިވް: އެޗްޕީއޭ

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ތިން ރިސޯޓަކުން ސާމްޕަލް ނެގި މީހުންގެ ޓެސްޓްތަޖުގެ ނަތީޖާ ނެގެޓިވް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކްލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ

ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ.

އަދި އެ ރަށްތައް މޮނިޓަރިންގގެ ހާލަތުން ނެގިފައިވާ ކަމަށް އެޗްޕިއޭއިން މައުލޫމާތު ދެއެވެ.

24 މާރޗް 2020 | އަންގާރަ 00:00