ކޮވިޑް-19: އެންމެ ފަހުގެ

16,658,886
  • ކޮވިޑް-19 ރިލީފް ފަންޑަށް ކައިލީ ޖެނަރ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި
  • ސްވިމިންގް އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި
  • އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ރިލީފް ފަންޑަށް ކައިލީ ޖެނަރ 1 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް ގެ ތަރި ކައިލީ ޖެނާރ ކޮވިޑް-19 ރިލީފް ފަންޑަށް 1 މިލިއަން ޑިލަރު ހަދިޔާ ކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 10:17
Writer Profile Picture
ޒިހްނަތު ހަސަން
ސްވިމިންގް އެސޯސިއޭޝަންގެ އިންތިހާބު ފަސްކޮށްފި

މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކުރިން ހަމަޖެހިފައިވާ ސްވިމިންގ އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން އަންނަ މަހަށް ފަސްކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 10:17
Writer Profile Picture
ޒިހްނަތު ހަސަން
އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް ރޭގަނޑު ބަންދު ކުރުމަށް އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން އަންގައިފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 10:15
Writer Profile Picture
ޒިހްނަތު ހަސަން
އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފި

އައްޑޫ ސިޓީގައި އާންމުކޮށް އެއްވެ އުޅޭ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 10:14
Writer Profile Picture
ޒިހްނަތު ހަސަން
އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރަނީ

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފަށާނެ ކަމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 10:14
Writer Profile Picture
އަމްނާ އިމާދު
އެމެރިކާގައި 60،000 އަށްވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

އެމެރިކާއިން 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެެވެ. އަދި 827 މީހުން މަރުވެފައިވާ ކަމަށެވެ.

މިހާތަނަށް ހަމައެކަނި އެމެރިކާއިން 60,000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މުޅި ދުނިޔެއިން ފަސްލައްކައާ ގާތްކުރާ އަދަދަށް މިވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވެއެވެ.

26 މާރޗް 2020 | ބުރާސްފަތި 01:54
Writer Profile Picture
އަމްނާ އިމާދު
ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފި
ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓު

ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުގެ ބިދޭސީއެއްގެ ގައިން ކޮވިޑް-19ގެ އަލާމަތްތައް ފެނިގެން އެރިސޯޓު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އެޗްޕީއޭއިން ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ އެމީހާ މިހާރު ވަނީ ރިސޯޓުގައި އެކަހެރި ކުރެވިފައިވާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ޝައްކުވާ އަލާމާތެއް ފެންނަ ނަމަ ވަގުތުން ފިޔަވަޅުއަޅާނެއެވެ. އެގޮތުން މިހާތަނަށް ގިނަ ބަޔަކު މިވައިރަސްއަށް ޓެސްޓްކޮށްފައިވެއެވެ.

26 މާރޗް 2020 | ބުރާސްފަތި 01:45
Writer Profile Picture
އަމްނާ އިމާދު
ރިޒޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނީ އެރިޒޯޓެއްގެ އެންމެ ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސްފަހުން: އެޗްޕީއޭ

ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދެވެނީ އެރިޒޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14 ދުވަސްފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 01:44
Writer Profile Picture
ލައިޝާ އަހްމަދު
ބަތަލާ އައިލެންޑް ރިސޯޓުން ނެގި ސާމްޕަލްތައް ނެގެޓިވް، ރިސޯޓުގެ މޮނިޓަރިންގ އުވާލައިފި
25 މާރޗް 2020 | ބުދަ 23:32
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: 150 އަށްވުރެ ގިނަ ޤައުމުން ފެނުނު ކޭސްތަކުގެ އަދަދު 100 އަށްވުރެވެސް ދަށް، މީ އުއްމީދެއް- ޓެޑްރޯސް
25 މާރޗް 2020 | ބުދަ 23:31
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި މީހުންގެ ތެރެއިން 8 މީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19ގެ 13 ކޭސްއެއް މިހާތަނަށް ފެނިފައިވާއިރު ރައީސް ވިދާޅުވީ އޭގެ ތެރެއިން 8 މީހަކު ބަލިން ފަސޭހަވެފައިވާކަމަށެވެ. އަދި މިވަގުތު ފަރުވާދެމުން ގެންދާ ފަސް މީހުން މީހުން ވެސް ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

25 މާރޗް 2020 | ބުދަ 22:30
Writer Profile Picture
ޒިހްނަތު ހަސަން
ޝީޝާ އާއި ކާބޯތަކެތީގެ ޚިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފި

ޝީޝާ އާއި ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް އެ ހިދުމަތް ދިން ފަސް ކެފޭއެއް ޖޫރިމަނާކޮށްފިއެވެ.

