ކޮވިޑް-19: އެންމެ ފަހުގެ

18,189,106
  • ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ކަނޑުގައި ދުއްވާ ފޮރިންގ ގޮއިންގ އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދެނީ
  • ކޮވިޑް-19 އާއި ގުޅުވައިގެން ވަޒީފާދޭ ފަރާތުން ވަޒީފާގެ ޙާލަތައް ބަދަލު ގެނެސްފިނަމަ އަވަހަށް ރިޕޯޓުކުރައްވާ!
  • ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތަކީ މިއީ: އީވާ
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ކަނޑުގައި ދުއްވާ ފޮރިންގ ގޮއިންގ އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދެނީ

ކަނޑުގައި ދުއްވާ ފޮރިންގ ގޮއިންގ އުޅަނދުފަހަރުގެ އޮފިސަރުންނަށް ދޫކުރާ ސެޓްފިކެޓް އަދި ފޮރިންގ ގޮއިންގ އުޅަނދުފަހަރު ސަރވޭ ކުރުމަށްފަހު ދޫކުރާ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް މޯލްޑިންސް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ. މީގެ ދަށުން 1 މާރޗުން ފެށިގެން މުއްދަތު ހަމަވާ ސީއޯސީ މުއްދަތު ހަމާ ތާރީޚުން ފެށިގެން، 6 މަސްދުވަހުގެ މުއްދަތަކައް ރީވެލިޑޭޓްކޮށްދިނުމަށް ހަމަޖައްސާ، ރާއްޖެއިން ބޭރުގައި ތިބެގެންވެސް ރީވެލިޑޭޓްކުރެވޭނެ އިންތިޒާމު އެއޮތޯރިޓީން ވަނީ ހަމަޖައްސައިދީފައެވެ.

30 މާރޗް 2020 | ހޯމަ 17:39
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 އާއި ގުޅުވައިގެން ވަޒީފާދޭ ފަރާތުން ވަޒީފާގެ ޙާލަތައް ބަދަލު ގެނެސްފިނަމަ އަވަހަށް ރިޕޯޓުކުރައްވާ!

ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ވަޒީފާދޭ ބައެއް ފަރާތްތަކުން، މުވައްޒަފުންގެ ވަޒީފާގެ ޙާލަތައް ބަދަލު ގެންނަމުންދާ ކަމުގެ ޝަކުވާތައް ބައެއް ކުންފުނިތަކުގެ މުވައްޒަފުން ދަނީ ކުރަމުންނެވެ. އެންމެ ގިނައިން ޝަކުވާ ކުރަމުންދަނީ ރިސޯޓުތަކުގައި އެކި ފަންތީގެ ވަޒީފާގައިތިބި މުވައްޒަފުންނެވެ.

މިކަމާއި ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީން މިވަނީ ރަސްމީ ސިފައެއްގައި މިމައްސަލަތައް ރިޕޯޓުކުރުމުގެ ފުރުޞަތު މިފަދަ މުވައްޒަފުންނަށް ފަހިކޮށްދީފައެވެ. 1 މާރޗުން ފެށިގެން މި ހިނގާ މުއްދަތުގެ ތެރޭގައި މުވައްޒަފެއްގެ ވަޒީފާގެ ޙާލަަތައް އެއްވެސް ބަދަލެއް ގެނެސްފިނަމަ 15 އެޕްރީލްގެ ކުރިން އެ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ ވަޒީފާގެ ޙާލަތާގުޅޭ ކަންކަން ނިންމުމާ ގުޅޭ އިޢުލާން - IUL)458/458/2020/6)
30 މާރޗް 2020 | ހޯމަ 17:18
Writer Profile Picture
ޒިހްނަތު ހަސަން
ފުދުންތެރިކަން ހުންނަ މީހާ ދައުލަތަށް އެއްޗެއްދޭންވީ ވަގުތަކީ މިއީ: އީވާ

މިއީ އިންކަމް ޓެކްސް ނަގަންވީ ވަގުތުތޯ ބައެއް މީހުން ސުވާލުކުރާ ކަމަށާއި ފުއްދުންތެރިކަން ހުންނަ މީހާ ދައުލަތައް އެއްޗެއް ދޭންވީ ވަގުތަކީ މިއީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 16:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވައިރަސްއަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދާ ދެ މީހުންގެ ހާލު ރަނގަޅު: ޑޮކްޓަރ

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަރުވާ ދެމުންދާ ދެ މީހުންގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރ މޫސާ މުރާދު ވިދާޅުވެއްޖެ އެވެ.

