ކޮވިޑް-19: އެންމެ ފަހުގެ

16,585,844
  • ކޮވިޑް-19: ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ނަތީޖާ ނެގެޓިވުމާއެކު ދޫކޮށްލައިފި
  • ކޮރޯނާވައިރަސް އާ ބެހޭ ދޮގު ވާހަކަ ފަތުރާ މީހުންނަށް ލަންކާގައި ފިޔަވަޅު އަޅަނީ
  • ޚަރަދު ކުޑަކުރަން ޖެހިއްޖެ ނަމަ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރާނަން: މޯލްޑިވިއަން
 
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފެލައިނީއާ ކޮންޓެކްޓްވި މީހުންގެ ނަތީޖާ ނެގެޓިވުމާއެކު ދޫކޮށްލައިފި

މެންޗެސްޓަރ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މައުރޯނޭ ފެލައިނީއާ ރާއްޖެއިން ކްލޯޒް ކޮންޓެކްޓެއްވި ތިން މީހުން ކޮވިޑް-19 އަށް ނެގެޓިވް ކަމަށާއި، އެމީހުން ދޫކޮށްލާފައިވާ ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

6 އޭޕްރިލް 2020 | ހޯމަ 22:20
Writer Profile Picture
ޒިހްނަތު ހަސަން
ކޮރޯނާވައިރަސް އާ ބެހޭ ދޮގު ވާހަކަ ފަތުރާ މީހުންނަށް ލަންކާގައި ފިޔަވަޅު އަޅަނީ

ކޮރޯނާވައިރަސް އާ ބެހޭ ގޮތުން ދޮގު ވާހަކަ ފަތުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ސްރީލަންކާގެ ފުލުހުން ބުނެފިއެވެ.

6 އޭޕްރިލް 2020 | ހޯމަ 20:57
Writer Profile Picture
ޒިހްނަތު ހަސަން
ޚަރަދު ކުޑަކުރަން ޖެހިއްޖެ ނަމަ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރާނަން: މޯލްޑިވިއަން

ކޮވިޑް-19 އާއި ގުޅިގެން އެއަރލައިން އިންޑަސްޓްރީތަކަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޚަރަދު ކުޑަކުރަން ޖެހިއްޖެނަމަ ކުންފުނީގެ ބޯޑު މެންބަރުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

6 އޭޕްރިލް 2020 | ހޯމަ 20:56
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފި

މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ޚިދުމަތްތައް އޮންލައިންކޮށްފިއެވެ.

6 އޭޕްރިލް 2020 | ހޯމަ 20:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އޯއައިސީގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ)ގެ ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

6 އޭޕްރިލް 2020 | ހޯމަ 20:55
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޖަރުމަން ކްލަބުތަކުން ފަރިތަކުރުންތައް ފަށައިފި

ޖަރުމަން ލީގުގެ ބައެއް ކްލަބުތަކުން ފަރިތަކުރުންތައް ފަށައިފި އެވެ.

މުޅި ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ޖަރުމަން ލީގުގެ މެޗުތައް ވަނީ އޭޕްރީލް 30 ގެ ނިޔަލަށް ފަސްކުރުމަށް ނިންމާފައެވެ. ޖަރުމަން ކްލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން މިހާތު ހުއްދަ ދީފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، ބޮރޫޝިއާ މޮންޗެގްލަޑްބަކާއި ވުލްފްސްބާގުން ވަނީ ހޯމަ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

6 އޭޕްރިލް 2020 | ހޯމަ 20:18
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: މޯދީ އާއި ސަރުކާރުގެ އިސްވެރިންގެ މުސާރައިން 30 އިންސައްތަ އުނިކުރަން ނިންމައިފި

ކޮވިޑް-19 ގެ ސަބަބުން ދިމާވާ އިގްތިޞާދީ ދަތިތަކާއި ގުޅިގެން އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އާއި ސަރުކާރުގެ އިސް އޮފިޝަލުންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށް އެގައުމުން ނިންމައިފި އެވެ. އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ހޯމަ ދުވަހު މިގޮތަށް ފާސްކޮށްފައިވާއިރު މުޅި އިންޑިޔާ ވަނީ 3 ހަފްތާގެ މުއްދަތަށް ލޮކްޑައުންކޮށްފަ އެވެ. އަދި އެއާއެކު އެގައުމުގެ އެތައް ބަޔަކު ދިރިއުޅުމަށް ކުރަމުން އައި މަސައްކަތްތައް ކުރުމަށް ވަނީ ހުރަސްތައް ކުރިމަތިވެފަ އެވެ.

6 އޭޕްރިލް 2020 | ހޯމަ 19:42
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޕެޕް ގާޑިއޯލާގެ މަންމަ މަރުވެއްޖެ

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން ބާސެލޯނާ އަށް ކުރިން ކުޅުނު އަދި އެ ޓީމަށް ކުރިން އިރުޝާދުދިން މިހާރު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މަންމަ ޑޮލާސް ސަލަ ކަރިއޯ މަރުވެއްޖެ އެވެ.