25 މާރޗް 2020 | ބުދަ 22:29
Writer Profile Picture
ޒިހްނަތު ހަސަން
މި މަހުގެ 27 ވަނަ ދުވަހު ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ: ރައީސް

މި މަހުގެ 27 ވަނަ ދުވަހު ފެށިގެން ރާއްޖެއިން އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.

25 މާރޗް 2020 | ބުދަ 22:28
Writer Profile Picture
ޒިހްނަތު ހަސަން
ސްޓޫޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފި

މަތީ ތައުލީމް ހާސިލު ކުރުމަށް ދޫކޮށްފައިވާ ސްޓޭޑަންޓް ލޯން ދެއްކުން 6 މަސްދުވަހަށް ފަސްކުރުމަށް ނިންމައިފިއެވެ.

25 މާރޗް 2020 | ބުދަ 22:27
Writer Profile Picture
ޒިހްނަތު ހަސަން
ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފި

ވޯލްޑް ބޭންކުން ރާއްޖެއަށް 10 މިލިއަން ޑޮލަރު ދީފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

25 މާރޗް 2020 | ބުދަ 22:26
Writer Profile Picture
ޒިހްނަތު ހަސަން
10 މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ދަނީ ކުރަމުން: ރައީސް

ދިހަ މަސް ދުވަހަށް ވާވަރަށް ހަނޑޫ، ހަކުރު ގެނައުމުގެ މަސައްކަތް އެސްޓީއޯއިން ކުރަމުން އަންނަ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

25 މާރޗް 2020 | ބުދަ 22:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރާނީ އެލިޒަބަތު އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފި

އިނގިރޭސި ވަލީއަހުދު ޗާލްސް ފިލިޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މަންމާފުޅު ރާނީ އެލިޒަބަތު ދެވަނައާއި ބައްޕާފުޅު ޕްރިންސް ފިލިޕް އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފިއެވެ.

25 މާރޗް 2020 | ބުދަ 22:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ކެބިނެޓް ބައްދަލުވުންވެސް މިއަދު ބޭއްވީ "އިޖްތިމާޢީ ގައިދުރުކަން" ތަންފީޒު ކުރެވޭފަދަ ގޮތަކައް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރިޔާސަތު ބެލެހެއްޓެވި އެޤައުމުގެ ވަޒީރުންގެ ބައްދަލުވުންވެސް މިއަދު ކުރިޔަށް ގެންދެވީ، "އިޖްތިމާޢީ ގައިދުރުކަން" ތަންފީޒު ކުރެވޭފަދަ ގޮތަކަށެވެ. ވަޒީރުންގެ އިށީދެވަޑައިގެން ތިއްބެވީ 3 ފޫޓް ދުރުގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

25 މާރޗް 2020 | ބުދަ 22:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތައް ފޮނުވަނީ

އިންޑިއާ ސަރުކާރުން ބުނެފައިވަނީ އެޤައުމުގެ ލޮކްޑައުންކޮށްފައި އޮތުމުން ދަތިތަކެއް ދިމާވިނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް ފޮނުވާނެކަމަށެވެ. އެގޮތުން 20 ދުވަހަށް ވާމިންވަރަށް މިހާރުވެސް ހަނޑުލާއި ހަކުރު ބަރުކޮށްފައިވާ ކަމަށާއި، ދާދި އަވަހަށް ރާއްޖެއަށް އެތަކެތި ފޯރާނެކަމަށެވެ. އަދި 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު މިހާރު ޓުޓިކޮރިން ބަނދަރުގައި ބަރުކުރަމުންދާކަމަށެވެ.