30 މާރޗް 2020 | ހޯމަ 15:23
Writer Profile Picture
އުމްނާ އިސްމާއިލް
މިހާތަނަށް 1089 ސާމްޕަލް ނެގިފައިވޭ

ނެގެޓިވް: 933

ޕެންޑިންގް: 139

30 މާރޗް 2020 | ހޯމަ 14:58
Writer Profile Picture
ޒިހްނަތު ހަސަން
ލަންކާގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދެނީ

ސްރީލަންކާއިން ތަކެތި ގެނައުމަށް ސަރުކާރުން ޗާޓާރުކޮށްގެން ކުރާ ކާގޯ ފްލައިޓު އޮޕަރޭޝަނުގެ ތެރެއިން، ސްރީލަންކާގައި ތިބި ދިވެހިންނަށް އެހީގެ ތަކެތި ފޮނުވޭނެ އިންތިޒާމު ހަމަޖައްސައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 14:55
Writer Profile Picture
ޒިހްނަތު ހަސަން
ލުބްނާނުގެ ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރު ހީވެފައި

ލުބްނާނުގައި ދިރިއުޅޭ ސޫރިޔާގެ އެއްވެސް މީހަކު ވައިރަސްއަށް ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޭމްޕުތަކުގައި ތިބި ސޫރިޔާގެ ރެފިއުޖީންނާއި، އަދި އެމީހުންނަށް އެކި ޚިދުމަތްދޭ އެހީތެރިންވަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކޮވިޑް-19 ގެ ނުރައްކާ ފޭލިގަތަކައް އައިސްދާނެކަމުގެ ބިރު ހީވެ ގިނަ ބަޔަކު މިހާރު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.

30 މާރޗް 2020 | ހޯމަ 13:46
Writer Profile Picture
ޒިހްނަތު ހަސަން
ބުދަ ދުވަހުން ފެށިގެން ވެމްކޯއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަނީ

ބުދަ ދުވަހުން ފެށިގެން ވެމްކޯއިން ޚިދުމަތްދޭ ގަޑިތަކައް ބަދަލު ގެންނަން ނިންމައިފިއެވެ.

30 މާރޗް 2020 | ހޯމަ 13:45
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ސީޒަން ކެންސަލް ކުރާނަމަ ލިވަޕޫލަށް ތަށި ދިނުން ހައްގު ކަމަށް ގުންޑޮގާން ބުނެފި

މިފަހަރުގެ ފުޓްބޯޅަ ސީޒަން ކެންސަލް ކުރާނަމަ، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ލިވަޕޫލަށް ދިނުން ހައްގު ކަމަށް މެންޗެސްޓާ ސިޓީގެ ޖަރުމަން މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ބުނެފި އެވެ.

30 މާރޗް 2020 | ހޯމަ 13:01
Writer Profile Picture
ޒިހްނަތު ހަސަން
އޮޕަރޭޝަންތައް ހުއްޓާނުލާ ކުރިޔަށްގެންދާނެކަމުގެ ޔަޤީންކަން ޤަތަރު އެއަރވޭއިސްއިން ދީފި

ކޮވިޑް-19 ގެ ދަތި އުނދަގޫ ތަޙައްމަލު ކުރަމުންދާ މި ދަނޑިވަޅުގައިވެސް، ޤަތަރު އެއަރވޭސްގެ އޮޕަރޭޝަން އެއްކޮށް ހުއްޓާނުލާނެކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

30 މާރޗް 2020 | ހޯމަ 12:33
Writer Profile Picture
ޒިހްނަތު ހަސަން
ގެސްޓްހައުސްއެއް ތެރޭގައި މަރުވެފައި އޮތް ބަންގްލަދޭޝް މީހާ ކޮވިޑް-19އަށް ނެގެޓިވް: މަބްރޫކް

ގެސްޓުހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ބަންގްލަދޭޝް މީހާ ކޮވިޑް-19އަށް ޓެސްޓުކުރެވުނު ކަމަށާއި، ނަތީޖާ ނެގެޓިވް ކަމަށް ކޮވިޑް-19ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 12:09
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: 24 ގަޑިއިރު މުދާ އުފުލާ އުޅަނދުތައް ބުރިޖުން ދަތުރުކުރުމުގެ ހުއްދަ ދީފި

މާލެއާ ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖަށް ހުރިހާ ވައްތަރެއްގެ އުޅަނދުތަކައް 24 ގަޑިއިރު ދަތުރުކުރެވޭ ގޮތައް ހަމަޖައްސައިފިއެވެ.