ގާޑިއޯލާގެ މަންމަ މަރުވިކަން މެންޗެސްޓާ ސިޓީން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ގާޑިއޯލާގެ މަންމަ މަރުވީ ކޮވިޑް-19 ޖެހިގެން ބާސެލޯނާގެ ހޮސްޕިޓަލަކު ފަރުވާދެމުން ދަނިކޮށެވެ.

6 އޭޕްރިލް 2020 | ހޯމަ 19:36
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޗައިނާ ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފި

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޗައިނާގެ ފިރިހެން ފުޓްބޯޅަ ޓީމު ކަރަންޓީނުގެ މުއްދަތު ހަމަކޮށްފިއެވެ.

ޗައިނާ ފުޓްބޯޅަ ޓީމު ކަރަންޓީނުކުރީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއިގައި ކުރިއަށްގެންދިޔަ ތަމްރީނު ކޭމްޕަށްފަހު އެނބުރި ގައުމަށް ދިޔުމުންނެވެ. ނިމިދިޔަ މާޗު މަހުގެ 23 ވަނަ ދުވަހު ޗައިނާގެ ހައިނާން ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ސަންޔާއަށް ފުޓްބޯޅަ ޓީމު ދިޔުމުން، އެ ސިޓީގެ ހޮޓަލެއްގައި 25 ކުޅުންތެރިންގެ ސްކޮޑު ވަނީ ކަރަންޓީނުކޮށްފައެވެ.

6 އޭޕްރިލް 2020 | ހޯމަ 19:10
Writer Profile Picture
އުމްނާ އިސްމާއިލް
ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށްބުނެ މޯލްޑިވިއަން ނުގުޅާނެ

އެކި ޤައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ޓިކެޓް ލިބޭނެ ކަމަށްބުނެ މޯލްޑިވިއަން ނުގުޅާނެކަމަށް މޯލްޑިވިއަން އިން ބުންޏެވެ. މި ވަގުތު ޓިކެޓް ބައްލަވައިގަނެވޭނީ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަމަށެވެ.

6 އޭޕްރިލް 2020 | ހޯމަ 17:53
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މުސާރަ ނުނަގަން ވެސްޓް ބްރޮމްގެ ސީއީއޯ ނިންމައިފި

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މުސާރަ ނުނަގަން އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ވެސްޓް ބްރޮމްވިޗް އެލްބިއަންގެ ސީއީއޯ މާކް ޖެންކިންސް ނިންމައިފި އެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑްގައި ކުރިއަށްދާ ހުރިހާ ފުޓްބޯޅަ މުބާރާތްތަކެއް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ވާދަކުރި ޗެސްޓް ބްރޮމްގެ ސީއީއޯ މާކް ޖެންކިންސް ވިދާޅުވީ މި ދަނޑިވަޅުގައި މުސާރާ ނުނަގާނެ ކަމަށާއި، މާލީ ގޮތުން ޓީމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އެންމެ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

6 އޭޕްރިލް 2020 | ހޯމަ 16:33
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ގަވާއިދާ ޚިލާފުވުމުން ކައިލް ވޯކާއަށް ފިޔަވަޅު އަޅަނީ

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ ޕާޓީއެއް ބޭއްވުމުން އޭނާއަށް ފިޔަވަޅު އަޅަން އެ ކްލަބުން ނިންމައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން އިންގްލެންޑް ވަނީ ލޮކްޑައުން ކޮށްފައެވެ. އެގައުމުން ކަނޑައަޅާފައިވާ ގަވާއިދުތަކާ ޚިލާފަށް ވޯކާ ޕާޓީއެއް ބޭއްވުމުން، ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެއާއެކު ވޯކާ ވަނީ އެކަމަށް މައާފަށްވެސް އެދިފައެވެ.

6 އޭޕްރިލް 2020 | ހޯމަ 16:12
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮވިޑް-19 ޖެހިގެން ޖަރުމަންވިލާތުން މަރުވާ މީހުންގެ ރޭޓު ދަށީ ކީއްވެ؟

މިލިއަނަކަށްވުރެ ގިނަ މީހުން ޓެސްޓްކޮށްފިއެވެ. ދުރާލާ އިޖުތިމާއީ ގައިދުރުކުރުމުގެ މިންގަނޑުތައް ތަންފީޒުކޮށްފިއެވެ. ހޮސްޕިޓާތައް ތައްޔާރީ ހާލަތައް ގެނެސް ފަރުވާ ދޭން ފަށައިފިއެވެ. ޕޮޒިޓިވްވެވެފައިވާ މީހުންގެ ތެރެއިން ހާލު ދެރަ މީހުން ގޭގައި ތިބި ނަމަވެސް، ބަރާބަރަށް ހާލަތު މޮނީޓަރކޮށް، ބޭނުންވާ ފަރުވާތައް ދަނީ ދެމުންނެވެ. ހާލަތު ގޯސް ވާނެ ކަމަށް ބެލެވޭ ފަރާތްތައް ދެނެގަނެ ދުރާލާ ތައްޔާރުވެގެން އަންނަނީ ވެންޓިލޭޓަރު ގުޅަމުންނެވެ.