25 މާރޗް 2020 | ބުދަ 22:11
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ނޭޕާލްގައި ތިބި ދިވެހި ދަރިވަރުން ގެނައުމަށް ނޭޕާލް ސަރުކާރުން އެހީތެރިވެދޭތީ މިނިސްޓަރ ޝާހިދު ޝިކުރު ދަންނަވައިިފި

ނޭޕާލުގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނައުމަށް ނޭޕާލްގެ އެހީއަށް އެދުމުން، އެކަމަށް ނޭޕާލް ސަރުކާރުން އިޖާބަދީފައިވާތީ ފޮރިން މިނިސްޓަރ ޝާހިދު ނޭޕާލްގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެއްޖެއެވެ.

25 މާރޗް 2020 | ބުދަ 22:11
Writer Profile Picture
އާއިޝަތު ޝިއުރާ
އައިއެމްއެފުން ލޯން ނަގާކަށް އަދި ގަސްތެއް ނުކުރަން: ރައީސް

އައިއެމްއެފުން ލޯން ނަގާކަށް އަދި ގަސްތުނުކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. އައިއެމްއެފުން ލޯނު ނަގައިފިނަމަ ސިވިލް ސަރވެންޓުންގެ އަދަދު މަދުކޮށް މުސާރަ މަދުކުރަން ޖެހޭކަމަށާއި އެގޮތަށް އެކަން ކުރަން އަދި ނުވިސްނަވާކަމަށް ރައީސް ވިދާޅުވި އެވެ.

25 މާރޗް 2020 | ބުދަ 18:12
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފުދިނުން އޮންނަނީ ޤާނޫނީގެ ތެރެއިން ވަކި އުސޫލެއް ހަމަޖެހިފައި: ރައީސް

ޖަލުގައި ތިއްބެވި ފަރާތްތަކަށް މައާފުދިނުން އޮންނަނީ ޤާނޫނީގެ ތެރެއިން ވަކި އުސޫލެއް ހަމަޖެހިފައި ކަމަށާއި ވަކި މީހަކަށް ވަކި ގޮތެއް ހެދުމުގެ ވިސްނުމެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ބަރާބަރަށް ގުޅައިގެން ވާހަކަ ދައްކަވާކަމަށް ރައީސް ވިދާޅުވި އެވެ. މިދިޔަ ދެ ދުވަހު އަބްދުއްރަހީމް ގުޅުއްވިކަމަށާއި ނަމަވެސް ފޯނު ނުނެންގެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

25 މާރޗް 2020 | ބުދަ 18:11
Writer Profile Picture
އާއިޝަތު ޝިއުރާ
މާލެއަށް ޚާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްރަށް އިހުމާލުކުރާކަށް ނޫން: ރައީސް

މާލެއަށް ޚާއްސަ ސަމާލުކަމެއް ދެނީ އެހެން ރަށްރަށް އިހުމާލުކުރާކަށް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. އެއީ މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށްވާތީ ކޮންޓްރޯލް ކުރަން އުނދަގޫވާނެތީކަމަށް ރައީސް ވިދާޅުވި އެވެ. ރަށްރަށުގެ ހާލަތުވެސް އަންނަނީ ބަލަމުންކަމަށް ރައީސް ވިދާޅުވިއެވެ. އެއްވެސް ރަށަކަށް އިހުމާލުނުވާކަމަށް ރައީސް ވިދާޅުވި އެވެ.

25 މާރޗް 2020 | ބުދަ 18:08
Writer Profile Picture
އާއިޝަތު ޝިއުރާ
ދަތި އުނދަގޫ ދަނޑިވަޅުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ރައީސް ޝުކުރުއަދާކުރައްވައިފި

މިދަތި އުނދަގޫ ވަގުތުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ދޭ އެއްބާރުލުމަށް ޝުކުރުއަދާ ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

25 މާރޗް 2020 | ބުދަ 18:06
Writer Profile Picture
އާއިޝަތު ޝިއުރާ
ޑޮލަރުގެ އަގު މައްޗަށް ނުދިޔުމަށް މިދަނީ މަސައްކަތްކުރަމުން: ރައީސް

ޑޮލަރުގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓޭނެ ގޮތަކަށް އެމްއެމްއޭއިން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވި އެވެ.

25 މާރޗް 2020 | ބުދަ 18:03