ކޮވިޑް-19: އެންމެ ފަހުގެ

18,133,079
  • ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
  • އިންޑޮނޭޝިޔާއިން އަލަށް 153 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެގައުމުން ބުނެފި
  • ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާއިން ދެ މީހުން މަރުވެއްޖެ
 
Writer Profile Picture
ސިމާހާ ނަސީމް
ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީގެ ދެ ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ރާއްޖޭގައި ކަރަންޓީންގެ މުއްދަތު ފުރިހަމަކުރުމަށްފަހު އެނބުރި އިޓަލީއަށް ދިޔަ 2 ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމުގެ މައުލޫމާތުލިބިފައިވާކަމަށެވެ.

27 މާރޗް 2020 | ހުކުރު 15:39
Writer Profile Picture
އާއިޝަތު ޝިއުރާ
އިންޑޮނޭޝިޔާއިން އަލަށް 153 މީހުންނަށް ކޮވިޑް-19 ޖެހިފައިވާކަމަށް އެގައުމުން ބުނެފި

އިންޑޮނޭޝިޔާއިން އަލަށް 153 މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިއީ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ މީހުންނަށް އެގައުމުން ވައިރަސް ޖެހިގެން ރިކޯޑްކޮށްފައިވާ ދުވަހެވެ. މިހާތަނަށް އެގައުމުން 1,046 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. އަދި 87 މީހުންވަނީ މަރުވެފަ އެވެ.

27 މާރޗް 2020 | ހުކުރު 14:43
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާއިން ދެ މީހުން މަރުވެއްޖެ

ކޮވިޑް-19 ޖެހިގެން ސައުތު އެފްރިކާއިން ދެ މީހަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އެގައުމުން މިވައިރަސް ޖެހިގެން މަރުވެފައިވަނީވެސް މި ދެ މީހުންނެވެ. މިހާތަނަށް އާއިރު ސައުތު އެފްރިކާއިން މިވައިރަސް ޖެހިގެން ހާހަކަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

27 މާރޗް 2020 | ހުކުރު 12:58
Writer Profile Picture
އާއިޝަތު ޝިއުރާ
ރަޝިޔާއިން ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރަނީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރަޝިޔާގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ވަގުތީގޮތުން ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެތަންތަނުން ޑެލިވަަރީ ކޮށްދެވޭނެކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

27 މާރޗް 2020 | ހުކުރު 12:51
Writer Profile Picture
ލައިޝާ އަހްމަދު
ވައިރަސް ލައްކައަކަށް އެރީ 67 ދުވަހުން، ނަމަވެސް 4 ލައްކައަށް އަރަން ނެގީ 2 ދުވަސް، ސަމާލުވޭ: ޓެޑްރޯސް
27 މާރޗް 2020 | ހުކުރު 12:09
Writer Profile Picture
އާއިޝަތު ޝިއުރާ
10،000 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ޔޫރަޕްގެ ފަސްވަނަ ގައުމަކަށް ސްވިޒަލެންޑް
27 މާރޗް 2020 | ހުކުރު 12:08
Writer Profile Picture
އާއިޝަތު ޝިއުރާ
ވިއެޓްނާމްގައި އެތެރޭގެ އުދުހުންތައް މަދުކޮށް އާންމުން އެއްވެ އުޅުން ދެ ހަފްތާގެ މުއްދަތަށް މަނާކޮށްފި

ވިއެޓްނާމްގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެތެރޭގެ އުދުހުންތައް މަދުކޮށް އާންމު އެއްވެ އުޅުން މަނާކޮށްފި އެވެ. އެގައުމުގެ ސަރުކާރުން ބުނެފައިވަނީ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މިފިޔަވަޅުތައް ތަންފީޒުކުރަމުންދާނެ ކަމަށެވެ. އެތެރޭގައި 20 މީހުންނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ކުރިޔަށްގެންދާ އިވެންޓްތައް ބޭއްވުން މަނާކޮށްފައިވާއިރު ބޭރުގައި 10 މީހުންނަށްވުރެ އިތުރަށް ބައިވެރިވެގެން އެއްވެސް ކަމެއް ކުރިޔަށް ނުގެންދިޔުމަށް ވަނީ ނިންމާފަ އެވެ.