މިއީ ހައްތަހާވެސް، ކޮވިޑް-19 އާ ދެކޮޅަށް ޖަރުމަންވިލާތުން ކުރާ ހަނގުރާމައިގައި ހޯދަމުން އަންނަ ކާމިޔާބީގެ ސަބަބުތަކެވެ. ލައްކައަކަށް ވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާއިރު، އެ ގައުމުން މަރުވީ މީހުންގެ އަދަދަކީ 1،584 ގައެވެ. މިއީ މިހާ ގިނަ ބަޔަކު ވައިރަސްއަށް ޕޮޒިޓިވްވީ ގައުމުތަކުގެ ތެރެއިންމޯޓަލިޓީ ރޭޓް(ވައިރަސް ޖެހޭ މީހުންގެ ނިސްބަތުން މަރުވާ މީހުންގެ އަދަދު) އެންމެ ދަށް ގައުމެވެ.

6 އޭޕްރިލް 2020 | ހޯމަ 14:39
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޖަޕާނުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ކޮވިޑް-19 ގެ އަސަރު ޖަޕާނަށްވެސް ކުރަމުން އަންނާތީ ޖަޕާނުގެ ބޮޑުވަޒީރު ސިންޒޯ އަބޭ ހަމަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު މީޑިއާ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަޕާނުގެ ބޮޑުވަޒީރު އަބޭ އަންގާރަ ދުވަހުގެ ވަގުތެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އެގައުމުގައި އިއުލާން ކުރާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި އެގައުމުގެ އިގްތިސާދަށް ކުރާ އަސަރުން އަރައިގަތުމަށް ސްޓިމިއުލަސް ޕެކޭޖްތަކެއް ހެދުމަށް ސަރުކާރުން ނިންމައިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

6 އޭޕްރިލް 2020 | ހޯމަ 13:00
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނު އަސާސިއަށް އިސްލާހު ގެނެވިދާނެ ކަމާއިމެދު މެމްބަރުން ސުވާލު އުފައްދައިފި

ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، ގާނޫނު އަސާސީ އަށް އިސްލާހު ގެނެވިދާނެކަމާއިމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސުވާލު އުފައްދަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ކައުންސިލް މެމްބަރުންގެ ދައުރު ދިގުދެއްމުމަށް ސަރުކާރުގެ ފަރާތުން ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު އެވެ. މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ނުގެނެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާކަމަށެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ކުރެވިދާނެތޯ ސުވާލު އުފައްދަވާ، ރައީސް ނަޝީދު ވަނީ އެ ސުވާލު މެމްބަރުންނާއި ކުރިމަތިކޮށްފަ އެވެ.

އެ ސުވާލާ ގުޅުގެން ވާހަކަދެއްކެވި ބައެއް މެމްބަރުން ދެކިވަޑައިގެންނެވިގޮތުގައި މި ހާލަތުގައި ޤާނުނު އަސާސީ އިސްލާހެއް ނުކުރެވޭނެ އެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވަމުންގެންދެވީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތަށް ހަނިކުރެވޭގޮތަށް، އާންމު ސިއްހަތުގެ ޤާނޫނުގެ ދަށުން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހައްޤުތައް ހަނިކުރެވޭތީ އެވެ. އެހެންކަމުން މި ހާލަތުގައި ޤާނޫނު އަސާސީ އިސްލާހް ނުކުރެވޭނެކަމަށް މެމްބަރުން ވިދާޅުވި އެވެ.

6 އޭޕްރިލް 2020 | ހޯމަ 12:59
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވިޔަފާރި ރަޖިސްޓްރީކުރެވެނޭ

ކޮވިޑް-19 އާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލެޕްމަންޓުން ވިޔަފާރިތައް ރަޖިސްޓްރީކުރާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.

މިކަމާއި ގުޅިގެން، ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ޚިދުމަތްތައް 5 އޭޕްރިލް 2020 އިން ފެށިގެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށްފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

6 އޭޕްރިލް 2020 | ހޯމަ 12:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ރާއްޖެއަށް ހަދިޔާކޮށްފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިތުރު 5،000 ޓެސްޓްކިޓް ދިވެހިރާއްޖެއަށް ހަދިޔާ ކޮށްފި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރާ އިތުރު 5،000 ޓެސްޓްކިޓް ޑަބްލިޔުއެޗްއޯއިން ހޯމަ ދުވަހު ރާއްޖެއަށް ހަދިޔާކުރިއިރު، މީގެކުރިން ދެ ފަހަރެއްގެ މަތިން 6،000 ޓެސްޓްކިޓް ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފަ އެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ޖުމްލަ 11،000 ޓެސްޓްކިޓް މިވަނީ ހަދިޔާ ކޮށްފަ އެވެ.