30 މާރޗް 2020 | ހޯމަ 12:06
Writer Profile Picture
ޒިހްނަތު ހަސަން
ދިގުމުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކައް ބޭސް ސިޓީ އާނުކޮށް އާސަންދަލިބޭ ހުރިހާ ފާމަސީތަކުން ބޭސް ނެގޭނެ: އާސަންދަ

ދިގުމުއްދަތަކައް ބޭސް ބޭނުންކުރާ ފަރަތްތަކަށް، އާސަންދައިގެ ޚިދުމަތްލިބޭ ހުރިހާ ފާމަސީތަކުން ބޭސް ސިޓީ އާނުކޮށް ބޭސް ނެގޭނެގޮތަށް އާސަންދައިން ހަމަޖައްސައިފިއެވެ.

30 މާރޗް 2020 | ހޯމަ 11:57
Writer Profile Picture
ޒިހްނަތު ހަސަން
ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކާއެކު މިނިސްޓަރު ޝާހިދު ކޮންފަރެންސް ކޯލެއް

ރާއްޖެއިން ބޭރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް ބޭފުޅުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ.

30 މާރޗް 2020 | ހޯމަ 11:49
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ތުރުކީގެ ލެޖެންޑް ރުސްޓޫ ވައިރަހަށް ޕޮޒިޓިވްވެ އެޑްމިޓްކޮށްފި

ތުރުކީގެ ގޯލްކީޕަރު ރުސްޓޫ ރެކްބާ ކޮރޯނާވައިރަހަށް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

30 މާރޗް 2020 | ހޯމަ 11:49
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޕްރޮގްރާމާއި ގުޅޭގޮތުން މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް މައްސަލަ އެއް ހުށަޙަޅައިފި
30 މާރޗް 2020 | ހޯމަ 11:40
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ އޮންލައިން ޖަލްސާ ފަށައިފި

ރާއްޖޭގައި އާންމު ޞިއްޙަތުގެ ނުރައްކަލުގެ ޙާލަތު 12 މާރޗުގައި އިޢުލާނުކުރެވުމާއި ގުޅިގެން، ގާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައްވެސް ގޭގައި ކުރަންޖެހިފައިވާ ދަނޑިވަޅުގައި، ގާނޫނު ހަދާ މަޖިލީހުން ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި މަޖިލީހުން ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީގެ މަސައްކަތްތައް ކުރުމަށް ނިންމާފައެވެ. އެގޮތުން މިހާރު ވެބް ކޮންފަރެންސް މެދުވެރިކޮށް މިއަދުގެ ބައްދަލުވުން ވަނީ ފަށާފައެވެ.

30 މާރޗް 2020 | ހޯމަ 11:13
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ޖަޕާނުން އެމެރިކާ، ޔޫރަޕް އަދި ޗައިނާއިން އަންނަ މީހުން އެގައުމަށް އެތެރެވުން މަނާކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ޖަޕާނުން އެމެރިކާ، ޔޫރަޕް އަދި ޗައިނާ އާއި ސައުތު ކޮރެއާއިން އެގައުމަށް އަންނަ ފަރާތްތައް އެތެރެވުން މަނާކުރާ ގޮތަށް ނިންމައިފި އެވެ. މީގެއިތުރުން ޖަޕާނުގެ ރައްޔިތުންވެސް އެގައުމުތަކަށް ދަތުރުކުރުން މަނާކުރުމަށް އެގައުމުން ވަނީ ނިންމާފަ އެވެ.

30 މާރޗް 2020 | ހޯމަ 10:58
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: މުޅި ގައުމުގެ ލޮކްޑައުން ކުރުމުން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މޯދީ މަޢާފަށް އެދިވަޑައިގެންފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މުޅި އިންޑިޔާ 21 ދުވަސް ދުވަންވަންދެން ލޮކްޑައުންކޮށްފައި އޮތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް އެގައުމުގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފި އެވެ. އިންޑިޔާއިން މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު ހާހަކަށްވުރެ ވަނީ މަތިވެފަ އެވެ. މުޅި ގައުމު ލޮކްޑައުންކޮށްފައި އޮތުމުން އާންމު ދިރިއުޅުމަށް ވަކިން ޚާއްސަކޮށް އެގައުމުގެ ފަގީރުންނަށް ދިމާވަމުންދާ ދަތިތަކަށް މަޢާފަށް އެދިވަޑައިގަންނަވާކަމަށް މޯދީ ވިދާޅުވި އެވެ. ނަމަވެސް މިއީ ވައިރަސ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެހެންވެސް އަޅަންޖެހޭ ފިޔަވަޅެއްކަމަށް މޯދީ ވިދާޅުވި އެވެ.