27 މާރޗް 2020 | ހުކުރު 12:00
Writer Profile Picture
ލައިޝާ އަހްމަދު
އުޒްބެކިސްތާނުގެ ޑޮކްޓަރުންގެ އަގުވަޒަން ކުރުމަށް މުސާރަ ބޮޑުކޮށް، ވައިރަސް ޖެހިއްޖެ ނަމަ އިތުރު 10،000 ޑޮލަރު!
27 މާރޗް 2020 | ހުކުރު 11:29
Writer Profile Picture
ލައިޝާ އަހްމަދު
ސައުތް އެފްރިކާއިން 3 ހަފްތާގެ ލޮކްޑައުންއަކަށް ގޮސްފި
27 މާރޗް 2020 | ހުކުރު 11:29
Writer Profile Picture
އާއިޝަތު ޝިއުރާ
ޗައިނާއިން އިންޑޮނޭޝިޔާއަށް ސިއްހީ ސާމާނު ފޯރުކޮށްދީފި

40 ޓަނުގެ ސިއްހީ ސާމާނު ޗައިނާއިން އިންޑޮނޭޝިޔާއަށް ފޯރުކޮށްދީފި އެވެ. އިންޑޮނޭޝިޔާއިން މިހާތަނަށް އާއިރު 900 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު 78 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެގައުމުގެ ރައްޔިތުންނަށް 500،000 ޓެސްޓް ކިޓް ބެހުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

27 މާރޗް 2020 | ހުކުރު 11:20
Writer Profile Picture
އާއިޝަތު ޝިއުރާ
އޮސްޓްރޭލިއާއަށް އެނބުރި އަންނަ އެގައުމުގެ ހުރިހާ ރައްޔިތުން ކަރަންޓީނުކުރުމަށް އެގައުމުން ނިންމައިފި

އެހެން ގައުމުތަކުގައި ދިރިއުޅޭ އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް އައިސްފިނަމަ ހުރިހާ އެންމެންވެސް ކަރަންޓީނުކުރާ ގޮތަށް އެގައުމުން ނިންމައިފި އެވެ. އޮސްޓްރޭލިއާއިން ބުނީ ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މިގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި ގެތަކުގައި ސެލްފް އައިސޮލޭޝަންގައި ތިބެންޖެހޭ މީހުން އެކަން އެގޮތަށް ކުރޭތޯ ސިފައިން ކަށަވަރުކުރަމުން ގެންދާނެކަމަށްވެސް އެގައުމުން ބުނެއެވެ. އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ގައުމަށް އެނބުރި އަންނަ ހުރިހާ ރައްޔިތުން ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. ދުނިޔޭގެ އެކި ހިސާބުތަކުން ގައުމަށް އެނބުރި އަންނަ ފަރާތްތަކުން ވައިރަސް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދާތީ މިގޮތަށް ނިންމީކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

27 މާރޗް 2020 | ހުކުރު 11:04
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެޗްޑީއެފްސީގެ ލޯނުތައް ދެއްކުމަށް ލުޔެއް

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ސްކީމްތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި އެވެ.

އެކަމުގެ ތަފްސީލު ހާމަކޮށް އެކުންފުނިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ރާވައި ކުރިޔަށް ގެންދާ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން އެޗް.ޑީ.އެފްސީ އިން ވަނީ އެކުންފުނީގެ އިސްލާމިކް ވިންޑޯ، އެޗް.ޑީ.އެފްސީ އަމްނާ މެދުވެރިކޮށް ހައުސިންގ ފައިނޭންސް ފެސިލިޓީ ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް މަހުން މަހަށްފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

27 މާރޗް 2020 | ހުކުރު 10:35
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިންޑިޔާގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ވައިރަސްޖެހިގެން ރިޕޯޓްކުރީ ބުރާސްފަތިދުވަހު

ކޮވިޑް-19 ޖެހިގެން އިންޑިޔާއިން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެއީ 75 މީހުންނެވެ. އިންޑިޔާއިން މިހާތަނަށް 724 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 17 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިޔާ ވަނީ 21 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ.

27 މާރޗް 2020 | ހުކުރު 10:34
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ތައިލެންޑުން އަލަށް 91 މީހަކަށް ވައިރަސް ޖެހުނުއިރު އެކަކު މަރުވެއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލެންޑުން އަލަށް 91 މީހަކަށް ވައިރަސް ޖެހިފައިވާއިރު އެކަކު މަރުވެފައިވާކަމަށް އެގައުމުން ބުނެފި އެވެ. އެއާއެކު އެގައުމުން ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 1,136 އަށް އަރާފަ އެވެ. މިހާތަނަށް އާއިރު 97 މީހަކުވަނީ އެއްކޮށް ރަނގަޅުވެގެން އެގައުމުން ދޫކޮށްލާފަ އެވެ.

27 މާރޗް 2020 | ހުކުރު 10:21
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޗައިނާއިން އިއްޔެ 54 މީހުންނަށް ވައިރަސް ޖެހުނުއިރު 5 މީހުން ވުހާން އިން މަރުވި

ޗައިނާއިން ފާއިތުވި 24 ގަޑިއިރު 54 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 5 މީހުން ވުހާން އިން މަރުވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ. މިހާތަނަށް އާއިރު ޗައިނާއިން ވަނީ 3292 މީހުން ވައިރަސް ޖެހިގެން މަރުވެފަ އެވެ. ބުރާސްފަތި ދުވަހު ބެއިޖިންގ އިން ވަނީ ބޭރުން އަންނަ މީހުން އެގައުމަށް ވަނުން ވަގުތީގޮތުން މަނާކޮށްފަ އެވެ.