މި ޓެސްޓްކިޓްތައް ހަވާލުކުރުމުގެ ލިޔުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ހޯމަ ދުވަހު ހެނދުނު ދަރުބާރުގޭގައި ހުންނަ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވާފައިވާއިރު، މިލިޔުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން އެވެ. ޑަބްލިޔުއެޗްއޯގެ ފަރާތުން ސޮއި ކުރެއްވީ ޑަބްލިޔުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރަވިންދު މާތުރު އެވެ. މިރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

6 އޭޕްރިލް 2020 | ހޯމަ 12:57
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އިންޑިއާގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 118 އަށް

މުޅި ދުނިޔޭގެ އިތުރުން އިންޑިއާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން އިންޑިއާއިން މަރުވި މީހުންގެ އަދަދު 118 އަށް އަރައިފިއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިންޑިއާއިން ވަނީ ފާއިތުވެގެން ދިޔަ 48 ގަޑިއިރު ތެރޭގައި 700 އަށް ވުރެ ގިނަ އާ ކޭސް އެ ގައުމުން ފެނިފައިވާކަން ހާމަކޮށްފައެވެ. މި އަދަދާއެކު އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ ޖުމްލަ އަދަދަކީ 4،314 އެވެ. ބަލިން 328 މީހަކު ފަސޭހަވެފައިވާއިރު އެންމެ ފަހުގެ މީޑިއާ ރިޕޯޓުތަކާއި ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާތަނަށް އެ ގައުމުން ވަނީ 118 މީހަކު މަރުވެފައެވެ.

6 އޭޕްރިލް 2020 | ހޯމަ 11:47
Writer Profile Picture
ލައިޝާ އަހްމަދު
ކޮވިޑް-19: އިތުރު ޓެސްޓުތައް ހެދުމަށް ޔޫކޭގެ ބޮޑުވަޒީރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި
6 އޭޕްރިލް 2020 | ހޯމަ 07:42
Writer Profile Picture
ލައިޝާ އަހްމަދު
ލޮކްޑައުންއާ ޚިލާފުވެވުމުން ސްކޮޓްލޭންޑުގެ ޗީފް މެޑިކަލް އޮފިސަރ އިސްތިއުފާ ދެއްވައިފި
6 އޭޕްރިލް 2020 | ހޯމަ 07:42
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފާއިތުވި ދެ ހަފުތާތެރޭގައި އިޓަލީން އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދު

ކޮވިޑް-19 ޖެހިން އެންމެ ގިނައިން މީހުން މަރުވަމުންދާ އިޓަލީން ފާއިތުވި ދެހަފްތާ ތެރޭގައި އެންމެ މަދުން މީހުން މަރުވެގެން ރިޕޯޓުކޮށްފައިވަނީ މިއަދުއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 23:55
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ލަންކާގައި ނާދެވިފައި ތިބި 100 ދިވެހިން ގެނެސްފި

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން އެ ގައުމުން އަންނަން ބޭނުންވެފައި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 23:53
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ވަޒީފާ އާ ގުޅުންހުރި 723 މައްސަލައެއް މިހާތަނަށް އާއިރު ރަޖިސްޓްރީކޮށްފައިވޭ

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާތައް ގެއްލުމާއި މުސާރަތައް ކުޑަކުރުން ފަދަ މައްސަލަތައް ރަޖިސްޓްރީކުރުމަށް ޖޮބް ސެންޓަރުން ހުޅުވާލާފައިވާ ޕޯޓަލްގައި މިހާތަނަށް އާއިރު 723 މީހަކު ރަޖިސްޓްރީކޮށްފައިވާ ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

5 އޭޕްރިލް 2020 | އާދީއްތަ 23:24
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: 4 ރިސޯޓަކާއި 15 ސަފާރީއެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފި

އާދިއްތަ ދުވަހު 4 ރިސޯޓަކާއި 15 ސަފާރީއެއްގައި ތިބި މުވައްޒަފުން ފޭބުމުގެ ހުއްދަ ދީފައިވާކަމަށް ކޮވިޑް-19 ގެ ޓާސްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 23:23
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހުން ދޫކޮށްލައިފި

މިހާތަނަށް އާއިރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން 73 މީހަކު ދޫކޮށްލާފައިވާކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

5 އޭޕްރިލް 2020 | އާދީއްތަ 23:22