30 މާރޗް 2020 | ހޯމަ 10:25
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މުވައްޒަފުންގެ ކަންކަން ބައެއްފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް: ލޭބަރ ރިލޭޝަން

ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ޙާލަތުގެ ސަބަބުން މުވައްޒަފުންގެ ކަންކަން ބައެއް ފަރާތްތަކުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ލޭބަރ ރިލޭޝަން އޮތޯރިޓީން ބުނެފިއެވެ.

30 މާރޗް 2020 | ހޯމަ 09:28
Writer Profile Picture
ޒިހްނަތު ހަސަން
ކުރިއަށް އޮތް 2 ހަފުތާގައި އެމެރިކާއިން ވައިރަސްގެ ޕީކަށް އަރާނެ، ނަމަވެސް ޖޫން މަހަށް ކޮންޓްރޯލްވާނެ: ޓްރަމްޕް

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ރޭޓް އެންމެ މަތިވާނެކަމަށް ބެލެވެނީ ކުރިއަށް އޮތް 2 ހަފުތާގައިކަމަށް އެޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

30 މާރޗް 2020 | ހޯމަ 08:57
Writer Profile Picture
ޒިހްނަތު ހަސަން
އިއްޔެ އެކަނި 58,864 އަށް ވުރެގިނަ މީހުންނަށް ވައިރަސް ޖެހުނު، 3,110ށް ވުރެ ގިނަ މީހުން މަރުވި

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިން އިއްޔެ އެކަނި މިވައިރަސް 58,864 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ.

30 މާރޗް 2020 | ހޯމަ 08:37
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޭޑީބީއިން ރާއްޖެއަށް ފަސް ލައްކަ ޑޮލަރު ދޭން ނިންމައިފި

ކޮވިޑް-19 އާ ގުޅިގެން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ފަސް ލައްކަ ޑޮލަރު ދޭން ނިންމައިފިއެވެ.

30 މާރޗް 2020 | ހޯމަ 08:33
Writer Profile Picture
ޒިހްނަތު ހަސަން
ސައުދީއަރަބިއްޔާގައި ފުރަތަމަ ކަރަންޓީންކުރި މީހުން ގެއަަށް ދޫކޮށްލައިިފ

ކޮވިޑް-19 އާއި ގުޅިގެން ސައުދީ ސަރުކާރުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކަލެއްގެ ގޮތުން ތަންފީޒުކުރަމުންދިޔަ އުޞޫލުގެ ދަށުން ފުރަތަމަ ކަރަންޓީން ކުރި 300 މީހުން ގެއަށް ދޫކޮށްލައިފިއެވެ.

30 މާރޗް 2020 | ހޯމަ 08:32
Writer Profile Picture
އާއިޝަތު ޝިއުރާ
އިއްޔެ އެކަނި 58,864 އަށް ވުރެގިނަ މީހުންނަށް ވައިރަސް ޖެހުނު، 3,110ށް ވުރެ ގިނަ މީހުން މަރުވި

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް ވަނީ އަރާފަ އެވެ.

އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިން އިއްޔެ އެކަނި މިވައިރަސް 58,864 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެއެވެ. މިވައިރަސް އެންމެ ގިނަ މީހުންނަށް މިހާރު ޖެހެމުން އަންނަނީ އެމެރިކާގައެވެ. އެމެރިކާއިން އެކަނި 142,047އަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު އިއްޔެ އެކަނި 18,469 ށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އެންމެ ގިނަ އަދަދަކަށް މީހުންނަށް ވައިރަސް ޖެހިގެން މިހާރު ރިޕޯޓްކުރަމުން އަންނަނީ ސްޕެއިން އެވެ. ސްޕެއިންއިން މިހާތަނަށް 80,110 މީހުންނަށް ވައިރަސް ޖެހިފައިވާއިރު ސްޕެއިން އިން އިއްޔެ އެކަނި 6,875 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ. ދެން އިއްޔެ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވަނީ އިޓަލީންނެވެ. އެއީ5,217 މީހުންނެވެ. އިޓަލީން މިހާތަނަށް އާއިރު 97,689 މީހުންނަށް ވައިރަސް ޖެހިފައިވެ އެވެ.

30 މާރޗް 2020 | ހޯމަ 08:23