27 މާރޗް 2020 | ހުކުރު 10:13
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19:ވައިރަސް ޖެހުނު މީހުންގެ އަދަދު ބައިމިލިއަނަށް، އެންމެގިނަ މީހުންނަށް ޖެހިފައިވަނީ އެމެރިކާއިން

ކޮވިޑް-19 މިހާތަނަށް އާއިރު ޖެހިފައިވާ މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 532,224 މީހުންނަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 24,087 މީހުންވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިކޯޑް ކުރަމުންދަނީ އެމެރިކާއިންނެވެ. އެއީ 85,594 މީހުންނެވެ. އެމެރިކާއިން މިހާތަނަށް މިވައިރަސް ޖެހިގެން މަރުވެގެން ރިޕޯޓްކޮށްފައިވަނީ 1,300 މީހުންނެވެ.

27 މާރޗް 2020 | ހުކުރު 08:43
Writer Profile Picture
ޒިހްނަތު ހަސަން
އެއްވެސް ސަރަހައްދެއްގެ ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނަން އިރުޝާދު ދީފައެއްނުވާނެ: އެޗްޕީއޭ

މާލެ ސިޓީ ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ، ހޮޓާ، ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓާލަން އެއްވެސް ސިފައެއްގައި އަންގާފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން އިލްތިމާސްކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:49
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސް ޖެހުނު މީހުންގެ އަދަދު 5 ލައްކައަށްވުރެ މައްޗަށް އަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ފައްސަތޭކަ ހާހަށްވުރެ މައްޗަށް އަރައިފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:44
Writer Profile Picture
ޒިހްނަތު ހަސަން
ފިލިޕީންސްގައި ތިބި 47 ދަރިވަރުން މިރޭ ރާއްޖެ އައުމަށް ފުރާނެ: މަބްރޫކް

ކޮވިޑް-19 ފިލިޕީންސްގައިވެސް ފެތުރެމުންދާއިރު، އެ ޤައުމުގައި ތިބި ދިވެހި ދަރިވަރުން ގެނަައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ކުރަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:36
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިތުރު މީހެއް ބަލިން ފަސޭހަވެއްޖެ، ފަރުވާހޯދަމުންދަނީ 4 މީހަކު!

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 9 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:23
Writer Profile Picture
ޒިހްނަތު ހަސަން
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަމުންދާ ސ. ގަން ރޭގަނޑަށް ބަންދުކުރަން ނިންމައިފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:22
Writer Profile Picture
ޒިހްނަތު ހަސަން
ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް މޯލްޑިވިއަނުން ކާގޯ ފްލައިޓްތައް ބާއްވަނީ

ރާއްޖެއަށް މުދާ އެތެރެކުރުމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން ހަތަރު ގައުމަކަށް ހާއްސަ ކާގޯ ފްލައިޓްތައް ބާއްވާ ގޮތަށް ނިންމައިފި އެވެ.

26 މާރޗް 2020 | ބުރާސްފަތި 21:21
Writer Profile Picture
ޒިހްނަތު ހަސަން
މަބްރޫކްގެ ވާހަކަތައް އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ ފިހާރަތަކާއި ކެފޭތައް އިރުއޮއްސި 6 ޖަހާއިރު ބަންދު ކުރީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަން އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ދޮގުކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:21
Writer Profile Picture
ޒިހްނަތު ހަސަން
ފަސް ދުވަސް ތެރޭގައި ވަޒީފާއާ ބެހޭ 104 ޝަކުވާއެއް ހުށައެޅިފައިވޭ: މަބްރޫކް

ކޮވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާގެ މާހައުލުގައި ދިމާވެދާނެ މައްސަލަތައް ހުށައެޅުމަށް ހުޅުވާލުމުން 5 ދުވަސް ތެރޭގައި 104 ޝަކުވާއެއް ހުށައެޅިފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

26 މާރޗް 2020 | ބުރާސްފަތި 21:20
Writer Profile Picture
އުމްނާ އިސްމާއިލް
ވެމްކޯގެ އިލްތިމާސް

ކުނި ނެގުމުގައިއާއި ކުނި ބަލާ ދިޔުމުގައި ކަންކުރާ ގޮތަކަށް އަދި ބަދަލެއް ގެނެސްފައެއް ނުވޭ. ވެމްކޯ އިން އިލްތިމާސްކުރީ ކޮތަޅު ގޮށް ޖެހުމަށްފަހު އިތުރު އެއްކޮތަޅަށް އެ ކުނި ކޮތަޅު ލުމަށް.

26 މާރޗް 2020 | ބުރާސްފަތި 21:20